މާރާމާރީ ހިންގި 6 ބިދޭސީއަކު ޑީޕޯޓުކޮށްލަނީ

މާލޭގައި އިއްޔެރޭ ހިންގި މާރާމާރީއަކާާ ގުޅިގެން ބިދޭސީންތަކެއް ޑީޕޯޓުކޮށްލަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. އިއްޔެރޭ އަސްރަފީ މަގުގައި ބިދޭސީންތަކެއް ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. މި މައްސަލާާގައި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ. އިމިގްރޭޝަނުން ބުނީ މާރާމާރީއާ ގުޅިގެން 6 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ އެންމެންގެ ވިސާ ބާތިލުކުރުމަަށްފަހު ޑީޕޯޓް ކޮށްލަން ނިންމާފައިވާ ކަމަށެވެ. […]

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ. ޚާއްސަ އިނާމާބެހޭ ކޮމިޓީން މިއަދު ވަނީ މި ފުރުސަތު ހުޅުވައިލައި ޚާއްސަ އިނާމާބެހޭ އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސް އޮފީހުގެ ”ފޯމު ހުށަހެޅުން“ http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ 16 ވާ […]

ޔާމީން ބައިވެރިވެ ވަޑައިގަންނަވާ، ފްރޮންޓް އޮފީސް ޖަލްސާއެއް މިރޭ

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމާފައިވާ ކަމަށް އެ ޕާޓީއިން ބުނެފިއެވެ. ޕީއެންއެފްއިން ބުނީ އެ ޕާޓީގެ ފަރާތުން މިރޭ ފްރަންޓް އޮފީހުގައި ބާއްވާ ޖަލްސާއަށް ހުރިހާ ބޭފުޅުންނަށް ދައުވަތު އަރުވާ ކަމަށެވެ. ޖަލްސާ އޮންނާނީ މިރޭ 8:45 ގައި ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ. “ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ، ފްރޮންޓްއޮފީސް ޚާއްސަ ޖަލްސާއެއް މިރޭ އޮންނާނެ ! އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވަން.“ ޕީއެންއެފްއިން ބުންޏެވެ. 20 […]

ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާގެތެރެއިން 300 މިލިއަން ރުފިޔާ ދީފިން: ފެނަކަ

ފެނަކަ އިން ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާގެތެރެއިން 300 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ. މިކަން ހާމަކުރީ ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުޙައްމަދު މަސްއޫދެވެ. އޭނާ ވިދާޅުވީ ފެނަކައިގެ މިހާރުގެ މެނޭޖުމެންޓުން ހަވާލުވި އިރު ކުންފުނީގެ ދަރަނި 4.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި އެއިން އެންމެ ބޮޑު ދަރަންޏަކީ ފެނަކައަށް ތެޔޮ ގަތުމަށް ފަހު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް ދައްކަން […]

ތުރުކީއަށް ވީ ގޮތް ރާއްޖެއަށް ވެދާނެތަ!

ގައުމީ ހަޔާތެއް އާރާސްތުކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ އެކައްޗަކީ ނިޒާމެކެވެ. ދެވަނަ އެއްޗަކީ، އެ ނިޒާމު ހިންގުމަށްޓަކައި، ބޭނުންވާނެ ފަރާތްތަކެކެވެ. ދުނިޔަވީ ހަޔާތުގައި އިންސާނުންނަށް ފުރިހަމަ ނިޒާމެއްގެ ބޭނުން ބޮޑުއިރު, ގައުމެއްގެ ކުރިމަގު އުޖާލާކުރުމަށްޓަކައި، އެ ނިޒާމެއް އެކަށީގެންވާ ގޮތަށް ހިނގުން ލާޒިމެވެ. ކަންތައްތައް ބޮއްސުންލައިގެން ދަނީ ރަނގަޅު ނިޒާމެއް އެކަށައެޅިފައިނުވާތީއެވެ. ދުނިޔެ ވެސް ހިނގަނީ ފުރިހަމަ ނިޒާމެއްގެ ތެރެއިންނެވެ. ނަމަވެސް ގުދުރަތުގެ ނިޒާާމު ފުރިހަމައަށް ނުހިނގާނަމަ ބޯމައްޗަށް އުޑުވެއްޓިގެން ނުދާނެތޯއެވެ! ނަމަވެސް ގުދުރަތުގެ ކޮންމެ އެއްޗެއް ވެސް، […]

ޖަމާައަތަށް ފައިދާ ހުރި ޚާއްސަ ޚިދުމަތްތަކެއް ކުރެއްވި އަތަމާ އަބްދުއްލަތީފް ނިޔާވެއްޖެ

ޖަމާައަތަށް ފައިދާ ހުރި ޚާއްސަ ޚިދުމަތްތަކެއް ކުރެއްވި އަބްދުއްލަތީފް ހުސައިން މަނިކު ( އަތަމާ އަބްދުއްލަތީފް ) ނިޔާވެއްޖެ އެވެ. މައުލޫމާތު ލިބޭގޮތުން މ.މެޑޯޒް އަތަމާ އަބްދުއްލަތީފް ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ. ނިޔާވީ އުމުރުން 94 އަހަރެވެ. ޖަމާަތަށް ފައިދާ ހުރި ޚާއްސަ ޚިދުމަތެއްގެ ގޮތުގައި މީހުން ހައްޖަށް ގެންދެވުމުގެ މަސައްކަތް ކުރެއްވި އަބްދުއްލަތީފް މި މަސައްކަތް ފެށްޓެވީ ހިޖުރައިން 1398 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި އޭނާގެ […]

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން ތޯރިގު އިސްތިއުފާ ދެެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދެެއްވައިފިއެވެ. ޠާރިގުގެ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވަނީ ޔަގީންކޮށްދެއްވައިފައެވެ. މަޖިލީހުގައި ދެވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާތޯރިގު އިސްތިއުފާ ދެއްވި ސަބަބު އަދި ސާފެއް ނުވެއެވެ. ނަމަވެސް އެ ނިންމެވުން ނިންމެވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ތޯރިގުގެ […]

ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު ނިޔާވެއްޖެ

ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު މިއަދު ނިޔާވެއްޖެއެވެ. ސަންދާނުއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހާމިދު ޝަފީއު ނިޔާވީ، ކެންސަރުގެ ފަރުވާ އަށް އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ހާމިދު ޝަފީއު ވަނީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް ފުރުއްވާފައެވެ. ހާމިދު ޝަފީއުއަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއުއާއި އޭސީސީގެ ކުރީގެ ރައީސް މުހައްމަދު ޝަފީއުގެ ކޮއްކޮއެކެވެ. […]

ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން 2 ކިލޯ ޑްރަގް އަތުލައިގަނެފި

ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. އިސްކަންދަރުކޮށީގައި ފުލުހުންނާއި ކަސްޓަމްސްއިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ވަހީދު ވިދާޅުވީ ޕާކިސްތާނު މީހާ މާލެ އައީ މިދިޔަ ބުދަ ދުވަހު އަބޫދާބީގެ މަގުން ކަމަށެވެ. ވަހީދު ވިދާޅުވީ އޭނާގެ އަތުން 2.12 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ […]

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 6 މަހުގައި 62 ކިލޯގެ ޑްރަގް އަތުލައިގެންފި

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފި އެވެ. ފުލުހުންނާއި ކަސްޓަމްސްއިން ހިންގާ އޮޕަރޭޝަންތަކުގެ މައުލޫމާތު އާންމު ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓުގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް، ނާހިދު ހުސައިން ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 62 ވަރަކަށް ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ ކޮންމެ މަހެއްގެ މައްޗަށް 10 […]