ޒުބައިރު ގެއްލުނު ވަޒީފާގެ ފަހަތުން: ޢަސްކަރިއްޔާ ސިޔާސީ ކުރުވަނީ ހަގީގަތުގައި ސިޔާސީ މީހުން

Facebook
Twitter
WhatsApp
Zubairu Cover foto

ދިވެހި ޢަސްކަރިއްޔާގައި 35 އަހަރު ޚިދުމަތް ކުރައްވާފައިވާ ލެފްޓިނެންޓު ކާނަލް ޒުބައިރު ޢަހްމަދު ހުންނެވީ ޢަސްކަރީ ދާއިރާގައި ކޮންމެވެސް ސިފައެއްގައި ސަރުކާރަށް ޚިދުމަތް ކުރެއްވުމަށް އިންތިހާއަށް ބޭނުންފުޅުވެފައެވެ. އެއީ އެފަދަ ޚިދުމަތެއް ވެގެންދާނީ ގައުމީ ޚިދުމަތެއްގެ ގޮތުގައި ކަމަށް އޭނާ ދެކެވަޑައިގަންނަވާތީއެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި މަޖުބޫރީ ހާލަތެއް އޭނާއަށް ކުރިމަތިކުރުވައިގެން ޢަސްކަރިއްޔާއިން އޭނާ ވަނީ ރިޓެޔާރ ކުރުވާފައެވެ.

ތިރީގައި އެވަނީ އޭނާ ރިޓެޔާރ ކުރައްވަން ދިމާވި ސަބަބާއި އަލުން ވަޒީފާ ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާ ގުޅޭގޮތުން “ސަންދާން”އަށް ދެއްވާފައިވާ އިންޓަވިއުއެއްގެ ބައިތަކެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށް އެންގެވުން

ރިޓަޔާރ ކުރަން ޖެހުނީ މަޖުބޫރީ ހާލަތެއް މެދުވެރިވެގެން. އަޅުގަނޑުމެން ގެންގޮސްފައި ޖެނެރަލް ޝިޔާމު މި އަންގަވަނީ ޒުބައިބަރު އަޙުމަދު އަދި އެހެން ބޭފުޅުން މި ގެނައީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ޒުބައިރުމެންގެ މަގާމުގެ ވަޒީފާ، އަޅުގަނޑު އޭރު ހުރީ ލެފްޓިނެންޓު ކާނަލްގެ މަގާމުގައި، މަގާމު އުވާލާށޭ ގަސްތުކޮށްފައި އޮތީ. އެހެންވީމާ މާރޗުމަހާ ހަމައަށް ވަޒީފާގައި ހުރެއްޖެކަމަށް ވާނަމަ ކަނޑާލެވޭ މީހުންގެތެރޭގައި ޒުބައިރު ވެސް ކަނޑާލެވޭނެއޭ. ދެން ވިދާޅުވީ ތިމަންނަ، މިކަމުގައި އެބައޮތޭ އެހެން ގޮތެއް ވެސް، ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފިއްޔާ އެގޮތުގަ ޝަރަފުވެރިކަމާއެކު ތިމަންނަމެން ރިޓަޔަރ ކުރުވަފާނަމޭ. އޭރަކަށް ކަނޑައެއް ނުލެވޭނެއޭ. އޭރުން ބެނިފިޓްވެސް ލިބޭނޭ. އެކަމަކު މި ބުނާހެން ރިޓަޔަރނުކޮށް ހުއްޓާ އެ މުއްދަތު ޖެހުމުން އެހެން މީހުންނާއެކު ކަނޑާލެވީނެއޭ.

ވަޒީފާއިން ވަކިކުރަން ދެއްކީ ބިރު

އެހެންވީމާ އަޅުގަނޑުދެކޭގޮތުގައި މިއީ އަސްލުގައި ދެއްކި ބިރުދެއްކުމެއް. ވަޒީފާއިން ކަނޑާލުމަށް ދެއްކި ބިރުދެއްކުމެއް. ވަޒީފާގެ ބިރުދެއްކުމޭ މި ދަންނަވަނީ ވަޒީފާއިން ރިޓެއަރ ކުރުމަށް ކޮންޑިޝަނެއް މިދިނީ. އެއްގޮތަކީ ކަނޑާލާނީއޭ އަނެއް ގޮތަކީ ރިޓެއާރ ކުރުވާނީއޭ. މިހެން މިދެންނެވި ގޮތަކީ ގާނޫނީގޮތުން ބަލާއިރު ސިފައިންގެ ރިޓެއާރމަންޓު ގަވައިދު ބުނާ ގޮތުން ސިފައިންގެ މީހަކަށް އެ ގޮތަށް ސަބަބުތަކެއް މެދުވެރިކޮށް މަޖުބޫރީ ޙާލަތެއް މެދުވެރިކޮށް ބިރުދައްކައިގެން ރިޓަޔަރ ނުކުރުވޭނެ. އެހެން މިދެންނެވީ ރިޓެއާރމަންޓުގެ ގަވާއިދުގެ މުޅި މަފުހޫމަކީ ވެސް އެ މީހަކު އަމިއްލައަށް ރުހިގެން އެމީހަކު އަމިއްލައަށް އެދެން މިޖެހެނީ. މިނިސްޓްރީގައި މިނިސްޓަރ އޮފް ޑިފެންސްއަށް އެދެން މިޖެހެނީ ވެސް. އޭގައި ބުނަން މިޖެހެނީ އެމީހަކު ރިޓެޔާރ ކުރަން ބޭނުންކަމާއި ރިޓެޔާރ ކުރަން ބޭނުން ވަނީ މިވެނި ސަބަބު ނުވަތަ ޝަރުތުތައް ފުރިހަމަވީމަކަމަށް. އެގޮތަށް އެދެން ޖެހެނީ ވެސް އަޅުގަނޑު ހަނދާންވާގޮތުން ހަ މަސްކުރިން ސިޓީ ލާން ޖެހޭނީ. އެ ސިޓީ ލީމާ އޭނާ ރިޓެޔާރ ވުމަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ތައްޔާރުވެ އަދި ރިޓެޔަރމަންޓުގެ ބޯޑަކުން އެކަން ބަލައި، މިހެންގޮސް ބޮޑު ޕްރޮސީޖާއެއްގެ ތެރެއިން ސިފައިންގެ މީހުން މި ރިޓެޔާރ ކުރަނީ. އެގޮތަށް މިކަން އޮތްވާ ކުއްލިއަކަށް ގެނެސް ކަލޭ ތިން މަސްތެރޭ ކަނޑާލާނަމޭ އެހެންނޫނިއްޔާ ރިޓެޔާރވާށޭ މިއަންގަނީ. އެއީ މަޖުބޫރު ކުރުވުމެއް. މަޖުބޫރު ހާލަތެއް މެދުވެރިކުރުވީ ކަމަށް އަޅުގަނޑަށް މި ގަބޫލުކުރެވެނީ.

ބޮންޑެއް އޮވެގެން ރިޓެޔާރ ނުކުރެވޭ

ސިފައިންގެ ރިޓަޔަރމަންޓު ގަވައިދުގައި އޮންނާނެ، އެމީހަކު ރިޓެޔާރ ކުރާއިރުގައި އެ މީހަކު ފުރިހަމަނުކޮށް އޮތް ބޮންޑެއްވެސް އޮވެގެން ނުވާނޭ. އެހެންވީމާ މީގެންވެސް އެނގޭ ދެއްތޯ ވަރަށް ރަނގަޅަށް ސިފައިންގެ މީހަކަށް އޭނާއަކަށް ރިޓެޔާރ ނުކުރެވޭނެކަން އޭނާގެ ބޮންޑު ހަމަނުކޮށެއް. އޭރު އޮންނާނެ އަޅުގަނޑުގެ ދެ ބޮންޑު. ލޯ ކޯސް ޑިގްރީގެ ބޮންޑަކާއި 2012 ވަނަ އަހަރު ޑިފެންސްއިން ދިން މެލޭޝިޔާ ގެ އާރމްޑް ފޯސަސް ސްޓާފް ކޮލެޖްގައި ހިނގުނު ސްޓާފް ކޯހާއި، އަދި މެލޭޝިޔާގެ ނެޝަނަލް ޑިފެންސް ޔުނިވަރސިޓީ ގައި ހިންގުނު ސްޓްރަޖެޓިކް އެންޑް ޑިފެންސް ސްޓަޑީސް ކޯސް ފުރިހަމަ ކުރުމުގެ ސަބަބުން އަޅުގަނޑުގެ 2 ބޮންޑުވެސް އެބައޮތް. އަޅުގަނޑުގެ ބޮންޑުތަކަށް ހެދިގޮތެއްވެސް ނޭނގުނު. މާދަމާވެސް ބޮންޑުގެ މައްސަލައިގައި އަޅުގަނޑުމެން ގޮވައިގެން ފިޔަވަޅު އެޅިދާނެ. ބޮންޑު ފުރިހަމަ ނުކޮށްގެން. ސަރުކާރުގެ ބޮންޑެއް ފުރިހަމަ ނުކޮށްފިއްޔާ ކުށްވެރިވެސް ވާނެ. ބޮންޑު ފުރިހަމަ ނުކޮށް ހުރުމަކީ މަނާކަމެއް. އެހެންވީމަ މިއޮތީ ކުށެއް ކުރުމަށް (ބޮންޑު ފުރިހަމަނުކޮށް ހުރުމަށް) ޙާލަތެއް މެދުވެރިކޮށްފަ ނޫންތޯ؟ އެ ހާލަތު މެދުވެރިކުރުވި މީހުން ކުށްވެރިވާނެ އިނގޭތޯ.

ސިޔާސީ ބޭނުމެއްގައި ވަޒީފާއިން ވަކިކޮށްފައި މިހިރީ

އެހެންވީމާ ގަވައިދާއި ގާނޫނާ ޚިލާފަށް ސިޔާސީ ބޭނުމެއްގައި ވަޒީފާއިން ވަކިކޮށްފައި މިހިރީ. ރިޓެޔާރ ކުރުވުމެއްގެތެރެއިން، އެކަމަކު މިހާރު ވެސް އަޅުގަނޑަށް ފެންނަގޮތުގައި ސިފައިންގެއިން ރިޓަޔާރ ކުރެއްވިކަމަށް ޚަބަރުތައް އެލިބޭ ބޭފުޅުން، މަދުބައެއްނޫނިއްޔާ އަމިއްލައަށް ރިޓެޔަރ ކުރެއްވިކަމަށް ބެލެވޭކަށް ނެތް. އަޅުގަނޑަށް ވިސްނޭގޮތުގައި މިސާލަކަށް ޖެނެރަލް ޝިޔާމު މިހާރު ހުންނެވީ ރިޓެޔަރ ކުރައްވާފަޔޯ. ރިޓެޔަރމަންޓު ދެއްވާފައި އެހެރީ.

 

ޖެނެރަލް ޝިޔާމު: މަދުބައެއްނޫނިއްޔާ އަމިއްލައަށް ރިޓެޔަރ ކުރެއްވިކަމަށް ބެލެވޭކަށް ނެތް.

 

އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެންނަގޮތުގައި ޖެނެރަލް ޝިޔާމުމެންގެ ވެސް ހުންނާނެ ދެއްތޯ މައްސަލަތަކެއް. އަޅުގަނޑުމެންނަށް ފެނިގެންދިޔަ މިދިޔަ ސަރުކާރުގެ ތެރޭގައި ވެސް ހިނގައިދިޔަ ކަންތައްތައް. ބޮމެއް ހަދައިގެން ބޮމެއް ހިފައިގެން މާލެތެރޭގައި ދުއްވުން، ދެން މިފަދަ ބައިވަރުކަންތައްތަކާއި މައްސަލަތައް. މިހާރުވެސް ޝިޔާމުގެ މައްސަލައެއް އެންޓީކޮރަޕްޝަންގައި އެބައޮތޭ. އެކަން އޮތްވާ ނޫންތޯ ރިޓެޔާމަންޓް ދެއްވީ.

ޖެނެރަލް ޝިޔާމަށް ވެސް ބިރުދެއްކީ ކަމަށް ވެދާނެ

އެހެންވީމާ އަޅުގަނޑަށް ގަބޫލުކުރެވެނީ މި ބޭފުޅުން ވެސް ގެންގޮސްފައި ދެން އަންގާނީ ކަލޭމެންގެ އެބައޮތޭ މިކަހަލަ މިކަހަލަ މައްސަލަތައް. އެހެންވީމާ ރިޓަޔާރ ނުކޮށްފިއްޔާ ކަލޭމެންގެ މައްސަލަ އަހަރުމެން ގެންދާނަމޭ. ގެންގޮސްފައި ޖަލަށް ވެސް ލާނަމޭ. މިކަހަލަ ގޮތަކަށް ބިރުދައްކައިގެން ޝިޔާމް ވެސް ރިޓެޔާރކޮށްފައި ހުންނާނީ. ހަމަ އަޅުގަނޑުމެންނަށް ހެދި ގޮތަށް ހަދާފައި ހުންނާނީ. ސިފައިންގެ ތާރީޚަށް ބެއްޔަސް މީ މިކަން ހިނގާފައިވާގޮތް. މައުމޫން ވެރިކަމާ ޙަވާލުވެވަޑައިގެންފައި ވެސް އޭރުގެ ވަރަށް ގިނަ އޮފިސަރުން ތަކެއް ސިފައިންގެއިން ބޭރުކުރި. އަޅުގަނޑު ދެކޭގޮތުގައި ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ސިފައިންގެ “ކްރީމް” މިގޮތަށް ޢަސްކަރިއްޔާއިން ބޭރުކޮށްގެން ނުވާނެ. މީ މި މުވައްސަސާއަށް ލިބޭ ވަރަށް ބޮޑު ހީނަރުކަމެއް. ތަޖުރިބާކާރު ދުވަސްވީ ސިފައިން ބޭރުކުރުން. ސިފައިންގެ ހުވާކޮށްގެން ތިއްބެވިއްޔާ އެބޭފުޅުންގެ ވާޖިބު އަދާ ކުރުން މަތީ ދެމިތިބެންޖެހޭނެ، އަދި ތިބޭނެވެސްމެ. އަދި ސިފައިންގެ ވާޖިބުތަކާއި ޚިލާފަށް އަމަލުކުރާނަމަ ފިޔަވަޅުވެސް އެޅޭގޮތަށް ސިފައިންގެ ޤާނޫނު ބައްޓަންކޮށްފަ އޮތީވެސް.

މިހެންވެ މިދެންނެވީ ސިފައިންގެ ރިޓެޔާމަންޓް މިދެނީ ސިޔާސީ ގޮތަށޭ. އެބޭފުޅުން ބޭނުންފުޅުވީ ޖެނެރަލް ޝިޔާމު އެތަނުން ބޭރުކޮށްފައި އެމީހުން ބޭނުންފުޅު ވަނީ އެމީހުންގެ މީހަކު، އެމީހުން ބޭނުންވާގޮތަށް އެޅިހާ ބަތަކަށް ރިހައަޅާ އާރމީ ޗީފަކު އެތަނަށް ގެންނަން. މީނޫންތޯ މިކަމުން ދޭހަވާ އެއްޗަކީ. އެހެންވެގެންނޫންތޯ ޝަމާލުމެން އެތިބީ އާމީ ޗީފަކަށް ހަދާފައި.

ކަނޑާލީ އެއްމައްސައެއްގައި އެއްދުވަހަކު

ޝަމާލުއާއި އަޅުގަނޑާއި ޖިހާދުއާއި ނިލާމުއާ މިހުރިހާ މީހުން އެއްދުވަހަކު އެއްމައްސަލައެއްގައި ކަނޑާލި ބަޔެކޭމީ އިނގޭތޯ. ޝަމާލު ކަނޑާލީ. ނިލާމު ކަނޑާލީ. އަޅުގަނޑާ ޖިހާދުއާ ދެމީހުން ގަދަކަމުން ވަޒީފާގެ ބިރުދައްކައިގެން ރިޓެޔާރ ކުރުވީ.

ޒުބައިރު: އަޅުގަނޑާ ޖިހާދުއާ ދެމީހުން ގަދަކަމުން ވަޒީފާގެ ބިރުދައްކައިގެން ރިޓެޔާރ ކުރުވީ.

މީ ހަގީގަތް. ހަގީގަތަކީ މިއީ. އަޅުގަނޑު ދޮގެއް ނަހަދަން. ދެން ހަމަ ކުއްލިއަކަށް އަޅުގަނޑުމެންގެ ތެރެއިން ޝަމާލު ގެންގޮސް އޭނާގެ މައްސަލަ ކޯޓުގައި އޮތްވާ އެ މައްސަލަ އަވަސް އަރުވާލައިގެން އެއްކަލަ ބުނާހެން ފަޓާސްބަރިއެއްހެން އެ މައްސަލަ ނިންމައި އޭނާއަށް ބަދަލުވެސް ދީފައި އޭނާއަށް މިދިނީ އާމީ ޗީފުކަން.

(ނުނިމޭ، ބާކީ މާދަމާ)

 

 

 

 

 

 

 

2 Responses

  1. ސިޔާސީ މީހުނާއި ގުޅިގެން ލިބޭނެ އެއްވެސް ގަދަރެއް ނޯންނާނެއެވެ. އެމީހުން ބޭނުންވީމާ ހަމަ ލަގާއެއް ދޭނެއެވެ. ތިބާއަށްވުރެ ޔޭސް ސާރ މީހަކު ފެނުނީ ތިބޭގެ ބޭނުންދިޔައީއެވެ. އެހެންވެ ބައެއްމީހުން މިއުޅޭ ސިޔާސީ މީހުނަށް ސިިޔާސީ ރަންޑީއޭ މުޚާތަބު އެކުރަނީ އެހެންވެގެނެެވެ. ޒުބޭއިރުކަހަލަ ކިތަށް ބޭފުޅުންނަށް ތިކަހަލަ ޙާލަތު ދިމާކުރުވައިފާ އޮންނާނީ. ރަނގަޅަށްވިއްޔާ ޒަކަރިއްޔާ މަންސޫރުވެސް އެބޭރުކުރީ އިންޑިޔާ އުތުރު ތިލަފަޅު އެގްރީމެން ނިންމުވާފަ. އަދި ފަހުން އެނގޭނީ.

  2. އޭރު ތީގެ އެއްވެސް ވާހަކައެއް ހާމަ ނުކޮށް ރީތިނަމާ ޝަރަފާ އަދި ފައިސާގަނޑު ހޯދައިގެން ތިހުރީ ކީއްވެ? އެބުނި ގޮތަށް މަގާމު ުވާލާފަ ކަނޑާލަންދެން ހުރެފިއްޔާ ކަރު ބުރިކޮށްލަން ކަރުގަ ވަޅިޖެއްސިވާހަކަ ވެސް ބުނިނަމަ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް