މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި

މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަމާހު ރަޝީދު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ ޝަމާހުއާ ގުޅޭ ގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް އެ ބޯޑަށް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީސީބީއިން ބުންޏެވެ. އެހެންވެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ (ށ) […]

އެމްޕީއެލްއިން ފިޔަވައްޗަށް މަސްދަޅު ކޭސްތަކެއް ހަދިޔާކޮށްފި

ދައުލަތުގެ ފަރާތުން ބަލަހައްޓާ ކުޑަކުދިން ތިބޭ މަރުކަޒެއް ކަމަށްވާ ”ފިޔަވަތި“ އަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަސްދަޅު ކޭސްތަކެއް ހަދިޔާކޮށްފިއެވެ. އެމްޕީއެލްއިން މިއަދު ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ފިޔަވައްޗަށް ޖުމްލަ 35 ދަޅުމަސް ކޭސް ހަދިޔާކޮށްފައިވާ ކަމަށެވެ. މަސްދަޅު ކޭސްތައް ރަސްމީކޮށް ހަވާލުކޮށްދެއްވުމަށް އެމްޕީއެލްގެ ޗީފް އޮފް ބިއުރޯ އައިޝަތު ޝިމްލާއާއި ޖެނެރަލް މެނޭޖަރު އަޙްމަދު ސަލީމާއ ޖެނެރަލް މެނޭޖަރ ޢަލީ ޖައުފަރު މިއަދު ހެނދުނު ވަނީ ފިޔަވައްޗަށް […]

އީސީއަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތް ހަދަން އެމްޑީޕީގެ ފަރާތުން ގާނޫނަށް އިސްލާހެއް

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެމްބަރުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތް ހަދަން އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ. އީސީއަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް އޮތުން މުހިންމު ކަމަށް ވިދާޅުވެ މި އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔޫނުސް ޢަލީއެވެ. ގާނޫނުގައި މިހާރު އޮންނަނީ އީސީއަށް މެމްބަރުން އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައެވެ. ގާނޫނުގައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މެމްބަރަކު އައްޔަން ކުރެއްވޭނީ މެންބަރު […]

މަޖިލިސް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގައި

ކުރިއަށް މި އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ހަ ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ކުރިން ނިންމި ނަމަވެސް ރީ ރަޖިސްޓަރ ވި މީހުންގެ އަދަދު މަދުވުމުން ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގައެވެ. އެއީ އިންޑިއާގެ ޓްރިވެންޑްރަމާއި ލަންކާގެ ކޮލަމްބޯ އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރެވެ. ރީ ރަޖިސްޓްރީވި މީހުންގެ އަދަދު މަދުވުމުން އިނގިރޭސިވިލާތާއި ޔޫއޭއީއާއި ތައިލެންޑްގައި ވޯޓު ފޮށި ނުބަހައްޓަން […]

ފަސް އަހަރު ނިމޭއިރު ކޯސްޓްގާޑުގެ ކެޕޭސިޓީ ދެގުނަޔަށް ބޮޑުކުރާނަން: ރައީސް

މި ފަސް އަހަރު ނިމޭއިރު މިހާރުގެ ކޯސްޓްގާޑުގެ ކެޕޭސިޓީ ދެގުނަޔަށް ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތައާރަފުކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެމްއެންޑީއެފްއިން ކަނޑުމަގުގައި މިހާރު މި ބޭނުންކުރާ ކޯސްޓްގާޑުގެ އުޅަނދުތަކުގެ ހާލަތު ވެސް ހުރީ ވަރަށް ދަށްކޮށް […]

ކެފޭއަކަށް ވަދެ ފައިސާ ފޭރެން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ކެފޭއަކަށް ވަދެ އެ ތަނުގެ މުވައްޒަފެއްގެ އަތުން ފައިސާ ފޭރެން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ. ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ހުއްދައެއް ނެތި އޭނާ ވަނީ ބަންދުކޮށްފައި ހުރި ކެފޭއެއްގެ ތެރެއަށެވެ. އެގޮތުން އެތަނަށް ވަދެ އެ ތަނުގައި ހުރި މުވައްޒަފަކަށް ބިރުދައްކައި ފައިސާ ފޭރެން […]

މި ސަރުކާރުން ޤުރްއާނާއި މިސްކިތްތަކުގެ އަޑު ކަނޑުވައެއް ނުލާނެ: ޑރ.ޝަހީމް

މި ސަރުކާރުން ކީރިތި ޤުރްއާނާއި މިސްކިތްތަކުގެ އަޑު ކަނޑުވައެއް ނުލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ. ޑރ.ޝަހީމް މިހެން ވިދާޅުވީ މި ސަރުކާރުން މިސްކިތްތަކުގެ އަޑުކަނޑާލައިފި ކަމަށާއި ރަށުތެރެ ނާމާންވެއްޖެ ކަމަށް ވިދާޅުވެ ކުރީގެ ކޮމިއުނިކޭޝަން މިިިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. މަލީހު ވިދާޅުވީ ޤުރްއާނުގެ އަޑު ރަށުތެރެއިން ނުއިވޭ ކަމަށާއި މިއީ ވަރަށް ނުބައި ފާލެއް ކަމަށެވެ. “އިސްލާމިކް މިނިސްޓަރ އިސްތިއުފާ ދެއްވަންޖެހޭ. އަދި ރައީސުލް ޖުމްހޫރިއްޔާއަށް މިކަން […]

ޕެންޝަންގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭ ގޮތް ހަދަން ބޭނުން: ރައީސް

ޕެންޝަންގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. “ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން އާންމު ރައްޔިތަކު މިއަދު ވަނީ ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ، ވަޒީފާއިން ވަކިވުމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސޭނެތޯ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ޕެންޝަން ފައިސާ ނަގަނީ ވަކި ގާނޫނެއްގެ ދަށުން ކަމަށާއި ފައިސާ ދޫކުރެވޭނެ ގޮތަށް ބަދަލެއް ގެނެވޭނީ ގާނޫނަށް ބަދަލެއް ގެނެސްގެން ކަމަށެވެ. […]

އެއަރ އެމްބިއުލާންސްގެ ސީޕްލޭން ޚިދުމަތް މާދަމާ ފަށަނީ

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ސީޕްލޭންގެ ޚިދުމަތް މާދަމާ ފަށަން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސީޕްލޭންގެ ފޮޓޯއެއް އާންމު ކުރައްވައިފައެވެ. ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ޚިދުމަތް ދޭން މޯލްޑިވިއަން އިން އުފައްދާފައިވާ އެއާ އެމްބިއުލާންސް ފްލީޓަށް ސީޕްލޭން އިތުރުކޮށް ޚިދުމަތް މާދަމާ ފަށަން ނިންމާފައިވާއިރު އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. މި ޚިދުމަތް މާދަމާ ފަށާކަން ފާހަގަކުރައްވައި ނައިބު ރައީސްޙުސައިން […]

މާދަމާއިން ފެށިގެން ”ސީ ޓު އެއަރ“ ކާގޯ ޓްރާންޝިޕްމަންޓްގެ ޚިދުމަތް ފަށަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ”ސީ ޓު އެއަރ“ ކާގޯ ޓްރާންޝިޕްމަންޓްގެ ޚިދުމަތް ފެށުމަށް ނިންމައިފިއެވެ.  މިއީ ދިވެހިރާއްޖޭގައި އަލަށް ފަށާ ޚިދުމަތެކެވެ. މި ޚިދުމަތަކީ ދިވެހިރާއްޖެެއަށް ކަނޑުމަގުން މުދާ ގެނެސް، ވައިގެ މަގުން ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ފޮނުވައިދޭ ޚިދުމަތެކެވެ. މި ޚިދުމަތް ކުރިއަށްގެންދާނީ އެމްޕީއެލްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ބައިނަލްއަގުވާމީ އެއާލައިންތަކާ ގުޅިގެންނެވެ.  އެމްޕީއެލްއިން ބުނީ މި ޚިދުމަތަކީ އެ […]