ބައިޑަން ސިކިއުރެޓީންގެ ދަބަސް ފޭރިގަނެފި

ރައީސް ޖޯ ބައިޑްން ރިޔާސީ އިންތިޚާބަށް ފައިސާހޯދަން ލޮސް އެންޖަލިސް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސެކިއުރިޓީ ސަރވިސް އޭޖެންޓަކުގެ ދަބަސް އެމެރިކާގެ ވަގަކު ފޭރިގަނެފިއެވެ.އެމެރިކާގެ ސީކްރެޓް ސަރވިސް އޭޖެންސީން ބުނެފައިވަނީ މި ޙާދިސާ މެދުވެރިވެފައިވަނީ އެޖެންޓް ދުވަހުގެ ވަޒީފާ ނިންމާލުމަށް ފަހު އެނބުރި އައި މަގުމަތީގައި ރޭގަނޑު 9 ޖަހާކަންހާ އިރުގައެވެ. އެޖެންޓުގެ ދަބަސް ފޭރިގަތީ ބަޑިދިއްކޮށް ބިރުދެއްކުމަށް ފަހުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ކަންތައްގަނޑުގެ ތެރޭގައި އެ އެޖެންޓު ބަޑިޖެހިކަމަށާއި އެހެންނަމަވެސް ވަގުންގެ […]

އެމެރިކާގެ ގަރާރަށް ދެބޯގެރި ދުއްވުން

އިސްރާއީލް- ފަލަސްތީނުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި އެމެރިކާއިން ޔޫ. އެން. އަށް ހުށައަޅައިގެން ފާސްކުރި ގަރާރަށް އެއްބަސްވުމުގައި ޙަމާސް އިން ބޭނުންވަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލާނެކަމުގެ ގެރެންޓީ އެމެރިކާއިން ދިނުންކަމަށެވެ.  އަދި އިސްރާއިލުގެ ހުރިހާ ސިފައިން ގައްޒާއިން ފައިބާނެކަން އެމެރިކާއިން ލިއުމަކުން ހަމާސްއަށް އަޙްދު ކަށަވަރުކޮށް ދިނުން ކަމަށް މިސްރުގެ ސަލާމަތާއި ބެހޭ އިސް 2 ބޭފުޅަކުގެ ފަރާތުން އެނގިފައިވާކަމަށް ރޮއިޓާރސް އިން ޚަބަރު ދީފިއެވެ. މީގެ ކުރިން ޔޫ.އެން އިން އިސްރާއީލުގެ ހަނގުރާމަ ހުއްޓާލުމަށް […]

ކީއްވެ މިހެންވާންވީ! އެންމެނަށްވެސް އިންސާފު ކަށަވަރުވެފާ އޮންނަންޖެހޭ

ފުލުހުން ހޯދާހެއްކާއި ޤަރީނާ ތައް ބައެއް ފަހަރު ކޯޓުތަކުން ބަލައި ގަނެ މާނަކުރާގޮތުން ކުށްކުރާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތު  ނުވެ ދިޔުމުން ކުށްތަކުރާރުކޮށް، ކުށަށް އަރައިގަތުން  އިތުރުވާކަން ފާހަގަކުރެވެއެވެ. އަދި ކުށެއްކުރާ މީހާގެ މައްޗަށް ދަޢްވާކުރުމުން ދަޢްވާ ނުނިމި ދިގުލައިގެން ދާއިރު ކުށްކުރި މީހާ ދޫވެފައި ހުރުމުން  ކުށް ތަކުރާރު ކުރާކަން ވެސް ފާހަގަވެއެވެ.   ހަމައެހެންމެ ކުށެއްގެ ތުޙްމަތުގައި ބަންދުކުރެވި ވާނުވާ ޖަހާފައި ޖަލުތަކުގައި ތިބެންޖެހުމަކީވެސް ގާނޫނަށް އަރައިގަތުން ކަމުގައި ބެލެވޭނެއެވެ. ގާނޫނު ނަހަމަގޮތުގައި ބޭނުންކުރުމަކީ ކުށެކެވެ. އެހެނީ ގާނޫނު ހެދިފައިވަނީ މީހުންނަށް ނަހަމަ ގޮތުގައި، ނުވަތަ އެހެން ގޮތަކަށް ބުނާނަމަ ގާނޫނުން ނުޙައްގު ބާރުހޯދާ މީހުންނަށް ލާއިންސާނީ އަނިޔާ ދިނުމަކަށެއްވެސް ނޫނެވެ.  ރައްޔަތަކަށް ނުޙައްގު އަނިޔާއެއް ދޭކަށް ދައުލަތެއް […]

ދިވެހިންގެ އެހީތެރިކަމާއިއެކު ޚިދުމަތް ޖަމިއްޔާގެ ފަރާތުން ޣައްޒާގެ ކުއްޖެއް ރާއްޖެ ގެނެސްފި

ޚިދުމަތް ޖަމިއްޔާއަކީ ފަލަސްތީނުގެ ގައްޒާގައި އެނހީ ފޯރުކޮށްދެމުންގެންދާ ދިވެހީންގެ ޖަމްއިއްޔާއެކެވެ. އެ ޖަމްއިއްޔަގެ ފަރާތުން އިއްޔެ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 17 އަހަރުގެ ނަދާ ނަމަކަށް ކިޔާ ކުއްޖެއް ވަނީ ސަލާމަތުގެ އައްސޭރިއަށް ގެނެސްދީފައެވެ. އެ ޖަމުޢިއްޔާގެ އިސްވެރިއެއް ކަމަށްވާ ޝާމީ ރަޝާދު ސަންދާނަށް ވިދާޅުވެ ދެއްވިގޮތުގައި މިއީ  ހެޔޮއެދޭ ދިވެހީންގެ އެނހީއާއި މަދަދާއި އެކު ފަލަސްތީނުގެ ރައްޔަތުންނަށް އެތަނުގައި ޔަހޫދީން ހިންގާ ގަތުލު އާންމުން އެބައިމީހުން ސަލާމަތްކޮށް ދިނުމަށް އެ ޖަމްޢިއްޔާގެ ފަރާތުން ހިންގަމުންގެންދާ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ. ރާއްޖެ ގެނެސްފައިވާ ނަދާގެ ދައްތައެއް […]

ދަ ޑިމޮކްރެޓްސް އަކީ މިހާރު އަސްލު އެމްޑީޕީ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަނީ އަސްލު އެމްޑީޕީ އަކީ މިހާރު ދަ ޑިމޮކްރެޓްސް ކަމަށެވެ. ނަޝީދުގެ ނުރަސްމީ އެކައުންޓް ”މުޙައްމަދު ނަޝީދު އަންއޮފިޝަލް“  ޕޯސްޓުގައި ވިދާޅުވެފައިވަނީ ސަރުކާރަށް ފާރަވެރި ވެވޭނީ ކުރީގައި އެކަން ކުރި މީހުންނަށް ކަމަށާއި އެއީ ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ކަމަށެވެ.  ފަހަކަށް އައިސް މިހާރު އިދިކޮޅު އެމްޑީޕީގައި އެހިމެނޭ ގިނަ މަޖިލިސް މެމްބަރުން ކޮންޓްރެކްޓްތަކާއި ނަހަމަ ވިޔާފާރީގެބޭނުމުގައި ސަރުކާރަށް ފާރަވެރިވުން މުޅިން ދޫކޮށްލީ ކަމަށާއި ދެން ވެސް އެހޮވޭ އެމްޑީޕީގެ މަޖިލިސް މެމްބަރުން ގުޑާނީ ނަފާލިބޭނޭ ގޮތެއްގެ މަތީންކަމަށް ނަޝީދު ވިދާޅުވި އެވެ. ”އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސްގެ […]

ހަސަން ޝިޔާމްގެ ސަޕޯޓަރުން ފަދައިން ޝަކުވާތައް ހިތުގައި ފުނިޖެހިފައި ތިބި މީހުންގެ ޢަދަދު ނޭންގޭ

އަންނަ މަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑެންސީ ބާތިލުވި ޙަސަން ޝިޔާމަށް އިންތިޚާބުގައި ވާދަ ކުރުމަށް ދިމާވި ހުރަސްތައް  ކުރިމަތިވީރައީސް މުޙައްމަދު މުއިއްޒުގެ ސަބަބުން ކަމަށް  އޭނާއަށްތާއީދު ކުރާ ސަޕޯޓަރުން  ތުޙުމަތުކޮށްފިއެވެ.  ނަމަވެސް އެނގެންއޮތީ ސްޕްރީމް ކޯޓާއި ހަމައިން ޙަސަނަށް ބައިވެރިވުމުގެ ޖާގަ ނުލިބުނީއެވެ. އެކަމުގެ ޝަކުވާ ފުންޏެއް ދާދި މިދާކަށް ދުވަހު ރައީސްމުއިއްޒު މެމްބަރު ހޮވުމަށް ދޮރުދޮރަށް ވަޑައިގެން މަގުމަތީން ދިމާކޮށް އޮއްސާލި ޚަބަރާއިއެކު ދޭދޭ ފަރުދުންގެ މެދުގައި އެމީހުން ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ކުރި ބުރަ މަސައްކަތްތަކުގެ ވާހަކަތައް މާގިނައިން ދެކެވެން ފަށައިފިއެވެ.  ރައީސް ޔާމީނު އެންޑޯޒް ކުރެއްވި އަހަރެމެންގެ ކެންޑިޑޭޓް ޑރ. މުޢިއްޒު ހޮވުމަށްޓަކާ ރެޔާއި ދުވާލު ނުނިދާ، އެތައް ވަގުތެއް […]

ކުރު ވާހަކަ: ސުއްޓާ ތައުމީނުކުރުން: (އިންޝުއަރކުރުން)

ވަރަށް ކުޅަދާނަ ވިޔަފާރިވެރިޔަކު އަގު ބޮޑު ސުއްޓާތަކެއް ގަތެވެ. އަދި އެ ސުއްޓާތައް ގެއްލިދާނެތީ ނޫނީ އެއަށް އެއްވެސް ގެއްލުމެއް ލިބިދާނެތީ އެ ސުއްޓާތައް ތައުމީނުކުރިއެވެ.  ތައުމީނުކުރުމުގެ އެއްބަސްވުމުގައި ސުއްޓާތައް އަނދައި ގޮއްސި ނަމަ ވެސް އޭގެ ބަދަލު ދޭނޭ ކަމަށް ތައުމީނުކުރި ކުންފުނިން އެއްބަސްވެފައި އޮތެވެ. އެ އަގުބޮޑު ސުއްޓާތައް ލިބުނުތާ ދެތިން ދުވަހުގެ ތެރޭގައި ވިޔަފާރިވެރިޔާ ސުއްޓާތައް ބޮއި ހުސްކުރިއެވެ. ދެން ސުއްޓާތައް އަނދައި ހިނގައްޖޭ ބުނެ، ތައުމީނު ކުންފުނީގެ ފަރާތުން ސުއްޓާތަކުގެ ބަދަލު […]

އިންޑިއާގެ މުސްލިމުންނަށް މޯދީގެ ސަރުކާރުން ހަދާލަނީ ޔަހޫދީން ނަތަންޔާހޫ ފަލަސްތީނުގެ ރައްޔަތުންނަށް ހަދާލާގޮތެވެ.

މިސްކިތްތަކުގައި ހުޅުޖެހުމާއި މިސްކިތަކައް ވަދެ ޚަތިމުތަކަށް ގޮރުހެނޑުމާއި ބަންގިގޮވާ ގަޑީގައި ހިންދޫ އެކްސްޓްރީމިސްޓުން މިސްކިތްދޮށަށް އެއްވެ ރާމްރާމް ގޮވާ ތާޅަފިލިން އަޑުގަދަކޮށް ޖެއްސުންކުރުން މިއީ އިންޑިޔާގައި މިހާރު ޢާންމުވެފައިވާ ބަލާވެރި ކަމެކެވެ. މިކަން ހިންގަނީ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ މެނިފެސްޓޯއިން ބާރުލިބިގެން ހިންދުތުވާ އެކްސްޓްރީމް ބައިގަނޑުންނެވެ. މިބައިގަނޑުގެ ވެރިޔަކީ މިހާރު ވެރިކަމުގައި ހުންނެވި ބޮޑުވަޒީރު މޯދީޖީ އެވެ. އެމީހުންގެ ރުޅިގަނޑު މުސްލިމުންނަށް ބޭލުމުގައި މިހާރު އެވަނީ ހަދައުން ނައްޓާފައެވެ. މަދުރަސާތަށް ބަންދުކުރުމާއި މަގުމަތީން އަންހެނުންގެ ބުރުގާ ދަމައިގެން އޮރިޔާކުރުމާއި ރާމް […]

މުއްސަނދިކަމާއި މަތީ މަގާމުތައް ލިބުމުންވެސް ހިތްހަމަނުޖެހޭ އިންސާނާ

އިންސާނުންގެ ދަހިވެތިކަމާއި އަމިއްލައެދުން ނިމުމަކަށް އަންނާނީ ކިހާވަރެއް ލިބި ކޮންފަދަ މަގާމުތަކެއް ލިބުނީމާ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުދޭކަށް ހަމަ އެކަކަށްވެސް ނޭންގޭނެއެވެ. އެކަމަކު ލޯމަތީގައި ހާމަވަމުންދާ މަންޒަރުތަކުން ކޮންމެވެސް މިންވަރަކަށް އިބްރަތް ލިބިގަތުމަކީ ރަނގަޅުކަމެވެ.  މައުލޫމާތަށް ޓަކައި މިގެނެސްދެނީ މުއްސަނދިކަމާއި މަތީ މަގާމުތައް ލިބުމުންވެސް ހިތްހަމަ ނުޖެހޭނެކަން ހާމަކޮށްދޭ މިހާރުގެ އެންމެ ތާޒާ އެއް ޚަބަރެކެވެ.                                 […]

ވޯޓުލާ މީހުންގެ އަދަދު މަދުވުން: މަޖިލިސް އިންތިޚާބަށް އަސަރު ކުރާނެބާ؟

މާލެ ސިޓީގެ މޭޔަރު އިންތިޚާބުކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަނުގެ ކަންކަން ހިނގައި ގޮސްފައިވަނީ ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ.  ސަރުކާރުން އިޢުލާނުކުރި ޕްރޮޖެކްޓުތަކާއިއެކު އިންތިޚާބު ދުވަހުގެ ކުރިން ސަރުކާރު އޮފިޝަލުންގެ އުންމީދުތައް ހުރީ އުޖާލާކޮށެވެ. އެހެނީ މިސަރުކާރު ގެނެވިފައިވަނީ ރައްޔަތުންގެ ގިނަބަޔަކު ހެޔޮބަދަލަކަށް ސަރޕޯޓްދީގެނެވެ. ނަމަވެސް ސަރުކާރަށް ދެމަސްނުވަނީސް ރައްޔަތުން ނޫނެކޭ ބުނަންޖެހުނު ސަބަބު ދެނެގަތުމަށް މިވަނީ ބޭނުންވެފައެވެ. ވޯޓުލާން ދިޔަ ރައްޔަތުންގެ 70% ސަރުކާރަށް ނޫނެކޭ މިހާއަވަހަށް ބުނުމަކީ ސަމާސައެއް ނޫނެވެ. އަދި އަމުދުން މާލޭސިޓީގެ ރައްޔަތުންގެ މިފަދަ ނިންމުމަކާއި ކުރިމަތިލާން […]