ގައްދޫގައި މުއްދަތު ހަމަވެފައިހުރި އައިވީ ދީފައިވަނީ ތިން ކުއްޖަކަށް، ހަތަރު މުވައްޒަފުން ސަސްޕެންޑްކޮށްފި

Loading

Facebook
Twitter
WhatsApp
16 ޖޫން 2022، ގދ. ގައްދޫ ސިއްހީ މަރުކަޒު ---- ފޮޓޯ: ގައްދޫ ސިއްހީ މަރުކަޒު

ގދ. ގައްދޫ ސިއްހީ މަރުކަޒުން، މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންނަށް ދިން މައްސަލައެއްގައި އެ މަރުކަޒުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ރޭގެ ވަގުތެއްގައި ކުރި ޓުވީޓެއްގައި ބުނީ، މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންނަށް ދިން މައްސަލަ އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.

”މިކަމަކުގައި ޝާމިލުވާ ހަތަރު މުވައްޒަފުން ވަނީ މައްސަލަ ބަލައި ނިމެންދެން ގޭގައި މަޑުކުރަން އަންގައިފަ،“ ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން އިތުރަށް ބުނީ އެފަދަ މައްސަލަތައް ތަކުރާރުނުވާނެހެން ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

”ސަންދާނަށް“ އެނގިފައިވާ ގޮތުގައި މުއްދަތު ހަމަވެފައިވާ އައިވީ ތިން ކުއްޖަކަށް ދީފައިވެއެވެ.

މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންނަށް ދިިން މައްސަލައިގައި ގައްދޫގެ ގިނަ ބަޔަކު އެ ރަށު ސިއްހީ މަރުކަޒު ދޮށުގައި ރޭގެ ވަގުތެއްގައި މުޒާހަރާވެސް ކުރިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް