ފަލަސްތީނުގެ ދައުލަތަކަށް ބޭނުންވަނީ އިސްރާޢީލުގެ ރުހުން، އެއީ ކޮންހަމަޔެއް؟

އިސްރާޢީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ގަދަބާރުން ފަލަސްތީނުގެ ބިން ފޭރިގެންއުޅޭ ފޭރޭގެ ފަރާތުން ރުހުންހޯދުމަކީ ކޮން އިންސާފެއްތޯ ކުރެވެމުންދާ ސުވާލު މުޅި ދުނިޔޭގައި މިއަދު ގުގުމައިފިއެވެ. ބީ ބީ ސީ ސަންޑޭ ގައި ލައުރާ ކުއެންސްބާރގް އާއިއެކު ވާހަކަ ދައްކަވަމުން އެންމެފަހުން ޔަހޫދީން އަށް އެބިން ފޭރިގަނެދިން އިނގިރޭސިންގެ މިހާރުގެ ދިފާއީ ވަޒީރު ގްރާންޓް ޝަޕްސް ވެސް ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އިސްރާއީލުގެ ބޮޑުވަޒީރު އިންކާރު ކުރުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި އެކަމަކު އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ބުނެފިއެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް […]
ޓްރަމްޕުގެ ބަސްމަގު ވަރަށް ނުރައްކާ – ޒެލެންސްކީ

ޔޫކްރެއިނާއި ރަޝިޔާގެ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއަކަށްވެ އެ ހަނގުރާމަ ހުއްޓުވާފާނެ ކަމަށްވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ގެންދިއުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅު ވެއްޖެއެވެ. އިނގިރޭސި ވިލާތުގެ ޗެނަލް 4 ގައި ވާހަކަފު ދައްކަވަމުން އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ޔޫކްރެއިނަށް ވަޑައިގަތުމަށް އިންޒާރަކާއި އެކު ރައީސް ޒެލެންސްކީ ވަނީ ދައުވަތު ދެއްވާފައެވެ. އެސޯޝިއޭޓެޑް ޕްރެސް އިން ބުނެފައިވާ ގޮތުގައި ޒެލެންސްކީގެ ދައުވަތުގައި ވިދާޅުވެފައި ވެއެވެ. “ ޑޮނާލްޑް ޓްރަމްޕް އެވެ. މަނިކުފާނު ކީވް ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ. 24 […]
ފަލަސްތީނުގެ ދައުލަތެއް އުފައްދައިގެން ނުވާނެއޭ އިސްރާއީލަކަށް ނުބުނެވޭނެ

މިފަހަކަށް އައިސް ދެފަހަރެއްގެ މަތިން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އިސްރާޢީލުގެ ބޮޑުވަޒީރު އިންކާރު ކުރުމުން ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ޔުންއިޓޭޑް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލް ބެންޖާމިން ނަތަންޔާހޫއަށް ރައްދު ދެއްވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކަކުން މިހާރުވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާއިރު އިސްރާއީލުން އެކަމާއި ދެކޮޅުހެދުމަކީ ބަލާގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ފަލސްތީނުގެ ދައުލަތް ހުރިހާ ގައުމަކުންވެސް ބަލާގަންނަން ޖެހޭނެއެވެ. ހަމަމިއާއި އެކު އިސްރާޢީލަށްވެސް އެގައުމު ދިފާއުކުރުމުގެ ޙައްގު ލިބިފައިވާ ކަމަށާއި އެފެންވަރަށް ފަލަސްތީނުގެ ދައުލަތަށް ސެކިއުޓީ ގަރަންޓީ ނުދެވިދާނެކަމަށް […]
ޔޫރަޕިއަން ޔޫނިއަންގެ އެތެރޭ ކޯޅުން ރަތްރޮނގު ހުރަސްކުރަނީ

ދަ ޓެލެގްރާފުން ހާމަކޮށްފައިވާ ގޮތުގައި ޖަރުމަނުން އަމިއްލައަކަށް ޔޫކްރެއިނަށް 6 ބިލިއަން އިނގިރޭސި ޕައުންޑުގެ އެހީ ފޯރުކޮށްދިނުމުން ޔޫރަޕިއަން ޔޫނިއަނުން ނުރުހުން ފާޅުކޮށްފިއެވެ. އަދި މއީ ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން ބަރލިންއާއި ޕެރިސްއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ރެނދު އިތުރަށް ފުޅާވެގެން ދިއުމުގެ ސަބަބަކަށްވެސް ވެއްޖެއެވެ. ޔޫރަޕިއަން ޔޫނިއަންގެ އިންޓާރނަލް މާރކެޓް ކޮމިޝަނަރ ތިއެރީ ބްރެޓަން ގެ ވާހަކައިގާ ބުނެފައިވަނީ ޖަރުމަނުން ޔޫރަޕިއަން ޕީސް ފެސިލިޓީގެ ވެޕަންސް ފަންޑަށް އެ ފައިސާ ދިނުމުގެ ބަދަލުގައި ސީދާ ޒެލެންސްކީގެ ސިފައިންނަށްދިނުމުން ބްރަސެލްސް އިން ވަނީ ވަރަށް ބޮޑަށް ނުރުހިފައެވެ. […]
ދާދިއަވަހަށް ޔޫރަޕުގެ ތަޅުދަނޑިވެސް ރައީސް ޕޫޓިންއަށް ހަވާލު ކުރާނެ!

ހަނގުރާމައިގެ ހާލަތު ދިރާސާކުރަމުން ގެންދާ ތަޖްރިބާކާރުންގެ ފާޑުކިއުން ޔޫރަޕްގެ ލީޑަރުންނަށް އަމާޒުކުރަމުން ގެންދަން ފަށައިފިއެވެ. މިދިޔަ އަހަރު ޖެނުއަރީގައި މުޅި ޔޫރަޕް އޮތީ ރައީސް ޕޫޓިންގެ ދުވަސް ނިންމާލުމަށްޓަކައި އަޒުމް ކަނޑައަޅައި ގެންނެވެ. ޔޫރަޕްގެ ހަތިޔާރު ގުދަންތަކާއި ބޭންކް އެކައުންޓްތައް އޮތީ ޔޫކްރެއިނަށްޓަކައި ތަންމިނަށް ހުޅުވާލަދީފައެވެ. ރަޝިޔާއާއިދެކޮޅަށް ޔޫކްރެއިންގެ ކައުންޓަރ އޮފެންސިވް ކާމިޔާބު ކޮށްދިނުމަށެވެ. އޭގެ އެއް އަހަރުފަހުން މިހިނގާ ޖެނުއަރީ މަސްފެށުނުއިރު މުޅި މަންޒަރު މިއޮތީ ބަދަލު ވެފައެވެ. މިހާރު ފެންނަމުންދަނީ ހުޅަނގުގެ އަތްމަތި ހުސްވެ ކުރިން ތަންމިނަށް ހުޅުވާލާފައި ހުރި ހަތިޔާރު […]
ރަށްފުށުގެ ކާބަފައިންގެ ދިރިއުޅުމުގެ ތެރެއިން

ބައެއް އާދަކާދައާއި، ސަޤާފަތާއި މަޢުނަވީ ތަރިކަ ކޮންމެ ޖީލެއްގެގައިވެސް އަދި ކޮންމެ ޒަމާނެއްގައިވެސް، އެއިރަކު އެތަނެއްގައި ދިރިއުޅޭ ބަޔަކު، އުޅޭނެ ގޮތާއި، ކުރާނެކަމަކާއި، ހިނގާނެމަގު ދައްކުވައި ދީފައިވަނީ، އެތަނެއްގެ ދިރިއުޅެފައި ދިޔަބައެއްކަން ކަށަވަރެވެ. އެކަކަށްވެސް އެމީހަކު އެކަނި ދުނިޔޭގައި ހުންނަން ޖެހުނުނަމަ، އެއްވެސްކަމެއް އެމީހަކަށް ނޭނގޭނެ ފަދައިންނެވެ. އެހެންކަމުން ދިވެހި ކާބަފައިން ދޫކޮށްފައިދިޔަ ތަންތަނާއި ކަންކަމާއި ތަކެއްޗާއި، ވާހަކަދެއްކި ބަހާއި ބަހުރުވައާއި، އާދަކާދައާއި ސަޤާފަތަކީ، ކާބަފައިންގެ ތަރިކަ މުދަލެވެ. ނުވަތަ ޤައުމީ ތަރިކައެކެވެ. އެ ތަރިކާއިގެ ވާރިޘުންނަކީ، އެހިނދަކު ޤައުމުގައި ދިރިއުޅޭ […]
އިރާގުގައިހުރި އިސްރާއީލުގެ ޖާސޫސީ ހެޑްކުއާޓަރަށް އީރާނުން ޙަމަލާދީފި

އިރާގުގެ އިރްބިލްގައި ހުންނަ އެމެރިކާ ކޮންސިއުލޭޓު ކައިރީގައި ހުރި އިސްރާއީލުގެ ޖާސޫސީ ހެޑްކުއާރޓަރަށް މިސައިލުން ޙަމަލާދީ ހަލާކޮކޮށްލީ އީރަނުން ކަމަށް އެގައުމުން އެއްބަސް ވެއްޖެއެވެ. އެ ހާދިސާގައި އާންމުންގެ ފހަތަރުމީހަކު މަރުވެ އިތުރު ހައެއްކަމީހުންވަނީ ޒަޚަމް ވެފައެވެ. އެ ޙަމަލާއަކީ ދެކޮޅުވެރި ޙަމަލާއެއް ކަމަށްބުނެ އިރާގުގެ ވެރިން ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އީރާނުން ބުނެފައިވަނީ އިސްރާއީލުގެ ޖާސޫސީ ހެޑްކުއާޓަރުގެ މައިގަނޑު މަސައްކަތަކީ ސަރަޙައްދުގެ ގައުމުތަކަށާއި އަދި ޚާއްސަކޮށް އީރާނަށް ޙަމަލާ ދެވޭނެ ގޮތްތަކަށް ފާރަލުން ކަމަށެވެ. އީރާނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އީރާނުން މިސައިލް ޙަމަލާ ދީފައިވަނީ ދާދި މިދާކަށް ދުވަހު […]
އިސްރާއީލުގެ ސިފައިން ގައްޒާއިން މަދުކުރުމާއިމެދު ސަރުކާރުގެ ކޯޅުންގަނޑު

ގައްޒާގެ ހަމަލާތަކުގައި ހަރަކާތްތެރި ވަމުންގެންދާ އިސްރާއީލުގެ ބައެއް ލަޝްކަރުތައް ގައްޒާއިން ބޭލުމަށް އިސްރާއީލުގެ މިލިޓްރީން ނިންމުމާގުޅިގެން ސަރުކާރުގެ ތެރޭގައި ހިމެނޭ ފާރ ރައިޓް ޖަމާއަތަށް ނިސްބަތްކުރެވޭ މިނިސްޓަރުން ނުރުހުން ފާޅުކުރަމުން ގެންދިއުމާއެކު ޕާރލަމެންޓާއި މިލިޓްރީގައިބައިބައިވުން އިތުރު ވަމުންދާކަން ހާމަވެއްޖެއެވެ. އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު ބެން ގްވީރު ބުނެފައިވަނީ ގައްޒާއިން ދެމުންގެންދާ ރޮކެޓް ހަމަލާތަކުގެ ބަދަލުގައި ގައްޒާއަކީ އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެއް ކަމުގައި ހެދުމަށް އެންމެ މުނާސަބު ވަގުތަކީ މިއީ ކަމަށެވެ. އެހެންނަމަވެސް ހަނގުރާމަ އެހެން ލެވެލަކަށް ބަދަލުކުރަން ސަރުކާރުން […]
ދުނިޔޭގެ މުއްސަނދިންގެ ލިސްޓުން ތައިލޭންޑުގެ ރަސްގެފާނު

ގައުމެއްގެ ވެރިކަން ހޯދަން މަސައްކަތް ކުރުމަކީ ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. ލިބިއްޖެނަމަ އެއޮތީ ޙައްސަ ބާނާނެ ފުރުސަތު ހުޅުވިފައެވެ. ކެރެންޏާ ދެތިން ޙައްސަވެސް ބާނަންވީއެވެ. ބަޔަކު ދައްކާނެ ވާހައެއް ދައްކާފާނެތާއެވެ. އޭގެ ސަބަބުން ތިމާއަށް ލިބިފާއޮތް މުއްސަނދިކަމަށް ކުރާނެ ނޭދެވޭ އަސަރަކީ ކޮބައިހެއްޔެވެ؟ ޚާއްސަކޮށް ރަސްކަމަކީ މުޅި ގައުމު އޭނާއަށް ހިބަކޮށްލިބިދިނުން ފަދަ ކަމެކެވެ. މިފަހަރު މި ބަލާލަނީ އޭޝިޔާގެ ތައިލޭންޑްގެ ރަސްގެފާނު މަހާ ވަޖިރަލޯންގ ކޯރންގެ މުއްސަނދިކަމަށެވެ. މިހާތަނަށް ހާމަވެފައިވާ ލިއެކިއުންތަކުން […]
ބޮޑެތިމީހުންނަށް ބޮޑު އިންސާފު އެއީ ބޭއިންސާފެއް

ޔުނައިޓެޑް ނޭޝަންސްގެ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން އަޅުގަނޑުމެންގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަންމަނިކު ވިދާޅުވެފައި ވަނީ ވަރށް ބޮޑު ތެދުފުޅެކެވެ. ފެންނަމުން ދަނީ ބޮޑެތި މީހުންނަށް ބޮޑު އިންސާފު އަދި ކުދި މީހުންނަށް ކުޑަ އިންސާފެވެ. އެއީ ހުރިހާ ހަމަތަކުންބެލިނަމަވެސް ހަމަ ޔަގީނުންވެސް ބޭއިންސާފެވެ. ކިއުންތެރިންނަށް މިގެނެސްދެނީ އެ ބަސްފުޅުގެ ދިރިހުރި މިސާލެކެވެ. […]