އައްޑޫ ސިޓީ ހިތަދޫން 500 ގޯތި ދޫކުރަން ނިންމައިފި

އައްޑޫސިޓީ ހިތަދޫން 500 ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން މިކަމަށް ފުރުސަތު ހުޅުވައިލީ ރޭ ވަރަށް ދަންވި ފަހުން ކުރި އިއުލާނެއްގައެވެ. އެ އިއުލާނުގައި ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫން 1500 އަކަފޫޓްގެ 500 ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. ކެޓަގަރީ A ޚާއްސަކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ އަވަށުގެ ރައްޔިތުންނަށެވެ. އެއީ 450 ގޯއްޗެވެ. ކެޓަގަރީ B ޚާއްސަކޮށްފައިވަނީ ހިތަދޫ ފިޔަވައި […]

އެވެރިން ގެންގުޅުއްވާ “ފޯމިއުލާ“ ވަރަށް ސާފު

“ރައްޔިތުންގެ މަޖިލީހުގެ ފަސް އިންތިޚާބު ކާމިޔާބުކޮށްފިން. ރިޔާސީ އެއް އިންތިޚާބު ކާމިޔާބުކޮށްފިން. އިންތިޚާބު ކާމިޔާބު ކުރާ ފޯމިއުލާ, ރައްޔިތުންގެ ވޯޓު ހޯދާނެ ގޮތް އަޅުގަނޑަށް ވަރަށް ސާފު.“ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން އެމްޑީޕީގެ މައި ހަރުގޭގައި މި މަހުގެ ހަތަރުވަނަ ދުވަހުގެރޭ “ކުރިއަށް އިބޫ2023“ ނަމުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ […]

މާދަމާ ރައީސް ސޯލިޙް އައްޑޫއަށް 

ދެވަނަ ދައުރަކަށް ވެރިކަން ހޯއްދެވުމަށްޓަކާ އެމްޑީޕީ ގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ހިންގަވާ ކެމްޕޭން ދަތުރުފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް މާދަމާ އައްޑު އަށް ވަޑައިގަންނަވާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ފޭދޫ ސްކޫލްގެ 50 ވަނަ އަހަރީ ދުވަހުގެ ޙާއްސަ ރަސްމިއްޔާތަކާއި ގުޅުވައިގެން ކުރައްވާ ދަތުރުފުޅެކެވެ. އެ މަނިކުފާން އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ. އައްޑު އަށް މިކުރައްވާ ދަތުރުފުޅުގައި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑު ލޯ […]

ފައިސާ ޗާޕު ކޮށްގެންވެސް އިތުރަށް ދެރީ ރައްޔިތުން

ފައިސާ ޗާޕުކުރަމުން ގޮސް އިތުރަށް ދަރަނިވެރިވީ ރައްޔިތުމީހާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްވެސް ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވެފައި ވަނީ ޑޮލަރުގެ ތާށިކަމާއި ގުޅިގެން ފޮނުންވި މެސެޖެއްގައެވެ. އެމް.ޕީ ޝިޔަމު ވިދާޅުވީ ޑޮލަރުގެ ތާށިކަން އުޅޭތީ އެމް.އެމް.އޭ އަދި ބީ.އެމް.އެލް އަށް ގޮސް ވާހަކަ ދެއްކެވި ކަމަށެވެ. ”ގަވަރުނަރުވެސް މިހާރު ހީވަނީ ނަރަކަށް ބާރުކޮށްލާފަހުރިހެން. ކަންއޮތްގޮތް ހާމަކުރައްވަން ޖެހިލުންވެ ވަޑައިގެން ހުންނެވީ. މިއީ ރާއަޖެއިން ބޭރުގައި ދިރިއުޅޭ އެތައް ސަތޭކަ ދަރިވަރަކަށް ދެވޭ އަނިޔާއެއް.“ ކަމަށް ސިފަކުރެއްވިއެވެ. މީގެއިތުރުން ކޮވިޑްގެ ކުރީގެ ޙާލަތަށް ރާއްޖޭގެ އިގްތިސާދު ގެނެވިފައި ވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައެވެ. ސުވާލަކީ އެހެންކަމަށް […]

ވަގު ހަދައިގެން މޮޅެއް ނުވެވޭނެ – ނަޝީދު

އެމ.ްޑީ.ޕީ.ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް އަކަށް ވަގު ހަދައިގެން އިންތިޚާބުތަކުން މޮޅެއް ނުވެވޭނެ ކަމަށެވެ. މިމަހު 28 ގައި    އޮންނަ ޕާޓީގެ ޕްރައިމަރީގައި ޕާޓީގެ ފަރާތުން ވާދަކުރަށްވާ ދެކެންޑިޓޭޓުންނަކީ އެޕާޓީގެ މިހާރުގެވެސް ރައީސް ނަޝީދު އާއި ގައުމުގެ ރައީސް އިބްރާހިމް އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މާފަންނު ބޮނޑިބަތް ޕާކުގައި ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ގިނަ އަދަދެއްގެ މެމްބަރުން ވަކިކޮށްފައިވަނީ އެ މެމްބަރުން އެހެން ޕާޓީތަކުގައި ތިބުމުންކަމަށް އެމްޑީޕީގެ […]

ކެންޑިޑޭޓް 1 ނަޝީދު  ނަންބަރު 2 އިބްރާހީމް

MDP Party presidential candidate election

 ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެނޑިޑޭޓުންގެ ނަންބަރު އާންމުކޮށްފިއެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަށް ލިބިވަޑައިގެންފައި ވަނީ ކެނޑިޑޭޓް ނަންބަރު 1 އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އަށް ލިބިވަޑައިގެންފައި ވަނީ ކެނޑިޑޭޓް ނަންބަރު 2 އެވެ. ނިޒާމުގެ ބަޙުސްއާއެކު އެމްޑީޕީ ގައި ވަނީ ރައީސް އިބްރާހިމް ފެކްޝަނަކާއި ރައީސް ނަޝީދުގެ ފްކްޝަނެއް އުފެދިފައެވެ. ދެބޭފުޅުންގެ ތެރެއިން ނަޝީދު، ފާޅުގައި ސަރުކާރާއި ސޯލިހަށް ބަހުގެ ޙަމަލާތައް ދެމުން ގެންދަވާ އިރު […]

އެންމެ ބޮޑެތި މުލުވަގުން ތިބީ ޑީލްހެދިގެން ގޭގައި : މުޢިއްޒު

ކުރީގެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވީ އެމް.އެމް.ޕީ.އާރް.ސީ ގެ ޚިޔާނާތުގެ މުލު ވަގުން ތިބީ ގޭގައިކަމަށާއި އެމީހުންނަށް ކުރިވިފައިވާ ޝަރުޢީ ޙުކުމަށް ސަރުކާރުންވަނީ ގޮންޖައްސަވާފައި ކަމަށެވެ. މިއީ ކަންބޮޑުވާން ޖެހޭމައްސަލައެއް ކަމާއި އެފަދަ މުލުވަގުން ޑީލްއެއްގެ ދަށުން ގޭގައި ތިބުމަކީ ޝަރުޢީނިޒާމްގެ ޙުރުމަތް ކަނޑާލުން ކަމަށް ބެލެވިދާނެކަމަށެވެ. މުޢިއްޒު މިމޭރުމުން ވިދާޅުވެފައި މިވަނީ ވ.އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް 11 އަހަރަށް ޖަލަށް ލުމަށާއި ހަމަ އެ މައްސަލައިގައި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް 3 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު […]

ޔާމީންގެ ސިޔާސީ ކުރިމަގާ ގުޅިފައިވާ ޙުކުމަށް އޮތީ 48 ގަޑިއިރު!

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވާ ވ.އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ޙުކުމު ކުރެއްވުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސް އަންނަ އާދިއްތަ ދުވަހަށް މިވަނީ ތާވަލުކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީއާއި އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް ޓޫރިސްޓު ރިޒޯޓު ތަރައްޤީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ ތެރެއިން އޭރުގެ ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑަރ ކުރެއްވިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލައިގައި ރައްޔިތުންގެ […]

އަންހެނަކު އޭނާގެ ބޭބޭއަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭ ގެއެއްގައި މިއަދު ހިނގި ހަމަނުޖެހުމެއްގައި އަންހެނަކު އޭނާގެ ބޭބެއަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ ހެންވޭރު ގެއެއްގެތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ފިރިހެނަކަށް ޙަމަލާ ދީފައިވާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު 12:21 ހާއިރު ކަމަށެވެ. މާރާމާރީގައި އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި ފުލުހުންގެބެލުމުގެ ދަށަށް ގެންދިޔައީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. “މި މާރާމާރީގައި ޒަޚަމްވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން.“ ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވެއެވެ. މިހާތަނަށް ބެލިބެލުމުން މިއީ […]

އިންޑިއާއިން ނަގަމުން ގެންދާ ލޯންތަކުގެ އެއްވެސް މަޢުލޫމާތެއް ނޭނގޭ – ގަވަރުނަރު

މިރޭ ޕީޕީއެމް ޕީއެންސީއިން ރާއްޖޭގެ މައި ފައިނޭންސް މަރުކަޒު އެމް.އެމް. އޭ ކުރިމަތިން ލައިވްކުރި ނިއުސްކޮންފަރެންސްގައި ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ނަގަމުންގެންދާ ލޯންތަކާއި އެހެނިހެން ބައެއް އެނހީތަކުގެ އެއްވެސް މަޢުލޫމާތެއް ގަވަރުނަރު ޢަލީ ޙާޝިމް އަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެގޮތުން އެފަދަ ބޮޑެތި ލޯންތައް ނެގިފައިވާ އިންޓަރެސްޓް ރޭޓެއްވެސް އެނގިވަޑައި ނުގަންނަވާ ކަމަށާއި އަދި ދައްކަން ޖެހޭނެ މުއްދަތެއް ދެއްކޭނެ ނިޒާމެއްގެވެސް އެއްވެސް ކަމެއް ގަވަރުނަރ އާއި ސަރުކާރުން ޙިއްސާކޮށްފާ ނުވާކަމަށް ޢަބުދުއްރަހީމް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު މީޑިއާއަށް ވިދާޅުވެ ދެއްވިއެވެ. މިހެންކަމުން މިހާރު ދިވެހިރާއްޖޭގެ […]