ފަލަސްތީނުގެ ހަނގުރާމައަށް އެއްވެސް ފިނިކަމެއް ނުގެނެވި ބްލިންކަން ފުރައިގެން ދަނީ

އެމެރިކާގެ ޚާރިޖީވަޒީރު މެދުއިރުމައްޗަށް ވަޑައިގެން ގައްޒާގެ ހަނގުރާމަ ހުއްޓުވަން ކުރި ގީދަޅު މަސައްކަތަށް ފާހަގަކުރެވޭފަދަ އެއްވެސް ކާމިޔާބެއް ނުލުބުމުން ފޮށިތަންމަތި ބަންދުކޮށްގެން ފުރައިގެން ހިނގައްޖެއެވެ. އެމެރިކާގެ އެންމެ ގާތް ރަޙްމަތްތެރި އިސްރާއީލުންވެސް ކަލޭ ތިޔަ ކިޔަނީ ކީކޭހޭ އަހާނުލިއެވެ. އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ އުދުވާން ވަގުތީގޮތުން މެދުކަނޑާލަން ރައީސް ބައިޑަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަން ދައްކަން މެދުއިރުމައްޗަށް ފޮނުވި އޭނާގެ އެންމެ އިސް މި ޑިޕްލޯމެޓް އިސްރާއީލާއި ވެސްޓްބޭންކާއި ޖޯރޑަން އަދި ސައިޕްރަސް އާއި އިރާގުން ތާއީދު ހޯދަން ކުރިމަސަކަތް އެންމެފަހުން އަތަށް ގޮވީ ކަމުގައި […]
ޔޫކްރެއިންގެ ސިފައިން ހުސްވަމުންދާތީ އެމެރިކާއިން ގޮތް ހުސްވަނީ

ޔޫކްރެއިންގެ ސިފައިން ހުސްވަމުން ދިއުމާއެކު އެމެރިކާއާއި ޔޫރަޕްން ރަޝިޔާއާއެކު ވާހަކަދައްކައިގެން ހަނގުރާމަ ހުއްޓާލައި ސުލްޙަ ގާއިމުކުރެވޭނެގޮތެއް ހޯދުމުގެ ވިސްނުން ގެންގުޅެން ފަށައިފި ކަމަށް ޔޫކްރެއިނިސްކާ ޕްރަވްޑާއިން ބުނެފިއެވެ. އެމެރިކާއިން ހާމަކޮށްފައިވާގޮތުގައި ރަޝިޔާގެ ސިފައިންގެ އަދަދު އިތުރުވަމުންދާއިރު ޔޫކްރެއިންގެ ސިފައިން ދަނީ ހުސްވަމުންނެވެ. އަދި ޔޫކްރެއިންގެ ސިފައިންގެ ތެރެއަށް ވަންނާނެ މީހަކުވެސް ނުވެއެވެ. މިޙާލަތުގައި ރަޝިޔާއާއެކު ވާހަކަދައްކައިގެން ސުލަޙައިގެ މަގެއް ޚިޔާރުކުރުން ނޫންގޮތެއް ނެތެވެ. އަދި ފަލަސްތީން އާއި އިސްރާއީލުގެ ހަނގުރާމަ ކުރިއަށް ދާއިރު ޔޫކްރެއިނަށް އެހީ އާއި މަދަދު ފޯރުވޭނެ ގޮތެއްވެސް ނެތްކަމަށް އެމެރިކާއިން ބުނެއެވެ. […]
ހަނގުރާމާގައި އަހަރެމެން ބަލިވަނީ – ޔޫކްރެއިން

އޭ. އެފް. ޕީ. އިން ޚަބަރު ދީފައިވާ ގޮތުގައި އިރުމަތީ ޔޫކްރެއިން ގައި ފިނިގަދަވެގެން ޔޫކްރެއިންގެ ސިފައިންނަށް ހަނގުރާމަ ކުރުން އުދަނގޫވެއްޖެ ކަމަށް ލަޝްކަރުގެ ވެރިން އިންޒާރު ދެމުން އެބަ ގެންދެއެވެ. ހަނގުރާމައިގެ މައިދާނުގައި ހުރި އެންމެ ސީނިއަރ އޮފިޝަލް ހާމަކުރި ގޮތުގައި ރަޝިޔާއެކު ކުރަމުން ގެންދާ ހަނގުރާމަ މިޙާލަތުގައި ކުރިއަށް ނުގެންދެވޭނެއެވެ. މަޑުމަޑުން އަހަރެމެންނަށް ހަނގުރާމަ ނާކާމިޔާބު ވަމުންދާ ވާހަކަ އަހަރެން މިގެންދަނީ ބުނެދެމުންނެވެ. މިގޮތަށް ދުވަސްތައް ދިޔަވަރަކަށް އަހަރެމެންނަށް ލިބޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ. އޭ. އެފް. ޕީ. އަށް ފޯނުން ދިން […]
އިސްރާއީލާއި ޙަމާސްގެ ޙަމަލާތައް މެދުކަނޑާލަން ބައިޑަން ގޮވާލައިފި

އޭ. ބީ. ސީ. ނިއުސް އިން ޚަބަރު ދީފައިވާގޮތުގައި ރަހީނުން މިނިވަން ކުރުމަށްޓަކައިި ޙަމަލާތައް ހުއްޓާލަން ރައީސް ބައިޑަން ގޮވާލައިފިއެވެ. ފަލަސްތީނުގެ އެތައްބަޔަކު މަރުވަމުން ޒަޚަމްވަމުން ކާއެއްޗެއް ބޯނެއެއްޗެއް ބޭސްފަރުވާ ކުރެވޭނެ ފަދައެއް ނެތް އިރު މީނާއަށް ބޮޑުކަމަކަށް ވެގެން މިއުޅެނީ ފަލަސްތީނުގެ މުޖާހިދުން އަތުލައިގެންފާވާ ޒައަނިސްޓް ޔަހޫދީން ރަހީނުން ބޭރަށް ގެނައުމެވެ. ބައިޑަން މިހެން ގޮވާލާފައިވަނީ އިންތިޚާބަށް ފައިސާހޯދަން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަނިކޮށް އެތަނުގައި ހުރި މީހަކުއިސްރާއީލާއި ޙަމާސްގެ ހަނގުރާމަ ހުއްޓާލާނީ ކޮންއިރަކުންތޯ ބުނެދިމާކުރުމުން އޭނާއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. ރަހީނުން ބޭރަށް ގެނައުމަށްޓަކައި ޙަމަލާތައް މެދުކަނޑާލަން ބީބީ ( […]
ހުޅަނގުން އެންމެފަހުން އަހަންނަށްވެސް ލަނޑު ދިނީބާ – ޒެލެންސްކީ

ޓައިމް މަޖައްލާއިން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައަކީ ހުޅަނގުން ކުޅޭ ކުޅިވަރެއް ކަމަށާއި އެމަނިކުފާނަށްވެސް އެންމެފަހުން ލަނޑުދީފި ކަމުގެ އިޙުސާސްތަކެއް ކުރެވެން ފަށާއިފިކަމަށް ރައީސް ޒެލެންސްކީ ވާހަކަފުޅު ދައްކަވައިފިއެވެ. އޭނާގެ ވާހަކަފުޅުގައި މީގެކުރިން އެމެރިކާއާއި ހުޅަނގުގެ އެހެން ގައުމުތަކުން އެމަނިކުފާނަށް ދެމުންގެންދިޔަ ތާއީދާއި ސަމާލުކަން މިހާރު ނުލިބޭ ކަން ވިސްނި ވަޑައިގެންފިކަން ޓައިމްސް މަޖައްލާއަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ އެންމެ އަރިހުގައި އުޅުއްވާ ބޭފުޅުންނަށްވެސް މިކަން ފާހަގަކުރެވި ރައީސް ޒެލެންސްކީ މިހާރު ހުންނަވަނީ ވަރަށްބޮޑަށް މާޔޫސްވެ ވަޑައިގެންފައިކަން ފާހަގަކުރައްވައި ރަޝިޔާއާއި ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ […]
ފަލަސްތީނުގެ މިނިވަންދައުލަތެއް ހޯދަން މައިކްރޮސްކޯޕަކުން ބެލިޔަސް ނުފެންނާނެ – ނަތަންޔާހޫ

އޮކްޓޯބަރ މަހުގެ 7 ވަނަދުވަހު ފަލަސްތީނުގެ މުޖާހިދުން ޙަމާސްއިން އިސްރާއީލަށް ދިން ކުއްލި ޙަމަލާއަށް ދުނިޔެ ނުރުހުންތެރި ކުރުވަން ބޭނުންކުރާނެ ބާރުގަދަ ލަފުޒުތަކެއް ހޯދާނެ ބަސްފޮތެއް ލިބޭތޯ އިސްރާއީލުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މަރާލާފައިވާ މީހުންގެ ހަށިތައް ތަޙްލީލު ކުރަމުންގެންދާ ތަޖްރިބާކާރުން ބުނަމުންގެންދަނީ މަރާލާފައިވާ 1400 މީހުންގެ ހަށިގަނޑު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. މި ޙަމަލާއަށްފަހު އިސްރާއީލުން ހާމަކުރަން ބޭނުންވަނީ ޙަމާސް އަކީވެސް އައި. އެސް. އައި.އެސް. ގެ ފަލްސަފާގައި މަސައްކަތްކުރާ ޖަމާއަތެއްކަން ދުނިޔެއަށް ދެއްކުމަށެވެ. ސޯޝަލް މީޑިއާ އާއި އަދި އެނޫނަސް ލިބެން އޮތް ކޮންމެ ވަސީލަތެއް އެއީ މަގުމަތީގައި އޮތް […]
ޙަމާސްގެ ކުއްލި ޙަމަލާ

ވަޔާއި ކަނޑުމަގުން އިސްރާއީލުގެ އެއްގަމު ސިފައިންނަށް މަގުދައްކަމުން އުތުރު ގައްޒާގައި ހުރި ޙަމާސްގެ ބިންގަރާސްތައް ކައިރީގައި ފުރަތަމަ ފަހަރަށް ދެބައިމީހުންގެ ކުރިމަތިލުމެއް އިއްޔެ ހިންގައިފިއެވެ. އިސްރާއީލުގެ ސިފައިން ބުނެފައިވާ ގޮތުގައި މި ޙަމަލާގައި ޙަމާސްގެ ގިނަ ހަނގުރާމަވެރިން ތަކެއް މަރާލެވުނެވެ. އިސްރާއީލުގެ ސިފައިން އިތުރަށް ބުނެފައިވަނީ ޙަމާސްގެ ހަނގުރާމަވެރިން މަސައްކަތް ކުރަމުން ގެންދިޔައީ ދެވަނަފަހަރަށް އިސްރާއީލުގެ ތެރެއަށް ވަދެގަންނަން ކަމަށް ބެލެވޭ ކަމަށެވެ. އިސްރާއީލު ސިފައިން ބުނެފައިވާ ގޮތުގައި މިއީ ބިންގަރާސް ތެރެއިން ލާފާ އިސްރާއީލްގެ ތެރެއަށް ދެމިގަންނަން ޙަމާސްއިން ދިމާކުރި ފުރަތަމަ ފަހަރެވެ. އެކަމަކު މުސްތަގްބަލްގައި މިއީ އާންމު ބިރުވރި ކަމަކަށް […]
ހަނގުރާމަ ހުއްޓާލަން ގޮވާލައި ބޮޑެތި ޝަހަރުތަކުގައި ކުރަމުންގެންދާ މުޒާހަރާގެ ތެރެއިން

ސީ. އެން. އެން. ގެ ޚަބަރުތަކަށް ބަލާއިރު އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ޙަމަލާތައް ހުއްޓާލަން ގޮވާލަމުން ކުރަމުންގެންދާ މުޒާހަރާތައް ދުނިޔޭގެ ބޮޑެތި ޝަހަރުތަކުގެ މަގުތައް ފުރާލައިފިއެވެ. އޭގެ ތެރޭގައި ނިއުޔޯކާއި ލަންޑަން އަދި އިސްތަންބޫލާއި ބަޣްދާދާއި ރޯމް ފާހަގަކޮށްލެވޭ ކަމަށް ބުނެއެވެ. އިސްރާއީލުން ބުނެފައިވަނީ އެއްވެސް އެނގުމަކާނުލައި ޙަމާސްގެ ހަނގުރާމަވެރިން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ތެރެއަށް ވަދެގަނެ ދޮޅުހާހެއްހާ މީހުން މަރާލައި އެތައް ބަޔަކު ރަހީނުކޮށްގެން ގެންދިއުމުން އިސްރާއީލުން ދޭންފެށި ރައްދުގެ މިއީ ދެވަނަ މަރުޙަލާ ކަމަށެވެ. […]
އެމެރިކާއާއި އީރާނުގެ ސީދާ ކުރިމަތި ލުމެއްގެ އިންޒާރު

ނޭޓޯގެ ގުޅިފައިވާ ލަޝްކަރުތަކުގެ ކުރީގެ ކޮމާންޑަރ ޖޭމްސް ސްޓާވްރިޑިސް އަށް ޙަވާލާދީ ރިޕޯރޓް ކޮށްފައިވާ ގޮތުގައި މިހާރުފެންނަ މަންޒަރުތަކުން އެމެރިކާ އާއި އީރާނުގެ ސީދާ ކުރިމަތި ލުމަކަށް މިވަނީ ސިޑި އެލުވާފައެވެ. އެހެންނަމަވެސް އެމް. އެސް. އެން. ބީ. ސީ. ( މައިކްރޯސޯފްޓް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޮމްޕެނީ ) އަށް އޭނާ ދިން ބަސްދީ ގަތުމެއްގައި ބުނެފައިވަނީ އެމެރިކާއާއި އީރާނުގެ ސީދާ ކުރިމަތި ލުމަކަށް މަގު ކޮށެމުންދާނަމަވެސް އެއިން އެއްވެސް ގައުމަކުން އެފަދަ ކުރިމަތިލުމަކަށް ދާކަށް ބޭނުމެއް ނުވާނެއެވެ. އަދި އަމުދުން އީރާނުގެ އިގްތިސާދީ ޙާލަތުވެސް ވަރަށް […]
އެމެރިކާގެ ދަރަނި: ފުއްޕާ ހަމަކަށް ވައިޖަހަމުން ގެންދިޔައިމާ ނިމޭނީ ކިހެނެއް؟

ބިޒްނަސް އިންސައިޑަރުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ދަރަނި ފުފެމުންދާ ގޮތާއިމެދު ވޯލްސްޓްރީޓުން ކަންބޮޑުވެ ކަނިބުރައިގެން ހިނގައްޖެއެވެ. މިހާރު ދުނިޔޭގައި އޮތް ޖީ. ޑީ. ޕީ. ގެ ނިސްބަތުން ދަރަނި ސަތޭކަ އިން ސައްތަ އަށްވުރެން މައްޗަށްގޮސްފައިވާ 21 ގައުމުތެރޭގައި އެމެރިކާ ހިމެނިއްޖެއެވެ. އައި. އެމް. އެފް. ގެ ޑޭޓާ ތަކުގައި އިގްތިސާދީ ގޮތުން އެންމެ ދަށަށް ވެއްޓިފައިވާ ސްރީލަންކާ އާއި ގްރީކާއި އަދި ހަނގުރާމައިގާ އިގްތިސާދު ވީރާނާވެފައިވާ ސޫދާނުގެ ލިސްޓަށް އެމެރިކާވެސް އަރައިފިއެވެ. އާންމު ރައްޔިތުންގެ ޖީބަށްވަންނަ އެއްޗެއް ނެތުމުގެ ސަބަބުން […]