ހުރުއެޅި އިންވެސްޓްމަންޓް 28 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

އެންވަޔަރަމަންޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ހުށަނޭޅުމުގެ ސަބަބުން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާ ކުރަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ. އީޕީއޭ އިން ބުނީ އެ ކުންފުނި ޖޫރިމަނާ ކުރީ އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތަކުގައި އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ […]
ހޯރަފުށި ކައިރިން ހަ ފޫޓުގެ ކިނބުލެއް

ހއ.ހޯރަފުށި ކައިރިން ހަ ފޫޓު ދިގުމިނުގެ ކިނބުލެއް އަތުލައިގެންފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ހައެއްކަ ފޫޓު ދިގުމިންހުރި ކިނބުލެއް ފެނުނީ ހޯރަފުށްޓާ އެއްފަޅެއްގައި އޮންނަ އުނގުލުފިނިޅާއި ހުވަހަންދޫ ދޭތެރެއިން ކަމަށެވެ. ކިނބޫ ފެނިގެން އެކަން ރިޕޯޓުކުރުމާ ގުޅިގެން އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑް ފަސްޓް ސްކޮޑްރޮންގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުންޏެވެ. މީގެ ކުރިން ރިސޯޓެއް ތަރައްގީކުރަމުން އައި ކ.ބޮލިދުއްފަރު ކައިރިން 14 ފޫޓު ދިގުމިންހުރި ކިނބުލެއް ފެނިފައިވެއެވެ. […]
ހަގީގީ ހާދިސާ: ކިޔެވުން ހަލާކުކޮށްލަން ސިހުރު ހެދީ އާއިލާގެ ތެރެއިން، އަދިވެސް ވޭނުގައި!

ސާނަވީ ދައުރުގެ އެންމެ ފަހު އަހަރެވެ. އަހަރެންގެ މުޅި ފޯކަސް ބެހެއްޓީ ކިޔެވުމަށެވެ. އެއް ކްލާހެއްގައި ތިބި ކުދިންނާ ވާދަކޮށް ކްލާހުގެ އެއްވަނަ ހޯދުމަކީ އަބަދުވެސް އަހަރެން އެންމެ ގަދައަޅައި މަސައްކަތް ކުރާ ކަންތަކެވެ. ގިނަ ފަހަރު ކްލާހުން އެންމެ ރަނގަޅު ނަތީޖާ ލިބޭނީވެސް އަހަންނަށެވެ. އެކަމާ އެހެން ބައެއް ކުދިން އަހަރެންނާ ހަަސަދަވެރިވެއެވެ. ޓީޗަރުން ”ފޭވާ“ ކޮށްދޭ ކަމުގެ ތުހުމަތު އަހަރެންގެ ބޮލުގައި އަޅުވައެވެ. ދުވަސްތައް ގުނަމުން ގޮސް، އޯލެވެލް އިމްތިހާނުގެ ދުވަސްވަރާވެސް ބައްދަލުވެއްޖެއެވެ. އޯލެވެލް […]
އިވްނިން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އީވްނިން ކެފޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބުނީ ހަވީރު 6:12 ގައި ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ އެ ކެފޭގެ ބަދިގޭގައި ކަމަށްވެސް ބުންޏެވެ. އިވްނިން ކެފޭހައި އަލިފާން ފުރަތަމަ ރޯވީ ދެ ބުރިއަށް ހަދާފައިވާ އެ ކެފޭގެ އުނދުނެއްގައެވެ. ނަމަވެސް އަލިފާންގަނޑު ދެވަނަ ބުރިއަށް ފެތުރިފައެވެ. އެއީ ބިދޭސީން އުޅޭ އެކޮމޮޑޭޝަން ބްލޮކެކެވެ. އިވްނިން ކެފޭގައި ރޯވި އަލިފާންގަނޑު މިހާރު […]
ރައީސް ސޯލިހު ބާއްވާނީ ކުޑަ ގޮޅީގައި: އަދުރޭ

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބާއްވާނީ ކުޑަ ގޮޅީގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެއްވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ނޫނީ މި ގައުމު ދެކެ ލޯބިވާ ލީޑަރެއް ރާއްޖޭގައި ނެތް ކަމަށެވެ. ”ރައީސް ޔާމީން ވިދާޅުވަނީ ނިކަން […]
ހުރާ ގޮނޑުދޮށް ރެދަނުން ދިއްލާލައިފި، ވަރަށް ޗާލު!

