ދުބާއީގެ އަމީރު އޭނާގެ ކުރީގެ އަނބިކަނބަލުންގެ ފޯނު ހެކްކޮށްފައިވާކަން ހައިކޯޓުން ހާމަވެއްޖެ

ދުބާއީގެ އަމީރު ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން ކަމަށްވާ ޕްރިންސަސް ހަޔާގެ ފޯނު އެން އެސް އޯ ޕެގަސެސް ސޮފްޓްވެއަ ބޭނުންކުރައްވައިގެން ހެކްކޮށްފައެވެ. އިނގިރޭސިވިލާތުގެ ހައިކޯޓުން ނިންމާފައިވާ ގޮތުގައި މިކަމަކީ ދުބާއީގެ އަމީރަށް ލިބިވަޑައިގެންފައިވާ އިތުބާރާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމެވެ. ޕްރިންސެސް ހަޔާގެ ފޯނު ހެކް ކުރިކަން ފާހަގަ ކުރެވިފައި ވަނީ އެ އާއިލާއާ ގުޅޭ އިސްބޭފުޅަކަށެވެ. ފޯނު ހެކް ކޮށްފައި ވަނީ ހަޔާ އާއި ދުބައިގެ އަމީރުގެ ދެ ބޭފުޅުންނާއި ބެހޭގޮތުން އަޑުހުންތައް […]

ރޮބޮޓް ތަކެއް ބޭނުން ކުރަން ފެށުމުން މީހުން އުޅެން ބޭނުން ނުވާ ފަދަ ތަނަކަށް ސިންގަޕޯރ ބަދަލުވުމުގެ ބިރު

ސިންގަޕޯރގެ މަގުތައް މަތީގައި ”އެކަށީގެން ނުވާ“ ގޮތަށް އަމަލުކުރާ މީހުންނަށް އިންޒާރު ދިނުމަށް ބޭނުން ކުރާ ރޮބޮޓެއް ޓެސްޓް ކުރަން ފެށުމާ ގުޅިގެން ރައްޔިތުންގެ ޒާތީ މިނިވަންކަން ލިބޭނެ ކަމާ މެދު ގިނަ ޝައްކުތަކެއް ވަނީ އުފެދެން ފަށާފައެވެ. މި ރޮބޮޓަކީ ސިންގަޕޯރ އިން ބޭނުންކުރަމުން އަންނަ ގިނަ އަދަދެއްގެ ސާރވެއިލަންސް ޓެކްތަކަށް އެންމެ ފަހުން އީޖާދު ކޮށްފައިވާ އެއްޗެވެ. ސިންގަޕޯރ ގެ ރައްޔިތުން މޮނިޓަރ ކުރުމަށް ބޭނުން ކުރާ ސާމާނުގެ ތެރޭގައި ގިނަ އަދަދެއްގެ ސީސީޓީވީ […]

ފަލަސްތީނުގެ ގައިދީއެއްގެ މަރާ ގުޅިގެން އިޒުރޭލު އަނެއްކާވެސް ހޫނުފެނަށް

ޕަލަސްތީނަށް ނިސްބަތްވާ ކުރީގެ ގައިދީ، ހުސެއިން މަސްމުއްލާ ނިޔާވެއްޖެއެވެ. އޭނާ މަރުވެފައިވަނީ ޖަލުން ދޫކޮށްލިތާ 7 މަސް ފަހުންނެވެ. އޭނާ ޖަލުން ދޫކޮށްލާފައިވަނީ ލިއުކީމިއާ ޖެހުމާ ގުޅިގެންނެވެ. އޭނާގެ މަރާއި ގުޅިގެން ޕަލަސްތީނުގެ ގިނަ ރައްޔިތުންވަނީ އިޒުރޭލުގެ ޖަލުތަކުގައި ފަލަސްތީން ރައްޔިތުންނަށް ބޭސް ފަރުވާގެ ޚިދުމަތްތައް ނުދޭކަމަށް ތުހުމަތު ކޮށްފައެވެ. މަސްމުއްލާ މަރުވީ ބުރާސްފަތި ދުވަހު އުމުރުން 37 އަހަރުގައި، ރާމުﷲގެ ހޮސްޕިޓަލެއްގައެވެ. ފަލަސްތީނުގެ ގައިދީންނާބެހޭ ގުރޫޕުތަކުން ބުނާގޮތުގައި މަސްމުއްލާ ބަނޑުގައި ރިއްސާތީ އެތައް ފަހަރެއްގެ މަތިން […]

ކުޅިވަރުގެ ދުނިޔޭގައި މަގުބޫލު ގައުމަކަށް ވުމަށް ސައުދީން މިސްރާބު ޖަހައިފި

ގްރޯ ޕްރީ ބޭއްވުމަށް ސައުދި އަރަބިޔާ ނިންމި ކަމުގައިވިޔަސް އެޤައުމާ ދެކޮޅަށް އުފުލަމުންދާ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކުގެ އަޑު މާ ގަދައެވެ. އެންތަނީ ޖޮޝުއާ، ގްލޯބަލް ހެވީ ވެއިޓް ޓައިޓްލް ފައިޓް 2019 ގައި ހޯސްޓް ކުރުމުގެ އިތުރުން 2020 ވަނަ އަހަރު ސްޕެނިޝް ސުޕަކަޕް ޕްރެސެންޓް ކުރުމާއެކު ސައުދީ އިން ދަނީ ދުނިޔޭގެ ކުޅިވަރު ދާއިރާގައި ވިދަމުންނެވެ. ނޮވެމްބަރުގައި އޮންނަ 2021 ގެ ކާރު ރޭސް ޖިއްދާގައި ބޭއްވުމަށް ސައުދީއިން ވަނީ ދާދި ފަހުން […]

ރާއްޖެއިން ޤަތަރާއެކު އޮތް ގުޅުންތައް އިޔާދަކޮށްފި! ކީއްވެ މިހާރު؟

ގިނަ އަދަދެއްގެ ނޫސްތަކުން ހާމަ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސަރުކާރުން މިހާރު ވަނީ އަނެއްކާވެސް ޤަތަރާއެކު ފުރިހަމަ ގުޅުންތަކެެއް ޤާއިމް ކޮށްފައެވެ. ނަމަވެސް، ސަޢުދި ޢަރަބިއްޔާގެ ވެރިން ނުރުހިދަާނެ ކަމުގެ ބިރަށްޓަކާއި އެންމެހާ ފަރާތްތަކުންވެސް އަޅާނުލާ ދޫކޮށްލަމުންދާ ކަމެއް އެބައޮތެވެ. މިކަމަކީ ރާއްޖޭގެ ސިޔާސީ މަޞްރަހަށް ބޮޑު ނުފޫޒެއް ފޯރުވަމުންދާ ކަމެކެވެ. މުސްލިމް ޤައުމްތަކުގައި ’މުސްލިމް ބްރަދަރހުޑް‘ ފަދަ ސިޔާސީ ޕާޓީތަކަށް އެހީ ފޯރުކޮށްދިނުމުގެ ސަބަބުން ކަމަށް ބުނެ ސަޢުދި ޢަރަބިއްޔާއިންވަނީ ޤަތަރާއެކު އޮތް ގުޅުންތައް ކަނޑާލާފައެވެ. […]

ބޭރުގެ ސަރުކާރުތަަކާއި މުޢާމަލާތުކުރުމުގައި އަޅުގަނޑުމެންގެ ހުރި ބަލިކަށިކަން

ބޭރު ގައުމުތަކާއިބެހޭ ކަންކަމާއި ބައިނަލް އަގުވާމީ ގުޅުންތަކާއިބެހޭ 11 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެންނާއި ބިދޭސީނަނާއި ގުޅުން ބަދަހިކުރަން އޮންނަ ގަވާއިދުތައް ބިދޭސީ އެކުވެރިންނަށް އަންގާނެ ހިއްވަރު އަޅުގަނޑުމެންގެ މައިބަދައިގައި ހުންނަ ވަރަށް ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން ތަސައްރަފު ފުދޭނީ ކޮން އިރަކު ބާއެވެ.  ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ކޮންމެ ސަރުކާރެއް އޮތަސް، އަޅުގަނޑުމެން ބޭނުންވާ ވަރަށްވުރެވެސް ބޮޑަށް، އެކުވެރި ބޭރު ގައުމުތަކުގެ ބޭނުންތަކާއި އެއްގޮތަށް ގައުމުގެ ކަންކަން […]