ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ ރައްޔިތެއް

މަރުވެފައި އޮއްވާ އައްޑޫ، ހިތަދޫގެ ފަތާ ޓްރެކް ސަރަހައްދުން އިއްޔެ ފެނުނީ ވޯކްވިސާގެ ދަށުން ރާއްޖޭގައި އުޅެމުން އައި އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެފިއެވެ. އިއްޔެ ހަވީރު ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑުފެނުމާއެކު އެއީ ކާކުކަން ދެނެގަތުމަށް އާންމުންގެ އެހީއަށް ވެސް ފުލުހުން އޭރު އެދުނެވެ.އޭގެ ފަހުން ފުލުހުން ރޭ ބުނީ، އެއީ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ނަމަކަށް ކިޔާ މީހެއްކަން ފުލުހުންނަށް ވަނީ ކަށަވަރު […]

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

އައްޑޫސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ އެ ސަރަހައްދުގައި މީހަކު މަރުވެފައި އޮއްވާ ފެނުނު ކަމަށް މިއަދު ހަވީރު 16:41 އެހާކަށްހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.އަދި މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީއެއް ކަމަށާއި، އެހެންނަމަވެސް އެއީ ކާކުކަން އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.އެ މީހާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ދިގުރަށު އަލިފާނުގެ ހާދިސާ މިދަނީ ގާތުން ބަލަމުން: އެޗްއާރްސީއެމް

ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ ގާތުން ބަލަމުން އަންނަ ކަމަށް އެޗްއާރްސީއެމުން ބުނެފިއެވެ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ ފަސް ބިދޭސީއަކު މަރުވެފައެވެ. އަދި ތިން މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. މީގެ އިތުރުން އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު މާލެ ގެނެސްފަރުވާދެމުން އަންނަ ކަމަށް ފުލުހުން […]

ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައެއް ފެންމަތިވެއްޖެ

ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ. އޭނާއަށް ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ ހުޅުމާލެ ފޭސް 2 އިންނެވެ.ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫން ކަމަށެވެ.އަދި އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މައްސަލައިގެ ވަށައިގެންވާ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ބަލަމުންނެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.މީގެ […]

ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހުން މަރުުވެއްޖެ

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާ އެއްގައި ފަސް މީހަކު މަރުވެއްޖެއެވެ. ފުލުހުން ދެންމެ ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.އޭގެ ތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފަައި ވެއެވެ. މީގެ އިތުރުން މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައިމާލެ ގެނެސްފައިވާ ކަމަށް […]

ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އައު އެކަމަޑޭޝަން ބްލޮކެއް

ކ. ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އައު އެކަމަޑޭޝަން ބޮލޮކެއް ތަރައްޤީކުރުމަށް ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޞިއްޙީ ވަޒީރުގެ ނައިބު އާމިނަތު އިސްމާއީލް ވިދާޅުވީ، ގުރައިދޫ މަރުކަޒުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އައު އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ައަދި އެ އިމާރާތަށް 50 އަހަރުވެފައިވާއިރު، އެތަންތަން ވަރަށް ހާލުގައި ހުރިކަމަށާއި މި ސަރުކާރު އައުމަށްފަހު ފުރަތަމަ ހަމަޖައްސަން ޖެހުނީ، އެތަނުގައި ތިބި މީހުންނަށް […]

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިއަދު އީސީން އާންމުކޮށްފިއެވެ. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ޖުމްލަ 299,876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ.އޭގެތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި […]

އިސްރަށްވެހިންގެ ޚާއްސަ ރޯދަ ވީއްލުމެއް ކުރިއަށް ގެންގޮސްފި

އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީއާއި އުރީދޫ އަދި އެޗްޑީސީއާއި ގުޅިގެން އިސްރަށްވެހިންގެ ޚާއްސަ ރޯދަ ވީއްލުމެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ އިސްރަށްވެހިން އެއްތަނަކަށް އެއްވެ އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.ެއާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނީ މި ރޯދަ ވީއްލުމުގައި އިސްރަށްވެހިންގެ ނާދީގެ މެންބަރުންނާއި ހިޔާ ސަރަހައްދުގެ އިސްރަށްވެހިން ބައިވެރިވެފައިވާ ކަމަށެވެ.އެގޮތުން ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ މި ހަރަކާތުގައި ބައިވެރިވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.އަދި […]

ގަލްފު ގައުމުތަކަށް ދެމުން އަންނަ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ގަލްފްގެ ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ އީސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ. ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ، ގަތަރު، ކުވެއިތު، ބަހްރައިން އަދި އެހެނިހެން ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.ގަލްފްގެ ގައުމުތަކުން އެއްވެސް ބަދަލުހިފުމުގެ އަމަލެއް ހިންގާފައި ނުވަނީސް، އީރާނުން އެ ގައުމުތަކަށް […]

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް ހިންގާ ”ގޯތިގެދޮރު“ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ ޕްރޮގްރާމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59 އަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. ”ގޯތިގެދޮރު“ ޕްރޮގްރާމްގައި ދެ […]