ޙަމާސްގެ ކުއްލި ޙަމަލާ

Loading

Facebook
Twitter
WhatsApp

ވަޔާއި ކަނޑުމަގުން އިސްރާއީލުގެ އެއްގަމު ސިފައިންނަށް މަގުދައްކަމުން އުތުރު ގައްޒާގައި ހުރި ޙަމާސްގެ ބިންގަރާސްތައް ކައިރީގައި ފުރަތަމަ ފަހަރަށް ދެބައިމީހުންގެ ކުރިމަތިލުމެއް އިއްޔެ ހިންގައިފިއެވެ.

އިސްރާއީލުގެ ސިފައިން ބުނެފައިވާ ގޮތުގައި މި ޙަމަލާގައި ޙަމާސްގެ ގިނަ ހަނގުރާމަވެރިން ތަކެއް މަރާލެވުނެވެ. އިސްރާއީލުގެ ސިފައިން އިތުރަށް ބުނެފައިވަނީ ޙަމާސްގެ ހަނގުރާމަވެރިން މަސައްކަތް ކުރަމުން ގެންދިޔައީ ދެވަނަފަހަރަށް އިސްރާއީލުގެ ތެރެއަށް ވަދެގަންނަން ކަމަށް ބެލެވޭ ކަމަށެވެ.

އިސްރާއީލު ސިފައިން ބުނެފައިވާ ގޮތުގައި މިއީ ބިންގަރާސް ތެރެއިން ލާފާ އިސްރާއީލްގެ ތެރެއަށް ދެމިގަންނަން ޙަމާސްއިން ދިމާކުރި ފުރަތަމަ ފަހަރެވެ. އެކަމަކު މުސްތަގްބަލްގައި މިއީ އާންމު ބިރުވރި ކަމަކަށް ވެދާނެއެވެ.

އަދި އެ ބިންގަރާހުގެ ދިގުމިނުގައި 300 ވަރަކަށް މޭލު ހުންނާނެ ކަމަށާއި އެތަނުގެ ތެރޭގައި ރޭލު ދަތުރުކުރެވޭނެ އިންތިޒާމް ވެސް ގާއިމް ކުރެވިފައިވާ ކަމަށް ތުހުމަތު ކުރެއެވެ. 

ބިންގަރާހުން ސިއްރިޔާތުގައި ވަދެ ނިކުތުން މިސްކިތްތަކާއި މަދަރުސާތަކުގެ ތެރެއިންވެސް ވަނީ ހަމަޖައްސާފައެވެ. މި ބިންގަރާސް ކޮނުމަށްޓަކައި ވިހި އަހަރު ދުވަސް ހޭދަކޮށްފައިވާ ކަމަށްވެސް އިސްރާއީލުން ބުނެއެވެ.                                     

ޙަމާސްއިން ބުނެފައިވަނީ އިސްރާއީލުގެ ބިޔަ ލަޝްކަރާ އެމީހުން ކުރިމަތިލާފައިވަނީ އެ ލަޝްކަރުން ގައްޒާގެ ހުޅަނގު އުތުރުން ވަނުމުންކަމަށެވެ.

އިސްރާއީލުގެ ސިފައިން މިހާރު ގައްޒާގެ ތެރެއަށް އަރާ އެއްގަމާއި ކަނޑާއި އަދި ވައިގެ މަގުން ޙަމަލާދެމުން ގެންދަނީ ޙަމާސްގެ ވަސް ދުނިޔެއިން ފޮހެލުމަށް ވަޢުދުވެގެނެވެ. 

އިސްރާއީލުގެ ޑިފެންސް ފޯސްގެ ތަރުޖަމާނު ރެއަރ އެޑްމިރަލް ޑެނިއަލް ހަގާރީ ބުނެފައިވަނީ އިސްރާއީލުގެ ސިފައިންގެ ޙަމަލާތައް ކުރިއަށްދާނީ މަޑުމަޑުން ކަމަށެވެ.

އަހަރެމެންގެ މަގްސަދު ޙާސިލު ކުރެވެންދެން އެއްގަމާއި ކަނޑާއި ވައިގެ މަގުން ޙަމަލާތައް ކުރިއަށް ގެންދާނަމެވެ. އެހެންނަމަވެސް ތަޖްރިބާ ކާރުން ދެކޭގޮތުގައި އިސްރާއީލް ސިފައިންގެ ޙަމަލާތައް މަޑުމަޑުން ކުރިއަށް ގެންދިއުމަކީ ޙަމާސް އާއި ގުޅުންހުރި ހަނގުރާމަވެރި ޖަމާއަތްތަކަށް ފުރުސަތުލިބި އަދި ރަހީނުންނަށް ނުރައްކާތެރި ޙާލަތަކަށް ވާނެއެވެ.

އިސްރާއީލުން އެއްގަމު މަގުން ދެމުންގެންދާ ޙަމަލާތަކުގެ ސަބަބުން ގައްޒާއިން މުވާސަލާތުގެ ގުޅުން ވަނީ އެއްކޮށް ކަނޑާލާފައެވެ.                         

ރެއަރ އެޑްމިރަލް ހަގާރީ ބުނެފައިވާގޮތުގައި ލެބަނަންގެ ބޯޑަރ ސަރަޙައްދުން ޙަމަލާދެމުން ގެންދިޔަ ޙިޒްބުއްލާ ގެ މިލިޓަރީ ޓާގެޓްތަކާއި މިލިޓްރީ ޕޯސްޓްތަކާއި ވަސީލަތްތައް މިހާރު ވާނީ ނައްތާލެވިފައެވެ. 

މި ޚަބަރާ ގުޅިގެން ހިޒްބުއްލާ އިން ބުނެފައިވަނީ އިސްރާއީލުގެ ޑްރޯނެއް ދެކުނު ލެބަނަން ސަރަޙައްދުން ވައްޓާލާފައި ވާނެ ކަމަށެވެ. އެ ޑްރޯން ވެއްޓުނީ އިސްރާއީލުގެ ސަރަޙައްދަށެވެ. ލެބަނަންގެ ސަލާމަތާ ބެހޭ މުއައްސިސާއިން ބުނެފައިވަނީ އެއީ އެންމެ ފުރަތަމަ ހިޒްބުއްލާ އިން ވައްޓާލި ޑްރޯން ކަމަށެވެ.

ކާނަގީ މިޑްލް އީސްޓް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ހިޒްބުއްލާ އަތުގައި ޑްރޯނަށް ޙަމަލާދެވޭނެ ވަސީލަތްތައް ގާއިމް ވެފާ ހުރި ނަމަވެސް މިއީ އެ ވަސީލަތުގެ ބޭނުންކުރި އެންމެ ފުރަތަމަ ފަހަރެވެ.  


 
މިދިޔަ އާދީއްތަދުވަހު ފަލަސްތީނުގެ ޙަމާސްގެ މިލިޓަރީން ބުނެފައިވަނީ އިސްރާއީލުގެ ޖަލުތަކުގައިތިބި ފަލަސްތީނުގެ ހުރިހާ މީހުން ދޫކޮށްލަނިކޮށް ރަހީނުންތައް ދޫކޮށްލެވިދާނެ ކަމަށެވެ. 

އެހެންނަމަވެސް އިސްރާއީލުން ދިން ޙަމަލާތަކުގައި ރަހީނުންގެ ތެރެއިން 50 މީހުން ވަނީ މިހާރު މަރުވެފައެވެ. ޙަމާސްގެ މި ވާހަކަ މިހާތަނަށް ޔަގީނެ ކުރެވިފައެއް ނެތްކަމަށް ބުނެއެވެ.    


                              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް