ރާއްޖޭގެ މަސްދޯނިތަކަށް ސިފައިން އެރީ މިސް ކޮމިއުނިކޭޝަނަކުން: އިންޑިއާ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ތިން ދޯންޏަކަށް އިންޑިއާގެ ކަނޑުގެ ސިފައިން އެރީ މިސް ކޮމިއުނިކޭޝަންއެއްގެ ތެރެއިން ކަމަށް އެ ގައުމުން ރަސްމީކޮށް ދިވެހި ސަރުކާރަށް އަންގައިފިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ “އަސުރުމާ 3“ އާއި “ނިރު 7“ އާއި “މާހޯރަ 3“ ދޯންޏަށް އިންޑިއާގެ ސިފައިން އެރީ ޖެނުއަރީމަހުގެ 31 ގައެވެ. އޭގެފަހުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެރޭ މާހޯރަ ދޯންޏަށް ދެވަނަ ފަހަރަށް އަރާފައި ވެއެވެ. އެގޮތުން ރާއްޖޭގެ ކަމާގުޅޭ […]

މަގުމައްޗަށް ކުނި އެޅި ބިދޭސީންތަކެއް ޖޫރިމަނާކޮށްފި

މަގުމައްޗަށް ކުނި އެޅި ބިދޭސީންތަކެއް ޖޫރިމަނާކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ހީނާމާގެ ޕާކިންގ ގައި ކުނި ބެހެއްޓި ބިދޭސީންތަކެއް ރޭ ވަނީ ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ. އަދި ކުނި އެޅި މީހުން, އެ ކުނިތައް އަނބުރާ ޕިކަޕަށް އަރުވައިގެން ގެންގޮސްފައިވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ބިދޭސީން ރާއްޖެ ގެނެސް ގެންގުޅޭ ފަރާތްތަކުން އެ ފަރާތެއްގެ ސްޕޮންސަރގައި ރާއްޖޭގައި އުޅޭ މީހުންނަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދަށް ހުރުމަތްތެރި ކޮށް ހިތާ ބަޔެއްކަން ޔަގީންކުރަންޖެހޭ ކަމަށެވެ. […]

އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު އަވަސްކުރަން މަޝްވަރާކޮށްފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއިން މަނީލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު އަވަސްކުރަން މަޝްވަރާކޮށްފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެފްއޭއެމްއަށްއެކި ތަންތަނުން ލިބޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލިބުނު ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކޮށް، އެ ފައިސާއިން މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މަސައްކަތްކުރައްވާ އިންވެސްޓިގޭޓަރުންނާ މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ބައްދަލު ކުރައްވައިފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި، އެ މައްސަލައިގައި މިހާރު […]

ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓާއި ފެން ބިލުތަކަށް އަރާފައިވާ ޖޫރިމަނާ މައާފުކުރަން ނިންމައިފި

ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓާއި ފެން ބިލުތަކަށް އަރާފައިވާ ޖޫރިމަނާ މައާފުކުރަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމައިވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މީގެ އިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކުރަން ނިންމައި ކަމޭބެހޭ ކުންފުނިތަކަށް އަންގަވާފައިވާ ކަމަށެވެ. އަދި ނުދެއްކި ހުރި ފައިސާ ލުއި ގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށް […]

ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ބީއޭއެމްގެ ރައީސްއާ ގުޅުންހުރި ބައެއް ތަންތަން ބަަލައި ފާސްކޮށްފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އެ އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު (މޫސަ) އާ ގުޅުންހުރި ބައެއް ތަންތަން ބަަލައި ފާސްކޮށްފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ 9:35 ގައި މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން، އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުގެ ބޭނުމަށް އެ އެސޯސިއޭޝަނުގެ ރައީސްއާ ގުޅުންހުރި ބައެއް ތަންތަން ކޯޓު އަމުރެއްގެ […]

މިދިޔަ ސަރުކާރުގައި ފެނަކައިން ހިންގި ކޮރަޕްޝަން މައްސަލަތަކެއް އޭސީސީއަށް ހުށަހަޅައިފި

މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ. ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު މިއަދު ވިދާޅުވީ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާ ގޮތަށް ބީއޯކިއުއެއް އަދި މާކެޓްގައި މި މަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި އަދި އެސެސްމެންޓެއްވެސް ނަހަދައި މަގާމުގެ ނާޖާއިޒު ފައިދާ ނަގައި އިންހައުސްކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. މި ޕްރޮޖެކްޓްތަކުން […]

ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާ މައްސަލަ ބޮޑުވެއްޖެ

ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާ މައްސަލަ ބޮޑުވެ އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ރޭގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ  ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވި ގޮތުގައި ބުރާސްފަތި ރޭ ފަތިހު […]

އެކަށިގެންވާ މާހައުލެއް ނެތްކަމަށް ބުނެ ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްފި

މިރޭ އައްޑޫ ސިޓީގައި ބާއްވަން ނިންމި ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްފިއެވެ. ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ22 މާރިޗު 2024 ވަނަ ދުވަހަށް ތާވަލުކުރެވިފައިވާ ބެޑްމިންޓަން އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގެ ކަންކަން ކުރިއަށް ގެންދާނެ އެކަށިގެންވާ މާހައުލެއް އޮތްކަމަށް އެ އެސޯސިއޭޝަނަށް ނުފެންނާތީވެ, އަހަރީ އާންމު ޖަލްސާ ފަސްކުރެވިފައިވާ ކަމަށެވެ. މިގޮތަށް ނިންމިއިރު މި އިންތިޚާބު ފަސްކުރަން ދެފަހަރެއްގެ މަތިން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ އަންގަވައިފައެވެ. އޭގެފަހުން އެންޓި ކޮރަޕްޝަން […]

ރާއްޖެ އެތެރެކުރަން އުޅުނު 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 5.30 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 5.30 ކިލޯގެ މަސްތުވާތަކެތި ފެނުނީ މި މަހުގެ 12 ވަނަ ދުވަހު ޤަތަރުގެ ދޯހާއިން ރާއްޖެ އައި ޕާކިސްތާނުގެ 56 އަހަރުގެ ފިރިހެނެއްގެ ލަގެޖުން ކަމަށެވެ. ކަސްޓަމްސްއިން ބުނީ ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު 5,300,000 ދިވެހި […]

ވޭތުވެދިޔަ 5 އަހަރަށް ބަލާއިރު އެންމެ ގިނަ މައްސަލަ ނިންމުނީ މިދިޔަ އަހަރު: އޭސީސީ

ވޭތުވެދިޔަ 5 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު އެ ކޮމިޝަނުން އެންމެ ގިނަ މައްސަލަ ތަހުގީގު މަރުހަލާގައި ނިންމާފައިވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ. އޭސީސީއިން ބުނީ 2023 ވަނަ އަހަރުގެ ތެރޭގައި އެ ކޮމިޝަނަށް 1151 ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 56 އިންސައްތަ ޝަކުވާ ރަޖިސްޓަރީކުރެވިފައިވާ ކަމަށެވެ. އޭގެތެރޭގައި އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ 610 ޝަކުވާއާއި ދައުލަތުގެ އިދާރާތަކުން ހުށަހަޅާފައިވާ 40 ޝަކުވާ ހިމެނެއެވެ. އަދި އެ ކޮމިޝަނުން […]