ރިޝީ ބެލްޓުނާޅާ ކާރު ދުއްވައިގެން ޖުރިމަނާ ކޮށްފި

Loading

Facebook
Twitter
WhatsApp


އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ބެލްޓު ނާޅާ އެއްގަމު އުޅަނދެއް ދުއްވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމު ވުމާއި ގުޅިގެން އިނގިރޭސި ފުލުހުން އެމަނިކުފާނަށް ނޯޓިސް ފޮނުވައިފިއެވެ. 

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ މި ނޯޓިސް ރައްދުވާ ފަރާތަށް އެނގޭނެ ފަދައިން ލަންކަންޝަޔަރުގައި ދުއްވަމުންދިޔަ ކާރެއްގައި އިން ފަސިންޖަރަކު އިނީ ސީޓްބެލްޓު ނާޅައެވެ. މި މައްސަލަ ބެލުމަށްފަހު ލަންޑަނުގައި ދިރިއުޅޭ 42 އަހަރުގެ ފިރިހެނަކަށް އޭނާގެ ޖުރިމަނާ އަދާކުރެވިދާނެ ގޮތްތަކެއް މިއަދު ( ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ) އޭނާއަށް ނޯޓިސް ދީފައިވާނެއެވެ. 

ފުލުހުންގެ ބަޔާނުގެ ބޮޑުވަޒީރުގެ ނަން ހާމަ ކޮށްފައި ނުވެއެވެ. އެހެންނަމަވެސް އެމަނިކުފާނުވަނީ ކުށް ގަބޫލުކުރައްވައި މަޢާފަށް އެދި ވަޑައިގެންފައެވެ. ފުލުހުންގެ ނޯޓިސް ލިބުމަށްފަހު ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވަނީ ބެލްޓު ނާޅާ އިންނެވުމަކީ އެމަނިކުފާނު ކުރެއްވި ކުށެއްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ފުލުހުން ކޮށްފައިވާ ޖުރިމަނާ އަދާކުރައްވާނެ ކަމަށެވެ.                         

އިނގިރޭސިވިލާތުގެ ފުލުހުން ބޮޑުވަޒީރު ރިޝީ ސުނަކު ޖުރިމަނާ ކުރެއްވި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން 2020 ވަނައަހަރު ޖޫން މަހުގެ ތެރޭގައި އޭރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ޙަފްލާއަށްވަޑައިގަތުމުގައި ކޯވިޑް 19 ގެ ގަވައިދާ ޚިލާފްވެ ވަޑައިގެންފައިވާތީ ޖުރިމަނާ ކުރެވުނެވެ.          

ސީޓް ބެލްޓު ނޭޅުމުން އާންމު ގޮތެއްގައި  ޖުރިމަނާ ކުރެވެނީ 200 ޕައުންޑުންނެވެ. ރިޝީ ސުނަކަށް އެއީ އެއްވެސް އެއްޗެއް ނޫނެވެ. އެމަނިކުފާނަކީ މިލިއަނަރަކަށް ވުމުގެ އިތުރުން އަނބިކަބަލުން އަކްޝާތާ މޫރްތީގެ ބައްޕައަކީ އިންޑިއާގެ އިންފޯޓެކްގެ ކޯ-ފައުންޑަރެވެ. އިންފޯޓެކް އަކީ އެތައް ސަތޭކަ މިލިއަން ޕައުންޑުގެ ބޮޑު ކުންފުންޏެކެވެ.                                                             

އަޅުގަނޑުމެން މީގައި ފާހަގަކުރަންޖެހޭ ނުކުތާއަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކޮންމެ ފަދަ ނުބައި ކަމެއް އެބައިމީހުން ފަތުރަމުން ގެންދިޔަނަމަވެސް އެމީހުންގެ ގައުމުގެ ގާނޫނުތަކާއި ގަވައިދުތައް އަރާ ހަމަކުރުމުގައި  ކިތަންމެ މަތީ މަގާމެއްގައި ހުރި މީހަކުވެސް ތަފާތު ނުކުރެވޭ ކަމެވެ. 

އަޅުގަނޑުމެންގެ މާޒީގައި ސިޔާސީ ބޭފުޅަކާއި ސުވާލުކުރުމުން ޖަވާބު ދިންކަމަށް ބުނެވެނީ ގާނޫނާއި ގަވައިދަކީ އަހަރެން ގެންގުޅޭ އަސާގަނޑަށް ކިޔާ ނަމެއް ކަމުގައެވެ. ”އަހަރެން ވެއްޓެއްދާނަމަ އެއިން ސަހާރާ ލިބިގަންނާނަމެވެ. އަހަރެންނާ ދިމާކުރަން އަންނަމީހާގައިގާ އެއިން ލަޑާނަމެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް