ދުބާއީގެ އަމީރު ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން ކަމަށްވާ ޕްރިންސަސް ހަޔާގެ ފޯނު އެން އެސް އޯ ޕެގަސެސް ސޮފްޓްވެއަ ބޭނުންކުރައްވައިގެން ހެކްކޮށްފައެވެ.
އިނގިރޭސިވިލާތުގެ ހައިކޯޓުން ނިންމާފައިވާ ގޮތުގައި މިކަމަކީ ދުބާއީގެ އަމީރަށް ލިބިވަޑައިގެންފައިވާ އިތުބާރާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމެވެ.
ޕްރިންސެސް ހަޔާގެ ފޯނު ހެކް ކުރިކަން ފާހަގަ ކުރެވިފައި ވަނީ އެ އާއިލާއާ ގުޅޭ އިސްބޭފުޅަކަށެވެ. ފޯނު ހެކް ކޮށްފައި ވަނީ ހަޔާ އާއި ދުބައިގެ އަމީރުގެ ދެ ބޭފުޅުންނާއި ބެހޭގޮތުން އަޑުހުންތައް ލަންޑަންގެ ކޯޓެއްގައި ކުރިޔަށް ދަނިކޮށެވެ. އަދި ހަޔާގެ ދެ ލޯޔަރުންގެ ފޯނު ވެސް ވަނީ ހެކްކޮށްފައެވެ. ދެ ލޯޔަރުންކުރެ އެކަކީ ހައުސް އޮފް ލޯރޑްސްގެ މެމްބަރެކެވެ. ލޯޔަރުންނަށް ހެކް ކުރެވިފައިވާކަން ފަޅާ އަރާފައިވަނީ އިސްރާއީލްގެ އެންއެސްއޯ ގްރޫޕްގައި މަސައްކަތްކުރާ ޗެރީ ބްލެއަރ އެކަން ހާމަ ކުރުމުންނެވެ.
މިހާރު ކުރިއަށްދާ ޝަރީއަތުގެ ނިންމުންތައް އަންނަ ގޮތެއްގެ ސަބަބުން ޔޫއޭއީއާއި އިނގިރޭސި ވިލާތާ ދެމެދު އޮންނަ ގުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެކަމަށް ގިނަ ބަޔަކު ދަނީ ލަފާ ކުރަމުންނެވެ.