ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ހަދައި އައު ގަވާއިދެއް އެކުލަވާލައިފި

ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ހަދައި، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ޝާއިއުކޮށްފިއެވެ. މި ގަވާއިދަކީ ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމަށް ހަރުދަނާ އޮނިގަނޑެއް ތައާރަފުކޮށް، ތަރުތީބުވެފައިވާ އާބަން ތަރައްގީއަކަށް މަގުފަހިކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ބިންވެރިންނާއި ޑިވެލޮޕަރުންނަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ. ބިމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުގައި ހުޅުމާލޭގެ ރެސިޑެންޝަލް ޕްލޮޓްތަކުގައި އިމާރާތްކުރުމުގެ […]

ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާބައިދޫ މީހަކު ހައްޔަރުކޮށްފި

ގ. ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ¹ފުލުހުން މިރޭ ބުނީ މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަބުނަމްހައުސް / ލ.މާބައިދޫ، ޙުސައިން ޝަޙްބާން (29އ) ވަނީ ކޯޓު އަމުރެއްގެ ދަށުން 2026 މާރިޗު 22 ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ […]

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފި

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކުލަގަދަ ރަސްމިއްޔާތަކާއެކު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ފަށައިފިއެވެ. އެ މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފެވެ. ސާފްގެ ހަތް ގައުމުން ވާދަ ކުރާ މި މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ސަގާފީ ކުޅިވަރުތައް ދައްކާލާފައި ވެއެވެ.އެގޮތުން އެ މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތަށްފަހު އޮތީ ރާއްޖެއާއި […]

ބާރެއް އޮތުމަކީ އެ ބާރެއް ބޭނުންކުރަންޖެހޭ ސަބަބެއް ނޫން: ރައީސް

ބާރެއް އޮތުމަކީ އެ ބާރެއް ބޭނުންކުރަންޖެހޭ ސަބަބެއް ނޫން ކަމަށާއި ބާރެއް އޮތުމުން އެ ބާރެއް ބޭނުންކުރަން ވާނީ ޒިންމާދާރު ކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނުގައި ފިޔަވަޅު އެޅޭ ބާރު އޮތް ނަމަވެސް ކައުންސިލްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެންމެންގެ މެދުގައި ވާހަކަދެކެވިގެން ސިޔާސީ […]

މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ބިލު، މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި ހުށަހަޅަނީ

މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަ ބިލު، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މަރުގެ ޙުކުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް މަރުގެ އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިއަކަށް އޮތް އިޚުތިޔާރެއް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަރުގެ ޙުކުމް ތަންފީޒުކުރުމަކީ، ޤާނޫނީ އޮނިގަނޑުގެ ތެރެއިން، […]

ޓެކްސީލައިނަށް ޑްރައިވަރުން ހޯދަން ވޯކްއިން އިންޓަވިއުއެއް ބާއްވަނީ

ސަރުކާރުގެ ޓެކްސީލައިންގެ ހިދުމަތް ފެށުމަށް ޑްރައިވަރުން ހޯދުމަށް މާދަމާ ވޯކްއިން އިންޓަވިއުއެއް ބޭއްވުމަށް އެމްޓީސީސީން ނިންމައިފިއެވެ. އެމްޓީސީސީން ބުނީ ޓެކްސީލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް މާދަމާ ވޯކްއިން އިންޓަވިއުއެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.އެގޮތުން އެ އިންޓަވިއު ކުރިއަށް ގެންދާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 16:00 އާ ހަމައަށް މާފަންނު ބަސް ޓާމިނަލްގައި ކަމަށް ވެސް އެމްޓީސީސީން ބުނެފައި ވެއެވެ.ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން މިދިޔަ ޖެނުއަރީ މަހު […]

އާއިލީ ވުޒާރާގެ ވެބްސައިޓުން ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ތަފާތު މަޝްރޫޢުތަކަށާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އެ ވުޒާރާގެ ޓްރަސްޓް ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން އެދޭ ފަރާތްތަކަށް، ފަސޭހަކަމާއެކު އެ ވުޒާރާގެ އާ ވެބްސައިޓު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. އެ ވުޒާރާގެ މަސައްކަތްތަކާއި ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި، އާ ވެބްސައިޓެއް މިހާރު ވަނީ ރަސްމީކޮށް ލޯންޗްކޮށް ބޭނުންކުރަން ފަށާފައެވެ. ’msfd.gov.mv‘ މެދުވެރިކޮށް މި ވެބްސައިޓަށް ވަދެވޭއިރު، މިއީ މި ވުޒާރާއިން […]

ރިސޯޓެއްގެ ޕޫލަށް ވެއްޓި 2 އަހަރުގެ ކުއްޖަކު މަރުވި މައްސަލައެއް ތަހުގީގު ކުރަނީ

ރިސޯޓެއްގެ ޕޫލަށް ވެއްޓި 2 އަހަރުގެ ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ރޭ ބުނީ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ދެ އަހަރުގެ ފިރިހެން ކުއްޖަކު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލައެއް 2026 މާރިޗު 20 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް ވެއްޓި އެ ކުއްޖާ ގެނބިގެން […]

ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ޓްރެފިކަށް ބަދަލުތަކެއް ގެންނަނީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމެންޓް 2 އިން 5 އަށްވާ ސަރަހައްދުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން، 2026 މާރިޗު 22 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ޗާޓުގައިވާ ގޮތަށް ބަދަލު ގެނެވި، އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި […]

ފިތުރު ޒަކާތުން ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދޭން 500،000 ރުފިޔާ!

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 500،000ރ. ހަދިޔާކޮށްފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނެފިއެވެ. ޒަކާތު ހައުސް އިން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 15،009،749ރ. ލިބިފައިވާ ކަމަށެވެ.އެގޮތުން ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ޣައްޒާއަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 500،000ރ. އިސްރާ އެސޯސިއޭޝަންއާ ރޭ ހަވާލުކޮށްފައިވާ ކަމަށްވެސް ޒަކާތު ހައުސް އިން ބުނެފައި ވެއެވެ.ރާއްޖޭގައި […]