ނެޓްފްލިކްސްއަށް އިންޑިޔާގައި ކާމިޔާބު ނުހޯދެނީ ކީއްވެގެން؟

ވީޑިއޯ އަދި ފިލްމް ސްޓްރީމް ކުރުމުގެ މަސައްކަތުގައި މުޅި ދުނިޔޭގައި ވެސް އެންމެ ކުރީގައި އުޅޭ ”ނެޓް ފްލިކްސް“ އިން މީގެ ތިން އަހަރު ކުރިން އުންމީދު ކުރި ގޮތުގައި ތިން އަހަރުތެރޭ އިންޑިޔާ އިން އެމީހުންނަށް 100 މިލިއަން ސަބްސްކްރައިބާސް ލިބޭނެއެވެ. ނަމަވެސް މިއަދު ސީއީއޯ ރީޑް ހޭސްޓިންގްސް އަދިވެސް ހުރީ އޭރު އުންމީދުކުރި ލަނޑުދަނޑި ހާސިލު ނުވާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުމުގައެވެ. ދެން ސުވާލަކީ ނެޓްފްލިކްސްގެ ލަނޑުދަޑި އިންޑިޔާގައި ހާސިލު ނުވަނީ ކީއްވެ ހެއްޔެވެ؟ […]
ބަންގްލާދޭޝްގެ ހޮސްޕިޓަލަކަށް އެންމެ ފުރިހަމަ އައު އިމާރާތުގެ އިނާމު ލިބިއްޖެ

ބަންގްލާދޭޝްގެ ރަށްފުށުގެ ހިސާބެއްގައި އަލަށް އިމާރާތް ކުރި ހޮސްޕިޓަލަކަށް އެންމެ ފުރިހަމަ އައު އިމާރާތުގެ އިނާމު ލިބިއްޖެ އެވެ. ކަނޑުގެ ލޮނުގަޑު އުފުލުމުން ކުރާ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ އަދި ތޫފާންތައް ވެސް ގިނައިން އަރާ ސަރަހައްދެއްކަމަށްވާ ސަކައިރާ ޑިސްޓްރިކްޓްގައި ބިނާކޮށްފައިވާ ފްރެންޑްޝިޕް ހޮސްޕިޓަލަށް ޝަރަފްވެރި ”ރީބާ އިންޓަރނޭޝަނަލް ޕްރައިސް“ ލިބުނުކަން އިއުލާން ކޮށްފައި ވަނީ ނިމުނު ހަފުތާގައެވެ. އިނާމު އިންތިޒާމުކުރާ ފަރާތް، ރޯޔަލް އިންސްޓިޓިއުޓް އޮފް ބްރިޓިޝް އާކިޓެކްޓްސް އިން […]
ޔޫކްރޭންގެ ސަރަހައްދީ އިމުގެ މައްސަލަ ހައްލުކުރުމަށް އިގިރޭސިވިލާތުން އައު ޑިޕްލޮމެޓިކް މަސައްކަތްތަކެއް ފަށަނީ

ޔުކްރޭންގެ ސަރަހައްދީ މައްސަލައިގެ ތެރެއަށް އިނގިރޭސިވިލާތުން ވެސް ވަދެ އިތުރު ޑިޕްލޮމެޓިކް މަސައްކަތްތަކެއް ފަށަން ގަސްތުކުރާކަން އެގައުމުން އިއުލާން ކޮށްފިއެވެ. މިގޮތުން ބޮޑުވަޒީރު ބޮރިސް ޖޯންސަން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއަށް ފޯނުން ގުޅުއްވައި ކުރައްވާ މަޝްވަރާތަކުގެ އިތުރުން ބޮރިސް ޖޯންސަން އިރުމަތީ ޔޫރަޕްއަށް ދަތުރު ފުޅުތަކެއް ކުރައްވަން ގަސްތު ކުރައްވާކަން ވެސް ބޮޑުވަޒީރުގެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ. އަދި ޕުޓިން އާއެކު ބާއްވަވާ ވާހަކަފުޅުތަކުގައި ރަޝިޔާއިން ފަހަތަށް ޖެހި ޑިޕްލޮމެޓިކް އުސޫލުތައް އިސްކުރުމުގެ މުހިންމު ކަމުގެ […]
ކެނެޑާ-އެމެރިކާ ގުޅޭ ސަރަހައްދީ ރޮގު ފައިމަގުގައި ހުރަސް ކުރަން އުޅުނު އިންޑިޔާގެ ބަޔަކު މަރުވެއްޖެ

ކެނެޑާ-އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގު ފައިމަގުގައި ހުރަސް ކުރަން އުޅުނު އިންޑިޔާގެ ހަތަރު މެމްބަރުންގެ އާއިލާއެއް މަރުވެފައި ތިއްބާ ފެނިއްޖެ އެވެ. އުމުރުން ތިރީސް ނުވަ އަހަރުގެ ޖަގްދީޝް ޕަޓޭލް އާއި އޭނާގެ އަންހެނުން އުމުރުން ތިރީސް ހަތްއަހަރުގެވައިޗާބަން ޕަޓޭލްގެ އިތުރުން އެމީހުންގެ ، އުމުރުން އެގާރަ އަހަރާ ތިންއަހަރުގެ ކުޑަ ދެދަރިން، ދެގައުމު ގުޅުވާދޭ ސަރަހައްދީ ރޮނގު ކައިރީ ހުސް ބިމެއްގައި މަރުވެފައި ތިއްބާ ފެނިފައި ވަނީ މިދިޔަ ހަފުތާގައެވެ. ނަމަވެސް އެމީހުންގެ މައުލޫމާތު ރަސްމީ […]
ރޮކެޓެއް ހަނދަށް ވެއްޓެނީ

މަހުޖަނު އެލޯން މަސްކުގެ ސްޕޭސް އިދާރާ ސްޕޭސް އެކްސް އިން ޖައްވަށް ދޫކޮށްފައިވާ ރޮކެޓެއްގެ މިސްރާބު ހުރިގޮތުން ހަނދުގައި ޖެހެންދާކަމަށް ޚަބަރު ލިބިއްޖެއެވެ. ހަނދުގައި ޖެހުމަށްފަހު ނުވަތަ ހަނދަށް ވެއްޓުމަށްފަހު ރޮކެޓް ގޮވާނީ ކަމަށާއި މިކަމުން ހަނދަށާއި ހަނދުގެ ވެއްޓަށް މާބޮޑު ގެއްލުމެއް ނުލިބޭނެކަމަށް މާހިރުން ބުނެފައިވެއެވެ. މިރޮކެޓް ހަނދަށް ވެއްޓޭނެ ކަމަށް ބެލެވެނީ ފެބުރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގައެވެ. ފެލްކަން 9 ބޫސްޓަރގެ ނަމުން ނަންދީފައިވާ ރޮކެޓް ހަނދަށް ފޮނުވާފައި ވަނީ 2015 ވަނަ އަހަރުއެވެ. […]
ސައުދީ-ތައިލޭންޑް ގުޅުން އިހު އޮތްގޮތަށް ރުޖޫއަ ކުރެވިއްޖެ

ސައޫދީ އަރަބިޔާއަށް މަސައްކަތް ކުރަން ގޮސްހުރި ތައިލޭންޑް މީހަކު ސައޫދީ ޝާހީ ގަޑުވަރަކުން މީގެ ތިރީސް އަހަރު ކުރިން ގިނަ އަދަދެއްގެ އަގުބޮޑު ގަހަނާތަކަކާ ޖަވާހިރު ވަގަށް ނެގުމާގުޅިގެން ދެގައުމުގެ ދެމެދު އޮތް ގުޅުންތައް ކެޑިފައި އޮތުމަށްފަހު ޚާރިޖީ ގުޅުންތައް އަލުން ގާއިމު ކުރުމަށް ނިންމައިފިއެވެ. މިކަމަށް އެއްބަސް ވެފައިވަނީ ތައިލޭންޑްގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އުޗާ ސައޫދީ އަރަބިޔާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭންނެވެ. މިދަތުރުފުޅުގައ ބޮޑުވަޒީރު ޕްރަޔުތު ޗަން އުޗާ ވަނީ ސައޫދީ ވަލީޢަހްދު މުޙައްމަދު […]
ކޮވިޑް-19 ވެކްސިން ނުޖަހާ ހުރުމުގެ ސަބަބުން ހިތް ބަދަލު ކޮށް ނުދިން

އެމެރިކާގެ ބޮސްޓަންގައި ހިތްބަދަލު ކުރުމުގެ އޮޕަރޭޝަނަކަށް ތައްޔާރު ވަމުންދިޔަ މީހަކު، ކޮވިޑް-19 ވެކްސިން ނުޖަހާ ހުރުމުގެ ސަބަބުން އެއޮޕަރޭޝަން ނުކުރެވޭނެ ކަން އަންގައިފިއެވެ. ބަލިމީހާ، އުމުރުން31 އަހަރުގެ ޑީ ޖޭ ފާރގަސަން އަށް ހިތުގެ ސީރިއަސް މައްސަލަ ތަކެއް ކުރިމަތި ވުމުގެ ސަބަބުން އޭނާ އައީ ބޮސްޓަން ގެ ބްރިގްހަމް އެންޑް ވިމެންސް ހޮސްޕިޓަލްގައި އެޑްމިޓްވެގެން ފަރުވާ ހޯދަމުންނެވެ. އަދި ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަން ބޭނުންވާކަމަށް ޑޮކްޓަރުން ނިންމުމަށްފަހު އޭނާ އައީ އެކަމަށް ތައްޔާރުވަމުންނެވެ. ނަމަވެސް […]
ޝިލްޕާ ޝެޓީގެ ނަން ހުތުރު ނުވެ ސަލާމަތްވެއްޖެ

އާންމުތަނެއްގައި ބަދު އަޚުލާގީ އަމަލެއްހިންގިކަމަށް އިންޑިޔާގެ ފިލްމީ ތަރި ޝިލްޕާޝެޓީގެ މައްޗަށް އުފުނު ދައުވާގައި އޭނަ ކުށްވެރިނުވާކަމަށް އިންޑިޔާގެ ކޯޓަކުން އެންމެ ފަހުން ނިންމައިފިއެވެ. ޝިލްޕާއާ ދެކޮޅަށް ބަޔަކު ކޯޓަށް މައްސަލަ ވެއްދީ މީގެ ފަނަރަ އަހަރު ކުރިން، 2007 ވަނަ އަހަރު ހޮލީވުޑް ގެ މަޝްހޫރު ފިލްމީ ތަރި ރިޗަރޑް ގިއަރ، އާންމު ތަނެއްގައި ޝިލްޕާގެ ގައިގައި ބައްދާލުމަށްފަހު ދޮނެއް ދިނުމާގުޅިގެންނެވެ. މިކަން ހިނގީ ދެތަރިން ބައިވެރިވަމުން ގެންދިޔަ، އެއިޑްސް ބައްޔާމެދު ހޭލުންތެރިކަން އުފެއްދުމަށް އިންޑިޔާގެ […]
ހައްދުޖެހުން އަދިވެސް ކުރިޔަށް އެބަދޭ

އަޅުގަޑުމެން ކުޑައިރު ގެޔަށް އަންނަ އަންހެނަކު އެއްދުވަހަކު މަންމަގާތު އިނދެގެން ރޯތަން ދުށީމެވެ. އަދި އެގޮތަށް ރޯން ފެށުމުން މަންމަ އޭނާ ކޮޓަރިޔަށް ވައްދައިގެން ކޮންމެވެސް ތަނެއްގަ ބާމު އުގުޅާދީ ހެދިކަން އެނގެއެވެ. އޭނާ ދިއުމުން މަންމަގާތު އަހާލީމެވެ. އޭނަ ރުއީ ކީއްވެގެން ހެއްޔެވެ؟ މަންމަ ބުންޏެވެ. ނުހަލާލަށް ވިހެއުމުން އޭނާގެ ގައިގައި ހައްދު ޖެހީޔޯލައެވެ. ފައިގެ ފަލަމަސްގަޑުގެ ފަހަތުން ހުރީ ވަރަށް ބޮޑަށް ރަތްވެ ދުޅަވެފައެވެ. މަންމަ ދެރަވެން ބޮނޑިތާން ކޮށްފައި ބާމު އުނގުޅާ ދިނީ […]
އިންޑިޔާގައި އިންތިޚާބުތަކާ ގެރިއާ ހުރީ ކޮން ގުޅުމެއް؟

ކޮންމެ ގައުމެއްގައިވެސް އިންތިޚާބުތަކާ ދިމާކޮށް ފެންމަތިވާ ނުވަތަ ފެންމަތިކުރާ ބައެއް ކަހަލަ މައްސަލަ ތައް ހުރެއެވެ. މިގޮތުން އިންޑިޔާގައި ގެރީގެ މައްސަލަ މިއީ ފާހަގަ ކޮށްލެވޭ އެއްކަންތަކެވެ. ވެރިކަންކުރާ މައި ޕާޓީ ބީޖޭޕީން ތާއީދުކުރާ ހިންދޫ ދީނުގައި ގެރިއަކީ މާތް ޖަނަވާރެއްގެ ގޮތުގައި ބައެއް މީހުން ދެކޭ އެއްޗެކެވެ. ޚާއްޞަކޮށް ހައްދުފަހަނަޅާފައިވާ ހިންދޫންނެވެ. އެހެން ކަމުން ގެރިކަތިލުމަކީ އެމީހުން ކުރާ ކަމެއް ނޫނެވެ. އަދި ބަޔަކު އެކަން ކުރާތަން ބަލާކަށް ވެސް އެމީހުންނަކަށް ނުތިބެވޭނެއެވެ. އެކަން ކުރާ […]