ރައީސް ތިލަދުންމަށްޗަށް ވަޑައިގެންފި

.ރައީސުލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތިލަދުންމައްޗަށް މިއަދު ވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސް ސާލިހުގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއްކަމަށާ މި ދަތުރުފުޅުގައި އެމަނިކުފާނު ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް ދަތުރުކުރައްވާނެކަމަށެވެ. އެއީ ހދ. ނައިވާދޫ އާއި ހދ. ފިނޭގެ އިތުރުން ހއ. އުތީމް އަދި އެއަތޮޅު ދިއްދޫ އަށް ކަމަށް ވެސް ރައީސް އޮފީހުން ހާމކުރެއެވެ. މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނައިވާދޫ އަށެވެ. […]
ގަސްތައް ކަނޑާތީ ރައީސް ނަޝީދު ސަރުކާރަށް އިންޒާރު ދެއްވައިފި

އަމީނީ މަގުގައި ތާރުއަޅައި މަގު ހެނދުމަށް ގަސްތައް ކަނޑަމުން އަންނާތީ ކޯޓަށް މައްސަލަ ވައްދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ދެއްވައިފިއެވެ. އަމީނީ މަގު ހެދުމަށް އެ މަގުން ގަސްތައް ކަނޑާތީ އެކަމާ މީގެ ކުރިންވެސް ނުރުހުންފާޅުކޮށްފައިވާ ރައީސް ނަޝީދު މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި، ރިޔާސަތުގައި އިންނަވާ ވިދާޅުވީ އެ ނޫން ގޮތެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށާ ނޫނީ އަމިއްލަ ހައިސިއްޔަތުން ކޯޓަށް ވަޑައިގަންނަވަން ޖެހިދާނެކަމަށެވެ. ”އަޅުގަނޑު […]
ގެއްލިގެން ހޯދާ ޒުވާނާ އެރި ހުދުކުލައިގެ ކާރު ދެނެގަނެވިއްޖެ އޭގެ ފަހުން ފޭސް އެކަކުން ފެނުނު: ފުލުހުން

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދާ ހ. ބޮނޑިކަނދޮޅުގެ މުހައްމަދު އަޒުހާން ހުދުކުލައިގެ ކާރަށް އަރާ މަންޒަރު ފެނި ފުލުހުން އެ ކާރުހޯދުމަށް ކުރި މަސައްކަތުން އެ ކާރު މައުލޫމާތު ދެނެގަނެވިއްޖެ ކަމަށާ އޭގެ ފަހުން ހުޅުމާލޭ ފޭސް އެކެއްގައި ހަރަކާތްތެރިވާ މަންޒަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފިއެވެ. މިދިޔަ އާދީއްތަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ހުދުކުލައިގެ ކާރަކަށް އަޒުހާން އަރާ މަންޒަރުފެންނަ ވީޑިއޯއަކާ ގުޅިގެން ފުލުހުން ބެލި […]
އެޗްޑީސީގެ ނަމުގައި ގުޅައިގެން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ބަޔަކު ހޯދަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސައި)ގެ ނަމުގައި ގުޅައިގެން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައިފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ ދެ މީހަކު ހޯދުމަށް އެ ދެ މީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ނޫކުލައިގައި ޓީޝާޓެއްލައިގެން ހުރި ފިރިހެނަކު މާލޭގެ މަގުމަތީ ސައިކަލެއްގެ މަތީގައި މަޑުކޮށްލައިގެން އިންދައެވެ. ދެ މި މައްސަލައާއި ގުޅިގެން ދެން ހޯދަމުން އަންނަ މީހާގެ ވެސް ވީޑީއޯ އިން ވެސް ފެންނަނީ ގޮޅިޖެހި ގަމީހެއްލައިގެން ހުރި […]
އަލަމްގީރު: ބްލެކްމެއިލްކުރުމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި

ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަލަމްގީރު ރާއްޖޭގެ ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތައް ބޭނުންކޮށް ބްލެކްމެއިލްކޮށް ބޮޑެތި އަދަދުން ފައިސާ އަށް ޑިމާންޑް ކުރި ކަމުގެ ތުހުމަތުގައި ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް، އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް […]
މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަން އެމީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން ދެ ވީޑިއޯއެއް އާންމުކޮށްފައިވާއިރު އެ ވީޑިއޯއިން ފެންނަނީ އޭޓީއެމްތެރޭ ހަރަކާތްތެރިވާ ޒުވާނުންތަކެކެވެ. ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ ހަތަރު މީހުންނަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުން ކަމަށެވެ. ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް […]
ޒަރީނާ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުން އިސްތިއުފާ ދެއްވައިފި

ސަރުކާރުގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ފާތިމަތު ރަޒީނާ އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. ސަރުކާރުގެ ހިދުމަތުގައި 20 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ ރަޒީނާ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވީ 2016 ވަނަ އަހަރުގެ ޖުލައި ފަސް ވަނަ ދުވަހުއެވެ. މަގާމުން ރަޒީނާ އިސްތިއުފާދެއްވާފައި މިވަނީ އެ މަގާމުގައި ހަ އަހަރު ހޭދަކުރެއްވުމަށްފަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަރީނާ މާގާމުން އިސްތިއުފާ ދެއްވީ ފައިނޭންސާއި އެކައުންޓިންގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވާން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަންވެގެންނެވެ. ދައުލަތުގެ […]
ގެއްލުނު ޒުވާނާ އެރި ހުދުކުލައިގެ ކާރު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

މިދިޔަ ހަފްތާގައި ހުޅުމާލެ ފޭސް ދެއަކުން ގެއްލުނު ޒުވާނާ އެރި ހުދުކުލައިގެ ކާރު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދަނީ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން (27އ) އެވެ. ފުލުހުން މިއަދު ބުނީ މިހާތަނަށް ކުރި މަސައްކަތުން އަޒުހާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އާދީއްތަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިންނެވެ. އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 […]
އައްޑޫސިޓީގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީގައި ޓޫރިސްޓް ފެސިލިޓީ އެއް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް އައްޑޫސިޓީކައުންސިލުން އިއުލާންކޮށްފިއެވެ. ސިޓީ ކައުންސިލުން އިއުލާން ކޮށްފައިވަނީ އައްޑޫ ހިތަދޫ ސަންސެޓް ބީޗް އޭރިއާގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރާނެ ބަޔަކު ހޯދުމަށެވެ. ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓްތައް މި މަހު 28 އިން އަންނަ މަހުގެ ހަތަރަކާ ހަމައަށް ދޫކުރާނެ ކަމަށެވެ. އަދި ބީލަމުގައި ބައިވެރިވާން މި މަހުގެ 27 ގެ މެންދުރު […]
ރައީސްގެ ދެ ކަނބަލުން ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވުމަށްފަހު ރާއްޖެ ވަޑައިގަންނަވައިފި

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ހަވަހާރަވުމާއި ގުޅިގެން އެކަމަނާގެޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާ ލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި އެ އާއިލާގެ މި […]