ދެވަނަފަހަރަށްވެސް ޖެހުނީ އިމްރާން ޚާން ދޫކޮށްލަން

އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައިކޯޓް ފަހުގެ އަމުރާއި އެއްގޮތަށް ދޫކޮށްލައިފިއެވެ. އިމްރާން ދޫކޮށްލަން މަޖުބޫރުވީ ހައިކޯޓުން ދެން ދެހަފްތާގެ ކުރިން އެހެން އެއްވެސް މައްސަލައެއްގެ ނަމުގައި އިމްރާން ޚާން ހައްޔަރު ނުކުރެވޭގޮތަށް ކަފާލާތުގެ ދަށުން ދޫލޮށްލުމަށް ކުރެވުނު ޙުކުމްގެ ދަށުންނެވެ. މިލިޓިރީއާއި ޕަންޖާބުގެ ޕޮލިސް ވަނީ ހައިކޯޓްވަށާލައި ކޯޓުން އިމްރާން ދޫކޮށްލައިފިނަމަ ކޯޓުން ނިކުތުމުގެ ކުރިން ހައްޔަރު ކުރުމަށެެވެ. ގަބޫލުކުރެވެނީ އެއްވެފައިވާ ގިނަ ޢާމްރައްޔަތުން ޢަދަދު ބިޔަކަމުންނާއި އަދި ޝަރުޢީ […]

އެމެރިކާ ޑޮލަރު ގަންނަން ބޭނުންތޯ؟

އަހަރެމެން އެމެރިކާޑޮލަރު ފަހާ ދުވަމުންދާއިރު ދުނިޔޭގެ އެންމެ ބޮޑެތި ފައިސާވެރިން ޑޮލަރު ގަންނަން ބޭނުންވޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި މިވަގުތު ދުނިޔޭގައިތިބި އެންމެ ބޮޑެތި މަހުޖަނުން ބުނަނީ ކީކޭތޯ ބަލާލަމާ ހިނގާށެވެ. ޑޮލަރުގެ ވަރުގަދަ ރަސްކަމުގެ ތަޚުތުގެ ފައިތައް ފަނިކައި ފީކުރަމުން އެބަގެންދާ ކަމަށް ޖުމުލަ ގޮތެއްގައި ދުނިޔޭގެ އެންމެބިޔަ މަހުޖަނުން ވިދާޅުވަމުން އެބަ ގެންދެއެވެ. ފައިތައް ބިނދިގެން ވެއްޓޭނެ ދުވަހެއް ބުނަން ނޭންގުނަސް އެކަންތައް ހިނގަމުންއެބަ ދެއެވެ. އަދި އެ ފަނިތައް މަރާލެވޭނެ ގޮތެއްވެސް މިހާތަނަށް ހޯދިފައެއް ނެތެވެ.               […]

ޗައިނާއިން ސައިބަރ ހަތިޔާރު އުފައްދަނީ – ސީ.އައި.އޭ އިން ލީކުވި ރިޕޯރޓް

ލީކުވެފައިވާ އެމެރިކާގެ އިންޓެލް ރިޕޯރޓުގައި ބުނެފައިވާ ގޮތުން ހަނގުރާމައެއްގައި ޗައިނާއާއި އިދިކޮޅަށް މަސައްކަތްކުރާ ގައުމުތަކުގެ ސެޓެލައިޓްތައް ބޭނުން ނުކުރެވޭގޮތް ހެދުމުގެ މަގްސަދުގައި ޗައިނާއިން ސައިބަރ ހަތިޔާރު އުފައްދަން ފަށައިފިއެވެ. ފައިނޭންޝަލް ޓައިމްސް އިން ބުނެފައިވާ ގޮތުގައި މިއީ އެމެރިކާގެ ފަހުގެ ތާރީޚުގައި އެމެރިކާގެ ސިއްރު ލިއުންތަކެއް ވަގަށް ނެގި އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. އަދި އެ ލިއެކިއުންތައް ލީކް ވެފައި މިވަނީ ޗައިނާއިން ތައިވާނަށް ޙަމަލާ ދީ ބާރުގެ ބޭނުންކޮށްގެން ތައިވާނު އަނބުރާ އަތުލާފާނެ ކަމުގެ […]

ހެމްބާރގް ސިޓީ ސެންޓަރަށް ރަތް އިންޒާރު

ެމިކަލް އެކުލެވޭ ވިލާތަކެއް ޖަރުމަނުގެ ހެމްބާރގުގެ ސިޓީ ސެންޓަރާ ދިމާލަށް އަންނަމުންދާތީ  އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ގެތަކުގެ ދޮރާއި ކުޑަދޮރުތައްވެސް ބަންދުކޮށްގެން ތިބުމަށާއި އެސަރަހައްދުން ދުރަށް ދިއުމަށް ފަޔަރބްރިގޭޑުން އިންޒާރު ދެމުން އެބަ ގެންދެއެވެ. ލަފާކުރެވޭގޮތުގައި އެ ވިލާތައް އުފެދެން މެދުވެރިވެފައިވަނީ ރޯތެންބާރގްސޯރޓް އަވަށުގެ ގުދަނެއްގައި ރޯވުމުގެ ސަބަބުންނެވެ. މިހާތަނަށް އެ އަވަށުންވެސް 140 މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވިއްޖެއެވެ. އެ އަވަށުގެ ބްރޯޑްކާސްޓަރުން ބުނި ގޮތުގައި އަލިފާން ރޯވެފައިވަނީ ޓްރަކްތައް ހުއްޓާފައިބާއްވާ ސަރަހައްދެއްގައި އިއްޔެ […]

ރައީސް ޔާމީންގެ ކެނޑިޑެންސީ ބަލައިގަތުމުގެ ފުރުސަތު ބޮޑު: އީސީ

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ކެނޑިޑެންސީ ހުށަހަޅުއްވައިފިނަމަ ކެންޑިޑެންސީ ބަލައިގަތުމުގެ ފުރުސަތު ބޮޑުކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މި ވަގުތު ހުންނެވީ ޖަލުގައެވެ. އެއީ ވ.އާރަށު މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި މިދިޔަ ޑިސެމްބަރު 25 ވަނަ އިއްވި 11 އަހަރުގެ ހުކުމާ ގުޅިގެންނެވެ. ދަށު […]

އިންޑިއާގެ ކުރިއެރުމަކީ ދުނިޔޭގެ ނާޒުކު ބެލެންސް އޮފް ޕަވަރ އަށް ބިރެއް

ޖީ 20 ގެ މާލީ ވަޒީރުންގެ އެޖެންޑާ އެކުލަވާލުމަކީ އެއްއިރެއްގައިވެސް ފަސޭހަ ކަމެއްނޫނެވެ. މިފަހަރު އަދި އަމުދުން އެމެރިކާއާއި ބައިވެރިން ޔޫކްރެއިނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ބޭނުންވެފާ ތިބި ވަރުންނާއި ރަޝިޔާއަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންވެސް ބޭނުންވެފައި ވާއިރު އަދި އެމެރިކާއާއި ބައިވެރިންގެ ގެންދަނީ ރަޝިޔާއާއި ޗައިނާ ބްލެކްމެއިލް ކުރަމުންކަމުގައި މޮސްކޯ އާއި ބެއިޖިންގުން ބުނަމުންދާ އިރެއްގައި އެއީ އަދި މާ އުދަނގޫ ކަމަކަށްވަނީ ވެފައެވެ.                                    އިންޑިއާގެ މަސްއޫލުވެރިން ބެންގަލޫރުގައި ދުނިޔޭގެ […]

އީރާނާއި ސަޢޫދީގެ ގުޅުމަކީ މެދުއިރުމަތިން ކުރިއަށް އެޅި ވަރުގަދަ ފިޔަވަޅެއް

  2023 މާރޗް 10 ހުކުރު ދުވަހު (އިއްޔެ) ދުނިޔެއަށް ކުއްލި ޙައިރާންކަމެއް ގެނުވީ އިރާނާއި ސަޢޫދީ އެރޭބިޔާއިން އަލުން ސިޔާސީ ގުޅުން ގާއިމްކުރަން އެއްބަސްވެ ޢިއުލާން ކުރުމުންނެވެ. ޗައިނާއިން އިސްނަގައިގެން ކުރިމަސައްކަތުން މި ލިބިގަނެވުނު ކާމިޔާބީގެ ސަބަބުން މެދުއިރުމަތީގައި ތަފާތު ޙާލަތުތަކެއް އުފެދިގެން ދާނެކަމަށް ބެލެވެއެވެ. ސައޫދީ އެރޭބިޔާ އީރާން އަދި ޗައިނާ އެކުވެގެން ހާމަކުރި ބަޔާނުގައި ކުރިއަށް އޮތް ދެ މަހެއްހާދުވަހުގެ ތެރޭގައި ދެ ގައުމުގައި އެމްބަސީ ހުޅުވޭނެއެވެ. އަދި މީގެ 20 އަހަރުކުރިން […]

އީރާނުން ލީދިއަމްގެ ފުނިވަރުތަކެއް ފެނިއްޖެ

އިރާނުގެ ހުޅަނގު އުތުރު ސަރަހައްދުން ގިނަ އަދަދެއްގެ ލީދިއަމް ރިޒާވްތަކެއް ފެނިއްޖެ ކަމުގައި ފުރަތަމަފަހަރަށް އެގައުމުން އިއްލާން ކޮށްފިއެވެ. ލިދީއަމްގެ ބޭނުން ބޮޑުވަމުންދިއުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު އެއަށް ދީފައިވާ ނަމަކީ “ ހުދު ރަން “ އެވެ.   އީރާނުގެ ހަމަދާން ޕްރޮވިންސުގެ ގަހާވިންދުން ވަރަށްގިނަ އަދަދެއްގެ ލިދީއަމް ފެނިފައިވާކަން އެ ގައުމުގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް މައިންސް ޓްރޭޑްގެ އިސް ބޭފުޅަކު ކަމުގައިވާ މުޙައްމަދު ހާދީ އަޙްމަދީ ވެސް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.       […]

މެލޭޝިޔާގެ ކުރިގެ ބޮޑުވަޒީރު ޔާސީން ހައްޔަރުކޮށްފި

ރޮއިޓާސް ޚަބަރު ދޭ ގޮތުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންގެ ވެރިކަމުގައި އުފެއްދެވި ސްޓިމިއުލަސް ޕްރޮގްރާމުގެ ނާޖާއިޒު ފައިދާ އަމިއްލަފުޅަށް ނަންގަވާފައިވާ ކަމުގެ ތުޙުމަތުގައި މާދަމާ ( ބުރާސްފަތި ދުވަސް) ގެ ހެދުނު 11 ޖަހާއިރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވުމަށް އަންގަވައިފިއެވެ. މުހުޔިއްދީން ޔާސީންވެސް އެ މަނިކުފާނުގެ ފޭސްބުކް ޕޯސްޓެއްގައި އެންޓިކޮރަޕްޝަނަށް ޙާޒިރުވާންޖެހޭކަމަށް ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް އެއީ ކޮންކަމަކާ ގުޅޭގޮތުންކަން ވިދާޅެއް ނުވެއެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން މިއަދު އެ މަނިކުފާނު ހައްޔަރުކޮށްފައިވާ […]

7 މިލިއަން ރުފިޔާގެ ޑްރަގާ ހަވާލުވާންދިޔަ ދިވެއްސަކު ދޫކޮށްލައިފި

ބިދޭސީއަކު ރާއްޖެއަށް އެތެރެކުރި 2 ކިލޯގެ ޑްރަގާ ހަވާލުވާންދިޔަ ދިވެއްސަކު ބަންދުން ދޫކޮށްލައިފިއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގައި ބްރެޒިލުން ރާއްޖެއައި ސްވިޒަލޭންޑްގެ 59 އަހަރުގެ ފިރިހެނެއްގެ ލަގެޖުން ވަނީ 2.198 ކިލޯގްރާމްގެ ކޮކެއިން ފެނިފައެވެ. އެ ތަކެތީގެ މަގުމަތީއަގު ހަތް މިިލިއަން ހަތް ލައްކަ ރުފިޔާއަށް އަރައެވެ. ފުލުހުން އޭނާ ހައްޔަރުކޮށް އޭނާގެ އެއްބާރުލުމާއެކު ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި ޑްރަގް ހުރި ލަގެޖާ ހަވާލުވުމަށް ދެ ފިރިހެނަކު ދިޔައެވެ. އެ ގޮތުން […]