އެމެރިކާއިން ޔޫކްރެއިނަށް އެހީދިނުން ހުއްޓާލައިފި

ދަ ނިއު ވޮއިސް އޮފަ ޔޫކްރެއިނުން ޚަބަރު ދެމުން ގެންދާ ގޮތުގައި ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކޯޑިނޭޓަރ ޖޯން ކާރބީ ޖެނުއަރީ 11 ވަނަދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމެރިކާއިން ޔޫކްރެއިނަށް މިލިޓްރީ އެހީ ފޯރުކޮށްދިނުން ހުއްޓާލައިފިކަން ކަށަވަރުކޮށް ދީފިއެވެ. އިތުރު އެހީއެއް ދެން ފޯރުކޮށްދެވޭނީ ކޮންގްރެސްއިން ހުއްދަ ލިބިއްޖެނަމަށް ބުނެފިއެވެ. ޑިސެމްބަރު 27 ވަނަ ދުވަހު ޔޫކްރެއިނަށް ދިން 250 މިލިއަން ޑޮލަރަކީ އެންމެ ފަހުން ފޯރުކޮށްދެވުނު އެހީއެވެ. އޭގެކުރިން ޔޫކްރެއިނާއި އިސްރާޢީލާއި އަދި ތައިވާނަށް ދޭން ކޮންގްރެސްގެ […]
އެމެރިކާއިން މެދުއިރުމަތި އީރާނަށް ދޫކޮށްލަން ޖެހެނީތަ؟

މިގެނެސްދެނީ މިހާރަކަށްއައިސް ހުޅަނގުގެ ސިޔާސީ އިސް ބޭފުޅުންނާއި ހަނގުރާމައިގެ ތަޖްރިބާކާރުންގެ ވިސްނުންފުޅު ހުރިގޮތުގެ މައްޗަށް ބިނާކޮށް ދަ ޓެލެގްރާފުން ގެނެސްދީފައިވާ ރިޕޯރޓެކެވެ. މިއީ މިހާރުގެ ޙާލަތު އޮތްގޮތުން އެބޭފުޅުން މަންޒަރު ސިފަކުރައްވާގޮތެވެ. ޙަގީގަތް ކޮންމެ ވަގުތެއްގައިވެސް އެހެން ގޮތަކަށް ބަދަލު ވެދާނެއެވެ. އެހެނީ ދުވަހުން ދުވަހަށް މެދުއިރުމަތީގައި ފެށިގެން މިއުޅޭ ޒައަނިސްޓުންގެ ހަންފެތުރުމުގެ ބާބުގެ ސަބަބުން ސަރަޙައްދު ހޫނުވެ އަލިފާންނުގެ ހުޅުގަނޑު ފެންނަމުނ ދާތީއެވެ. މިހާރުގެ ޙާލަތަށް ބަލާއިރު އެބޭފުޅުން އެންމެ ބޮޑަށް ފާހަގަ ކުރައްވާފައިވަނީ ޔަމަނުގެ ހޫތީންގެ ކުރިމަތީގައި ދުނިޔޭގެ އެންމެ […]
ޔަމަންގެ ހޫތީން އާއި ދެކޮޅަށް ހަނގުރާކުރަން ފަރަންސޭސިން އެއްބަހެއްނުވި

ޔަމަނުގެ ހޫތީން ރެޑް ސީގައި އިސްރާޢީލަށް ދަތުރުކުރާ ބޯޓުފަހަރަށާއި އަދިރެޑް ސީގެ ތެރޭގައިއޮތް އިނގިރޭސި ވިލާތުގެ ޑެސްޓްރޯޔަރ އެޗް. އެމް. އެސް. ޑައިމަންޑަށްވެސް ހަމަލާދިނުމުން އެމެރިކާއާއި އިނގިރޭސި ވިލާތުން ހޫތީންގެ އަމާޒުތަކަށް ދިންޙަމަލާތަކުގައި ބައިވެރިވުމަށް ފަރަންސޭސި ވިލާތުން ދެކޮޅު ހަދައިފިއެވެ. ހަމަ އެއާއެކު އިޓަލީ އާއި ސްޕޭނުންވެސް އެމެރިކާއާއި އިނގިރޭސި ވިލާތުގެ އިސްނެގުމާއެކު އުފައްދާފައިވާ ޕްރޮސްޕަރިޓީ އޮފް ގާރޑިއަން މިޝަންގައި ސިޔާސީ ގޮތުންނާއި މިލިޓްރީ ގޮތުންވިޔަސް ބައިވެރި ނުވާނެކަމާއި އަދި އެފަދަ ޙަމަލާއަކަށް ރުހުންވެސް ނުދޭނެކަން ވަނީ ހާމަކޮށްފައެވެ. 2011 ގައި ލީބިޔާގައި އަދި […]
ރަޝިޔާއާއި އީރާނުން ސްފިޓް ބޭނުން ކުރުން ހުއްޓާލައިފި

ބްރިކްސް ޖަމާޢަތަށް ނިސްބަތްކުރެވޭ ރަޝިޔާއާއި އީރާނަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އަޅަމުންގެންދާ ޖެއްސުން ކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން އެ ދެގައުމަށް ކުރިމަތި ވެފައިވާ ބައެއް ގޮންޖެހުންތަކުން އަރާގަތުމުގެ ފިޔަވަޅެއްގެއްގޮތުން ބޭރުގެ ވިޔަފާރިތަކުގައި ސްވިފްޓް ގެ ވަސީލަތުން މުޢާމަލާތުކުރުންހުއްޓާލުމަށް އީރާނާއި ރަޝިޔާ އިން އެއްބަސްވެއްޖެއެވެ. އޭގެ ބަދަލުގައި އެ ދެ ގައުމުން ކުރަމުންގެންދާ ބޭރުގެ ވިޔަފާރިތަކުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ދެން ބޭނުންކުރާނީ ދެގައުމުގެ ފައިސާއެވެ. މިއެއްބަސްވުމާއިގުޅިގެން ލުއިފަސޭހަ ގޮތެއްގައި ދެގައުމުން ކުރާ ބޭރުގެ ވިޔަފާރީގައި ދެގައުމުގެ ފައިސާ ބޭނުންކުރަން މަގުފަހިކުރުމުގެ މަސައްކަތް ދެ ގައުމުގެ މަރުކަޒީ ބޭންކުން މިހާރު ގެންދަނީ […]
އިސްރާޢީލުގެ އެތައް ހާސް ސިފައިން ގައްޒާއިން ނެރެނީ

ފަހުގެ ޚަބަރުތައް ބުނާގޮތުގައި ގައްޒާގައި ހަނގުރާމަކުރަމުން ގެންދިޔަ އިސްރާއީލު ސިފައިން ގެ އެތައްހާސް ބަޔަކު ގައްޒާއިން ނެރެގެން ދެކުނުގެ ސަރަޙައްދު ތަކަށް ގެންދަން ފަށައިފިއެވެ. އިސްރާޢީލުން ހާމަކޮށްފައިވާ ގޮތުގައި މިބަދަލު ގެނައުމުގެ ބޭނުމަކީ މިހާރު އުތުރުގެ ސަރަޙައްދުތައް އިސްރާޢީލުގެ ބާރުގެ ދަށަށް ގެނެވިފައި ވުމާއިއެކު ދެކުނުގެ ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަ އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމެވެ. އެހެންނަމަވެސް ބައެއް މީޑިއާތަކުގައި އިސްރާއީލު ސިފައިންގެ ވެރިންނަށް ޙަވާލާދީ ބުނެފައިވަނީ ސިފައިން ގައްޒާއިން ނެރެގެން ގެންދަނީ އެމީހުންނަށް އަރާމުކުރުމުގެ ވަގުތު ދިނުމަށާއި އަދި ތަމްރީނުތައް ފުރިހަމަ ކުރުމުގެ […]
ކުއްލިއަކަށް މަރުވުން އިތުރު ވަމުންދާ ސަބަބާދޭތެރޭ ސައެންސުގެ ދިރާސާ

ކޮންމެ އިންސާނަކުވެސް ފުރިހަމަ ސިއްހަތެއްގައި ގިނަ ދުވަހު ދިރިދުނިޔޭގައި ހުރުން ބޭނުންވާނެއެވެ. ދިރިހުރުމާއި މަރުވުން އެއީ ވަގުތު ކަނޑައެޅިފައިވާ ކަންތަކެވެ. އަދި އެ ވަގުތު ހަމަ ގައިމުވެސް ނޭގޭނެއެވެ. އެހެންނަމަވެސް ބަލިވުމުން ބޭސްކުރަން އަންގަވާފައިވާ ފަދައިން ސަލާމަތް ސިއްހަތެއް ގައި ދިރި ހުރުމަށްޓަކައި ކުރަންވީ ކަންތައް ތަކަކާއި ނުކުރަންވީ ކަންތައްތަކެއް ހުރިކަން ގަބޫލުކޮށް އެ ސަބަބުތަކުގައިވެސް ހިފާއްޓަން ޖެހެއެވެ. މައުލޫމާތު ފޯރުކޮށްދިނުމަކީ ލާޒިމް ކަމެއް ކަމުގައި އިލްމުވެރިން ވިދާޅުވަމުން ގެންދަވާތީ މިފަހަރު މިގެނެސްދެނީ ދާދިފަހުން ސައެންސް […]
ޖަޕާނަށް ބާރުގަދަ ބިންހެލުންތަކެއް

މިއަދު ހަވީރު ގާތްގަނޑަކަށް 4 ޖަހާކަށްހާއިރު ޖަޕާނުގެ ހުޅަނގުސަރަޙައްދު ބާރުގަދަ ބިންހެލުންތަކަކުން ގުޑުވާލުމާއި ގުޅިގެން ސުނާމީގެ އިންޒާރު އިއުލާން ކޮށްފިއެވެ. ޖަޕާނުގެ އިޝިކާވާ ސަރަޙައްދަށް މިއަދު ހަވީރު ޖަޕާނު ގަޑިން 4 ޖަހާކަށް ހާއިރު ޖެހިޖެހިގެން ބާރަ ވަރަކަށް ބިންހެލުން އައިކަމަށް ވެއެވެ. ޖަޕާނުގެ މީޓިއޮރޮލީ ޑިޕާރޓްމެންޓުން ހާމަކޮށްފައިވާ ގޮތުގައި އޭގެތެރެއިން އެންމެ ބާރުގަދަ ގުޑުމުގެ މެގްނެޓިއުޑަކީ 7.6 އެކެވެ. އޭގެ ސަބަބުން ވަރަށްބޮޑެތި ގެއްލުންތަކެއް ލިބުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ. ޖަޕާނުން ޢިއުލާންކުރި ސުނާމީގެ އިންޒާރުގައި އިޝިކާވާ ސަރަޙައްދަށް 5 މީޓަރު […]
ރަޝިޔާއާއި ޗައިނާއިން މިލިޓްރީ އެއްބަސްވުމަކަށް

ދުނިޔޭގެ ފުންނާބު އުސް މިލިޓްރީ ތަޖްރިބާކާރުން ގެ ނަޒަރުގައި ރަޝިޔާއާއި ޗައިނާއިން މިލިޓްރީ އެއްބަސްވުމެއް ގާއިމް ކުރުމަކީ މިހާރުވެސް ދުނިޔޭގެ ކުރިމަތީގައި ބާރުކެނޑެމުންދާ އެމެރިކާގެ ނުފޫޒަށް ލިބިގެންދާނެ އިތުރު ހީނަރުކަމެކެވެ. އަދި އެތައްޒަމާނަކަށް ދެމިގެންމިދާ އެމެރިކާގެ ބާރުގަދަ ރަސްކަމަށް މެދުވެރިވާނެ ނުރައްކަލެއްވެސް މެއެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ފެށުމާއެކު މި ނުރައްކަލުގެ ފެށުމާ ކުރިމަތިލާން ޖެހޭނެކަން އެމެރިކާއަށްވެސް ކޮންމެވެސް ވަރަކަށް އެނގިއްޖެކަމަށް ބެލެވެއެވެ. ރަޝިޔާއާއި ޗައިނާ މިލިޓްރީގޮތުން ގުޅުން ބަދަހިވަމުން ދާތަން އެމެރިކާއިންވެސް ދަނީ ބަލަމުންނެވެ. މިލިޓްރީގޮތުން އެއްވެސް ގައުމަކަށް އެމެރިކާއާއި ކުރިމަތި […]
ހަނގުރާމާގައި ވަރަށްބޮޑު އަގެއް އަދާކުރަން އެބަޖެހޭ – ނަތަންޔާހޫ

ހަނގުރާމައިގާ މަރުވަމުންދާ އިސްރާއީލުގެ ސިފައިން އަދަދު އިތުރުވަމުން ދިއުމަށް އިޝާރާތް ކޮށް ޙަމާސްއާއި އެކު ކުރެވެމްދާ ހަނގުރާމައަށް ވަރަށްބޮޑު އަގެއް އަދާކުރަން އެބަޖެހޭ ކަމަށް އިސްރާއީލުންގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ. އޭނާ ބުނިގައި މިއީ ވަރަށް އުނދަގޫ ވަގުތެކެވެ. އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލު އާންމުގައި މިދިޔަ ކުރުދުވަހުން ފެށިގެން މި ހަފުތާގެ އާދީއްތަ ދުވަހާ ހަމަޔަށް އިސްރާއީލުގެ ސާދަ ސިފައިން މަރާލާފައިވާތީ އެކަމަށް އިޝާރަތްކޮށްފާ ނަތަންޔާހޫ ބުންޏެވެ. މިހާތަނަށް އިސްރާއީލު ސިފައިންގެ 150 މީހުންނަށްވުރެންވެސް ގިނައިން މަރާލާފައި ވިޔަސް ކެބިނެޓްގައި ވާހަކަ ދައްކަމުން އޭނާ އަދިވެސް […]
ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާލުން

ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޑޮލަރުން އަދާކުރަމުން ގެންދާ ދައުރު މައިތިރި ކުރުމުގެ ވާހަކަ ތަކަކީ މީގެ ދެތިން އަހަރުއްސުރެން ދުނިޔޭގެ އިގްތިސާދީ މައިދާނުގައި އެންމެ ހޫނުގަދަ ބަހުސް ކަމުގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޑޮލަރުން ހިފާއްޓާފައިވާ މަގާމު ދަށްކުރުމަށް ނުވަތަ އެމެރިކާ ޑޮލަރުގެ ބޭނުން ނައްތާލުމަށްޓަކައި ތަފާތު ގައުމުތަކުން ގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ބްރިކްސްގެ ގައުމުތަކުން މިކަމުގައި ވަރަށް ޚާއްސަ ދައުރެއް ކުޅޭނެ ކަމަށް ބެލެވޭތާވެސް ދުވަސްތަކެއް ވެއްޖެއެވެ. އަދި އެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދަމުންދާތަން ފެނެއެވެ. […]