މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކުރި 4 މީހުންގެ ވަނަވަރު އާންމުކޮށްފި

”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކުރި 4 މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ “ އޮޕަރޭޝަން އަލިމަގު“ގެ ދަށުން ޚާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ފަށާފައެވެ. ފުލުުހުން މިރޭ ވަނީ އެ އޮޕަރޭޝަނުގައި […]
އޮޕަރޭޝަން އަލިމަގު: 10 ތަނެއް ބަލައި ފާސްކޮށް، 4 މީހުން ހައްޔަރަށް

އޮޕަރޭޝަން އަލިމަގުގެ ދަށުން މިއަދު ފެށި ޑްރަގު އޮޕަރޭޝަންގައި މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް 4 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ “ އޮޕަރޭޝަން އަލިމަގު“ގެ ދަށުން ޚާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ފަށާފައެވެ. މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން […]
މަޖިލިސް ހުޅުވައި ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަންނަ މަހުގެ 5 ގައި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ. މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެ ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. […]
އީރާނުގައި ހިނގަމުން އަންނަ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 65 އަށް އަރައިފި

އީރާނުގައި ހިނގަމުން އަންނަ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 65 އަށް އަރައިފިއެވެ. 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިރާނުގައި އެގައުމުގެ އާންމުން މަގުތަކަށް ނިކުމެ މުޒާހަރާތައް ފަށާފައި ވަނީ އެ ގައުމުގެ އިގްތިސާދު ދަށްވެ އިރާނުގެ ފައިސާގެ އަގު ދަށްވެފައި ވާތީއެވެ. ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަވެ ބައިގިނަވެފައި ވާއިރު އީރާނުގެ ހިއުމަން ރައިޓްސް އެކްޓިވިސްޓް ނިއުސް އެޖެންސީ (އެޗްއާރްއޭއެންއޭ) އިން ބުނި ގޮތުގައި އީރާނުގައި […]
ރަށްތައް ތަރައްޤީ ކުރަންވާނީ އެ ރަށެއްގެ ސިފަތައް ނުގެއްލޭނެހެން: މިނިސްޓަރު

ރާއްޖޭގެ ރަށްތައް ތަރައްޤީކުރަންވާނީ އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަ ނުގެއްލޭނޭ ގޮތަށްކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯގަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ބ. ދަރަވަންދޫގައި އެކި ދާއިރާތަކުން ޚިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑު ދިނުމަށް ރޭ ބޭއްވި “މަގޭ ދަރަވަންދޫ އެވޯޑު 2025“ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ކޮންމެ ރަށަކީ ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ […]
ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ޒަކާތު ހައުސްއާއި އަވަސް އެންޓަޕްރައިސަސް އާ ދެމެދު އެއްބަސްވުމެއް

އާންމުންނަށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އަވަސް އެންޓަޕްރައިސަސްގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި އަވަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި މިއަދު ބޭއްވި މި ފަހުމުނާމާގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ފަންޑު މެނޭޖަރ ޢަބްދުﷲ ޢަލީއެވެ. އަދި އަވަސް އެންޓަރޕްރައިސަސް ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޔާނިއު ރަމީޒެވެ. މިނިސްޓްރީން […]
75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ ގޮތަށް ގެނައި އިޞްލާޙު ތަސްދީޤުކޮށްފި

އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރީ-އެމްޕްލޯއިމަންޓްގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ފާސްކުރައްވާފައިވަނީ، 2026 ޖަނަވަރީ 5 ވީ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ޚާއްޞަ ޖަލްސާ ގައެވެ. މި ބިލުގެ މަޤްޞަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، ޢުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި […]
ެުއުމުރާއަށް ދިޔަ ދެ ދިވެއްސަކު ނިޔާވެއްޖެ

ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދެ ދިވެއްސަކު ނިޔާވެއްޖެއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ ރާއްޖެއިން މިއަހަރު ޑިސެންބަރު އަދި ޖަނަވަރީ އުމްރާއަށް ގޮސް އުޅޭ މީހުންގެ ތެރެއިން ދެ މީހަކު ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައިވަނީ، ސަފާ ގްރޫޕާއި ހިޖާޒް ގްރޫޕުގެ ދެ ޢުމްރާވެރިންނެވެ. އަދި މިއީ 2 ފިރިހެނުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މިގޮތުން އެ ދެމީހުންގެ ޖަނާޒާގެ ކަންތައްތައްވެސް މިހާރު ފުރިހަމަ ވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ
ވެނުޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރުކުރުން ޗައިނާއިން ކުށްވެރިކޮށްފި

އެމެރިކާއިން ވެނެޒުއެލާއަށް އަރައި، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔުން ޗައިނާއިން ކުށްވެރިކޮށްފިއެވެ. ރިޕޯޓުތައް ބުނާގޮތުން ޗައިނާއިން މިކަން ކުށްވެރިކޮށްފައި ވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގ ޔީ ޕާކިސްތާންގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ވެނެޒުއެލާގައި ހިނގި ކަންކަމަށް އިޝާރާތް ކުރައްވާ ޚާރިޖީ ވަޒީރު ވޭންގ ޔީ ވިދާޅުވީ ހުރިހާ ޤައުމަކަށް ވެސް އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ހިމާޔަތް ލިބެންޖެހޭކަމަށެވެ. އަދި އެމެރިކާގެ މި އަމަލު ހަރުކަށި […]
މަޙުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއް: ހުތުބާ

މަޙުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ހުކުރު ހުތުބާދީފައި ވަނީ ”މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް“ މި މައުޟޫޢުގެ މައްޗަށެވެ. މިއަދުގެ ހުތުބާގައި ވަނީ އެ މައުޟޫޢުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވާފައެވެ. ހުތުބާގައި ބުނީ ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނޭ މީހެއް ކަމަށާއި އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުމެ ކުރާންޖެހޭނޭ ކަމެއް ކަމަށެވެ. ”ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރު ގޮތުގައި، ކުޅިވަރަށްކަމަށާއި، […]