ރައީސް ޔަމީނު އާއި ދެކޮޅަށް ސަރުކާރުން ހުށިހެޅި ހެކިވެރިޔާއަށް އެފަދަ ކަމެއް ނޭގޭ! 

Loading

Facebook
Twitter
WhatsApp

ރެސޯޓް ހެދުމަށް ރައްތައް ދޫކުރިއިރު ވ.އާރަށް ވަކިފަރާތަކަށް ދިނުމުގައި ކުރީގެ ރައިސް ޔާމީނު ހިންގެވިކަމަށް ބުނާ ޚިޔާނާތުގެމުއާމަލާތާއި ގުޅޭ އެއްވެސް މައުލޫމާތެއް ދައުލަތުގެނަމުގައި ސަރުކާރުން ހުށަހެޅި ހެކިވެރިޔާއަށް އެކަމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ނޭގޭކަމަށް ކޯޓުގައި ބުނެފިއެވެ.

މިކަން ހާމަވެފައިވަނީ އެ މައްސަލައިގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވި ކަމަށާއި، މަނީ ލޯންޑަރ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައެވެ.

ދައުލަތުގެ ވަކީލު މިއަދު ހެއްކެއްގެ ގޮތުގައި ހާޒިރު ކުރީ ޓުއަރިޒަމް މިނިސްޓްރީގެ ކުރީގެ ލީގަލް ހެޑް ފަސީހު ޒާހިރު އެވެ. އަދި އެރަށްކުއްޔަށް ދޫކުރުމުގައި ސައްޙަ ނޫން މުއާމަލާތް ހިންގިކަން ސާބިތު ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ހެކިވެރިޔާ އާއި ކުރި ސުވާލުތަކާ ގުޅިގެން އޭނާ ވަނީ ބައެއް ކަންކަން ހާމަކޮށްފައެވެ. އެގޮތުން ރަށެއް ކުއްޔަށް ދޫކުރާނަމަ، މިނިސްޓްރީއިން އެރަށެއް ކުއްޔަށް ދިނުމަށް އެދި ނިންމައި އެކަމުގެ ހުއްދައައަށް ރައީސް އޮފީހަށް ސިޓީއެއް ފޮނުވާކަން އޭނާ ފާހަގަކުރިއެވެ. އަދި ރަށެއް މީހަކަށް ދެވެނީ މިނިސްޓްރީގެ ދަފްތަރުގައި އެ ރަށް ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމުމުން ކަމަށް އޭނާ ބުނެދިނެވެ.

ހެކިވެރިޔާގެ މި ވާހަކަތަކާ ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކީލު އާދަމް ޝަމީމް އޭނާއާއި ގިނަ ސުވާލުތަކެއް ކުރެއްވިއެވެ.

އެގޮތުން ވ.އާރަށް ކުއްޔަށް ދިނުމުގައި ޓުއަރިޒަމް މިނިސްޓްރީއިން ރައީސް އޮފީހަށް ފޮނުވި ސިޓީއެއް ދުށިންތޯ ވަކީލު ޝަމީމް ހެކިވެރިޔާ އާއި ކުރި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ އެރަށް ކުއްޔަށް ދިން އިރު އޭނާ ހުރީ ޗުއްޓީގައި ކަމުގައެވެ. އެފަދަ އެއްވެސް ކަމެއް ނޭނގޭކަމަށް ހެކިވެރިޔާ ބުންޏެވެ.

ދެވަނަ ސުވާލެއްގެ ގޮތުގައި ޝަމީމް ކުރެއްވީ އާރަށް މިނިސްޓްރީގެ ދަފްތަރުގައި ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ގަރާރެއް ދުށިންތޯ އެވެ. ޖަވާބުގައި ހެކިވެރިޔާ ބުނީ ގަރާރެކޭ ބުނެ އެގޮތަށް މާނަކުރީ ރަށެއް ދަފްތަރުގައި ހިމެނުމަށް ކަނޑައަޅަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމާއި، އެކަމަކު އެފަދަ އެއްވެސް ލިޔުމެއް ނުވަތަ ނިންމުމެއް ނުދެކޭ ކަމުގައެވެ. 

ސަބަބެއްގެ ގޮތުގައި ދެންވެސް އޭނާ ފާހަގަކުރީ ޗުއްޓީގައި ހުރުމެވެ. ޗުއްޓީގެ ފަހުންވެސް އެފަދަ އެއްވެސް ލިޔެކިޔުމެއް ފެނުނުކަމެއްވެސް ނުވަތަ ނުފެންނަ ކަމެއްވެސް އޭނާ ނުބުނެއެވެ. އޭނާ ބުނީ އެފަދަ ހަނދާނެއް ނެތްކަމަށެވެ.

ތިންވަނަ ސުވާލެއްގެ ގޮތުގައި ވަކީލު ޝަމީމް އެއްސެވީ ބައެއް ރަށްރަށް ޓުއަރިޒަމްގެ ދަފްތަރަށް ނުލައި ރައީސުލްޖުމްހޫރިއްޔާ އެ ރަށްތައް ކުއްޔަށް ދޭން ނިންމިކަމަށް ހެކިވެރިޔާ ބުނެފައިވާތީ، އާރަށް ކުއްޔަށް ދިނީ މިނިސްޓްރީގެ ދަފްތަރަށް ލުމުގެ ކުރިންތޯ ނުވަތަ ފަހުންތޯ އެވެ. 

ފަސީޙު ޖަވާބު ދޭން އުޅެނިކޮށް ދައުލަތުން އިއުތިރާޒު ކުރުމަށްފަހު ބުނީ އާރަށާ ގުޅޭ އެއްވެސް މައުލޫމާތެއް ހެކިވެރިޔާއަށް ނޭނގޭކަމަށާއި، ހެކިވެރިޔާ ޗުއްޓީގައި ހުރިކަމަށް އޭނާ ބުނެފައިވާކަމުގައެވެ. އެއާއެކެ ޝަރީއަތުން ވަނީ ހެކިވެރިޔާއަށް ނޭނގޭ މައުލޫމާތެއްގެ ވާހަކަ ބުނާނީ ހެކިވެރިޔާ ކަމަށް ކަނޑައަޅައި ދައުލަތުގެ ވަކީލާ ހުއްޓުވާފައެވެ. 

އެއަށްފަހު ޝަރީއަތުން ވަކީލު ޝަމީމަށް ފުރުސަތު ދެއްވިއެވެ. އަދި ޝަމީމްގެ ސުވާލު ތަކުރާރު ކުރެއްވުމުން ފަސީޙު ބުނީ އޭނާ ދިގު މުއްދަތެއްގައި ޗުއްޓީގައި ހުރުމުން އާރަށާ ގުޅޭ އެއްވެސް ކަމެއް އެނގިފައި ނުވާކަމުގައެވެ.

މީގެ އިތުރުން އާރަށް ކުއްޔަށް ދިނުމުގައި ހިންގި ފައިސާގެ މުއާމަލާތާ ގުޅޭ އެއްވެސް ކަމެއް އެނގިފައި ނުވާ ކަމަށް ހެކިވެރިޔާ ބުނުމުން ދިފާއީ ވަކީލު ވަނީ އިތުރަށް ކުރާނެ ސުވާލެއް ނެތް ކަމަށް ވިދާޅުވެ ނިންމަލާފައެވެ. 

ޝަރީއަތުން ދައުލަތަށް އިތުރަށް ސުވާލުކުރުމަށް ފުރުސަތެއް ދިނުމުން ދައުލަތުގެ ވަކީލާވެސް ވިދާޅުވީ އިތުރަށް ދެން ކުރާނެ ސުވާލެއް ނެތްކަމުގައެވެ. ރައީސް ޔާމީނުގެ ކުށްސާބިތުކޮށް ދިނުމަށް އަދިވެސް އިތުރު ހެކިން ދައުލަތުން ހުށަހަޅާފައި ވުމާއިއެކު ދެން ހެކިބަސް ނެގުން އޮންނާނީ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 09:30 ގައިކަމަށް ހަމަޖެހިފައިވެއެވެ

Loading

2 Responses

  1. Adhives neyngey kankamah boa baanaa, meehunah hasadha verivias Mee dhen boduvaru, kameh neyngunas kameh nufenunas hasdhaverikan filuveythoa balaane

  2. ދެން މިހާރު އެންމެނަށްވެސް މިއެނގެނީ ޔާމީނުގެ މައްޗަށް ސަރުކާރުން އުފުލަމުން ގެންދާ ދައުވާތަކަކީ ރިޔާސީ ރޭހުގައި ބައިވެރިވެވުނަ ނުދިނުމަށް ކޯޓް ޙުކުމެއް ހޯދައި ޖަލަށް ލުންކަން. ރައީސްކަން 5 އަހަރު ކޮށްފައި ހުރި މީހަކު 1 މިލިއަށް ނުވަތަ 2 ލައްކަ ޑޮލަރުން މަނީ ލޯންޑަރ ނުވަތަ ވައްކަން ކުރޭތަ؟ ސޯލްޓްކެފާގައި ނިންމާ ޑީލްތަކަށްވެސް އެވެރުން ނުފުދޭއިރު ރައީސްމީހާ އަށް އެއީ ހައްޕުޑުދޯ. މިބުނީ ވައްކަން ކުރަން ނުވަތަ އެހެން ގޮތްގޮތުން ނުފޫޒްގެ ބޭނުން ކޮށްގެންވެސް ޖީބައްލާން ކުޑި އަދަދު ނޫންތޯ؟ ކޮބާތަ ރިކަވަރީ ކަމިޝަން؟ ކޮބާތަ ނަޝީދު ކޮށްކޮ ނާޒިމުގެ އެބުނާ މަސްބާނާ ގިރި؟ ލަދުން ބޯހަލާކުވެއްޖެއެވެ. އަދިވެސް ޔާމީނު ފަހަތުން ކުރީ ސަރުކާރޭގޮވަމުން ދުވޭ….

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް