މިއަރެއް ހަމަލާ ދިނުމުގެ ސަބަބުން މީހަކު މަރުވެއްޖެ
އޮސްޓްރޭލިޔާގެ ސިޑްނީގެ ބީޗެއްގައި މިއަރެއް ހަމަލާ ދިނުމުގެ ސަބަބުން މީހަކު މަރުވެއްޖެއެވެ. މިއީ 1963 ވަނައަހަރުގެ ފަހުން މިގޮތަށް އޮސްޓްރޭލިޔާގައި މީހަކު މަރުވި ފުރަތަމަ ފަހަރު ކަމަށް ޚަބަރުލިބެއެވެ. ބުދަދުވަހު ހަވީރު ލިޓްލް ބޭ ބީޗްގައި ހިގި މިހާދިސާއަށް ފަހު އިމަޖެންސީ ސަރވިސް އެތަނަށް ދިޔަ އިރުވެސް މީހާވަނީ މަރުވެފައި ކަމަށް ޚަބަރުލިބެއެވެ. މިހާދިސާގައި މަރުވި މީހާގެ ނަން ހާމަ ކޮށްފައެއްނުވެއެވެ. ނަމަވެސް ތަހުގީގެއް ފަށާފައިވާކަމަށް ނިއުސައުތު ވޭލްސް ގެ ކަމާބެހޭ އިދާރާ ތަކުންހާމަ ކޮށްފައި ވެއެވެ. […]
އިންޑިޔާގެ މިޔުޒިކް ކޮމްޕޯޒަރ ބައްޕީ ލަހިރި މަރުވެއްޖެ
އިންޑިޔާގެ ބޮލީ ވުޑްގެ ޑިސްކޯ ކިންގ ގެ ނަމުން މަޝްހޫރު ވެފައިވާ މިޔުޒިކް ކޮމްޕޯޒަރ އަދި ލަވަކިއުންތެރިޔާ ބައްޕީ ލަހިރީ މަރުވެއްޖެއެވެ. އޭނާ މަޝްހޫރު ވެގެން ގޮސްފައިވަނީ އޭނާ އުފެއްދި ތަފާތުގޮތްތަކެއްހުންނަ ޑިސްކޯ ޓިއުން ތަކުންނާއި ގެންގުޅުނު އާދަޔާޚިލާފް ފެޝަން ގޮތްތަކެއްގެ ސަބަބުންނެވެ. އުމުރުން 69 އަހަރުގެ ބައްޕީ ލަހިރީ އަށް މިދިޔަ އަހަރުގެ އެޕްރިލްމަހު ކޮވިޑް 19 ޖެހި ހުރީ ރަގަޅުވެފައެވެ. އޭނާ މަރުވެފައިވަނީ އަންގާރަ ދުވަހުއެވެ. އިންޑިޔާގައި ޑިސްކޯ މިޔުޒިކް އާންމުވެގެން ދިޔައީ ބައްޕީ […]
ތޭރަ ދަރިވަރަކު ރޭޕް ކުރި ޓީޗަރަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް
އިންޑޮނީޝިޔާގައި ބޯޑިންގ ސްކޫލެއް ހިންގާ މީހަކު އޭނާގެ ސްކޫލްގެ 13 އަންހެންކުއްޖަކު ގްރޫމް ކޮށް ރޭޕް ކުރުމުގެ ކުށުގައި އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ. ހެރީ ވިރާވަން ނަމަކަށްކިޔާ އުމުރުން 36 އަހަރުގެ މިމީހާ ރޭޕް ކޮށްފައިވަނީ އުމުރުން 11 އަހަރާ 16 އަހަރާ ދެމެދުގެ ކުދިން ތަކެކެވެ. މީނާގެ މައްސަލަ ފުރަތަމަ ހާމަ ވެފައިވަނީ މިދިޔަ އަހަރުއެވެ.އެއާއެކު އެންމެނަށްވެސް ޝޮކެއް ލިބިގެން ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްލާމް ޓީޗަރުކަންވެސް ކުރަމުން އައި […]
ދެކުނު ކޮރެޔާގެ ރިޔާސީ އިންތިޚާބް ގެ ކެމްޕެއިން ފެށިއްޖެ
ދެކުނު ކޮރެޔާގެ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ކުރުން އަންގާރަ ދުވަހު ފެށިފައިވާއިރު މިއީ ފާއިތުވި ވިހި އަހަރުވެސް އެންމެ ގާތުން ވާދަކުރާނެ އިންތިޚާބް ކަމަށް ވަނީ ބެލިފައެވެ. ވެރިކަންކުރާޕާޓީގެ ކެންޑިޑޭޓް ލީ ޖެއި މިއުންގ ދަންވަރު ބާރަ ހަމަ ޖެހި ތަނާ ކެމްޕެއިން ފެއްޓެވިއިރު އޭނާ ފުރަތަމަ ވަޑައިގެންފައިވަނީ ބޫސާން ގައި ހުރި ޝިޕިންގ ގެ ހަރަކާތްތައް ކޮންޓްރޯލް ކުރާ ޓަވަރ އަކަށެވެ. މރ. ލީ އާ އެންމެ ގާތުން ވާދަ ކުރައްވާ ކެންޑިޑޭޓް ، ކޮންޒަރވޭޓީވް […]
އިންޑިޔާގައި އަންހެނުންނަށް ދެވޭ ސަމާލުކަން އިތުރުވުމުގެ ނަތީޖާ ރަގަޅުވާނެބާ؟
އިންޑިޔާގެ އެންމެ އާބާދީ ބޮޑު އެއްސްޓޭޓް ކަމަށްވާ އުތުރު އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގައި އައު ސަރުކާރެއް ހޮވުމަށް އަންގާރަ ދުވަހު ވޯޓުލުންކުރިޔަށްދާއިރު ކުރިޔާ ޚިލާފަށް އަންހެނުންގެ ވޯޓު ހޯދުމަށް މަސައްކަތް ކުރެވެމުން ދިޔަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ޔޫޕީގެ އާބާދީ ބްރެޒިލްގެ އާބާދީ އަށް ވުރެބޮޑު އިރު، ވޯޓުލުމުގެހައްގުލިބޭ 150 މިލިއަން މީހުންގެތެރޭން 70 މިލިއަން މީހުންނަކީ އަންހެނުންނެވެ. މިއާއެކު އިސް ކޮންމެ ސިޔާސީ ޕާޓީ އަކުންވެސް އަންހެނުންގެ ވޯޓު ކަށަވަރުކުރުމަށް މަސައްކަތް ތަކެއް ކުރިކަމަށް […]
ކީރިތި ޤުރުއާން އަށް އިހާނެތި ކުރި މީހަކު މަރާލައިފި
ޕާކިސްތާންގައި ކީރިތި ޤުރުއާން ވީދާލާ ގަޑުތަކެއް އަންދާލި މީހެއްގެ ގައިގައި ބަޔަކު ތަޅައިގަނެ މަރާލައިފި އެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ޕަންޖާބް ޕްރޮވިންސްގެ ހިސާބެއްގައި ހިގި މިހާދިސާއަށް ފަހު 80 އެއްހާ މީހުން މިހާރުވަނީ ހައްޔަރު ކޮށްފައެވެ. މުސްހަފް ވީދާލި އުމުރުން ސާޅީހަކަށް އަހަރުގެ މީހާ މަރާލީ ޕުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މީހުން އެއްވެ އެތަނުން ނެރެގެން ގެންގޮސްކަމަށް ވެއެވެ. ލަޓިބުރި އާ ދަގަޑުބުރިތަކުގެ އިތުރުން ތޫނު ހަތިޔާރުތަކުން އަނިޔާކޮށް އޭނާ މަރާލުމަށްފަހު ހުރީ […]
ހާޓް އެޓެކް އެއް ޖެހެން އުޅޭނަމަ އެކަން އެނގޭނެތަ؟
ހާޓް އެޓެކް އެއް ޖެހެން އުޅޭނަމަ ހަށިގަޑަށް އަންނާނެ ބަދަލުތައް އާންމުންނަށް އަންގާ ދިނުމަށް އިގިރޭސި ވިލާތުގައި މިއަދު ޚާއްސަ ކެމްޕެއިންއެއް ފަށާނެއެވެ. ފެބްރުއަރީ 14 އިން މާރޗް 31 ގެ ނިޔަލަށް ކުރިޔަށް ގެންދާ ކެމްޕެއިންގެ މަދްސަދަކީ ހާޓް އެޓެކް އެއް ޖެހެން އުޅޭނަމަ ހަށިގަޑަށް އަންނާނެ ބަދަލުތައް މީހުންނަށް ބުނެދީ އަދި ގުޅަންވީ ނަމްބަރުތައް ކިޔާދިނުމެވެ. އިންގްލަންޑްގައި އެކަނިވެސް އަހަރަކު 80 ހާސް މީހުން ހާޓް އެޓެކް ޖެހިގެން ހޮސްޕިޓަލް ގައި އެޑްމިޓް ކުރެވޭ […]
2022 ވަނަ އަހަރުގެ ”އަންޑަރ ވޯޓަރ ފޮޓޮގްރާފަރ އޮފްދަ އިޔަރ“ ހޮވައިފި
ފެނުއަޑީގަ ފޮޓޯ ނެގުމަށް އެންމެ ކުޅަދާނަ ފަރާތެއް ހޮވުމަށް މިއަހަރު ބޭއްވި މުބާރާތް ކާމިޔާބު ކުރި ފޮޓޮގްރާފަރުގެ ނަން އިއުލާން ކޮށްފި އެވެ. މިފަހަރުގެ މުބާރާތުން އެއްވަނަ ލިބިފައިވަނީ ސްޕެއިން އަށް ނިސްބަތްވާ ރަފައެލް ފަރނަންޑިސް ކަބަލިއެރޯ ދިވެހިރާއްޖޭގައި ނަގާފައިވާ ފޮޓޯ އަކަށެވެ. މިފޮޓޯގައި ފެންނަނީ ބިޔަ ވޭލް ޝާރކް ތަކެއް އެއްތާކަށް އެއްވެ ހަރަކާތްތެރިވަމުން ދާމަންޒަރެވެ. އެންކަރު ކޮށްފަ އޮތް ދޯންޏަކުން އެން ހިފުމަށްޓަކާ ކަޑަށް އަޅުވާފަ ހުންނަ ބޮކިއަލީގެ ތެރެއިން މި ބިޔަ މަސްތައް […]
ކެނެޑާގައި މުޒާހަރާ ކުރާމީހުން މުހިންމު ބްރިޖެއް ބަންދުކޮށްގެން ތިބި ތިބުމަށް ނިމުމެއް
ކެނެޑާގައި ކޮވިޑް ވެކްސިން ޖެހުމަށް މަޖްބޫރު ކުރާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށްބުނެ މުޒާހަރާ ކުރަން ނިކުތް މީހުން ކެނެޑާ އަދި އެމެރިކާ ގުޅުވާދޭ ސަރަހައްދީ ރޮގުހުރަސްކޮށް އަޅާފައިވާ އެމްބެސެޑަރ ބްރިޖް ބަންދުކޮށްގެން ތިބިތިބުން ނިމުމަކަށް ގެނެސް ،ކޯޓު އޯޑަރަކާ އެކު ފުލުހުން ނިކުމެ އެއްވުން ރޫޅާލަން ފަށައިފި އެވެ. ކޯޓު އަމުރެއް ހޯދުމަށް މަސައްކަތް ކޮށްފައިވަނީ ކާރުގެ ސްޕެއަރ އުފައްދާ ފަރާތްތަކުގެ ޖަމިއްޔާ އޮޓޯމޯޓިވް ޕާޓްސް މެނުފެކްޗަރާސް އެސޯސިއޭޝަން ގެ ފަރާތުންނެވެ. އެފަރާތުން ބުނި […]
މޫދުގައި ގެއެޅުން ފައިދާބޮޑީ ކީއްވެ؟
ފެންމަތީގަ ނުވަތަ މޫދުގަ ގެ އެޅުން ފުޅާވަމުން އަންނަ ނެދަރލަންޑްގެ މިފަދަ ގެތަކުގައި ދިރި އުޅޭ ފަރާތްތަކުން ބުނާ ގޮތުގައި ގަދަ ތޫފާނެއްއައިސް ފެންބޮޑުވުން ފަދަ ހާދިސާތައް ކުރިމަތިވާއިރު، އެމީހުންގެ ގެދޮރޮރާ މުދަލާއެކު ސަލާމަތް ވާނެކަމާމެދު މިހާރު މާބޮޑަކަށް ވިސްނާކަށް ނުޖެހެއެވެ. އެހެނީ ފްލޯޓިންގް ވިލެޖް ނުވަތަ ފެންވަތީގަ ހުންނަ ގޮތަށް އަޅާ ގެތައް ފަރުމާ ކޮށްފަ ހުންނަ ގޮތުން ދިޔަވަރުބޮޑުވާއިރު ގެތައް މައްޗަށް ހިއްލި އަދި ފެން ނުވަތަ ދިޔަވަރު ހިދުމުން ގޭގެ އޮރިޖިނަލް މަގާމަށް […]