ގައުމީ އެއަރލައިން ތިންވަނަ ފަހަރަށްވެސް ބަނގުރޫޓްވަނީ! 

Loading

Facebook
Twitter
WhatsApp

ދަ މޯލްޑިވިއަން، ޤައުމީ އެއަރލައިން އަނެއްކާވެސް ބަނޑުރޫޓުވުމާއި ކުރިމަތިލައިފާވާތީ ރައްޔަތުންގެ ކަންބޮޑުވުން މިއަދުވެސް މަޖިލިސްއަށް ހުށަހެޅުނެވެ. މީއީ މި މައްސަލަ މަޖިލީހުގައި ބަހުޝްކުރުމަށް ހުށަހެޅުނު ދެވަނަ ފަހަރެވެ. ކުރީގެ ހުށަހެޅުންވެސް ބަލައިނުގަނެ މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ. 

ހަމަ އެހެންމެ މިއަދު މަޖްލިހަށް ހުށަހެޅި ދެވަނަ މައްސަލަވެސް މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލީއެވެ. މީގެ ކުރިން ދެފަހަރުމަތިންވެސް ދިވެހި އެއަރލައިން ވަނީ ބަނގުރޫޓްވެ ބޮޑެތިދަރަނި ތަކެއް ބޭރުގެ ކުންފުނިތަކަށް ދައްކަން ޖެހިފައެވެ.މިގޮތުން މެލޭޝިއަން އެއަރލައިންސް އިން ޗާރޓަރކޮށްގެން ދުއްވި ބޯޓްފަހަރުތަކުގެ ކުއްޔަށް ދޭންޖެހޭ އެތަކެއް މިލިއަން ޑޮލަރއެއް މެލޭޝިއާއިން ވަނީ މަޢާފުވެސް ކޮށްދީފައެވެ.

މިހާރު އައިލެންޑް އޭވިއޭޝަން ސާވިސް އަށް އަނެއްކާވެސް މާލީ ޙާލަތު ސީރިއަސް ވުމުގެ ސަބަބުން އެ ކުންފުނިން ހިންގާ ދިވެހިންގެ ޤައުމީ އެއަރލައިން “ މޯލްޑިވިއަން“ ގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު އަނެއްކާވެސް ކުއްލި މައްސަލައެއްހުށަހެޅުނެއެވެ.  

މިއަދުގެ މިމައްސަލަ ދެވަނަ ފަހަރަށްވެސް މަޖިލީހަށް ހުށަހަޅާފައިވަނީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ. އެހެން ނަމަވެސް މިއަދު ހުށަހެޅުންވެސް ބަހުސް ކުރުމެެއްނެތި، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްލާފައެވެ.

މިއަދު މަޖްލިހުގެ ތަޅަމުގައި މި މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 19 މެންބަރުންނެވެ. ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ އެންމެ 8 މެންބަރުންނެވެ.

މިއަދުގެ މި މަސްއަލަ ވެސް ހުށަހެޅުނީ ކުރިން ހުށަހެޅި މައްސަލަ ފަދައިން، އައިލެންޑް އޭވިއޭޝަނަށް 2020 ވަނަ އަހަރުގައި 400 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ހާމަވެ، މިދިޔަ އަހަރުވެސް އެ ކުންފުންޏަށް 159 މިލިއަން ރުފިޔާގެ ގެއްލުންވެ، މިއިން ޒަމާނަކުވެސްމިކުންފުނި ދަރަނިވެރި ނުވާވަރަށް ދަރަނިވެރިވެފައިވާ ކަމަށްފާހަގަކޮށެވެ.

މިގޮތުން، މިހާރުވެސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހަކު މިނިސްޓްރީން 15 އާއި 18 މިލިއަން ރުފިޔާ އާއި ދެމެދު ލޯނު ނަގައިގެން ކަމަށް މި މަސްއަލާގައިވެސް ފާހަގަ ކޮށްފައިވެއެވެ.  

އަދި އެކުންފުނީގެ ޙާލަތު މިހާ ދަށުދަރަހަޖައަކަަށް ވެއްޓިފައި އޮތުމުން މޯލްޑިވިއަންގެ ބޯޓުތައް އުދުހުމުގައި ޓެކްނިކަލް ގޮތުން އެބޯޓު ތަކުގައި ހުންނަންޖެހޭ ބައިނަލްއަގްވާމީ މިންގަނޑުތައްކަށްޓެކްނިކަލް ކަންތައްތައް ފުރިހަމަވެފައި ހުންނަން ޖެހޭނެ ކަމަށްވެސް މި މިއަދު މި ހުށަހެޅުނު ކުއްލި މަސްއަލާގައިވެސްމެންބަރުންގެ ސަމާލުކަމަށް ގެނަސްފައިވެއެވެ. ނަމަވެސް ރައްޔަތުންގެ މިފަދަ ކަންބޮޑުވުންތައް މަޖިލީހުގައި ބަހުސްކޮށްލެވޭގޮތް ވަނީ ނުވެފައެވެ.

Loading

2 Responses

  1. ކޮންއިރަކު ބަނގުރޫޓުނުވެއޮތީ… ފެށުމުގައިވެސް އޮތީ ބަނގުރޫޓުވެފާ. މޯލްޑިވިއަންގެ ދަތުރުތައް ރާއްޖޭން ބޭރަށް ފަށައިގަތް ދުވަސްވަރު އިކޮނޮމީ ކްލާހުން ދަތުރުކުރާ ފަސިންޖަރުންނަށްވެސް ދެމުންގެންދިޔައީ 5 ތަރި ހޮޓެލްގެ ކެއުން. ނަސީބުރަނގަޅުކަމުން ދުނިޔޭގައި އުދުހޭ ވަރަށްގިނަ އެއަރލައިން ތަކުގައި އުމުރުން އެންމެ ވިއްސަކަށް އަހަރުއްސުރެން ގިނަގިނަ ދަތުރުތަކެއް ކުރުމުގެ ފުރުސަތު ލިބިފައި އޮތުމާއެކު އަޅުގަނޑު އޭރުވެސް ހިތަށްއެރި މިއީ މިކަންކުރެވިދާނެގޮތެއްބާވައޭ. ފަހުން ފެނިގެންދިޔައީ ބިޒްނަސްކުލާހުގައިވެސް ހަމައެކަނި ތަށި ބަދަލުވަމުންދިޔަތަން. ލިބެނީ ގާތްގަނޑަކަށް ހަމައެކައްޗެއް. އިތުރަށް ފެންތައްޓަކާ ޖޫސްތައްޓެއް ލިބޭ.

  2. ކޮންއިރަކު ބަނގުރޫޓުނުވެއޮތީ… ފެށުމުގައިވެސް އޮތީ ބަނގުރޫޓުވެފާ. މޯލްޑިވިއަންގެ ދަތުރުތައް ރާއްޖޭން ބޭރަށް ފަށައިގަތް ދުވަސްވަރު އިކޮނޮމީ ކްލާހުން ދަތުރުކުރާ ފަސިންޖަރުންނަށްވެސް ދެމުންގެންދިޔައީ 5 ތަރި ހޮޓެލްގެ ކެއުން. ނަސީބުރަނގަޅުކަމުން ދުނިޔޭގައި އުދުހޭ ވަރަށްގިނަ އެއަރލައިން ތަކުގައި އުމުރުން އެންމެ ވިއްސަކަށް އަހަރުއްސުރެން ގިނަގިނަ ދަތުރުތަކެއް ކުރުމުގެ ފުރުސަތު ލިބިފައި އޮތުމާއެކު އަޅުގަނޑު އޭރުވެސް ހިތަށްއެރި މިއީ މިކަންކުރެވިދާނެގޮތެއްބާވައޭ. ފަހުން ފެނިގެންދިޔައީ ބިޒްނަސްކުލާހުގައިވެސް ހަމައެކަނި ތަށި ބަދަލުވަމުންދިޔަތަން. ލިބެނީ އިކޮނޮމީކްލާހިގައިވެސްލިބޭ ވައްތަރެއްގެ ޕާނެއް. ގާތްގަނޑަކަށް ހަމައެކައްޗެއް. އިތުރަށް ފެންތައްޓަކާ ޖޫސްތައްޓެއް ލިބޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް