ފަލަސްތީނުގެ ގައިދީއެއްގެ މަރާ ގުޅިގެން އިޒުރޭލު އަނެއްކާވެސް ހޫނުފެނަށް

Loading

Facebook
Twitter
WhatsApp
JERUSALEM - MAY 10: Israeli police use tear gas, rubber bullets and stun grenades to disperse Palestinians who were on guard Al-Aqsa Mosque to prevent raids by extremist Jews, in East Jerusalem on May 10, 2021. (Photo by Eyad Tawil/Anadolu Agency via Getty Images)

ޕަލަސްތީނަށް ނިސްބަތްވާ ކުރީގެ ގައިދީ، ހުސެއިން މަސްމުއްލާ ނިޔާވެއްޖެއެވެ. އޭނާ މަރުވެފައިވަނީ ޖަލުން ދޫކޮށްލިތާ 7 މަސް ފަހުންނެވެ. އޭނާ ޖަލުން ދޫކޮށްލާފައިވަނީ ލިއުކީމިއާ ޖެހުމާ ގުޅިގެންނެވެ. އޭނާގެ މަރާއި ގުޅިގެން ޕަލަސްތީނުގެ ގިނަ ރައްޔިތުންވަނީ އިޒުރޭލުގެ ޖަލުތަކުގައި ފަލަސްތީން ރައްޔިތުންނަށް ބޭސް ފަރުވާގެ ޚިދުމަތްތައް ނުދޭކަމަށް ތުހުމަތު ކޮށްފައެވެ.

މަސްމުއްލާ މަރުވީ ބުރާސްފަތި ދުވަހު އުމުރުން 37 އަހަރުގައި، ރާމުﷲގެ ހޮސްޕިޓަލެއްގައެވެ.

ފަލަސްތީނުގެ ގައިދީންނާބެހޭ ގުރޫޕުތަކުން ބުނާގޮތުގައި މަސްމުއްލާ ބަނޑުގައި ރިއްސާތީ އެތައް ފަހަރެއްގެ މަތިން ދެމަހެއްހާ ދުވަސް ވާނދެން ވަނީ ޝަކުވާކޮށްފައެވެ. އޭގެފަހުން އޭނާ ހޮސްޕިޓަލަށް ގެންދިޔުމުން ލޭގެ ކެންސަރު ޖެހިފައިވާކަންވަނީ ހާމަވެފައެވެ. ފަލަސްތީނުގެ ގައިދީންނާ ބެހޭ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަސްމުއްލާ ވަނީ އިޒުރޭލު ސަރުކާރުން ބޭސްފަރުވާ ނުދީ ޝަހީދު ކޮށްލާފައެވެ.

ފަލަސްތީނުގެ ގައިދީންނާ ބެހޭ ޖަމިއްޔާތަކުންވެސް މަސަލްމާގެ މަރުގެ ޒިންމާ އަޅުވަނީ އިޒުރޭލު ސަރުކާރުގެ ބޮލުގައެވެ. މި ފަރާތްތަކުން ބުނި ގޮތުގައި އިޒުރޭލު ސަރުކާރުން ވަނީ ފަލަސްތީނުގެ ގައިދީންނަށް ބޭސްފަރުވާގެ ޚިދުމަތް ނުދީ އެތަކެއް ގައިދީންނެއް މަރާލާފައެވެ.

މަސަލްމާގެ ޖަނާޒާގައި ވަނީ ހާހެއްހާ މީހުން ބައިވެރި ވެފައެވެ. އިސްރާއީލްގެ ސަރުކާރުން މަސަލްމާ ޖަލުން ދޫކޮށްލާފައިވަނީ 15 ފެބްރުއަރީ، 2021ގައެވެ. އެއީ އޭނާގެ މައްޗަށްކޮށްފައިވާ 20 އަހަރުގެ ޖަލުހުކުމް ތަންފީޒުކޮށް ނިމެން އަހަރަކަށް ވެފައި ވަނިކޮށެވެ. އޭނާ ހުކުމް ތަންފީޒު ކުރަމުން ދިޔައީ ދެވަނަ އިންތިފާޟާގައި ބައިވެރިވުމާ ގުޅިގެންނެވެ. އޭނާއަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުނީ މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގައެވެ. މަސަލްމާއަށް ކެންސަރު ޖެހުނުކަން އެނގުމާއެކު އޭނާ ވަނީ ޖެރުސްލަމްގައި ހުންނަ އިޒުރޭލުގެ ހޮސްޕިޓަލަކަށް ބަދަލު ކޮށްފައެވެ. އޭނާ މަރުވެފައި ވަނީވެސް އެ ހޮސްޕިޓަލުގައެވެ.

ގައިދީންގެ ހައްގުތަކާ ބެހޭ ޖަމިއްޔާއަކުން ބުނި ގޮތުގައި ފަލަސްތީނަށް ނިސްބަތްވާ 4،650 ގައިދީން އިޒުރޭލުގެ ޖަލުތަކުގައި އުޅެއެވެ. މީގެ ތެރޭގައި 200 ކުޑަކުދިންނާއި ސަބަބަކާއި ނުލައި ޖަލަށްލާފައިވާ 520 މީހުންވެސް ހިމެނެއެވެ. މީގެތެރެއިން 500 އެއްހާ ގައިދީން ދަނީ ތަފާތު އެކި ބަލިތައް ތަހައްމަލު ކުރަމުންނެވެ. މިފަދަ ބަލިތަކުގައި ފަރުވާ ނުލިބި މަރުވާ މީހުންގެ އަދަދު 1967 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ އެކި އެކި ޖަމިއްޔާތަކުން ދަނީ ރެކޯޑުކޮށް ބަލަހައްޓަމުންނެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް