ނޭޕާލްގައި އެއްދުވަހުގެ ތެރޭގައި ކޮވިޑްގެ އެގާރަހާސް މަރު

ނޭޕާލްގައިވެސް ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އަންގާރަ ދުވަހު އެކަނިވެސް 10,258 އައު ކޭސް ރިކޯޑް ކުރެވިފައިވާ ކަމަށް އެގަމުގެ ރަސްމީ ހިސާބު ތަކުން ދައްކައިފި އެވެ. އަދި މި އަދަދު ޖަނަވަރީ މަސްނިމޭއިރު ދެގުނަ އަށް އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައި ވެއެވެ. ދިހަހާހަށްވުރެ ގިނަ މީހުންނަށް އަލަށް ކޮވިޑް ޖެހިފައިވާއިރު ކޮވިޑްބަލީގައި އަންގާރަ ދުވަހު އެކަނި 11,624 މީހުން މަރުވެފައިވެސް ވެއެވެ. ނޭޕާލްގައި ކުރިން އެއްދުވަހު އެންމެ ގިނައިން ކޮވިޑްބަލީގައި މީހުން […]

ފައިވް ޖީގެ ޚިދުމަތާއެކު މަތިންދާ ބޯޓު ދަތުރު ތަކަށް ނުރައްކަލެއް އެބައޮތްތަ؟

މޯބައިލް ފޯނުގެ ފައިވް ޖީގެ ޚިދުމަތް ދޭން ފެށުމާއެކު މަތިންދާބޯޓު ދަތުރުތަކަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ބުނެ އެމެރިކާގެ އެންމެ ބޮޑު ދިހަ އެއާލައިނަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ފައިވް ޖީގެ ޚިދުމަތާއެކު އެތައް ހާސް ބޯޓެއްގެ ދަތުރު ލަސްކުރަން ޖެހި އަދި ގިނަ އަދަދެއްގެ ބޯޓުތަކަށް އުދުހުމުގެ ފުރުސަތު ނުލިބި ދިއުން ގާތެވެ. ފައިވް ޖީގެ ޚިދުމަތަކީ މައިގަޑު ގޮތެއްގައި ރޭޑިއޯ ސިގްނަލްއަށް ބިނާވެގެންވާ ޚިދުމަތަކަށް […]

އިންޑޮނީޝިޔާގެ ވެރިރަށް ބަދަލު ކޮށްފި

އިންޑޮނީޝިޔާގެ ވެރިރަށް ބަދަލުކޮށްފައިވާކަމަށާއި އައު ވެރިރަށުގެ ނަމަކީ ނުސަންތަރާ ކަމަށް އެގަމުން އަންގާރަ ދުވަހު އިއުލާން ކޮށްފިއެވެ. މިކަން ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވެސް ފާސް ކޮށްފައެވެ. މިފަދަ ބަދަލެއް ގެންނަން އެގައުމުން ނިންމާފައި ވަނީ ކުރިން ވެރިކަން ކުރަމުން އައި ރަށް ޖަކާޓާގެ ބިންގަޑު ވަރަށް ބޮޑަށް އަޑިޔަށް ދާކަމަށް ފާހަގަ ކުރެވިފައިވާތީ އެވެ. މީގެ އިތުރުން ވައިނުސާފުވުމުގެ މައްސަލައާއި ޓްރެފިކް ތޮއްޖެހުން ވެސް ޖަކާޓާއަށް ކުރިމަތިވެފައިވާ މައިގަޑު މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ. […]

އިނގިރޭސި ވިލާތަށް އަނެއްކާވެސް އައު ބޮޑު ވަޒީރެއް؟

އިގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން މަގާމުން އިސްތިއުފާދެއްވުމަށް ގޮވާލާ ފަރާތްތަކުގެ އަޑުގަދަވެ، މި ހަފުތާ ބަންދު ނިމޭއިރު އައު ބޮޑުވަޒީރެއް ލިބުން ގާތްކަމަށް ނޫސްރިޕޯޓްތައް ބުނަން ފަށައިފިއެވެ. ސަޕޯޓަރުން ޖޯންސަންއާ ދުރަށް ދާން ފަށާފައި ވަނީ ގައުމުގައި އިއުލާން ކުރެވޭ އާންމު ގަވާއިދުތަކާއި އުސޫލުތަކަށް އޭނާ ތަބާވެ ވަޑައިނުގަންނަވާ ކަމަށް ބުނެއެވެ . މިގޮތުން ޕްރިންސް ފިލިޕް އަވަހާރަވުން ފަދަ ގައުމީ ހިތާމައިގެ ދަނޑިވަޅުގައި ވެސް ބޮޑު ވަޒީރުގެ ގަޑުވަރުގައި ޕާޓީ ކުރިކަން ހާމަވެ ބޮޑުވަޒީރު މިހާރު […]

ހިޔާ ފްލެޓަކީ ހަމަ ހިޔަލެއްތަ؟

ސޯޝަލް ހައުސިންގެ ދަށުން ގިނަ ބަޔަކަށް އެއްފަހަރާ ހިޔާވަހިކަން ފޯރުކޮށް ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ފެއްޓެވި ހިޔާ މަޝްރޫޢުގެ ދަށުން އެޅި ހަތްހާހެއްހާ ފްލެޓް މިހާރު ވަނީ ކާމިޔާބު ކުރި ފަރާތްތަކަށް ދޫކޮށް އަދި ގިނަ ފްލެޓް ތަކުގައި މިހާރު ވަނީ މީހުން ދިރިއުޅެން ފަށާފައެވެ. ހިޔާ މަޝްރޫޢުގެ މަގުސަދު ކިތަންމެ މާތްވެފައި ނިޔަތް ސާފުނަމަވެސް މި ފްލެޓްތަކަކީ ހަގީގީ ހިޔަލެއްތޯ ބައެއް ފަރާތްކުން ސުވާލު އުފައްދައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ މިތަނުން ތަނުގެ […]

ނަރެންދުރަ މޯދީގެ ބީޖޭޕީ ރޫޅެނީތަ؟

އިންޑިޔާގެ ސިޔާސީ ހަރަކާތުގައި މުހިންމު ސްޓޭޓް އެއްކަމަށްވާ އުއްތަރު ޕްރަދޭޝްގައި ބާއްވަން ތައްޔާރުވެފައިވާ މުހިންމު އިންތިޚާބެއްގެ ކުރިން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަންކުރާ މައި ޕާޓީ ބަރާތިޔާ ޖަނަތާ ޕާޓީ، ބީޖޭޕީން ތިން މިނިސްޓަރުން ހިމެނޭ ގޮތުން މުހިންމު އަށް މެމްބަރުން ޕާޓީ ދޫކޮށްލައްވައިފިއެވެ. މި އަށް މެމްބަރުން ނަކީ ވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނެވެ. ބީޖޭޕީ ދޫކުރެއްވި ގިނަ މެމްބަރުން މިހާރު ވަނީ އިދިކޮޅު މައި ޕާޓީ ސަމާޖްވާދީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ބީޖޭޕީން ވަކިވެވަޑައިގެންނެވި […]

ގުދަންތައް ރަނަށް

  ދުނިޔޭގައި މިވަގުތު އެންމެ އަގުބޮޑު މުދަލަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ވިދާ ބަބުޅާ ރަންރިއްސާއި ޖަވާހިރު ނުވަތަ ލަގްޒަރީ ހިފައިގެންގުޅޭ ފަދަ އެއްޗެއްނޫނެވެ. އެއީ މުދާ ގުދަން ކުރެވޭ ގޮތަށް ހުންނަ ގުދަން ޖާގަ ތަކެވެ. މައިގަޑު ގޮތެއްގައި މިބަދަލު އައިސްފައި ވަނީ ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ނުރައްކާތެރި ބައްޔާ ގުޅިގެން ގޭގައި ތިބެ އޮންލައިންކޮށް ވިޔަފާރި ކުރުން ވަރަށް ވެސް ބޮޑުތަނުން އިތުރު ވެފައިވާތީ ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކުން މުދާ ބެހެއްޓުމަށް […]

ހަނދާންނެތޭ ބަލި ޖެހޭ މީހުންގެ އަދަދު ކުރިޔަށް އޮތް ތިރީހަކަށް އަހަރު ތެރޭގައި ތިންގުނައަށް އިތުރު ވެދާނެ

ޔުނިވަރސިޓީ އޮފް ވޮޝިންގ ޓަންގެ ހެލްތު އިންސްޓިއުޓްއެއްގެ މާހިރުންގެ ގްރޫޕަކުން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި ދުނިޔޭގައި ހަނދާންނެތޭ ބަލި ނުވަތަ ޑިމެންޝިއާ ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށާއި މި އަދަދު، ދެހާސް ފަންސާސްވަނަ އަހަރު އަންނަންވާއިރު 153 މިލިއަނަށް ވުރެ މަތިވެދާނެ ކަމަށް ދައްކައިފި އެވެ. 2019 ވަނަ އަހަރު މިއަދަދު ހުރީ 57 މިލިއަންގައެވެ. ލާންސެޓް ޕަބްލިކް ހެލްތު ޖާރނަލްގައި ޕަބްލިޝް ކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން ހަނދާން […]

އޮމިކްރޮން ވޭރިއަންޓް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޔޫރަޕްގެ ދެބައިކުޅަ އެއްބަޔަށް ފެތުރިދާނެ

ކޮވިޑް-19ގެ އަލަށް ފެތުރެން ފަށާފައިވާ ވޭރިއަންޓް ކުރިޔަށް އޮތް ހައެއްކަ ހަފުތާ ތެރޭގައި މުޅި ޔޫރަޕްގެ ދެބައިކުޅަ އެއްބަޔަށް ފެތުރުމުގެ ފުރުސަތު އެބައޮތްކަމަށް ބުނެ ޑަބްލިއު އެޗްއޯ އިން އެކަމުގެ އިންޒާރު ނެރެފިއެވެ.  ޑަބްލިއު އެޗް އޯގެ އިސް އޮފިޝަލް ޑޮކްޓަރ ހާންސް ކްލޫޖް މިފަދަ އިންޒާރެއް ނެރުއްވާފައި ވަނީ ސިއޭޓްލްގެ އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސްއިން ކޮށްފައިވާ ފޯކާސްޓްއަކަށް ނިސްބަތް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިވަގުތު ދަނީ ޔޫރަޕްގެ ހުޅަނގު ފަޅިން އިރުމައްޗަށް ބަލި ފެތުރުމުގެ […]

އޫރެއްގެ ހިތް އިންސާނެއްގެ ހަށިގަނޑަށް ލައިފި

ޖެނެޓިކު ބަދަލުތައް ގެނެސްފައިވާ އޫރެއްގެ ހިތް އިންސާނަކަށް ލައްވައިގެން އެމެރިކާގައި ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ. މި އޮޕަރޭޝަންގައި ހިތް ބަދަލު ކޮށްފައި ވަނީ ޑޭވިޑް ބެނެޓް ކިޔާ އުމުރުން 57 އަހަރުގެ އެމެރިކާގެ ރައްޔިތެކެވެ. އޭނާގެ ޑޮކްޓަރުންނާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި އޮޕަރޭޝަން ކުރިތާ ތިންދުވަސްވެފައިވާ އިރު އޭނާގެ ހާލު ރަނގަޅެވެ. އޫރެއްގެ ހިތް ލެއްވުމަށް ނިންމީ ބެނެޓްގެ ފުރާނަ ސަލާމަތް ކުރުމަށް އެނޫން ގޮތެއް ނެތިގެން ކަމަށް އޮޕަރޭޝަން ކުރި ޔުނިވަރސިޓީ އޮފް […]