(ކ. ހުރާ ގޮނޑުދޮށުގައި ރެދަން ލާފައި— ފޮޓޯ: ނިއްޓު) ކ. ހުރާ ގޮނޑުދޮށް ރެދަނުން ދިއްލާލައިފިއެވެ. މާލެއާ 20 ކިލޯ މީޓަރު ދުރުގައި އޮންނަ ހުރާއަކީ ގެސްޓްހައުސް ވިޔަފާރިއަށް މަޝްހޫރު ރަށެކެވެ. ހުރާގެ ގޮނޑުދޮށުގައި މިރޭ ވަނީ ގިނަ އަދަދަކަށް ރެދަން ލާފައެވެ. ރެދަނުގެ ހިތްގައިމު ވީޑިއޯއާއި ފޮޓޯތައް ސޯޝަލް މީޑިޔާއަށް އެތައް ބަޔަކު ދޫކޮށްލާފައިވެސް ވެއެވެ. ރެދަންލަނީ ކަނޑުގެ އޮޔާއެކު ގޮނޑުދޮށަށް ބީއްސާ ރާޅުގައި ޖެހޭ ބައޯލުމިނިސެންސް އޯގަނިޒަމްސްތަކެއްގެ ސަބަބުންނެވެ. ވަރަށް ކުދި ކުދި ދިރުންތަކުން […]
ކުޑަ އާބާދީއެއްގެ އެއްވަނަ، މިހާރު ބޭނުމީ ނަރުހަކަށްވާން!

ރަށްފުށުގެ ސާދާ ދިރިއުޅުމާއި ސާނަވީ ތައުލީމުގެ ދަތުރު އުފަން ރަށް ގދ. ފިޔޮރީ ސުކޫލުން ނައުމާ ނާޝިދު، 18އ ނިންމާލީ، ރަށުގެ ފަހުރުވެެރި އެއްވަނައިގެ ގޮތުގައެވެ. ފިޔޮރީ ސްކޫލުގެ ތާރީހުގައި ރަން އަކުރުން ނައުމާގެ ނަން މިއަދު ފަވާލެވޭނެއެވެ. ނައުމާއަށްޓަކައި އެ ސްކޫލުގެ މުދައްރިސުންނާއި ވެރީން އަބަދުމެ ފަހުރުވެރިވާނެއެވެ. ފިޔޮރީ ސްކޫލުގެ ހިޔާވަހިކަމުގައި ނައުމާ ހޯދި ކާމިޔާބީއަކީ ފޮނި ކާމިޔާބީއެއް ނަމަވެސް އެ ކާމިޔާބަށް ވާސިލްވުމަށް ނައުމާކުރި ދަތުރަކީ އުނދަގޫ އަދި ދިގު ދަތުރެކެވެ. އެ ދަތުރުގައި […]
ރާމޯސްގެ ހެޓްރިކާއެކު ޕޯޗުގަލުން ކުއާޓާއަށް

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ސްވިޒަލޭންޑް ބަލިކޮށް ޕޯޗުގަލްއިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ކުޅެން އެރި ބެންފިކާގެ ގޮންސަލޯ ރާމޮސް ހެޓްރިކް ހެދި އިރު މިއީ މިއަހަރުގެ މި މުބާރާތުގައިވެސް ހެދި ފުރަތަމަ ހެޓްރިކްވެސް މެއެވެ. ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 6-1ގެ ނަތީޖާއަކުންނެވެ. ޕޯޗުގަލްގެ ފުރަތަމަ ލަނޑު މެޗުގެ 17 […]
ސްކޭމާއި ޓެރަރިޒަމަށް މަގުފަހިވާކަންކަން ކުރާތީ މާފުށީ ޖަލު ބަލައި ފާސްކުރަން ފަށައިފި

ދިވެހި ސިފައިންނާއި ފުލުހުންނާއި ގުޅިގެން މާފުށީ ޖަލުގައި ހާއްސަ އޮފަރޭޝަނެއް ރޭ ފަށައިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ. ކަރެކްޝަނުން ބުނީ މި އޮޕަރޭޝަނަކީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން ހިންގާ އޮފަރޭޝަނެއްކަމަށެވެ. ކަރެކްޝަނުން މިފަހުން ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ މަސްތުވާ ތަކެއްޗާއި އެކު ކަރެކްޝަނުގެ އޮފިސަރެއް ހައްޔަރުކޮށްފައެވެ. އޭނާގެ އަތުން މަސްތުވާ ތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ފޯނު ވެސް […]
ހުޅުމާލޭގައި މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ވިއްކަން ފަށައިފި

ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހުޅުމާލޭ މަސްވެރިންގެ ބަނދަރުން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ވިއްކަން ފަށައިފިއެވެ. އެފްއެސްއެމުން ބުނީ މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ވިއްކަން ނިންމީ ސަރުކާރުން އެގޮތަށް އެދުމުން ކަމަށާއި އެގޮތުން އިއްޔެއިން ފެށިގެން އަގުހެޔޮކޮށް ތެޔޮ ވިއްކަން ފަށާފައިވާ ކަމަށެވެ. އެފްއެސްއެމްއިން ކުރިން ޑީސަލް ލީޓަރެއް ވިއްކީ 19.3 ރުފިޔާ އަށެވެ. މިހާރު ވިއްކަމުން ދަނީ 17.63 ރުފިޔާ އަށެވެ. މަސްވެރިންގެ ބަނދަރުގައި ކުރިން ތެޔޮ ވިއްކަމުން އައީ އެންސިސް އިންނެވެ. އެފްއެސްއެމްއިން […]