ޔާމީންގެ ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ކޯޓަށް

އިދިކޮޅު، ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖޫރިމަނާގެ ފައިސާ މުއްދަތުގައި ދައްކާފައިނުވާ ކަމަށް ބުނެ އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގައި މަނީ ލޯންޑްރިންނާއި ރިޝްވަތު ގަބޫލުކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރު، ހަ މަސް ދުވަހުގެ ތެރޭ ދައްކަން ޔާމީންގެ މައްޗަށް އަމުރުކޮށްފައި ވެއެވެ. ޔާމީންގެ […]
ޑރ. މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި

އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވި ނަމަވެސް، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް މާލޭސީޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފިއެވެ. ޑރ. މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ ޕީޕީއެމާ އެއް ކޯލިޝަނެއްގައި އޮތް ޕީއެންސީގެ ފަރާތުންނެވެ/ މި ފޯމު ހުށަހެޅުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މުއިއްޒުގެ […]
އިންތިހާބު ބޮއިކޮޓްކުރަން ސެނެޓުގެ ނިންމުން ރިވިއުކޮށްދޭން ޔާމީން އެދިވަޑައިގެންފި

ޕީޕީއެމް އިން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް، އެ ޕާޓީގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވިޔަސް، އިންތިހާބުގައި ބައިވެރިވާން ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓުން މިއަދު ނިންމި ނިންމުން ގަބޫލުނުކުރައްވާކަން، ޔާމީން ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕަށް މިރޭ އަންގަވައިފި އެވެ. އިތުބާރު ހިފޭ މަސްދަރަކުން ”ސަންދާނަށް“ ކަށަވަރުވެފައިވާ ގޮތުގައި ޔާމީން އެ ގޮތަށް އެންގެވީ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެދުވެރިކުރައްވައި މީގެ އިރުކޮޅެއްކުރިން ފޯނު ކޯލަކުންނެވެ. އެ ފޯނު ކޯލުގައި ޔާމީން އެދިވަޑައިގެންފައިވަނީ ސެނެޓުގެ ނިންމުން ރިވިއުކޮށްދިނުމަށެވެ. […]
ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހަކު އަނެއްކާވެސް ފެނިއްޖެ

ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހަކު އަނެއްކާވެސް ފެނިއްޖެއެވެ. މިދިޔަ ޖުލައި މަހުގެ ފަހުކޮޅުގައިވެސް ވަނީ ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހަކު ފެނިފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ އިރުކޮޅެއް ކުރިން ކުރި ޓުވީޓެއްގައި ބުނީ، ރާއްޖެއިން އިއްޔެ ހިމަބިއްސަށް ޕޮޒިޓިވް މީހަކު ފެނިފައިވާ ކަމަށާއި އެ މީހާއަކީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން ރިޕޯޓުކުރި މީހެއް ކަމަށެވެ. ނަމަވެސް އެއީ، ޖުލައި މަހު ފެނުނު ކޭސްއާ ގުޅުމެއް އޮތް ކޭސްއެެއް ނޫން ކަމަށް އެޗްޕީއޭއިން […]
އާބާދީ މަދު އިތުރު ހަތަރު ރަށެއްގައި ސެޓްލައިޓް ސްކޫލު ފަށައިފި

އަތޮޅުތެރޭގެ އިތުރު ހަތަރު ސްކޫލެއް ސެޓްލައިޓްކޮށް ސްކޫލު ގާއިމްކޮށް ކިޔަވައިދޭން ފަށައިފިއެވެ. މިދިޔަ އަހަރު ވަނީ ބ. ފެހެންދު އާއި ވ. ތިނަދޫގައި ސެޓްލައިޓް ސްކޫލު އަޅައި ކިޔަވައިދޭން ފަށާފަ އެވެ. މިއަދު ފެށުނު ދިރާސީ އާ އަހަރާއެކު ވަނީ އިތުރު ހަތަރު ސްކޫލެއްގައި ސެޓްލައިޓްކޮށް ކިޔަވައިދޭން ފަށާފައެއެވެ. އެއީ ވ. ރަކީދޫ ސްކޫލާއި ބ. ފުޅަދޫ ސްކޫލާއި ގއ. ކޮނޑޭ ސްކޫލުގެ އިތުރުން އދ. ދިއްދޫ ސްކޫލުގައެވެ. އެއާއެކު ސެޓްލައިޓް މަހްފޫމްގެ ދަށުން ކިޔަވައިދޭ ސްކޫލުތަކުގެ […]
ރިޔާސީ އިންތިހާބުގައި ފާރިސް އަމިއްލަ ގޮތުން ވާދަކުރައްވަނީ

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ވާ ރިޔާސީ އިންތިހާބުގައި އެމްއާރުއެމްގެ ރައީސް، ފާރިސް މައުމޫން އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ނިންމަވައިފިއެވެ. އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާން ކުރެއްވީ އޭނާގެ ޓުވިޓާ އެކައުންޓް މެދުވެރިކޮށް މިއަދު ދެއްވި 30 ސިކުންތުގެ ވީޑީއޯ މެސެޖެެއްގަ އެވެ. ”ލޮބުވެތި ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތީން ދިވެހިރާއްޖޭގެ ކަންކަން އިސްލާހުކުރުމުގެ މާތް މަގުސަދުގައި މާތްﷲ ގެ […]
ހުކުމަށް ފަހު ޖަމީލް: ދަ ފައިޓް އިސް އޮން، ގެއަށް ވަދެ ފިނޑި ބައެއްގެ ގޮތުގައި ނުތިބޭނަން!

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރުމާއެކު، ޔާމީންގެ އިސްވަކީލު އަދި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޖަމީލު ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުން ކަންތައްކުރާ […]
ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ނަގައިފި

ކުއްޖަކަށް ދިރުވާލެވުނު ކުޅޭ އެއްޗެއް އައިޖީއެމްއެޗްގެ ޑޮކްޓަރުން އެ ކުއްޖާގެ ފުއްޕާމެއިން ނަގައިފި އެވެ. އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހޮސްޕިޓަލުގެ ރެސްޕިރެޓަރީ މެޑިސިން ޓީމުން، ކުޑަ ކުއްޖެއްގެ ކަނާތު ފުއްޕާމޭގެ ތެރެއިން ސޮފްޓް ޓޯއީއެއްގެ އަޑު ގޮވާ ތަންކޮޅު ނަގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޓީމާއި މަސައްކަތް ކުރެއްވި ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތް އެ ޑޮކްޓަރު ވަނީ ފާހަގަ ކުރައްވަ އެވެ. ”އެ ކުއްޖާ […]
އިސްލާމްދީނަށާއި މާތްﷲ އަށް ފުރައްސާރަކޮށް ބޭއްވި އެއްވުމެއްގައި ދިވެއްސަކު ދިވެހި ދިދަ އުފުލައިފި

އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ، އިސްލާމްދީނަށް ފުރައްސާރަކޮށް އިނގިރޭސިވިލާތުގައި ނބޭރުގައި ބޭއްވި އެއްވުމެއްގައި ދިވެއްސަކު ދިވެހި ދިދައާއެކު ބައިވެރިވެ، އޭނާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އަމިއްލައަށް ހިއްސާކޮށްފި އެވެ. އެ އެއްވުމުގައި ބައިވެރިވި ދިވެއްސަކީ، ކީރިތި ރަސޫލާ (ސޢވ) އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި، އިސްލާމްދީނަށާއި ކީރިތި ގުރުއާނަށް ހަޖޫޖަހަމުން ގެންދިޔަ ހުސައިން ޝައިހާން އެވެ. އޭނާގެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނިކޮށް ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް […]
ކޮކޯ ބޮޑު ހިތި ޕޫލެއްގައި 8 އަހަރުގެ ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭ އަތޮޅުގައި ހިންގާ ކޮކޯ ބޮޑު ހިތި ރިސޯޓުގެ ޕޫލެއްގައި އަށް އަހަރުގެ ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. އެނގފިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އިންޑިއާއަށް ނިސްބަތްވާ ކުއްޖެކެވެ. އެ ރިސޯޓުގެ އިންޑޯ ޕޫލެއްގެ ތެރޭފައި އެ ކުއްޖާ މަރުވެފައި އޮއްވައި ފެނުނީ އިއްޔެ ހަވީރުއެވެ. އެ ކުއްޖާގެ މަރުގެ ސަބަބު ސާފުވެފައިނުވާއިރު، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ފުރައިގެން 40 […]