މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަން އެމީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ދެ ވީޑިއޯއެއް އާންމުކޮށްފައިވާއިރު އެ ވީޑިއޯއިން ފެންނަނީ އޭޓީއެމްތެރޭ ހަރަކާތްތެރިވާ ޒުވާނުންތަކެކެވެ.  ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ ހަތަރު މީހުންނަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުން ކަމަށެވެ.

 ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް