ވެރިކަން ލިބިއްޖެނަމަ ރިކަރަންޓު ހަރަދުތައް ހަމަޖައްސާނީ ޓެކްސް ފައިސާއިން: މުއިއްޒު

Loading

Facebook
Twitter
WhatsApp

ވެރިކަން ލިބިއްޖެނަމަ ދައުލަތުގެ ރިކަރަންޓު ހަރަދުތައް ހަމަޖައްސާނީ ޓެކްސް ފައިސާއިން ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި މިހާރު ކުރިއަށްދާ ”ސަންގު ބަހުސް“ ގައި މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުކުރެވޭނީ އިގްތިސޯދުގެ މައިގަނޑު އަސާސްތައް ރަނގަޅުކޮށްގެން ކަމަށެވެ. އެގޮތުން، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ، އެމްއެމްއޭ މެދުވެރިކޮށް ރިކަރަންޓު ހަރަދުތައް ހަމަޖެއްސުން ނިމުމަކަށް ގެންނާނެ ކަމަށެވެ.

”ޓެކްސް ފައިސާއިން އެ ހަރަދު (ރިކަރަންޓު ހަރަދުތައް) ބަލަހައްޓާނީ“ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރުކަންވެސް ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އިތުރު ޓެކްސްއެއް ތައާރަފް ނުކުރާނެ ކަމަށާއި ނަމަވެސް ޓެކްސްގެ ބޭސް ބޮޑުކުރާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ފައިސާ ޗާޕު ކުރުން ހުއްޓާލަން ޖެހޭ ކަމަށާއި އިންފްލޭޝަން ރޭޓް ހަމައަކަށް އަޅުވަން ޖެހޭ ކަމަށެވެ. އޭރުން އިގްތިސޯދީ ހާލަތު ރަނގަޅުވެ، އިންވެސްޓާ ކޮންފިޑެންސް އިތުރުވެ ނުހެދި ހުރި ރިސޯޓުތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރެވޭނެ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުކޮށް، ދަރަނި ދެއްކޭނެ ގާބިލްކަން ހޯދާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް