ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި 2 މީހަކު ޖަލަށްލާން ހުކުމްކޮށްފި

ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި 2 މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ 2020 ވަނަ އަހަރު އެކި ދުވަސް މަތިން، އަންހެނަކާއި އުމުރުން 18 އަހަރު ނުފުރޭ ތިން ކުދިންނަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިއްކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއިލް ވަހީދާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށް 12 ދައުވާއެއް ކޮށްފައިވަނީ […]
ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި މިނިސްޓަރު ހައިދަރު ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ ޢަލީ ޙައިދަރު އަޙްމަދު، ބައިވެރިވެވަޑައިގެންފިއެވެ. މި ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ބަންގްލަދޭޝްގެ ދާކާގައެވެ.ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، މިނިސްޓަރ ޙައިދަރު ވަނީ ރައީސް މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބޮޑު ވަޒީރު، […]
ބަނގުރާ އުފައްދައި، ވިޔަފާރިކުރި އިންޑިއާ 5 މީހުން ހައްޔަރަށް!

ބަނގުރާ އުފައްދައި، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން އިންޑިޔާއަށް ނިސްބަތްވާ 5 މީހުން ހައްޔަރުކޮށްފިއެވެ. މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައިވަނީ މާލެ، މައްޗައްގޯޅި ގެއެއް ބަލައިފާސްކޮށްފައެވެ.އެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕެރިޔަ (44އ) […]
ތެލެސީމިއާ ބަލި މީހުންނަށް މަހަކު 2،000 ރުފިޔާގެ އެލަވަންސެއް ދެނީ

ތެލެސީމިއާ ބަލި މީހުންނަށް މަހަކު 2،000 ރުފިޔާގެ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މާދަމާއިން ފެށިގެން ކުރަން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިއުލާން ކުރުމަށް މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެގޮތުން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އިބްރާހިމް ނާޒިމް ވިދާޅުވީ މާދަމާ އަކީ ރާއްޖެއަށް ވަރަށް ތާރީހީ ދުވަހެއް ކަމަށާއި […]
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ޝަންގްރިއްލާ އަލުން ހުޅުވައިފި

އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފިއެވެ. ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި އެންމެ މަތީ ފަންތީގެ ޚިދުމަތް ދެމުން އައި މި ރިސޯޓުގެ ޚިދުމަތްތައް އަލުން ފަށާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި އެ ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޯގަސްޓް […]
ދެބެންގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކު ޒަހަމްކޮށްލައިފި

ދެބެއިންގެ ދެމެދު ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ. ފުލުހުން މިރޭ ބުނީ މާލޭ ގެއެއްގެ ތެރޭގައި ދެބެއިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު މިރޭ އިރުއޮއްސި 6:30 ހާއިރު ފުލުހުންނަަށް ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އެ ހާދިސާގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ މި މައްސަލާގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ […]
ޣައްޒާއިން ޝަހީދުވީ މީހުންގެ އަދަދު 71،266 އަށް އަރައިފި

އިސްރާައީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށްދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން ޝަހީދުވީ މީހުންގެ އަދަދު 71،266 އަށް އަރައިފިއެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އާއި އިޒްރޭލާ ދެމެދު ފެށި ހަނގުރާމައިގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ 71،266 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އަދި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 171،222 މީހުން ޒަޚަމްވެފައިވާ […]
ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ކ. ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. ހުރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުالله ނާޘިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމާއ،ި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދު އާއ،ި ހުރާ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީ އާއި […]
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3879 ފަރާތެއްގެ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3879 ފަރާތެއްގެ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ނިންމައިފިއެވެ. މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބުވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅިފައިވާ ފްލެޓުތަކުގެ އަދަދު ތަފްސީލާއިއެކު ހިއްސާކުރައްވާފައެވެ. އެގޮތުން އެ ސްކީމްގެ ދަށުން 3 ކޮޓަރީގެ 2800 ފްލެޓު ދޫކުރާއިރު 2 ކޮޓަރީގެ 1200 ފްލެޓު ހިމެނެއެވެ. މިހާތަނަށް މި ފްލެޓުތަކުގެ ހައްގުދާރުންގެ ތެރެއިން 3879 މީހެއްގެ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. […]
މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދިޔަ މީހެއްްގެ ބަންދަށް 15 ދުވަސް

މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދިޔަ މީހެއްްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ބަންދަށް 15 ދުވަސް ޖަހާފައި ވަނީ މއ. ގުލްޝަންކިނާރާ / މާލެ، އަޙްމަދު ޢިރުފާލް (36އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދާފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ 9 މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިގެން މި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން […]