އަހަރެންނަށް ވެރިކަން ނުލިބިއްޖެއްޔާ އެމެރިކާގައި ލޭގެ ކޯރުތައް ދެމެން ފަށާނެ

Loading

Facebook
Twitter
WhatsApp

ވަންޑާލިއާ- އޮހައިއޯ އިން މިއަދު ހެނދުނު އެން. ބީ. ސީ. ގެ ޚަބަރުގައި ބުނެފައިވަނީ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް މިފަހަރު އިންތިޚާބުގައި ވެރިކަމަށް ނުހޮވިއްޖެނަމަ އެމެރިކާގައި ލޭގެ ކޯރުތައް ދެމިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅު ވެއްޖެ ކަމަށެވެ.

ކުރީގެ ރައީސް ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ އޮޓޯ އުފެއްދުމުގައި ޗައިނާއާ ދޭތެރޭ އޮތް ވާދަވެރި ކަމާބެހޭ ގޮތުން ވާހަކަ ދެއްކެވުމެއްގެ ތެރޭގައެވެ. އެއީ ސެނެޓުގެ ރިޕަބްލިކަން ކެންޑިޑޭޓް ބާރނީ މޮރޭނޯއަށް ތާއީދު ހޯދަން ބޭއްވި އެއްވުމެއްގައެވެ.

ވާހަކަ ދައްކަން ފެއްޓެވީ  “ އެންމެންނަށް އަދުލު އިންސާފު “ މި ޝުއޫރާއެކުގައެވެ. އެއަށްފަހު އޭނާގެ ފުރަތަމަ ވާހަކައަކަށްވެސް ވެގެންދިޔައީ ޖެނުއަރީ 6 ވަނަ ދުވަހު އޭނާގެ އަމުރަށް ކެޕިޓްލް ހިލް ތެރޭގައި ގަޑުބަޑު އުފެއްދި މީހުންތައް ޖަލުގައި ބަންދުކޮށްފައި ތިބުމުގެ މައްޗަށެވެ. އެމީހުންނާދޭތެރޭ ކަންތައް ކުރެވެމުންދަނީ ވަރަށް ނަހަމަ ގޮތެއްގައެވެ.

އެމީހުންނަކީ ގައުމީ ބަތަލުންނެވެ. އަހަރެން ރިޔާސީ ގަނޑުވަރަށް ވަނުމާއެކު އެންމެ ފުރަތަމަ އެމީހުންނަށް އިންސާފު ހޯދައިދޭނަމެވެ. ކެތޮލިކް މަޒުހަބަށް އީމާންވާ އެއްވެސް މީހަކު ޖޯ ބައިޑަން އަށް ވޯޓު ނުދޭން އޭނާ ގޮވާލިއެވެ. ކުރީގެ ރައީސް ޓްރަމްޕް ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ.

ޕްރެޒިޑެންޓް ޝީ އެވެ! އަހަރެމެން ދެމީހުންނަކީ ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ. އަހަރެން ކަންތައް ކުރާގޮތް މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ. މެކްސިކޯގައި ކާރު އުފައްދަން    މަނިކުފާނު ތިޔަ ގާއިމް ކުރި ބިޔަ ޕްލާންޓު ތަކުގައި އެމެރިކާގެ މަސައްކަތްތެރިން ބޭނުމެއް ނުކުރައްވާނެކަން އެނގެއެވެ. 

އެކަމަކު އެ ކާރުތައް ވިއްކަން މަނިކުފާނު ހިތުލައިގެން ތިޔަ ހުންނެވީ އަހަރެމެންނަށެވެ.

އަހަރެން މިބުނާއެއްޗެއް ކަނުލައި އަޑުއަހާށެވެ. އެމެރިކާއަށް އެތެރެކުރާ ކޮންމެ ކާރަކުން އަހަރެން 100% ޓެކްސް ނަގާނަމެވެ. އަހަރެންނަށް ވެރިކަން ލިބިއްޖެއްޔާ އެތަނުން އެންމެ ކާރެއްވެސް އެމެރިކާއަށް އެތެރެކުރިއަކަ ނުދޭނަމެވެ. އަހަރެން މިބުނި ވާހަކަ އަޑު އިވިއްޖެ ހެއްޔެވެ؟                  

އަހަރެންނަށް ވެރިކަން ނުލިބިއްޖެއްޔާ މުޅި އެމެރިކާގައި ލޭގެ ކޯރުތައް ދެމެން ފަށާނެއެވެ. އެއީ އެންމެ ކުޑަ މިންވަރެވެ. އެކަމަކު އެއިން އެއްވެސް ކާރެއް އެމެރިކާއަކަށް ނުވިއްކޭނެއެވެ.

އޭގެފަހުން ޓްރަމްޕް ވިދާޅުވެފައިވަނީ އަހަރެންނަށް ރިޔާސީ އިންތިޚާބު މިފަހަރު ކާމިޔާބު ނުވެއްޖެ ނަމަ އެމެރިކާގައި ދުވަހަކުވެސް ދެން ރިޔާސީ އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަން ދޭކަށް ނުކެރޭނެއެވެ.       

ކުރީގެ ރައީސް ޓްރަމްޕުގެ ވާހަކަފުޅު ތަރުޖަމާ ކޮށްދެމުން ޓްރަމްޕު ކެމްޕޭނުގެ ތަރުޖަމާނު ކެރޯލީން ލީވިޓް ބުނެފައިވަނީ ޓްރަމްޕްގެ ވާހަކަފުޅުގެ މަގްސަދަކީ ރައީސް ބައިޑަންގެ އިގްތިސާދީ ސިޔާސަތުގެ ދޯހަޅިކަމުން އޮޓޯ އިންޑަސްޓްރީތަކާއި މަސައްކަތްތެރިންގެ މެދުގައިއިގްތިސާދީ ލޭގެ ކޯރުތަކެއް ދެމިގެންދާނެ ވާހަކަ ކަމަށް އެކަމަނާ އެން ބީ ސީ އަށް އޮޅުންފިލުވާދިނެވެ.

ކުރީގެ ނައިބު ރައީސް މައިކް ޕެންސް ނެރެފައިވާ ބަޔާނެއްގައި ޓްރަމްޕު ދެއްކި ވާހަކައާގުޅިގެން އިންތިޚާބުގައި މީގެ ފަހުން ޓްރަމްޕަށް ތާއީދު ނުކުރައްވާނެކަމަށް ބުނެފައިވެއެވެ.                               

ރައީސް ބައިޑަން ކެމްޕޭނު ތަރުޖަމާނު ޖޭމްސް ސިންގަރ ބުނެފައިވަނީ ޓްރަމްޕުގެ އަސްލު މިފެންނަނީކަމަށެވެ. އޭނާއަކީ ފޭލިވެފާހުރި މީހެކެވެ. މަދުވެގެން 7 މިލިއަން ވޯޓު ގެއްލޭނެކަން އެނގުނީމާ މިހާރު އެ ދޭންފެށީ ސިޔާސީ ގޮތުން ދުއްތުރާ ކުރާނެކަމުގެ އިންޒާރުދޭށެވެ.

އެ މަސައްކަތްކުރަނީ އަނެއްކާވެސް ޖެނުއަރީ 6 ވަނަ ދުވަހެއް ގެންނާށެވެ. މަސްލަޙަތު ނަގާލުމާއި ސިޔާސީ ބިރުވެރިކަން އުފެއްދުމަށް އޭނާ ލޯބި ޖެހިފައިވާ ވަރުން އަބަދު އެހުންނަނީ ބަދަލު ހިފުމަށް ފެންބޮވައިގެންފައެވެ. މިފަހަރުވެސް ރީތިގޮތެއްގައި އިންތިޚާބުން ކަޓައިގެން ދާނެކަމަށެވެ.

Loading

One Response

  1. ހަމަރަނގަޅަށްވެސް މީނާ ބޯ ގޮވައިފި. ވެރިކަން ވެރިކަން އަބަދު ވެރިކަން. އަހަރެމެންގެތެރޭގައިވެސް މިކަހަލަ މީހަކު ދޭތެރެ ދޭތެރެއިން ފެނޭދޯ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް