ޔޫކްރޭން-ރަޝިއާ ހަނގުރާމައަށް އެއްމަސް ދުވަސް: ރަޝިއާގެ 15 ހާސް ސިފައިން މަރުވެއްޖެ ކަމަށް ނޭޓޯއިން ބުނެފި

Loading

Facebook
Twitter
WhatsApp

ރަޝިއާއިން ޔޫކްރޭނަށް ހަމަލާ ދޭން ފެށިތާ މަސް ދުވަސް ވުމާ ދިމާކޮށް ރަޝިއާގެ 15 ހާސް ސިފައިން މިހާތަނަށް ހަނގުރާމައިގައި މަރުވެފައިވާކަމަށް ހުޅަނގުގެ ގައުމުތަކުގެ ޢަސްކަރީ އިއްތިޙާދު ނޭޓޯއިން ބުނެފިއެވެ.

ޔޫކްރޭނުގައި ރަޝިއާގެ 15 ހާސް ސިފައިން މަރުވެފައިވާކަމަށް ނޭޓޯއިން ހާމަކުރީ ޔޫކްރޭނުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް ނޭޓޯގެ ފަރާތުން ވާހަކަ ދެއްކި ސިފައިންގެ އިސް އޮފިސަރު ވަނީ އޭނާއަކީ ކާކުކަން ހާމަނުކުރަން އެދިފައެވެ.

ރަޝިޔާގެ ގިނަ އަދަދެއްގެ ސިފައިން މަސްދުވަހުގެ ތެރޭގައި މަރުވެފައިވާކަމަށް ނޭޓޯއިން ބުނުމުގެ ކުރިން ޔޫކްރޭންގެ ރައީސް އަދި ކުރީގެ ހެއްވާބައި ކުޅުންތެރިޔާ ވެލެޑިމިރު ޒެލެންސްކީ ވެސް މީގެ ދެ ހަފުތާ ކުރިން ވަނީ ރަޝިއާގެ 13 ހާސް ސިފައިން ހަނގުރާމައިގައި މަރުވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެންނަމުން ދަނީ ރަޝިއާއިން ޔޫކްރޭނަށް ދޭ ހަމަލާތަކުގައި ޔޫކްރޭނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ މަންޒަރުތަކެވެ. އަދި ޔޫކްރޭންގެ ރައްޔިތުން ރައްކާތެރިކަން ހޯދުމަށް އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރަމުންދާ މަންޒަރެވެ.

ޔޫކްރޭންގެ ރައީސް ޒެލެންސްކީ: ރައްޔިތުން މަގުމައްޗަށް ނިކުތުމަށް ވަނީ ގޮވާލައްވާފައި

ހުޅަނގުގެ ގައުމުތަކުގެ ނޫސްތަކުން އަފްޣާނިސްތާން ހަނގުރާމައާއި ޔޫކްރޭން ހަނގުރާމަ އަޅައި ކިޔަމުން ބުނެފައި ވަނީ 10 އަހަރު ދުވަހުގެ ތެރޭގައި އަފްޣާނިސްތާނު ހަނގުރާމައިގައި މަރުވެފައި ވަނީ 15 ހާސް ސިފައިން ކަމަށެވެ. ނަމަވެސް 20 އަހަރު ވާނދެން ޠާލިބާނުންނާ ދެކޮޅަށް ނޭޓޯގެ ގައުމުތަކާއި އެމެރިކާ ގުޅިގެން ކުރި ހަނގުރާމައިގައި އެމެރިކާއާއި ނޭޓޯއަށް ކުރިމަތިލާން ޖެހުނީ ވަރަށް ބޮޑު ނާކާމިޔާބީއަކާއެވެ.

ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވަނީ އޭނާގެ ގައުމާ ދެކޮޅަށް ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގައި އޭނާގެ ގައުމުގެ ހިމާޔަތުގައި ދުނިޔޭގެ ގައުމުތަކުގެ ރައްޔިތުން މަގުމައްޗަށް ނިކުތުމަށް ގޮވާލައްވާފައެވެ. ނަމަވެސް ޒެލެންސްކީގެ މުހިންމު ގޮވާލެއްވުންތަކަށް ނޭޓޯގެ ގައުމުތަކާއި އެމެރިކާއިން ވެސް އިޖާބަ ދީފައެއް ނުވެއެވެ.

ރަޝިއާއިން ޔޫކްރޭންއަށް ދިން މިސައިލް ހަމަލާއެއް: ވައިގެ ހަމަލާ ރަޝިއާއިން ދަނީ އިތުރުކުރަމުން

ރަޝިޔާއިން އިސްވެ ޔޫކްރޭނަށް ހަމަލާދޭން ފެށިއިރު ގިނަ ބަޔަކަށް ހީވެފައި އޮތީ ދާދި ފަސޭހައިން ރަޝިޔާއިން ޔޫކްރޭން ފަތަހަ ކުރާނޭކަމަށެވެ. ރަޝިއާއިން ބުނާ ގޮތުގައި ހަނގުރާމައިގެ ހުރިހާ ކަމެއް ކުރިއަށް ދަނީ ރޭވުންތަކާ އެއްގޮތަށެވެ.

ރަޝިއާ ދެކޮޅަށް ހަރުކަށި އިތުރު ފިޔަވަޅުތައް އެޅުމާ ގުޅޭ ގޮތުން ނޭޓޯގެ ވެރިންނާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް މިއަދު ބެލްޖިއަމްގެ ވެރިރަށް ބުރެސެލްސްގައި ބައްދަލުކުރައްވަމުން އެބަގެންދަވައެވެ.

 

Loading

2 Responses

  1. އަނގައޮތިއްޔާ ކޮންމެ އެއްޗެކޭވެސް ބުނެވިދާނެއެވެ. މީޑިއާގެ ކޮންޓްރޯލް އޮވެއްޖެއްޔާ ބޭނުންކަމެއް ސިއްރުކޮށްފާ އަދި ބޭނުންކަމެއް ހާމަވެސް ކުރެވިދާނެއެވެ.

    1. ވަރަށް ބޮދު ތެދެއް. މިކަލޭގެ ކޮމެޑީ ފިލްމް ކުޅެ މޮޅުބައިސާ ބުނާތަން ފެނުމުން ރަޝިޔާއާއި ދޭތެރޭ ފިތުނަ އުފަންދަން ޔަހޫދީންނާއި އެމެރިކާ އަދި ނޭޓޯ ފަންޑުކޮށްގެން ކޮސްހެއްދީ. މުޅި ގައުމު ފަނާކޮށްފާ މަ ޕުޓިންވެސް މަރާލާނަމޭ މިހާރު ރަޝިޔާގެ ދެބައިކުޅަ އެއްބައި ސިފައިން މަވާނީ މަރާލާފައޭ އެނެއް 20% މަގޭ ގަނޑުވަރު ފާޚާނަޔަށް ލައި ތަޅުލާފައޭ ބުނީމޭ ދެން ހަމަ އެންމެން ބަރުޖަހާ ނަށާނެތޯއެވެ. އަނބި ދަނރިންނާއި އެކު ސަލާމަތުގެ އައްސޭރިއަށް ދާން ބޭނުންވާ ބަފައިންވެސް ދިޔަނުދީ މު ލުއްޗާ އެމީހުން ހުށްޓުވައި އެކަނިވެރި މައިން ދަރިން ގިނަކޮށް ޔޫރަޕްގެ ރެފިއުޖީ ގޮތުގައި އެފޮނުވާލީއެވެ. މި ބީތާ އާއި ހެދި މުޅި ދުނިޔެ ހޫނުވެ ރިންވަނަ ބޮޑު ހަނގުރާމަޔަކަށް ޖާގަދިނީއެވެ. ފޫކޮޅަށް ރަޝީޔާގެ ބަޑި ދިއްކުރީމާ
      ނޭޓޯ އަށް އެމެރިކާއަށް ގޮވާގޮވާ އެވެރިން އަޅައެއްނުލިއެވެ. ފަހުން ފައިސާ އަތުލާގޮތަށް ހަނގުރާމައިގެ ހަތިޔާރު ވިއްކުން ފިޔަވާ ހަރާމޭ ކޮށްދިންކަމެއް. އަދި އެބަ އަނގަ އަރުވައެއްނު؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް