ޖުޑިޝަރީގެ ތަމްރީނު ވެސް އިންޑިއާގައި ކަންބޮޑުވޭ – މުއިއްޒު

ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަޙުމަދު މުއިއްޒު ވިދާޅުވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މުވައްޒަފުން ތަކެއް އިންޑިއާ އިން ތަމްރީނުކުރުން އެއި ކަންބޮޑުވާން ޖެހޭކަމެއް ކަމުގައެވެ. އެހެނީ ދިވެހިރާއްޖޭގެ ޝަރުޢީނިޒާމް ބައްޓަން ވެފައިވަނީ އަދިހިންގެންޖެހެނީ އިސްލާމީ ޝަރުޢީ ގާނޫންއަށް ވަރަށްބޮޑައް ބުރެވެ ޢަދުލުވެރިކަމާއި އެކުގައި ކަމަށްވާތީއާއި އިންޑިއާގެ ގާނޫނުތަކާއި ޢަދުއިލްންސާފުގެ ޙުކުމްތަކުގައި އެއްވެސް ވަރަކަށް އިސްލާމް ދީނުގެ އަސްލަކަށް ޙުކުމްކުރުމުގައި ބަލަން ނުޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އިންޑިއާ އިން ރާއްޖޭގެ ޖުޑިޝަރީ މުވައްޒަފުން ތަކެއް ތަމްރީނު ކުރާތީ އެކަމުގެ ފެންވަރާ މެދުވެއް ސުވާލު ކުރަށްވާފައި ވެއެވެ. ”މިއީ އެއްވެސް ވަރެއްގެ ފައިދާއެއްވާނެ ކަމެއް ކަމަށް ނޭނގޭ.“ […]
ރައީސް ޔާމީންގެ ޝަރިޢަތް، އާރަށު މައްސަލައިގެ އަޑުއެހުން

މިއަދު ޝަރިޢަތުގައި ވ.އާރަށް ކުއްޔަށް ދިނުމުގައި ކަރަޕްޝަން ހިންގަވައި މަންފާތަކެއް ހޯދިކަމާއި ގުޅޭ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިޔަކު 3 އައިފޯނަކުން ނެގި ޑޭޓާތައް އެފޯނުގެ ވެރިފަރާތަށް އެނގުމެއްނެތި، އެ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރިކަން އެނގިއްޖެއެވެ. އެކަން ހާމަވީ މިއަދުގެ ޝަރިޢަތުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ރިޝްވަތު ނެންގެވި ކަމަށާއި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި ބޭއްވި އަޑުއެހުމުގައެވެ. ހެއްކެއްގެ ގޮތުގައި މިއަދު ސަރުކާރުން ދައުލަތުގެ ނަމުގައި ހާޒިރު ކުރީ މާކް ނަމަކަށް ކިޔާ އިނގިރޭސިވިލާތުގެ ރައްޔަތެކެވެ. އޭނާއަކީ ޑިޖިޓަލް ފޮރެންސިކް އެގްޒަމިނަރ ކަމަށް […]
ކަޝްމީރުގައި މުޙައްރަމް މަސް ފާހަގަކުރި މުސްލިމުންތަކެއްހައްޔަރުކޮށްފި

އާޝޫރާ ދުވަހުގެ ދެ ދުވަސް ކުރިން މުޙައްރަމް މަސް ފާހަގަކުރުމުގައި ބައިވެރިވުމަށްޓަކއި އިންޑިއާގެ ބާރުގެދަށުގައި އޮންނަ ކަޝްމީރުގެ މަގުތަކަށް ނިކުތް ގިނަ އަދަދެއްގެ ޝިޔާއީ މުސްލިމުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށް ފިއެވެ. ސަލާމަތީ ގޮތުން ސްރީނަގަރުގައި އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާލެއް ނުބަހައްޓާ ދީނީ ޝިޢާރުތައް ފާޅުކުރަމުން ވަރަށްގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުތް ކަމުގައި ވެއެވެ. ސްރީނަގަރުގައި ޝިޔާއީންގެ ދީނީ އެއްވުންތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. މި އެއްވުންތައް ރޫޅާލުމަށްޓަކައި ފުލުހުން ވަނީ ކަރުނަގޭހާއި ޝޮޓްގަން ބޭނުން ކޮށްފައެވެ. އަދި އެތައްބަޔަކު ޒަޚަމްވެފައި ވެއެވެ. […]
އައި.އެމް.އެފް. ގެ އެހީ އަވަސްވޭތޯ ޕާކިސްތާނުން އެމެރިކާގެ މަދަދަށް އެދެފި

އިގްތިސާދީ ގޮތުން އިންތިހާގެ ނުކުޅެދުންތެރިކަމަށް މިހާރު ވެއްޓިފައިވާ ޕާކިސްތާނަށް ބައިނަލް އަގްވާމީ މާލީ އިދާރާގެ އެހީތެރިކަން ހޯދާދިނުން އަވަސްކޮށް ދިނުމަށް ބާރުއަޅުއްވާ ދެއްވުމަށް ޕާކިސްތާނުގެ ބާރުގަދަ ސިފައިންގެ ވެރިޔާ އެމެރިކާގެ މަދަދަށް އެދި ދަންނަވައިފިއެވެ. ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރް ޖާވީދު ބަޖުވާ އާއި އެމެރިކާ ޚާރިޖީ ވަޒީރުގެ ނައިބު ވެންޑީ ޝަރމަން އާއިދެމެދު މިކަމަށްޓަކައި ފޯނުން ވާހަކަ ދެއްކުނު ކަމަށް ޕާކިސްތާނުގެ ޚާރިއްޔާއިންވެސް އެއްބަސް ވެއެވެ. ނަމަވެސް އެ ވާހަކަތަކުގެ ތަޕްސީލެއް ނުލިބުނެވެ. ޕާކިސްތާނުގެ މިޙާލާތުން އަރައިގަތުމަށްޓަކައި 1.7 ބިލިއަން އެމެރިކާޑޮލަރުގެ ދަރަންޏެއް ދިނުމަށް އައި. […]
ބަޔަކަށް ފައިދާކޮށްދޭން ޑިއުޓީ މާފްކޮށް މުދާ ދޫކުރާ ކަމުގެ ޝަކުވާ!

ޤާނޫނާ ޚިލާފަށް ވަކި ބަޔަކަށް ފައިދާވާގޮތަށް ކުޅުދުއްފުށީ ބަނދަރުން ޑިއުޓީ މާފްކޮށް މުދާ ދޫކުރާ ކަމުގެ ޝަކުވާތަށް ވަަރަށް ގިނަވެއްޖެއެވެ. އެގޮތުން ވަކިފަރާތްތަކެއް ކަސްޓަމުގެ ކަރަޕް މުއައްޒިފުންނަށް ރިޝްވަތުދީގެން ހިންގޭ މިފަދަ ކަރަޕްޝަން ހުށްޓުވޭގޮތް ވަނީ ނުވެފައެވެ. މި ޝަކުވާތަކަކީ ކަމިޝަނަރ އޮފް ކަސްޓަމްސް ޢަބުދުއްލާ ޝަރީފް އަށް ވެސް މިހާރަކު ސިއްރެއްް ނޫނެވެ. ނަމަވެސް މައްސަލަބަލައި ފިޔަވަޅު އެޅުން ލަސްވާ ސަބަބެއް ނޭގެއެވެ. ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާއެކު، މާލެ ސަރަޙައްދު ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުގެ ރަސްމީ ބަނދަރުތަކާއި […]
ނޫސްވެރިންނާއި ދެކޮޅަށް ބިލް ފާސްކުރުމުން ބޭރުގެ ނުރުހުން ރާއްޖެއަށް

ނޫސްވެރިން ލިޔާ ލިޔުންތައް ފުޅާ ދާއިރާއެއްގައި، މަސްދަރު ހާމަކުރާ ގޮތަށް މަޖްބޫރުކޮށް، ހެއްކާއިބެހޭ ބިލު ފާސް ކުރުމަށް ރައްޔިތުންގެ މަޖްލިހުން މަސައްކަތް ކުރަމުން ދަނިކޮށް ނޫސްވެރިން މި ބިލާދެކޮޅަށް މަޖްލިސްކުރާ ގޭދޮށުގައި އެމީހުންގެ ޝުޢޫރު ފާޅު ކުރުމުންވެސް އެބިލް މަޖްލިހުން ފާސް ކުރުމުން ބައިނަލް އަޤްވާމީ ޖަމްއިއްޔާތަކާއި ޖަމާއަތް ތަކުގެ ނުރުހުން ވަރަށް ބޮޑަށް ރާއްޖެއަށް އަމާޒުވެއްޖެއެވެ. ބައެއް ހާލަތްތަކުގަ ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު ހާމަކުރަން ކޯޓުން ކަނޑައެޅޭގޮތަށް އެމް.ޑީ.ޕީ ގެ ސުޕަރ މެޖޮރިޓީ އޮންނަ މި މަޖްލިހުން އިއްޔެ ވަނީ އެބިލް ފާސްކޮށްފައެވެ. އެބިލުގައި ވާގޮތުން، މަސްއަލައެއްގައި ހިމެނޭ […]
ރައީސް ޔަމީނު އާއި ދެކޮޅަށް ސަރުކާރުން ހުށިހެޅި ހެކިވެރިޔާއަށް އެފަދަ ކަމެއް ނޭގޭ!

ރެސޯޓް ހެދުމަށް ރައްތައް ދޫކުރިއިރު ވ.އާރަށް ވަކިފަރާތަކަށް ދިނުމުގައި ކުރީގެ ރައިސް ޔާމީނު ހިންގެވިކަމަށް ބުނާ ޚިޔާނާތުގެމުއާމަލާތާއި ގުޅޭ އެއްވެސް މައުލޫމާތެއް ދައުލަތުގެނަމުގައި ސަރުކާރުން ހުށަހެޅި ހެކިވެރިޔާއަށް އެކަމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ނޭގޭކަމަށް ކޯޓުގައި ބުނެފިއެވެ. މިކަން ހާމަވެފައިވަނީ އެ މައްސަލައިގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވި ކަމަށާއި، މަނީ ލޯންޑަރ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައެވެ. ދައުލަތުގެ ވަކީލު މިއަދު ހެއްކެއްގެ ގޮތުގައި ހާޒިރު ކުރީ ޓުއަރިޒަމް މިނިސްޓްރީގެ ކުރީގެ ލީގަލް ހެޑް […]
ގައުމީ އެއަރލައިން ތިންވަނަ ފަހަރަށްވެސް ބަނގުރޫޓްވަނީ!

ދަ މޯލްޑިވިއަން، ޤައުމީ އެއަރލައިން އަނެއްކާވެސް ބަނޑުރޫޓުވުމާއި ކުރިމަތިލައިފާވާތީ ރައްޔަތުންގެ ކަންބޮޑުވުން މިއަދުވެސް މަޖިލިސްއަށް ހުށަހެޅުނެވެ. މީއީ މި މައްސަލަ މަޖިލީހުގައި ބަހުޝްކުރުމަށް ހުށަހެޅުނު ދެވަނަ ފަހަރެވެ. ކުރީގެ ހުށަހެޅުންވެސް ބަލައިނުގަނެ މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ. ހަމަ އެހެންމެ މިއަދު މަޖްލިހަށް ހުށަހެޅި ދެވަނަ މައްސަލަވެސް މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލީއެވެ. މީގެ ކުރިން ދެފަހަރުމަތިންވެސް ދިވެހި އެއަރލައިން ވަނީ ބަނގުރޫޓްވެ ބޮޑެތިދަރަނި ތަކެއް ބޭރުގެ ކުންފުނިތަކަށް ދައްކަން ޖެހިފައެވެ.މިގޮތުން މެލޭޝިއަން އެއަރލައިންސް އިން ޗާރޓަރކޮށްގެން ދުއްވި ބޯޓްފަހަރުތަކުގެ ކުއްޔަށް ދޭންޖެހޭ އެތަކެއް މިލިއަން ޑޮލަރއެއް މެލޭޝިއާއިން ވަނީ މަޢާފުވެސް ކޮށްދީފައެވެ. މިހާރު އައިލެންޑް […]
ދައުލަތުން މިސަރުކާރުގެ ދަތުރުތަކަށް 82 މިލިޔަން ރުފިޔާ ޚަރަދު ކޮށްފި

ސަރުކާރުގެ ދަތުރުތަކަށް 82 މިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ޚަރަދުކޮށްފައިވާކަމަށް އެގިއްޖެއެވެ. ދައުލަތުން މިއަހަރުގެ މިހާތަނަށް ސަރުކާރުން ކުރި ދަތުރުތަކަށް ހިނގި ޚަރަދުތަކުގެ ތަފްސީލް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. އެމިނިސްޓްރީގެ ތަފާސް ހިސާބުން އެނގޭ ގޮތުގައި މިޖޫން މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ސަރުކާރުގެ ދަތުރުތަކަށް ވަނީ 82 މިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދަތުރުތަކަށް ޚަރަދު ކޮށްފައިވާ ކަމަށް ދެއްކީ 47.9 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާއި މިއަހަރުގެ ދަތުރުތަކަށް ބަލާއިރު މިއަހަރު ދަތުރުތަކަށް 34 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކޮށްފައިވެއެވެ. ދައުލަތުގެ ދަރަނި މިހާރު 100 ބިލިޔަނަށް އަރާފައިވާއިރު، ޚަރަދު […]
އިސްލާމް ފޯބިއާ އާއި ދެކޮޅަށް ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި

ކީރިތި ނަބީ ރަސޫލާގެ ދިފާއުގައި ބޮޑު ޖަލްސާއެއް މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ. މިޖަލްސާގެ ބޭއްވުމުގެ އެންމެހާ އިންތިޒާމެއް ރާވާ ހަމަޖައްސާނީ އިދިކޮޅު ޕީޕީއެމް- ޕީއެންސީ ކޯލިޝަނުންކަމަށް ބުނެއެވެ. އަދި މިގޮތުން އަންނަ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ކާނިވާ ސަރަހައްދުގައި ޖަލްސާ އޮންނާނެކަމަށް ޕީޕީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އިއްޔެ ހަވީރުއޮތް ބައިބޮޑު ސައިކަލް ބުރައްފަހު އަދިވެސް މިޖަލްސާ ބޭއްވުމުގެ އެންމެ ބޮޑު މުހިންމުކަމަކީ އިންޑިއާގެ ހައްދުފަހަނާ އަޅައިފައިވާ ހިންދުތުވާގެ ވެރީންނަށް ދިވެހި މުސްލިމުން އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީ ބާޓީއިން ކީރިތި ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރާ ކުރުން ބަލައިނުގަނެވޭނޭކަން ދެއްކުމަށާއި ނަބިއްޔާއަށް ދިވެހީންގެ ހިތުގައި އޮންނަ ލޯބި […]