އަލަމްގީރު: ބްލެކްމެއިލްކުރުމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަލަމްގީރު ރާއްޖޭގެ ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތައް ބޭނުންކޮށް  ބްލެކްމެއިލްކޮށް ބޮޑެތި އަދަދުން ފައިސާ އަށް ޑިމާންޑް ކުރި ކަމުގެ ތުހުމަތުގައި ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް، އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އެމީހުންގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ވަނީ ދޫކޮށްލައިފައެވެ.

މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުއްލާ (37އ) އާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ) އަދި ށ. ފުނަދޫ، ސީސްޓަރ، މައުމޫން މޫސާ (41އ) އެވެ. 


ފުލުހުން ބުނީ މި މީހުންގެ ތެރެއިން ހަމްދޫން އަބްދުއްލާ އާއި މުހައްމަދު މިހާދު މުސްތަފާ ހައްޔަރުކޮށްފައިވަނީ 2022 ސެޕްޓެމްބަރ 18 ވަނަ ދުވަހު ކަމަށާ ހަމްދޫން އަބްދުއްލާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ އިރު މުހައްމަދު މިހާދު މުސްތަފާފާގެ ބަންދަށް 7 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. އަދި މައުމޫން މޫސާ 2022 ސެޕްޓެމްބަރ 20 ވަނަ ދުވަހު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަސް ކޯޓުން ދީފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް