އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކުން ސީރިއާއަށް ބޮން އެޅުން – ދައްޖާލުގެ އިންސާފު

މީޑިއާ ޚަބަރުތަކުގައި ފަލަޝުރުޚީއިން އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކުން އިރުމަތީ ސީރިޔާގައި ހުރި އީރާނާ ގުޅުންހުރި ކަމަށް ޕެންޓަގަނަށް ޝައްކުކުރެވޭ ތަންތަނަށް ބޮން އަޅައިފިކަމަށް ޕެންޓަގަނުން ބުނެފިއެވެ.   އަދި އެއީ އެ ސަރަޙައްދުގައި ހުރި އެމެރިކާގެ މަސްލަޙަތު ތަކަށް ޙަމަލާ ދެމުންގެންދާތީ ކަމަށްބުނެ އެމެރިކާއިން ކަނޑައެޅި ނިޔާއެއް ކަމަށާއި އީރާނާއި ގުޅުން ހުރި ފަރާތްތަކުން މުސްތަގްބަލު ގައިވެސް އެމެރިކާގެ މަސްލަޙަތުތަކާއިނުކުޅެވޭނެ ކަމަށް ދިން އިންޒާރެއް ކަމަށްވެސް ބުނެފައިވެއެވެ. ފަލަސްތީނާއި އާއި އިސްރާއީލާ ދެމެދު ކުރެވެމުންދާ ހަނގުރާމަ އިތުރަށް ފުޅާވެގެން ދާން އެމެރިކާ ބޭނުމެއް ނުވެއޭ ބުނަމުން ގެންދެއެވެ. ނަމަވެސް އެމެރިކާއިން ބޭނުން ކޮންމެ ކަމެއް ކުރެވެން ޖެހޭނެއެވެ. އެހެންބަޔަކު ޗުއްޕުވެސް […]

ގަތަރުގެ ކޯޓުން އިންޑިއާގެ 8 މީހަކު މަރަން ޙުކުމްކޮށްފި

ކުރީމަހުގައި ކެނެޑާއާއި ޖެހިގަތީއެވެ. މިއަދު ގަތަރާއި ޖެހިގަތީއެވެ. އިންޑިއާގެ ޕޮރިން ޕޮލިސީއާއި ހަމަޖެހުން ޓެރަރިޒަމްއަށް މިބަދަލުކޮށްލީ ކީއްވެބާވައެވެ؟ އިންޑިއާގެ މީހުންވެސް ޙައިރާން ކުރުވައިފިއެވެ. އެހެނީ ގަތަރާއި އިމިރެޓްސް އަދި އެސަރަޙައްދުގެ ގިނަ އިސްލާމީ ގައުމުތަކަކީ އިންޑިއާ މީހުންގެ އެންމެ ބޮޑު ވަޒީފާގެ ބާޒާރެވެ! އިންޑިއާގެ ޚާރިޖިއްޔާއިން  މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި އިންޑިއާގެ ކަނޑު ސިފައިންގެ ތެރޭގައި ކުރިން މަސައްކަތް ކޮށްފައިވާ 8 މީހަކަށް ގަތަރުގެ ކޯޓުން މަރުގެ ނިޔާ ޙުކުމް ކޮށްފިއެވެ.  އެ 8 މީހުން ގަތަރުގެ ބަންދުކޮށްފައި ވަނީ 2022 ވަނައަހަރު އޮކްޓޯބަރ […]

ޑިމޮކްރެސީ އާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވީމާ ދެން ވާނެގޮތަކީ މިއީ

ވިސްނާ ފިކުރުކުރުން ހުއްޓެވެ. ދުނިޔޭގައި އޮތް އެންމެ އަދުލެވެރި އަދި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން އެންމެ ފުރިހަމައަށް ރައްކާތެރި ކުރެވިފައިވާ ގައުމަކީ އެމީހުންބުނެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޔުނައިޓެޑް ސްޓޭޓްސް އޮފ އެމެރިކާއެވެ.  އެމެރިކާއިން މުޅި ދުނިޔެއަށް ގޮވަމުން އެގެންދަނީ އެމެރިކާ އަކީ ނަމޫނާއަކަށް ބަލައިގެން ގައުމުތައް ކުރިއަށް ދިއުމަށެވެ. އެކަމަކު އެބުނާ ރިވެތި ޑިމޮކްރެސީގައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީފައިވަނީ ކިހާވަރަކަށްތޯ ވިސްނާ ފިކުރު ކުރަން ޖެހެއެވެ.  އެހެން ހުރިހާ ކަމެއް އެއްފަރާތް ކޮށްފާ ހަމައެކަނި އަތްފަސޭހައަކަށް ނޫނީ މީހުން […]

އަހަރެމެންނާ ދެކޮޅު ސިޔާސަތުގެ އަގު ރަޝިޔާއަށް ވަރަށް ބޮޑުވާނެ- އިސްރާއީލް

ރަޝިއާ ސަރުކާރުގެ ޓެލިވިޒަން ސްޓޭޝަން ( އާރް. ޓީ ) އިންޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލުގެ ސިޔާސީ ބޭފުޅުން ރަޝިޔާއާއި ދެކޮޅަށް ހޫނު އިންޒާރުތަކެއް ދީފިއެވެ. ގައްޒާއާއި ޔޫކްރެއިން ހަނގުރާމައިގާ މޮސްކޯއިން ގެންގުޅޭ ސިޔާސަތަށް ފާޑުކިޔައި އިންޒާރު ދެމުން އެމީހުން ވައުދުވަމުންގެންދަނީ ރަޝިޔާއާއި ދެކޮޅަށް ނިކުންނާނެ ކަމަށެވެ. ބެންޖާމިން ނަތަންޔާހޫގެ ލީކުޑް ޕާރޓީގެ ޑިމޮކްރެޓިކް ވިންގުގެ ޗެއަރމަން އަމީރް ވެއިޓްމަން ބުނެފައިވަނީ އަހަރެމެން ފަލަސްތީނުގެ ޙަމާސް ބަލިކުރުމަށްފަހު “ ރަޝިޔާގެ އަމަލުތަކުގެ އަގު އަދާކުރަން ޖައްސާނަމެވެ ”. ރަޝިޔާއިން އަގު އަދާކުރަން ޖައްސާނަމެވެ.  ތަކުރާރުކުރަމުން އޭނާ ބުންޏެވެ. އިނގިރޭސިވިލާތުގެ ރަޝިއަން […]

އަހަރެމެންގެ މިލިޓްރީ ބާރުވެރިކަންހުރި މިންވަރު ދައްކާލާނަން – އެމެރިކާ

އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރު ދީފައިވާގޮތުގައި މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުވެރިކަން ޕެންޓަގަނުން ތައްޔާރީ ޙާލަތަކަށް ގެނެސްފައިވާއިރު އީރާނާއި އީރާނުގެ ބައިވެރިން ހަމަހިމޭނުން ތިބުމަށް އެމެރިކާގެ ވަރަށް އިސް ދެ އޮފިޝަލަކު އިންޒާރު ދީފިއެވެ. މެދު އިރުމަތީގެ ޙާލަތު ގޯހުން ގޯހަށް ބަދަލު ވެގެންދާ މިދަނޑިވަޅުގައި ލެބަނަން އާއި އިރާގުގައި ތިބި އެމެރިކާގެ ނޮން އިމަރޖެންސީ ( ކޮންމެހެން ބައިތިއްބަންޖެހޭ މީހުން ފިޔަވައި) ހުރިހާ މުއައްޒިފުންއެގައުމުން ބޭރުވާންވެސް އެމެރިކާއިން އަންގައިފިއެވެ. އަހަރެމެންގެ ރައްޔިތުންނަށް އީރާނުގެ ބައިވެރިން ދީފާނެ ގެއްލުމަކާމެދު އަހަރެމެން ކަންބޮޑުވަމެވެ. އަދި ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމަށް އަހަރެމެން ލަފާކުރަމެވެ. ފުރުސަތުގެ […]

އިންޑިއާއިން ކަންތައް ކުރާގޮތުން އެތައް ބަޔަކު އުދަނގުލާ ކުރިމަތިލާން ޖެހިފާ

ރޮއިޓާރސް ޚަބަރުދީފައިވާ ގޮތުގައި ކުއްލިއަކަށް ކެނެޑާގެ ސިޔާސީ ބޭފުޅުންނާއިދޭތެރޭ އިންޑިއާއިން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ސަބަބުން ދެގައުމުގެ އެތައް މިލިއަން ރައްޔިތުންނަށް ބޮޑެތި އުދަނގޫތަކާއި ކުރިމަތިލާން މިވަނީ ޖެހިފައެވެ. ބޮޑު ވަޒީރު ޓުރޫޑޯ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އިންޑިއާގައި ތިއްބެވި ކެނެޑާގެ 41 ސިޔާސީ ބޭފުޅަކަށް ދެވިފައިވާ އިމްތިޔާޒުތައް ނިގުޅައިގަތުމާއި ގުޅިގެން އެބޭފުޅުން އަނބުރާ ގައުމަށް ގެނައުމުގެ އެއް ދުވަސް ފަހުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވެފައި ވަނީ އިންޑިއާއާއި ކެނެޑާގައި އެތައް މިލިއަން މީހުންނަކަށް މި އުދަނގޫތަކާއިކުރިމަތިލާން ޖެހިފައި މިވަނީ ސިޔާސީ ބޭފުޅުންނަށް ދޭންޖެހޭ އެންމެ އާދައިގެ އިމްތިޔާޒް […]

ޗައިނާއިން ފަލަސްތީނުގެ ކޮޅަށް ލެނބުމުން އެމެރިކާއާއި އިސްރާއީލު ދެލޯބޮޑުވެއްޖެ

އެމެރިކާއާއި އިސްރާއީލުން ބޭނުންވާ ގޮތަށް ފަލަސްތީނުގެ ޙަމާސްއިން އިސްރާއީލަށް ދިން ޙަމަލާއަކީ ޓެރަރިސްޓް ޙަމަލާއެއް ކަމަށް ބުނެ ޗައިނާއިން އެ ޙަމަލާ ކުށްވެރި ނުކުރުމުން މެދުއިރުމަތީގެ ސަފުން އެމެރިކާ ބާކީކުރަން އުޅެނީ ކަމަށް ތުޙުމަތުކޮށް އެމެރިކާއާއި އިސްރާއީލުން ޗައިނާދެކެ އިތުރަށް ރުޅިއަތުވެއްޖެއެވެ. އޮކްޓޯބަރު 7 ވަނަދުވަހު ފަލަސްތީނުން އިސްރާއީލުގެ ތެރެއަށް ވެދެގަނެ ދިން ޙަމަލާތަކުގައި މިހާތަނަށް ދޮޅުހާހެއްހާ އިސްރާއީލުން މަރާލެވިފައިވާއިރު އަދި އެ ވާހަކަ ދެކެވޭއިރު ޗައިނާއިން ފަލަސްތީނު ޙަމާސް ޖަމާޢަތުގެ ނަންވެސް ނުގެންނާތީ އަދި ވަކިން ރުޅިގަނޑު އޮތީ ބޮޑުވެފައެވެ. އޭގެ ބަދަލުގައި ރަޝިޔާއާއި ބައިވެރިވެގެން ޗައިނާއިންވެސް ބުނަމުން ގެންދަނީގާޒާއަށް ދެމުންގެންދާ ފަނާކުރަނިވި ޙަމަލާތައް ދިނުން ވަގުތުން ހުއްޓާލުމަށާއި […]

އަލްގާއިދާ އާއި އިސްލާމިކް ސްޓޭޓުން އިސްރާއީލާ ދެކޮޅަށް ނިކުތުމަށް ގޮވާލައިފި

އިސްރާއީލާއި ފަލަސްތީނާއި ދެމެދު ކުރެވެމުންދާ ހަނގުރާމަ ހޫނުވަމުންދާ މިދަނޑިވަޅުގައި އިސްރާއީލުގެ އަމާޒުތަކަށް ޙަމަލާދޭން ނިކުތުމަށް އަލްގާއިދާއާއި އިސްލާމިކް ސްޓޭޓުގެ ލީޑަރުން އެމީހުންގެބައިވެރިންނަށް ގޮވާލަމުން އެބަ ގެންދެއެވެ.  މީގެ ސަބަބުން މުޅި މެދު އިރުމަތި ހަނގުރާމައެއްގެ ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ. ޙަމާސް އިން އިސްރާއީލަށް ޙަމަލާ ދިނުމާގުޅިގެން އަލްގާއިދާއިން މިހާރު އަންނަނީ މަރުޙަބާ ކިޔަމުންނެވެ.  އިސްރާއީލުން މިހާތަނަށް ފަލަސްތީނުގެ އެކިއެކި އަމާޒުތަކަށް ދިން ޙަމަލާތަކުގައި 4500 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. ނަތީޖާއެއްގެ ގޮތުން މުޅި އިސްލާމީ ދުނިޔެއިން އިސްރާއީލުގެ މި އަނިޔާވެރިޙަމަލާތައް ގެންދަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި […]

ދުނިޔޭގައި ބޭނުންކުރާ ހަކަތަގެ ބޮޑު ހިއްސާއެއް ލިބެނީ ޙަމާސްގެ ހެޑްކުއާޓަރ ތަކުން

ދުނިޔޭގައި އެކިއެކި ބޭނުންތަކަށް ބޭނުންކުރާ ސާފު ނުކުރާ ތެލާއި ގޭހުގެބޮޑުޙިއްސާއެއް އަންނަނީ ޙަމާސްގެ ހެޑްކުއާރޓަރު ތަކުގެ ތެރޭންލާފައި ކަމަށާއި ޙަމާސްއާއި އިސްރާއީލުގެ ހަނގުރާމަ ދިގުލަމުންދާނަމަ ހަކަތަ ލިބުމަށް ހުރަސްތަކެއް މެދުވެރިވެދާނެ ކަމަށް ބުނެފިއެވެ.  އަދި ހަކަތައިގެ ބާޒާރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިދާނެކަމަށްބުނެ ތަޖްރިބާކާރުންގެ އިންޒާރު އަތުވެއްޖެއެވެ.                                                        މެދުއިރުމަތީގައި މެދުވެރިވާ ކޮންމެ ދެކޮޅުވެރި ކަމަކާއި ގުޅިގެން […]

އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުވުމުގެ މުއްދަތު ހަމަވެއްޖެ

ޔުނައިޓެޑް ނޭޝަންސުން އީރާނުގެ މިސައިލް އުފެއްދުމާއި ވިއްކުމާއި އީރާނުން އެފަދަ ހަތިޔާރު ގަތުން މަނާކޮށްފައިއޮތް އޮތުމުގެ މުއްދަތު މިދިޔަ ބުދަދުވަހު ނިމުމަކަށް އައީއެވެ. ހުޅަނގާއި އެމެރިކާގެ ބައިވެރިން ދެކޭ ގޮތުގައި މިއީ އީރާނަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި އީރާނުގެ ފަނާކުރުވަނިވި ހަތިޔާރުގެ ޕްރޮގްރާމަށް ފާރަލުމާ ހަވާލު ކުރެވިފައިހުރި ޑިރެކްޓަރ ރިޗާރޑް ގޯލްޑްބާރގް ފޮކްސް ނިއުސް އަށް ކިޔާދިންގޮތުގައި ފަލަސްތީނުން އިސްރާއިލަށް ޙަމަލާދީފައިވާ  މިދަނޑިވަޅުގައި ފަލަސްތީނުގެ ހަނގުރާމަވެރި ޙަމާސްގެ އެންމެ ބޮޑު އެހީތެރިޔާ އީރާނަށް މިހާ އަގުބޮޑު ހަދިޔާއެއް ދޭން މަޖްބޫރު ވެފައިވާތީ ރައީސް ބައިޑަން ހުންނެވީ […]