އުތީމުގައި 9 ދުވަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

ހއ. އުތީމުގައި ނުވަ ދުވަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ އުތީމުގައި އުމުރުން ނުވަ ދުވަސްވީ ތުއްތު ކުއްޖަކު، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ މައްސަލައެއް މިދިޔަ ބުދަ ދުވަހު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.އަދި އެ މައްސަލަ ރިޕޯޓުކުރީ އުތީމު ސިއްހީ މަރުކަޒުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފަޤީރުންނާއި މިސްކީނުންނަށް ބޮލަކަށް 6,000 ރުފިޔާގެ މަގުން ޒަކާތް ބަހައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން، މި އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ބަހައި ނިންމައިފިއެވެ. ޒަކާތު ހައުސް އިން ބުނީ ޒަކާތް ލިބުމަށް ޝަރުޠު ހަމަވާ މީހުންނަށް ފިޠުރު ޒަކާތް ބަހައިފައިވާ އިރު، ބޮލަކަށް ޖެހިފައިވަނީ 6,000 ދިވެހި ރުފިޔާ ކަމަށެވެ.މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިޠުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިޠުރު ޒަކާތް ބެހި ފަހަރު ކަމަށް ޒަކާތު ހައުސް އިން ބުނެފައި […]
މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައަކާ ގުޅިގެން ރަކީދޫ މީހަކު ހޯދަނީ

ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން އޭނާ ހޯދަން އިއުލާނުކޮށްފިއެވެ. ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ އިޤްބާލް (40އ)، ނަރުގިސްވިލާ / ވ.ރަކީދޫ އެވެ. ފުލުހުން މިއަދު ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އޭނާ ހޯދަން އިއުލާނު ކުރާ ކަމަށެވެ. އެހެންކަމުން ފުލުހުން ވަނީ އެ […]
ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރަން ފަށައިފި

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ފަށައިފިއެވެ. އެގޮތުން ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ.އަދި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން ކުރިޔަށްދާނީ، މިއަދުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު […]
މަސްވެރިންނަށް ކުރިއެކޭވެސް އެއް އަގެއްގައި ތެޔޮ ލިބޭނެ: މިފްކޯ

މަސްވެރިންނަށް ކުރިއެކޭވެސް އެއް އަގެއްގައި ތެޔޮ ލިބޭނެ ކަމަށްމޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ބުނެފިއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯއިން) ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް ބަދަލު ގެނައުމާ ގުޅިގެން، މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ވިއްކާ ޑީސަލުގެ އަގަށްވެސް ބަދަލު ގެނެވުނުކަން އިއްޔެ ވަނީ އިޢުލާންކޮށްފައެވެ. ނަމަވެސް އެސްޓީއޯގެ ނިންމުން މުރާޖަޢާކޮށް، ސަރުކާރުން މަސްވެރިންނަށް […]
ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ ރައްޔިތެއް

މަރުވެފައި އޮއްވާ އައްޑޫ، ހިތަދޫގެ ފަތާ ޓްރެކް ސަރަހައްދުން އިއްޔެ ފެނުނީ ވޯކްވިސާގެ ދަށުން ރާއްޖޭގައި އުޅެމުން އައި އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެފިއެވެ. އިއްޔެ ހަވީރު ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑުފެނުމާއެކު އެއީ ކާކުކަން ދެނެގަތުމަށް އާންމުންގެ އެހީއަށް ވެސް ފުލުހުން އޭރު އެދުނެވެ.އޭގެ ފަހުން ފުލުހުން ރޭ ބުނީ، އެއީ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ނަމަކަށް ކިޔާ މީހެއްކަން ފުލުހުންނަށް ވަނީ ކަށަވަރު […]
އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

އައްޑޫސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ އެ ސަރަހައްދުގައި މީހަކު މަރުވެފައި އޮއްވާ ފެނުނު ކަމަށް މިއަދު ހަވީރު 16:41 އެހާކަށްހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.އަދި މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީއެއް ކަމަށާއި، އެހެންނަމަވެސް އެއީ ކާކުކަން އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.އެ މީހާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ދިގުރަށު އަލިފާނުގެ ހާދިސާ މިދަނީ ގާތުން ބަލަމުން: އެޗްއާރްސީއެމް

ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ ގާތުން ބަލަމުން އަންނަ ކަމަށް އެޗްއާރްސީއެމުން ބުނެފިއެވެ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ ފަސް ބިދޭސީއަކު މަރުވެފައެވެ. އަދި ތިން މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. މީގެ އިތުރުން އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު މާލެ ގެނެސްފަރުވާދެމުން އަންނަ ކަމަށް ފުލުހުން […]
ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައެއް ފެންމަތިވެއްޖެ

ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ. އޭނާއަށް ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ ހުޅުމާލެ ފޭސް 2 އިންނެވެ.ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫން ކަމަށެވެ.އަދި އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މައްސަލައިގެ ވަށައިގެންވާ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ބަލަމުންނެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.މީގެ […]
ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހުން މަރުުވެއްޖެ

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާ އެއްގައި ފަސް މީހަކު މަރުވެއްޖެއެވެ. ފުލުހުން ދެންމެ ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.އޭގެ ތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފަައި ވެއެވެ. މީގެ އިތުރުން މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައިމާލެ ގެނެސްފައިވާ ކަމަށް […]