ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރެވެން ޖެހޭނެ: ދައުލަތް

Loading

Facebook
Twitter
WhatsApp

މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގެ ދަށުން އިއްވާ މަރުގެ އަދަބުތައް ރާއްޖޭގައި ތަންފީޒު ކުރެވެން ޖެހޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

ރާއްޖޭގައި މަރަން ހުކުމް ކޮށްފައިވާ އެތައް ބަޔަކު ތިއްބަސް، ރާއްޖޭގައި ފަހުގެ ތާރީހެއްގައި މަރުގެ އަދަބެއް ތަންފީޒެއް ނުކުރެ އެވެ.

ކ. ކާށިދޫގައި 2012 ވަނަ އަހަރު ފުލުހަކު މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހުގެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓުގައި އެގޮތަށް ބުނީ އާދަމް ހަލީމްގެ ވާރިސުންގެ ތެރެއިން ބާލިއުނުވާ ކުޑަކުއްޖާ ބޮޑުވަންދެން މަރުގެ އަދަބު ފަސްކުރަން ޖެހޭނެތޯ ފަނޑިޔާރުންގެ ބެންޗުން ކުރެއްވި ސުވާލުގަ އެވެ.

ދައުލަތުން ބުނީ ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިން ބޮޑުވަންދެން މަރުގެ އަދަބު ފަސްކުރަން ޖެހޭނެ ކަމަށް އިސްލާމީ ބައެއް އިލްމުވެރިން ވިދާޅުވެފައި ވިޔަސް، އެގޮތަށް މަޑުކުރަން ނުޖެހޭ ސުންނަތް ޖަމާއަތުގެ އެހެން ބައެއް އިލްމުވެރިންގެ ވިދާޅުވާ ކަމަށާއި ރާއްޖޭގައި އަމަލުކުރަނީ އެގޮތަށް ކަމަށެވެ.

ދައުލަތުން އެހެން ބުނުމުން ރިޔާސަތުން ވަނީ ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިން ބޮޑުވަންދެން މަރުގެ އަދަބު ތަންފީޒު ނުކުރަންވީ ކީއްވެގެންތޯ ދައުލަތާ ސުވާލުކޮށްފައެވެ.

އޭގެ ޖަވާބުގައި ދައުލަތުން ބުނީ މީހަކު މަރަން ކޯޓުން ހުކުމް ކުރުމުން މަރުގެ އަދަބަކީ ތަންފީޒު ކުރެވެން ޖެހޭނެ އަދަބެއް ކަމަށެވެ.

ދައުލަތުން އިތުރަށް ބުނީ ވާސިރުންގެ ގޮތުގައި ކުޑަކުދިން ތިއްބަސް އެ ކުދިން ބޮޑުވަންދެން މަޑުނުކޮށްވެސް މަރުގެ އަދަބު ތަންފީޒުކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފަހުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގައި 1953 ވަނަ އަހަރުއެވެ.

Loading

2 Responses

  1. ތިކަން ކުރެވެންޖެހެއެވެ. އޭރުން ދައުލަތުން ވަައްކަން ކުރުންވެސް ހުށްޓުވޭނެއެވެ. އެހެނަސް ދެރަކަމަކީ އަލިއްޕެގެ ކޯލަކަށް ބިރުން ނުވަތަ ޢުމްރާ ދަތުރަކަށް ސަބަބުވެރި ޙުކުމެއްކޮށް މީހަކު އިސްލާމްދީނުގެ ޙުކުމެއް ތަންފީޒް ކުރާށޭ ކިޔާފަ މަރާލެވިދާނެތީއެވެ. މިސާލަކަށް ކުރީގެ ސަރުކާރުގެ ނައިބު ރައީސް އަދީމު ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ކާރަށް ލައިގެން ގަަރާޖްތަކުގައި ސައްލާކޮށް ނެރުނު ޙުކުމްތައްހެން އެފަދަ ޙުކުމެއް އިއްވައި މީހަކު އަތްކަނޑާލާއި ދަންޖައްސާ މަރާލެވިއްޖެނަ، ސުބުޙާނަﷲ، ދެން ކިހިނެއްވާނީ؟؟ އެވަރުގެ ނުލަފާވީހުން މިގައުމުގައި ވެރިކަން މިކުރަމުން ގިނައިން މިގެންދަނީ!! ނޫންތޯއެވެ؟

  2. ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރެވިގެން މީޑިއާއިންނާއި އަދި ސިޔާސީ ޕްލެޓްފޯމްތަކުގައިވެސް ވަރަށް ގިނައިން އެބަ ވާހަކަ ދެކެވެއެވެ. ދަންނަބޭކަލުން ވިދާޅުވަމެންގެންދާ ގޮތުގައި މަރަށް މަރު ހިފުމަށްޓަކައި ގިނަ ޝަރުތުތަކެއް ފުރިހަމަވާންޖެހެއެވެ. މިލިއުމުގައިވެސް އެކަމަށް އިޝާރާތް ކޮށްފާ އެބަހުއްޓެވެ. މަރަށް މަރު ހިފުމަކީ ބޮޑުވެގެންވާކަމެކެވެ. އަދުލު އިންސާފު ކަށަވަރުކުރެވެން ޖެހޭނެއެވެ.
    އަޅުގަނޑު ހިތަށްއަރަނީ އިސްލާމްދީނުގައި ގިސާސް ހިފުމަށް އަންގަވާފައިވާ ފަދައިން ބައެއް އެހެން މައްސަލަތަކުގައި ލިއުންތެރިންވެސް އަދި ސިޔާސީ ޕްލެޓްފޯމް ތަކުންވެސް ވާހަކަ ދައްކާ އަޑު ނީވެނީ ކީއްވެގެން ބާވައެވެ. މީސްމީހުންގެ މުދާ ފޭރުމާއި ވައްކަމާއި ޚިޔާނާތާއި މިފަދަ ކަންކަމަށްވެސް ދީނުގައި ހުކުމްތަކެއް ކަނޑައަޅުއްވައި ތަންފީޒު ކުރަން އަންގަވާފައި އެބަ ހުރިކަމަށްވެއެވެ. އެބާވަތުގެ ކުށް ކުށަށް އަރާގަންނަން ޖެހިލުމެއް ނުވެއެވެ. ކޮންމެވެސް ސަބަބަކާހުރެ އެފަދަ ކުށްކުރާމީހުންނަށް ނަސޭހަތްދީގެން ފުއްދާލުމާއި ދެއަކުރު ދޭތެރޭން ކުށުން ބަރީޢަކުރެވޭތަން ފެންނަމުންދާތީ މަރަށް މަރު ހިފާވާހަކަ އަޑުއިވުމުން ބިރުހީވަނީއެވެ.
    އެންމެ ފުރަތަމަ ރުކުގެ ބޮންތި އުފުރާލުމުގެ ކުރިން ރުކުގައިދިރިއުޅޭ މަޑިއާއި މީދަލާ މިކަހަލައެއްޗެހިން ރުށް ސާފުކޮށް ރުށް ހެދުމަށް ފުރުސަތު ދޭށެވެ. އޭރުން އެ ރުށް ރަނގަޅަށް ހެދި ބޮޑެތި ކާށިވެސް ލިބޭގޮތް މެދުވެރި ވެދާނެއެވެ. ރަނގަޅު ނުވެއްޖިއްޔާ ރުށް ކަނޑާވެސް ލެވިދާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް