ވާދަވެރި ކެންޑިޑޭޓުންނަށް ހުރަސް އެޅޭ ގޮތަށް ކެމްޕޭނު ނުކުރަން އިލްތިމާސްކޮށްފި

Loading

Facebook
Twitter
WhatsApp

އަންނަ މަހު އޮންނަ ރިޔާސީ އިންތިހުބުގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕޭނު ކުރާއިރު، އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަށް އުނިކަން އަންނަ ގޮތަށް އަމަލު ނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕޭނު ހަރަކާތްތައް އަމާންކަމާއި އޮމާންކަމާއެކީ ކުރިޔަށް ގެންދިޔުމަކީ ކެންޑިޑޭޓުންނަށާއި، ކެންޑިޑޭޓުންގެ ސަޕޯޓަރުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

ނަމަވެސް، ކެމްޕޭނު ކުރާއިރު، އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް އުނިކަން އަންނަގޮތަށް، ކަންކަން ނުކުރުމަށް ހަބީބް ވަނީ އިލްތިމާސްކުރައްވައިފައެވެ.

”ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުންކުރުމުގައި، ކެންޑިޑޭޓުންގެ އަބުރަށް ހުތުރުވާ ގޮތަށް، ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި، ދޮގު އިލްޒާމު އެޅުވުމަކީ، ސުލްހަވެރި ސިޔާސީ ހަރަކާތުގެ ހަމަތަކާ ހިލާފު، އަދި ހަމަނުޖެހުމަށް މަގުފަހިވެދާނެ ކަންކަން،“ ހަބީބް ވިދާޅުވި އެވެ.

އީސީން މިގޮތަށް އިލްތިމާސްކޮށްފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުތަކާ ގުޅިގެން އިދިކޮޅުގެ އިހުތިޖާޖުތަކަށް ހުރަސް އަޅައިއިވެއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރައްވާ އިންތިޚާބެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް