އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުވުމުގެ މުއްދަތު ހަމަވެއްޖެ

Loading

Facebook
Twitter
WhatsApp


ޔުނައިޓެޑް ނޭޝަންސުން އީރާނުގެ މިސައިލް އުފެއްދުމާއި ވިއްކުމާއި އީރާނުން އެފަދަ ހަތިޔާރު ގަތުން މަނާކޮށްފައިއޮތް އޮތުމުގެ މުއްދަތު މިދިޔަ ބުދަދުވަހު ނިމުމަކަށް އައީއެވެ.

ހުޅަނގާއި އެމެރިކާގެ ބައިވެރިން ދެކޭ ގޮތުގައި މިއީ އީރާނަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި އީރާނުގެ ފަނާކުރުވަނިވި ހަތިޔާރުގެ ޕްރޮގްރާމަށް ފާރަލުމާ ހަވާލު ކުރެވިފައިހުރި ޑިރެކްޓަރ ރިޗާރޑް ގޯލްޑްބާރގް ފޮކްސް ނިއުސް އަށް ކިޔާދިންގޮތުގައި ފަލަސްތީނުން އިސްރާއިލަށް ޙަމަލާދީފައިވާ  މިދަނޑިވަޅުގައި ފަލަސްތީނުގެ ހަނގުރާމަވެރި ޙަމާސްގެ އެންމެ ބޮޑު އެހީތެރިޔާ އީރާނަށް މިހާ އަގުބޮޑު ހަދިޔާއެއް ދޭން މަޖްބޫރު ވެފައިވާތީ ރައީސް ބައިޑަން ހުންނެވީ ހިތްފަޅައިގެން ގޮސްފައެވެ. 

ރިޗާރޑް މި އިޝާރާތްކުރީ އ. ދ. އިން އެކަން މަނާކޮށްފައި އޮތް އޮތުން ނިމިގެންދާއިރު އެކަން ހުއްޓުވަން އެމެރިކާއަށް ކުރެވޭނެ ދެން އިތުރު އެއްވެސް ކަމެއް ނެތުމުންނެވެ. ރިޗަރޑްވެސް ބުނެފައިވަނީ އީރާނުގެ މިސައިލް ޕްރޮގްރާމް އ. ދ. މަނާކޮށްފައި އޮތް އޮތުން ނިމުމަކީ އީރާނަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެކެވެ.            

މިމަހުގެ ކުރީކޮޅު އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވެދާތު ޕަޓޭލް މީޑިއާ އާއި ބައްދަލު ކޮށްދެއްކި ވާހަކައިގާ އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުމުގެ އަމުރު ދަންމާލަން އެމެރިކާއިން މަސައްކަތް ނުކުރަނީ ކީއްވެތޯ ސުވާލު ކުރުމުން ޖަވާބުގައި ބުނެފައިވަނީ އީރާނުން ނުރައްކާތެރި ހަތިޔާރު އުފެއްދުން ހުއްޓުވާނެ ކިތަންމެ ގޮތެއް އަހަރެމެންނަށް އެނގޭކަމަށެވެ.

އ. ދ. ގެ ސަލާމަތީ މަޖިލީހުގެ ނަންމަބުރު 2231 ގަރާރު ނޫނަސް އަހަރެމެންނަށް ކުރެވޭނެ ބައިވަރު އެހެން ކަންތައްވެސް އެބަ ހުއްޓެވެ. ދުނިޔޭގެ އެކްސްޕޯރޓް ކޮންޓްރޯލް އޮތީ އަހަރެމެންގެ ބާރުގެ ދަށުގައެވެ. އަދި  ބައިލޭޓްރަލް އަދި މަލްޓިލޭޓްރަލް އެއްބަސް ވުންތައް އެބަހުއްޓެވެ.

އޭގެ އިތުރުން އަހަރެމެންގެ އަމިއްލަ ސެންކްޝަންތައް އަހަރެމެންނަށް ބޭނުން ކުރެވޭނެއެވެ. އ. ދ. ގެ ސަލާމަތީ މަޖިލީހުގެ 2231 ވަނަ ގަރާރު ފާސްކޮށްފައިވަނީ 2015 ވަނައަހަރުގައެވެ.

އީރާނުން ބޭނުންހާކަމެއް ކުރަން ބައިޑަން އެޑްމިނިސްޓްރޭޝަނުން ފުރުސަތެއް ނުދޭނަމެވެ. އޭނާ ބުނެފާވެއެވެ! 2231 ގަރާރާ ބެހޭގޮތުން ފޮކްސް ނިއުސް އިން ކުރި ގިނަ ސުވާލުތަކަކަށް އެމެރިކާގެ ޚާރިޖިއްޔާއިން ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ.                            

2231 އެގަރާރުގެ ދަށުން ޓްރާންސިޝަން ތާރީޚާ ( 19 އޮކްޓޯބަރ 2023 ) ހަމަޔަށް ނިއުކްލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބެލިސްޓިކް މިސައިލް އުފެއްދުމާއި ގަނެ ވިއްކުން އޮތީ އީރާނަށް މަނާކޮށްފައެވެ. އިއްޔެއެގަރާރު ނިމުމަކަށް އައީއެވެ.                                                    

މިދިޔަ ޖުލައިމަހުގެ ތެރޭގައި އީރާނުގެ ޑްރޯން ޓެކްނޯލޮޖީ ހޯދުމަށާއި އަދި ޑިފެންސާއި ސެކިއުރިޓީގެ އެމް. އޯ. ޔޫ އެއްގައި އީރާނުގެ ދިފާއީ ވަޒީރު ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ރިޒާ އަޝްތިއާނީ އާއި ބޮލީވިއާގެ ދިފާޢީ ވަޒީރު އެޑްމަންޑޯ ނޮވިލޯ އަގިލާރ ވަނީ ސޮއިކޮށްފައެވެ.

އެފް. ޑީ. ޑީ. ގެ ސީނިއަރ ފެލޯ އަދި އީރާނުގެ ކަންތަކާއިބެހޭ ތަޖްރިބާކާރު ބެހްނާމް ބެން ތަލެބްލޫ ބުނެފައިވާ ގޮތުގައި އ. ދ. އިން އީރާނުގެ ފަނާކުރަނިވި ހަތިޔާރު އުފެއްދުން މަނާކުރި މުއްދަތު ހަމަވެގެން ދިޔައިރުވެސް އެމެރިކާއިން އެއްވެސް ކަމެއް ނުކޮށް ހަމަހިމޭނުން އޮތުމަކީ ވަރަށް ޙައިރާންވާންޖެހޭ ކަމެކެވެ.

މިހާރުވެސް އީރާނުން ރަޝިޔާއަށްވެސް ޑްރޯން ފޯރުކޮށް ދެމުން ގެންދާއިރު ކުރިއަށްއޮތް ތަނުގައި ވަރަށް ފުޅާވެގެން ދާނެއެވެ. މިހާރުވެސް ބާވީސް ގައުމަކަށް އީރާނުން ޑްރޯން ފޯރުކޮށް ދެމުން ގެންދާއިރު އިސްރާއީލުން ބުނަމުން ގެންދަނީ އެއީ ދޮގެއްކަމަށާއި މިހާރުވެސް ފަންސާސް ގައުމަކުން އިރާނުގެ ޑްރޯން ގަންނަމުން ގެންދާ ކަމަށެވެ. 

ތަލެބުލޫ ބުނެފައިވާ ގޮތުގައި މިހާރު ހަމައެކަނި އީރާނުން ޑްރޯން ވިއްކަމުންގެންދިޔަނަމަވެސް ކުރިއަށް އޮތްތަނުގައި މިސައިލްވެސް ވިއްކަމުން ގެންދާނެކަމަށެވެ. 

އެކަމަށް އޮތް ހުރަސް އީރާނަށް މިއޮތީ މިހާރު ނިމުމަކަށް އައިސްފައެވެ. މިއީ މެދު އިރުމައްޗަށްވެސް އޮތް ނުރައްކަލެއް ކަމަށް އޭނާ ސިފަކުރެއެވެ. އެމެރިކާ ދެކޭގޮތުގައި އެމެރިކާ ނުރުހޭގޮތަށް ޢަމަލުތައް ބަހަށްޓާ ގައުމުތަކަކީ ދުނިޔޭގެ މަސްލަޙަތަށް އޮތް ނުރައްކަލެކެވެ.                                                               

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް