ޕާކިސްތަނުގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެއްޖެ
ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާންގެ އިތުބާރުނެތްކަމުގެ މައްސަލައެއް އެ ގައުމުގެ ނެޝަނަލް އެސެމްބްލީ (ގާނޫނު ހަދާ މަޖިލިސް) އަށް ހުށަހަޅައި ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށް އެ މައްސަލަ ގާނޫނުހަދާ މަޖިލީހުން ނުބެލޭނެ ކަމަށް ނިންމައި މަޖިލީހުން ބޭރުކޮށްފައި ވަނިކޮށް ބޮޑުވަޒީރު ޢިމްރާނު ޚާނުގެ އެދިވަޑައިގަތުމަށް ޕާކިސްތާނުގެ ރައީސް ޑޮކްޓަރ ޢާރިފް ޢަލަވީ ގާނޫނު ހަދާ މަޖިލިސް އުވާލެއްވުމުން އެ ގައުމުގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލި ވެއްޖެއެވެ. ޢިމްރާން ޚާންގެ އިތުބާރުނެތް […]
ޢަޒުމަކަށް ހަދަންވީ، މި ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށް: ރައީސް ޞާލިޙު
މި ފެށުނު ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާކިޙު ވިދާޅުވެއްޖެއެވެ. ”ހަމައެފަދައިން، ރޯދައިގެ އަޅުކަމުގެ ތެރެއިން އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙުކުރުމަށް، ކީރިތި މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްވާފައިވާ ނަބަވީ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރާ ބަޔަކަށް ވުމަށް.“ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، […]
އެމެރިކާ އާއި އިޒުރޭލުން އީރާނަށް ނިއުކްލިއަރ ބޮމެއް ހެދިޔަ ނުދޭނެ
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި އީރާނަށް ނިއުކްލިއަރ ބޮމެއް ހެދިޔަ ނުދޭން އެމެރިކާ އާއި އިޒުރޭލުން ވަނީ އެއްބަސްވެ އަޒުމު ކަނޑައަޅާފައެވެ. މިދިޔަ ހަފުތާގައި އޭނާ އެހެން ވިދާޅުވުމުގެ ކުރިން ވެސް އެމެރިކާ އާއި އިޒުރޭލުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ފުނޑާލާން އުޅޭކަން މުޅި ދުނިޔެއަށް އޮތީ ގަބޫލު ކުރެވިފައެވެ. އަދި މުސްލިމް ގައުމަކަށް ޚާއްޞަކޮށް މެދުއިރުމައްޗާއި ގަލްފު ސަރަހައްދުގެ ގައުމަކަށް ނިއުކްލިއަ ބޮމެއް ހެދިޔަ ނުދޭން އެމެރިކާ އާއި އިޒުރޭލުން ކޮންމެ […]
އެމްޑީޕީ ކޯލިޝަން ސަރުކާރަށް 4 އަހަރު ފުރެން ދަނީ، އަދިވެސް ރިބަން ކަނޑަނީ ކުރީ ސަރުކާރުގެ މަޝްރޫޢުތައް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގާކަމަށް ވާހަކަދެކެވި އަޑުތައް ފެތުރެމުން ދިޔަކަމަށް ވިޔަސް ގިނައިން ހުޅުވަމުން ގެންދަވަނީ ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން ގެންދެއެވެ. ކުރެންދޫ ކައުންސިލްގެ ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން ޕީޕީއެމްއިން ކާމިޔާކުރުމުގެ އުފަލުގައި އަންގާރަ ދުވަހުގެ ރޭ ކުރެންދޫގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވެސް ވަނީ އެމްޑީޕީގެ ކޯލިޝަން ސަރުކާރު ވެރިކަމަށް އައިތާ […]
އަފުޣާނިސްތާން: ސަރުކާރުގެ މުވައްޒަފުން ތުބުނޅި ދިގު ނުކުރާނަމަ ވަޒީފާއިން ވަކިކުރަނީ
ސަރުކާރުގެ ވަޒީފާ އަދާ ކުރާ ފިރިހެނުން ތުނބުޅި ދިގު ނުކުރާނަމަ ވަޒީފާއިން ވަކި ކުރާނެ ކަމަށް ޠާލިބާން ސަރުކާރުން ބުނެފިއެވެ. އަދި ތުނބުޅި ބެހެއްޓުމަށާއި ހެދުން އެޅުމުގެ ގަވައިދު ތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް އަންގައިފިއެވެ. ސަރުކާރުން ބުނިގޮތުގައި ތުނބުޅި ދިގުނުކުރާ މުވައްޒިފުންނާއި ހެދުން އެޅުމުގެ ގަވައިދަށް އިހުތިރާމު ނުކުރާ މީހުން ސަރުކާރުގެ ވަޒީފާތަކުން ވަކިކުރެވޭނެއެވެ. ޠާލިބާން ސަރުކާރުން ނޫސްވެރިންނަށް މައުލޫމާތު ދިން ގޮތުގައި މުޖުތަމިއުން ނުބައިކަންތައް ހުއްޓުވައި ރަނގަޅު އާދަތައް އަށަގެންނެވުމަށް […]
ހުޅަނގުން ބޭނުން ވަނީ ރަޝިއާ ނައްތާލަން: ޚާރިޖީ ވަޒީރު ލަވްރޯފް
ރަޝިއާ އެކަހެރިކޮށް ނުލެވޭނޭ ކަމުގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ސަރުގައި ލަވްރޯފް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ރަޝިއާގެ ރައްޓެހީންނާއި ބައިވެރިންނާއި ވިޔަފާރިވެރިން އެބަތިއްބެވެ. ވެރިރަށް މޮސްކޯކޯގައި ޑިޕްލޮމޭޓުންނާ އެކު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރަޝިއާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން ބޭނުން ވަނީ ރަޝިއާ ނައްތާލަން ކަމަށެވެ. އެގޮތުން ހުޅަނގުގެ ގައުމުތަކުން ރަޝިއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް އިއުލާނުކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޚާރިޖީ ވަޒީރު ލަވްރޯފް ވިދާޅުވިގޮތުގައި […]
ރައީސް ޔާމީނުގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ”ޕޮލިސް އެކަޑަމީ“ ރައީސް ޞާލިޙާއި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރ ހުޅުއްވައި ދެއްވައިފި
އައްޑު އަތޮޅުގައި ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަންފެށި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް އެކެޑަމީ) މިއަދު ހެނދުނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއިން އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. ޕޮލިސް އެކެޑަމީ އިމާރާތްކޮށްފައި ވަނީ ވެރިރަށް ހިތަދޫގެ އާރުއޭއެފް ސަރަހައްދާއި އަބޫހެރަ ސަރަހައްދުން ބައެއްގައެވެ. އެއީ ބިމަށް ޖެހިފައިވާ ހިތަދޫގައި ފަތުރުވެރިކަން ތަރައްގީކުރަން އޮތް އެންމެ މުހިއްމު ސަރަހައްދެވެ. ހިތަދޫގައި ކުރިން ހަދާފައި ހުރި […]
ހުރަސްތަކާ ދެކޮޅަށް ”އިންޑިއާ އައުޓް“ ބާއްވައި އަދިވެސް އިތުރު ހަރަކާތްތައް ބާއްވާނެ ކަމަށް ޕީޕީއެމްއިން ބުނެފި
ޕީޕީއެމް މީހުން ކާނިވާ ސަރަހައްދުގައި ތިބެ ހަވީރު ގޮވަމުން ދިޔައެވެ. ”އިންޑިއާ އައުޓު! އިންޑިއާ އައުޓު!“ ”އިންޑިއާ ސިފައިން ބޭރުކުރޭ! އިންޑިއާ ސިފައިން ބޭރުކުރޭ!“ ”ނޭވާހޮޅިއަށް އެޅުމާ ދެކޮޅަށް ސްޕްރޭ ”ނޭވާހޮޅިއަށް“ މިނަމުގައި ޕީޕީއެމް-ޕީއެންސީން އިންތިޒާމުކޮށްގެން މާލޭގައި ހުކުރު ދުވަހު ހަވީރު ބާއްވަން އިންތިޒާމުކުރި ހަރަކާތް ފެށުމުގެ ކުރިން ސަރުކާރު ”ނޭވާހޮޅިއަށް“ އެޅި އެ ހަރަކާތް ހުއްޓުވުމުގެ މަސައްކަތް ފެށިއެވެ. ރައްޔިތުންގެ މަޖިލީހުގެތެރެއިން ވެސް އެހަރަކާތް ހުއްޓުވުމަށް ބާރު އަޅައި އެމްޑީޕީ މެންބަރުން ރުންކުރުވެ ތިއްބަވައި ވާހަކަފުޅު […]
މިއަދު މާލޭގައި ބާއްވާ ”އިންޑިއާ އައުޓު“ ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަށް ޕީޕީއެމްއިން އިންޑިއާގެ ހައިކޮމިޝަނަރަށް ދައުވަތު ދެއްވައިފި
ޕީޕީއެމް-ޕީއެންސީން އިންތިޒާމުކޮށްގެން މިއަދު މާލޭގައި ބާއްވާ ”އިންޑިއާ އައުޓު“ ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަށް ޕީޕީއެމްއިން އިންޑިއާގެ ހައިކޮމިޝަނަރަށް ދައުވަތު ދެއްވައިފިއެވެ. ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙުމަދު ޝިޔާމު ޕީޕީއެމް ޖަގަހަ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިއަދު މާލޭގައި ”ނޭވާހޮޅިއަށް“ މިނަމުގައި ބާއްވާ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ނޫންކަމަށާއި އެ ހަރަކާތަކީ ސުލްހަވެރި ހަރަކާތެއްކަމަށެވެ. ”މިއީ ގައުމީ ކަމެއް. އިންޑިއާގެ ހައިކޮމިޝަނަރުވެސް ވަޑައިގަންނަވަންވީ. މިއީ ސިޔާސީ ކަމެއްނޫން!“ […]
ޔޫކްރޭން-ރަޝިއާ ހަނގުރާމައަށް އެއްމަސް ދުވަސް: ރަޝިއާގެ 15 ހާސް ސިފައިން މަރުވެއްޖެ ކަމަށް ނޭޓޯއިން ބުނެފި
ރަޝިއާއިން ޔޫކްރޭނަށް ހަމަލާ ދޭން ފެށިތާ މަސް ދުވަސް ވުމާ ދިމާކޮށް ރަޝިއާގެ 15 ހާސް ސިފައިން މިހާތަނަށް ހަނގުރާމައިގައި މަރުވެފައިވާކަމަށް ހުޅަނގުގެ ގައުމުތަކުގެ ޢަސްކަރީ އިއްތިޙާދު ނޭޓޯއިން ބުނެފިއެވެ. ޔޫކްރޭނުގައި ރަޝިއާގެ 15 ހާސް ސިފައިން މަރުވެފައިވާކަމަށް ނޭޓޯއިން ހާމަކުރީ ޔޫކްރޭނުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް ނޭޓޯގެ ފަރާތުން ވާހަކަ ދެއްކި ސިފައިންގެ އިސް އޮފިސަރު ވަނީ އޭނާއަކީ ކާކުކަން ހާމަނުކުރަން އެދިފައެވެ. ރަޝިޔާގެ ގިނަ އަދަދެއްގެ ސިފައިން މަސްދުވަހުގެ ތެރޭގައި މަރުވެފައިވާކަމަށް […]