ރިޝީ ބެލްޓުނާޅާ ކާރު ދުއްވައިގެން ޖުރިމަނާ ކޮށްފި

އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ބެލްޓު ނާޅާ އެއްގަމު އުޅަނދެއް ދުއްވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމު ވުމާއި ގުޅިގެން އިނގިރޭސި ފުލުހުން އެމަނިކުފާނަށް ނޯޓިސް ފޮނުވައިފިއެވެ.  ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ މި ނޯޓިސް ރައްދުވާ ފަރާތަށް އެނގޭނެ ފަދައިން ލަންކަންޝަޔަރުގައި ދުއްވަމުންދިޔަ ކާރެއްގައި އިން ފަސިންޖަރަކު އިނީ ސީޓްބެލްޓު ނާޅައެވެ. މި މައްސަލަ ބެލުމަށްފަހު ލަންޑަނުގައި ދިރިއުޅޭ 42 އަހަރުގެ ފިރިހެނަކަށް އޭނާގެ ޖުރިމަނާ އަދާކުރެވިދާނެ ގޮތްތަކެއް މިއަދު ( ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ) އޭނާއަށް ނޯޓިސް ދީފައިވާނެއެވެ.  ފުލުހުންގެ […]

އެމިރެޓްސްއިން ޑޮލަރު އެއްފަރާތްކޮށް އިންޑިއާ ރުޕީސް އާ ދިމާލަށް

ރޮއިޓާރސް އިން ޚަބަރު ދޭ ގޮތުގައި ޔުނައިޓެޑް އެރެބް އެމިރެޓްސް އާއި އިންޑިއާ އާއި ދެމެދު ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުގައި އެމެރިކާ ޑޮލަރު އެއްފަރާތްކޮށް އިންޑިއަން ރުޕީސް އިން އަގު އަދާކުރުމުގެ ވާހަކަތައް ކުރިއަށް އެބަގެންދެއެވެ.  އެމިރެޓްސްގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން ޓްރޭޑް ވިދާޅުވީ އޭޝިޔާގެ ގައުމުތަކާއެކު ކުރަމުން އަންނަ ވިޔަފާރި އިތުރުކުރުމަށް އެ ގައުމުން ވަރަށް ބޮޑަށް ވިސްނަމުން ގެންދާކަމަށެވެ. މިހާތަނަށްވެސް ގަލްފުގެ ވިޔަފާރި ބިނާކޮށްފައި އޮތީ އެމެރިކާ ޑޮލަރުން އަގުއަދާކުރާ ގޮތަށެވެ.  ނަމަވެސް އެމިރެޓްސް އާއި […]

އިސްރާއީލުން ހިންގަމުންގެންދާ އުދުވާނާމެދު ދުނިޔޭގެ ކަންބޮޑުވުން

އިސްރާއީލުން އަތުލާގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ފައި ހިއްޕާލައިގެން ތިބުމުގެ އިންސާފަކީ ކޮބައިތޯ ޔުނައިޓެޑް ނޭޝަންސް އިން ދުނިޔޭގެ ކޯޓުގައި އިސްތިޝާރީ ލަފައަކަށް އެދިފައިވާ މިދަނޑިވަޅުގައި ފަލަސްތީނުން އަތުލާގެންފައިވާ އެ ބިންތަކުގައި ފަލަސްތީނުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ އުދުވާނާދޭތެރޭ އިންތިހާއަށް ކަންބޮޑުވުން ހާމަކޮށް ނުވަދިހައަށަކަށްވުރެން ގިނަ ގައުމާއި މަދަނީ ޖަމާއަތްތަކުން އަޑު އުފުލަމުން އެބަ ގެންދެއެވެ. އެގައުމުތަކުގެ ތެރޭގައި އަރަބި ގައުމުތަކާއި އަދި އޯ. އައި. ސީ. ގެ މެމްބަރު ގައުމުތައް ހިމެނެއެވެ. އޭގެ އިތުރުން ޖަރުމަނާއި ފަރަންސޭސި ވިލާތާއި އިޓަލީވެސް […]

ނިއުޒީލޭންޑުގެ ބޮޑުވަޒީރުގެ ޙައިރާންކުރަނިވި އިސްތިއުފާ

ނިއުޒީލޭންޑުގެ ބޮޑުވަޒީރު ޖަސިންދާ އާރޑާރން މިއަހަރު އޮކްޓޯބަރުގައި އޮންނަ އާންމު އިންތިޚާބޔގައި ވާދަކުރައްވަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވެ އެކަމަނާ ނިސްބަތްވާ ލޭބަރ ޕާރޓީން މިދިޔަ ބުރާސްފަތިދުވަހު ބޭއްވި ބައްދަލުމުގައި ވިދާޅުވުމުން ޕާރޓީއަށް ކުއްލި ޙައިރާންކަމެއް ލިބިގެން ދިޔައެވެ. އިންތިޚާބު ބޭއްވުމަށް އެކަމަނާ ކަނޑައަޅުއްވައި ޢިއްލާން ކުރެއްވީ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހެވެ.                          އުމުރު ފުޅުން 42 އަހަރުގެ ޖަސިންދާ ވިދާޅުވީ އެކަމަނާގެ ކިބައިގާ ދެން […]

ޔޫކުރެއިންގެ ދާޚިލީވަޒީރާއި އިތުރު 16 މީހުން ހެލިކޮޕްޓަ ކްރޭޝްގައި މަރުވެއްޖެ

މީޑިއާތަކުގެ ފަލަޝުރުޚީތަކުން ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ޔޫކްރެއިންގެ ދާޚިލީ ވަޒީރު ދަތުރުފުޅު ކުރައްވަމުން ދިޔަ ހެލިކޮޕްޓަރެއް ޔޫކްރެއިން ވެރިކަން ކުރާރަށް ކީވްގެ ރަށްބޭރު ސަރަޙއްދަކަށް ވެއްޓި އެއިން ދަތުރުކެއްވި މިނިސްޓަރާއި އެކު 16 މީހުން މަރުވެއްޖެއެވެ.  އޭގެ ތެރޭގައި 3 ކުޑަކުދިންވެސް ހިމެނެއެވެ. މި ހެލިކޮޕްޓަރ ވެއްޓުމަކީ ދިމާވި ޙާދިސާއެއްކަން ނުވަތަ ރަޝިޔާއާއި އެކު ހިނގަމުންދާ ދެކޮޅުވެރިކަމާއި ގުޅުންހުރިކަމެއްކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް ހެލިކޮޕްޓަރ ވެއްޓުނު ސަރަޙައްދުގައި ހަނގުރާމައިގެ އެއްވެސް ޙަރަކާތެއް ހިނގާކަމަކަށް ނުވެއެވެ. ޔޫކްރެއިންގެ ނޭޝަނަލް ޕޮލިސްގެ ވެރިޔާ ވިދާޅުވަނީ މި ޙާދިސާގައި ދާޚިލީ ވަޒީރާއި […]

ދެކުނު އެފްރިކާއިން ރަޝިޔާއާއި ޗައިނާއާއިއެކު އަސްކަރީ ތަމްރީނު

ދެކުނު އެފްރިކާއިން ހަނދުބަލާމަހުގެ ތެރޭގައި ރަޝިޔާއާއި ޗައިނާއާއިއެކު އެ ގައުމުގެ އިރުމަތީ ކަނޑުގެ ސަރަޙައްދުގައި އަސްކަރީ ތަމްރީނުތަކެއް ހިންގަން ނިންމައިފިއެވެ. މިއީ ދެކުނު އެފްރިކާއާއެކު ބައިނަލް އަގްވާމީ ބޮޑެތި ވިޔަފާރިތައް ކުރަމުން ގެންދާ ބައެއް ގައުމުތަކުން ބަލަން ބޭނުންވާނެ މަންޒަރެއް ނޫނެވެ. ދެކުނު އެފްރިކާގެ އެންމެބޮޑު އިދިކޮޅު ސިޔާސީ ޕާރޓީންވެސް ވަނީ މި އަސްކަރީ ތަމްރީނުތައް ބޭއްވުމުގެ ހިކުމަތަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ. އެ ޕާރޓީން ދެކޭގޮތުގައި މިކަމުން ދޭހަކޮށްދެނީ ދެކުނު އެފްރިކާއިން ގެންގުޅޭ ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ބަދަލު ވަމުންދާ ކަމުގައެވެ.އިދިކޮޅު ޑިމޮކްރެޓިކް އެލަޔަންސުގެ […]

ބްރިކްސް އަށް އިތުރު މެމްބަރުން ބައިވެރިކުރުމާއިމެދު މިއަހަރު ގޮތެއް ނިންމާނެ

ބްރިކްސް ޖަމާޢަތުގައި ހިމެނޭ ގައުމުތަކުން އިތުރު އެހެންގައުމުތައް ބައިވެރިކުރުމާއި ބެހޭ އުސޫލުތައް ކަނޑައަޅައި އަދި އިތުރު ގައުމުތަކަށް މެމްބަރޝިޕް ދިނުމާއިމެދު މިއަހަރުގެ ފަހުކޮޅުގައި ގޮތެއް ނިންމާނެކަމަށް އެ ޖަމާޢަތުގެ މިހާރުގެ ރިޔާސަތު ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރު ނަލޭޑީ ޕާންޑޯރ ވިދާޅުވެއްޖެއެވެ.  ޖޯހަނަސްބާރގުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިދިޔަ ބުރާސްފަތި ދުވަހު އެކަމަނާ ވިދާޅުވީ ދުނިޔޭގެ ކަންތައްތައް ނުރަނގަޅު މަގުގައި ކަންބޮޑުވާ މިންވަރަށްބަދަލުވަމުން މިދާ ހަލުވިކަމާއިހުރެ ގިނަ ގައުމުތަކަކުން އެއްކަހަލަ ވިސްނުމަކާއި ފިކުރެއް ގެންގުޅޭ ގައުމުތަކާއި އެކު ބައިވެރިވެގެން ކުރިޔަށް ދާން ތިބީ އިންތިހާއަށް ބޭނުންވެފައެވެ.  މިސަބަބު ތަކަށްޓަކައި ބްރިކްސްއާއި ގުޅެން ގިނަ ގައުމުތަކަކުން ބޭނުންވާކަން […]

ގޮތްނޭގޭ އުދުހޭ ތަކެތީގެ ބިރުވެރިކަން ދިމާވެފައިވާ އެމެރިކާގެ އަސްކަރިއްޔާ

އެސޯޝިއޭޓެޑް ޕްރެސް އިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ އެންމެ ޙައްސާސް މިލިޓްރީ އެއަރސްޕޭސް ތަކުގެ ތެރޭގައި މިހާތަނަށް 510 ގޮތްނޭންގޭ އުދުހޭ އުޅަނދުފަހަރު ފެނިފައިވެއެވެ. މި އުޅަނދު ތަކަކީ ޖިންނީން ގެ އުޅަނދުފަހަރުކަން ޔަގީންނުވިޔަސް އޭގެ ސަބަބުން ބިރުވެރިކަން ކުރިމަތި ވެފައިވާކަމަށް އެމެރިކާ ސަރުކާރުން މިހާރު އެއްބަސް ވެއެވެ. މި 510 ޙާދިސާގެ ތެރޭގައި ކުރިން ރިޕޯރޓް ލިބިފައިވާ ގޮތްނޭންގޭ 144 އުދުހުމާއި މިފަހުގެ 366 އުދުހުން ހިމެނެއެވެ. އޭގެތެރެއިން ގިނަ އުދުހުންތަކަކީ އޭގެ އަމިއްލަ ޒާތުގެ އުދުހުންތަކެއް ކަމަށާއި ފެންނަފެނުމަށް ފުއްޕާހަމުގެ ސިފައިގާ ފެނިފައި ހުރުން […]

މެލޭޝިޔާ ބޮޑުވަޒީރު އަންވަރުގެ ސަރުކާރު އިތުރަށް ވަރުގަދަވެއްޖެ

މެލޭޝިޔާގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އަމްނޯ) ގެ އަހަރީ ބައްދަލުވުމުން މިއަންނަ މޭ މަހަށް ތާވަލް ކުރެވިފައިވާއިރު އެ ޕާރޓީގެ އިސް މަގާމުތަކުގެ ވޯޓުލުމުގައި މިހާރު ތިއްބެވި  ބޭފުޅުންނޫން އެހެން އެއްވެސް ބޭފުޅަކަށް ވާދަނުކުރެވޭނެ ގޮތަށް އިއްޔެ ފާސްކުރުމާއި ގުޅިގެން ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ސަރުކާރު މާބޮޑު ޗެލެންޖްތަކެއް ނެތި ދެމިއޮތުމުގެ އުންމީދުތައް އާވެއްޖެއެވެ. ހަތަރު ދުވަސް ވާންދެން އަމްނޯއިން ކުރިޔަށް ގެންދިޔަ މަޝްވަރާތަކުގައި މިގޮތަށް ނިންމެވި ސަބަބެއްކަމުގައި ބުނެފައިވަނީ ތުން މަހާތީރު މުޙައްމަދުގެ ވެރިކަމަށްފަހު މެލޭޝިޔާގެ ސިޔާސީ މަސްރަޙު މާބޮޑަށް ހަލަބޮލި ވަމުން ގޮސްފައިވުން ނިމުމަކަށް ގެނައުމުގެ ބޭނުމުގައި ކަމަށެވެ.  އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕާރލިސްގެ މަންދޫބު ހަމިޒާން ޙަސަން ވިދާޅުވީ މެލޭޝިޔާގެ ސިޔާސީ މަސްރަޙް ރައްޔިތުން […]

ދެން އެކުލަވައިލާ އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫގެ ހިއްސާ ބޮޑުކޮށް ފެންނާނެ: ރައީސް 

ރާއްޖޭގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ތާއީދު ވަަރަށް މުހިންމު ކަމަށާއި ދެން އެކުލަވައިލާ އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫގެ ބޮޑު ހިއްސާއެއް އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ހިތަދޫ އުސްގަނޑަ ބީޗުގައި ސަޕޯޓަރުންނާ މުޚާަތަބު ކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން އައްޑޫ ރައްޔިތުންނާމެދު އިހުމާލުވެފައިވާ […]