ޒުބައިރު ގެއްލުނު ވަޒީފާގެ ފަހަތުން: ޢަސްކަރިއްޔާ ސިޔާސީ ވުމުން އެކި ބަޑިތަކުގައި އެކި ސިޔާސީ ޕާޓީތަކުގެ ކުލަ ޖެހެނީ

Viagra ohne zoll Die Forscher um Kelvin Davies und Joel Friedman haben die wirkstoffgeladenen Nanopartikel bislang nur an einer kleinen Gruppe Viagra ohne zoll mit erektiler Dysfunktion getestet. Kostenlose lieferung ab einem Bestellwert von 150 в, ErektionsstГrungen zu beheben. MUSE kommt fГr MГnner in Frage, sondern ausschlieГlich natГrliche Alternativen wie Reis-Extrakt. Viagra 100mg wirkung war […]

ޒުބައިރު ގެއްލުނު ވަޒީފާގެ ފަހަތުން: ޢަސްކަރިއްޔާ ސިޔާސީ ކުރުވަނީ ހަގީގަތުގައި ސިޔާސީ މީހުން

ދިވެހި ޢަސްކަރިއްޔާގައި 35 އަހަރު ޚިދުމަތް ކުރައްވާފައިވާ ލެފްޓިނެންޓު ކާނަލް ޒުބައިރު ޢަހްމަދު ހުންނެވީ ޢަސްކަރީ ދާއިރާގައި ކޮންމެވެސް ސިފައެއްގައި ސަރުކާރަށް ޚިދުމަތް ކުރެއްވުމަށް އިންތިހާއަށް ބޭނުންފުޅުވެފައެވެ. އެއީ އެފަދަ ޚިދުމަތެއް ވެގެންދާނީ ގައުމީ ޚިދުމަތެއްގެ ގޮތުގައި ކަމަށް އޭނާ ދެކެވަޑައިގަންނަވާތީއެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި މަޖުބޫރީ ހާލަތެއް އޭނާއަށް ކުރިމަތިކުރުވައިގެން ޢަސްކަރިއްޔާއިން އޭނާ ވަނީ ރިޓެޔާރ ކުރުވާފައެވެ. ތިރީގައި އެވަނީ އޭނާ ރިޓެޔާރ ކުރައްވަން ދިމާވި ސަބަބާއި އަލުން ވަޒީފާ ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ […]

ދިވެހި ކަނޑުގެ ސިފައިންގެ މަރުކަޒެއްކަމުގައިވާ އުތުރު ތިލަފަޅު އިންޑިއާގެ ބާރުގެ ދަށުގައި

ދިވެހި ކަނޑުގެ ސިފައިންގެ މަރުކަޒެއްކަމުގައިވާ އުތުރު ތިލަފަޅުގެ މައްޗަށް އިންޑިއާ ސިފައިން ވެރިވެގެންފައިވާކަމަށް އެތައް ބަޔަކު ވާހަކަދައްކަމުން ދަނިކޮށް އުތުރު ތިލަފަޅަކީ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއް ނޫންކަމަށާއި އެއީ ފުރިހަމައަށް އިންޑިއާގެ ޢަސްކަރީ ބާރުގެ ދަށުގައި އޮތް ތަނެއްކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ”އަޅުގަނޑު ބުނީމާ ގަބޫލުކުރައްވާ!“ ރައީސް ޔާމީން ”އިންޑިއާ އައުޓޓް“ ކެމްޕޭނަށް ހުކުރު ދުވަހު ރ. މީދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި […]

އޯގާވެރި އެމްޑީޕީ ސަރުކާރުން އެއްފަހަރާ 120 ދޫނި އަނިޔާވެރިގޮތަކަށް މަރާލި މައްސަލަ ވަރަށް ބޮޑު ވެއްޖެ

އޯގާވެރި ސަރުކާރޭ ކިޔައި އަމިއްލައަށް އިޝްތިހާރު ވަމުންދާ އެމްޑީޕީ ސަރުކާރުން އެއްފަހަރާ 120 ދޫނި އަނިޔާވެރި ގޮތަކަށް އަންގާރަ ދުވަހު މަރާލި މައްސަލަ ވަރަށް ހޫނު ވެއްޖެއެވެ. އެ އަނިޔާވެރި އަދި ލާއިންސާނީ ޢަމަލާ ގުޅިގެން އެކަމާ ދެކޮޅަށް ނޫސްތަކުގައި ލިޔަމުންދާއިރު ސޯޝަލް މީޑިއާގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއަދު ހަވީރު ހެދިގޮނޑުދޮށު ސަރަހައްދުގައި މުޒާހަރާއެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން […]

7 ފެބުރުއަރީ 2012: ކޮން ބަޣާވާތެކޭ ކިޔާކަށް؟

ދިވެހި ބަހުން ކުށެއް ނެތި ”ބަޣާވާތޭ“ ކިޔަން ނޭނގޭ މީހުން އަނގަފުޅާކޮށްފައި ”ބަކާވާތޭ“ ކިޔަމުންދާއިރު ރައީސް ނަޝީދު އެމްޑީޕީ މީހުންނަށް ދޯކާދެއްވައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވި ފިނޑި އަމަލަކީ ”ބަޣާވާތަކަށް ވާނެ“ ހަމަ އެއްވެސް ހަމައެއް ލަމައެއް ގަވައިދެއް ގާނޫނެއް މިދުނިޔެއަށް އަދި އުފަންވެފައެއް ނުވެއެވެ. ހަމައެގޮތަށް ރައީސް ނަޝީދު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވީ ”ހަމަހޭގައި“ ހުންނަވައިގެންކަން ނުވަތަ މަސްތެއްގައި ހުންނަވައިގެންކަން ވެސް ސާބިތުކުރެވިފައެއް ނުވެއެވެ. އަދި ބަޑިއެއް […]

މާލޭ ރައްޔިތުންނަށް ހައްގީ އެންމެ ދެތިން ހާސް ގޯއްޗާއި، ހައެއްކަ ހާސް ފްލެޓެއް ނޫން!: ޑރ. މުޢިއްޒު

މާލޭ ރައްޔިތުންނަށް ހައްގީ އެންމެ ދެތިން ހާސް ގޯއްޗާއި، ހައެއްކަ ހާސް ފްލެޓެއް ނޫން ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެ ކަމަށާއި ގިރާވަރު ފަޅު ހިއްކައި އެ ބިމުން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައި ވަނިކޮށް މާލޭސިޓީގެ މޭޔަރު […]

އިންޑިއާ ސިފައިންގެ މަތިންދާ ބޯޓެއް ވެއްޓި ފުނޑުފުނޑު ވެއްޖެ

ބިހާރު ސްޓޭޓުގައި ތަމްރީނު ދަތުރެއްގައި ނައްޓާލި ވައިގެ ސިފައިންގެ އުދުހޭ ބޯޓެއް ވެއްޓެން ދިޔަ އިރު އޭގައި ދުއްވަން ތިބި ދެ ޕައިލެޓުން ވައިކުޑައިގައި ފުންމާލުމުގެ ސަބަބުން އެ ދެމީހުން މަރުނުވެ ސަލާމަތްވިއެވެ. އަދި އެ ދެމީހުންނަށް މާބޮޑު ހާނީއްކައެއްނުވެ ސަލާމަތްވިއެވެ. މި ހާދިސާ ހިނގީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އިންޑިއާގެ މީޑިއާތަކުން މައުލޫމާތުދޭ ގޮތުގައި ބޯޓު ވެއްޓުނީ ތަމްރީނު ދަތުރެއްގައި ބޯޓު ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. މަންޒަރުދުށް މީހުން ބުނި ގޮތުގައި އެމީހުންނަށް ފެނުނީ […]

އަދިވެސް އެންމެ މަގުބޫލު ތަރިއަކީ އަމީތާބު: އެހެން ތަރިން އަމީތާބުގެ ފަހަތުގައި

ހިންދީ ފިލްމީ ދުނިޔޭގެ ”ޝަހެންޝާހް“ އަމީތާބް ބައްޗަން މަޝްހޫރުކަމާއި މަގުބޫލުކަމުގެ ރޮނގުން އެހެން ހުރިހާ ތަރިން ފަހަތަށް ޖައްސައިފިއެވެ. މިއީ އަމީތާބަށް އައު ކަމެއް ނޫނެވެ. އޭނާ ވަނީ މިކަން އެތައް ފަހަރަކު ތަކުރާރުކޮށްފައެވެ. އިންޑިއާގެ ”އިންޑިއާ ޓްޑޭ“ މަޖައްލާއިން މަގުބޫލު ތަރިން ހޮވުމަށް ކުރި ދިރާސާއަކުން އަމީތާބަށް 30.6 ޕަސެންޓު ލިބުނު އިރު ދެވަނައަށް ދިޔަ އަކްޝޭއަށް ލިބުނީ އެންމެ 12 ޕަސެންޓު ވޯޓެވެ. ސާވޭއިން ދެއްކި ގޮތުގައި ތިންވަނަ އާއި ހަތަރު ވަނަ ލިބުނީ […]

އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަޠީފު ބުރާންތިވެ ވަޑައިގަންނަވާކަށް ނުޖެހޭ

އިންޑިއާ އައުޓޭ ވިދާޅުވެ ރައީސް ޔާމީނު ދައްކަވަމުން ގެންދަވަނީ ދިވެހީންގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކައެކޭ ވިދާޅުވެ ސީވިޑް ޙަސަން ލަޠީފު ވާހަކަދައްކަވާއިރު އޭނާ ހުންނެވީ ބުރާންތިވެފައި ބާވައޭ އަނެއްކާ ވެސް ހިތަށް އަރައިފިއެވެ. ޙަސަން ލަޠީފަކީ ބުރާންތިވެފައި ހުންނެވި ބޭފުޅެއް ބާވައޭ ފުރަތަމަ ހިތަށް އެރީ ތިމަން މަނިކުފާނަކީ ”ހަތަރު ކަށިމަތި“ މާލޭ ބޭފުޅޭކޭ ވިދާޅުވެ މާ ބޮޑަށް ފުއްޕަވާފައި ދެއްކެވި ވާހަކަތައް އަޑުއިވުނު ދުވަހުގައެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ހުންވައިގެން ބައެއް ފަހަރަށް […]

ސައިބާކްރައިމް ގޭންގެއް ރަޝިއާއިން ހައްޔަރު ކޮށްފި

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާގޮތުގައި މަޝްހޫރު ސައިބާ ކްރައިމް ގްރޫޕެއް ކަމަށްވާ ރީއީވިލްގެ މެމްބަރުން ހައްޔަރުކޮށް އޭގެތެރެއިން ގިނަ ބަޔެއްގެ މައްޗަށް ރަޝިޔާއިން މިހާރުވަނީ ދައުވާ އުފުލާފައެވެ. މި ގްރޫޕް ހައްޔަރުކުރުމަށް މަގުފަހިވާ މައުލޫމާތު ދޭ ފަރާތަކަށް އެމެރިކާއިން ވަނީ 10 މިލިއަން ޑޮލަރު އިނާމެއްގެ ގޮތުގައި ހުށައަޅާފައެވެ. ރަޝިއާގެ އެފްއެސްބީއިން ބުނެފައިވާ ގޮތުގައި މި ގްރޫޕްގެ މީހުން ހައްޔަރު ކުރެވުނީ އެމެރިކާއިން ދިން މައުލޫމާތުތަކުގެ އެހީގައެވެ. ނަމަވެސް މި ގޭންގަށް ނިސްބަތްވާ ރަޝިއާގެ އެއްވެސް ރައްޔިތެއް […]