ޔޫކްރެއިންގެ ސިފައިން ހުސްވަމުންދާތީ އެމެރިކާއިން ގޮތް ހުސްވަނީ

Loading

Facebook
Twitter
WhatsApp


ޔޫކްރެއިންގެ ސިފައިން ހުސްވަމުން ދިއުމާއެކު އެމެރިކާއާއި ޔޫރަޕްން ރަޝިޔާއާއެކު ވާހަކަދައްކައިގެން ހަނގުރާމަ ހުއްޓާލައި ސުލްޙަ ގާއިމުކުރެވޭނެގޮތެއް ހޯދުމުގެ ވިސްނުން ގެންގުޅެން ފަށައިފި ކަމަށް ޔޫކްރެއިނިސްކާ ޕްރަވްޑާއިން ބުނެފިއެވެ. 

އެމެރިކާއިން ހާމަކޮށްފައިވާގޮތުގައި ރަޝިޔާގެ ސިފައިންގެ އަދަދު އިތުރުވަމުންދާއިރު ޔޫކްރެއިންގެ ސިފައިން ދަނީ ހުސްވަމުންނެވެ. އަދި ޔޫކްރެއިންގެ ސިފައިންގެ ތެރެއަށް ވަންނާނެ މީހަކުވެސް ނުވެއެވެ. 

މިޙާލަތުގައި ރަޝިޔާއާއެކު ވާހަކަދައްކައިގެން ސުލަޙައިގެ މަގެއް ޚިޔާރުކުރުން ނޫންގޮތެއް ނެތެވެ. އަދި ފަލަސްތީން އާއި އިސްރާއީލުގެ ހަނގުރާމަ ކުރިއަށް ދާއިރު ޔޫކްރެއިނަށް އެހީ އާއި މަދަދު ފޯރުވޭނެ ގޮތެއްވެސް ނެތްކަމަށް އެމެރިކާއިން ބުނެއެވެ.                                                           

ރަޝިޔާއާއެކު ސުލްޙައިގެ ވާހަކަ ދެއްކުންނޫން ގޮތެއް ނެތްކަން ދޭހަވާ މޭރުމަކުން ހުޅަނގުގެ ލީޑަރުން ޔޫކްރެއިނަށް ލަފާ ދެމުންގެންދާންވެސް ފަށައިފިކަމުގައި  އެން. ބީ. ސީ. ގެ ޚަބަރުގައިވެސް ބުނެފައިވެއެވެ. އެވާހަކަތަކުގައި ޔޫކްރެއިނުން ބައެއް ރަޝިޔާއަށް ދޭންޖެހިދާނެ ކަމަށް މަޢުލޫމާތު އެނގޭ އެމެރިކާގެ ވަރަށް އިސް ދެ ބޭފުޅަކު ވަނީ މަޢުލޫމާތު ދީފައެވެ.

އެމެރިކާއާއި ހުޅަނގުގެ ލީޑަރުން ގަބޫލުކުރާ ގޮތުގައި ޔޫކްރެއިން އާއި ރަޝިޔާގެ ހަނގުރާމަ ދެން ކާމިޔާބު ކުރެވޭނީ ހިފާއްޓާލެވުނު ބަޔަކަށެވެ. އަދި ހަމަ ޔަގީނުންވެސް ޔޫކްރެއިނުން އެކަމެއް ނުކުރެވޭނެއެވެ. ފާއިތުވެގެންދިޔަ ފަސް މަސްދުވަހުގައި ހުޅަނގުންދިން މޮޅު ހަތިޔާރާއި ފޯރުކޮށްދިން ހުނަރުވެރި ތަމްރީނު ތަކުންވެސް ހަނގުރާމައިގެ މައިދާނުގައި އެއްވެސް މިންވަރެއްގެ ކާމިޔާބީއެއް ލިބިފައިނުވާ ކަމަށް ޔޫކްރެއިނުންވެސް އެއްބަސްވެއެވެ.

ޕެންޓަގަނުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ 43.9 ބިލިއަން ޑޮލަރުގެ އިތުރުން ދެން އެހީވެދެވޭކަށް ނޯންނާނެއެވެ. ބައިޑަން އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި “ އަހަރެމެން ކިތަންގެ ބައިވަރު ހަތިޔާރަކާއި ތަމްރީނުތަކެއް ފޯރުކޮށްދިނަސް އެ ހަތިޔާރު ބޭނުންކުރަން އަންނާނެ މީހަކު ނެތިއްޔާ “ އަހަރެމެންނަށް ކޮށްދެވޭނީ ދެން ކޮން ކަމެއް ހެއްޠެވެ؟

ރަޝިޔާއިން ނުވަތަ ޔޫކްރެއިނުންވެސް މަރުވެފައިވާ ސިފައިންގެ އަދަދު ހާމައެއް ނުކުރެއެވެ. އެކަމަކު އެމެރިކާއިން އަންދާޒާކުރާ ގޮތުގައި ރަޝިޔާއިން މިހާތަނަށް ތިންލައްކަ ސިފައިން ވާނީ މަރުވެފައެވެ. އަދި ޔޫކްރެއިނުން ހަމަގައިމުވެސް ދެލައްކަ ސިފައިން މަރުވެއްޖެއެވެ. ޔޫކްރެއިންގެ ސިފައިންގެ ލަޝްކަރު ތަކުގެ އަދަދަށް ބަލާއިރު ދެ ލައްކަ ސިފައިންނަކީ ރަޝިޔާގެ ލަޝްކަރުގެ ނިސްބަތުން އެއްމިލިއަން ސިފައިންނެވެ.  

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ އެއްވެސް ފަރާތަކުން ރަޝިޔާއާއެކު ވާހަކަ ދައްކައިގެން ސުލަޙަވެރި ގޮތަކަށް ނިންމަން ޕްރެޝަރ ކުރަމުން ނުގެންދާ ކަމަށެވެ. އެހެންނަމަވެސް އިސްރާއީލުގެ ހަނގުރާމަފެށުނީއްސުރެން އަހަރެމެންނާ ދިމާލަށް ހުޅަނގުން ހަމަލޮލަކުންވެސް ބަލާތަނެއް ނުފެނެއެވެ. ދެން އެބުނަނީ ރަޝިޔާއާއެކު ސުލްޙަވެރި މަޝްވަރާއަކަށް އިށީނުމަށެވެ. އެއީ ކުރެވޭނެ ކަމެއް ނޫނެވެ.

ރައީސް ޕޫޓިންނަށް އިތުބާރެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް އެމެރިކާއާއި ޔޫރަޕްގެ އޮފިޝަލުން އެން. ބީ. ސީ އާއި ހިއްސާކޮށްފައިވާ ވާހަކަތަކުން އެނގޭގޮތުގައި ޔޫކްރެއިނުން ސުލްޙައިގެ މަޝްވަރާ ތަކުގައި މިއަހަރު ނިމުމުގެ ކުރިން ރަޝިޔާއާއެކު އިށީންނަން ޖެހޭނެއެވެ. ސުލްހައިގެ މަޝްވަރާ ތަކަކަށް ރައީސްޕޫޓިން އެއް އަވަސް އަރުވާލައިގެނެއް ނޫޅުއްވައެވެ.

އެމެރިކާއާއި ޔޫރަޕްގެ ލީޑަރުން ގަބޫލުކުރަން ޖެހިފައިވާ ޙަގީގަތަކީ ރައީސް ޕޫޓިން ހުންނެވީ ހުޅަނގުގެ ގައުމުތަކުން ހަދާއެއްޗެއް ބައްލަވާށެވެ. ޔޫކްރެއިނުން ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުމަށް ހޭދަކުރަންޖެހޭ އަގު ދެމެހެއްޓެނިވި ގޮތެއްގައި ނުދެވޭނެކަން ރައީސް ޕޫޓިން އަށް އެނގިވަޑައި ގަންނަވައެވެ. އަދި ރައީސް ޕޫޓިންގް އަކީ އެމެރިކާގެ ރައީސްކަހަލަ ދޫއޮޅޭ ވާނުވާ ނޭގޭމީހެއް ނޫންކަމަށް ބުނެފައިވެއެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް