އަޑުބަރޭ އަށް ފިޔަވަޅު އެޅުމަށް ރައީސް މައުމޫން ގޮވާލައްވައިފި

    ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅެއް އެޅުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.   މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުން ގައި ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗުގެ އިތުރުވަގުތުގައި ކުޅެންއެރި އަޑުބަރޭ ވަނީ ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީއަށް ކުޅުމުން ބޭރުގައި އޮޅަނބޮށިން ހަމަލާދީފައެވެ. އެއާއެކު އޭނާއަށް ރަތް ކާޑު ދައްކާ […]

ލިމިޓެއްނެތި ސަރުކާރަށް ދަރަނި ނަގަން އަނެއްކާވެސް އެދިއްޖެ

  ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލު ކުރުމުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު އެއް އަހަރަށް ދަމާލަން ރުހުން ހޯދަން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ލިމިޓެއް ނެތި މަރުކަޒީ ބޭންކުން ސަރުކާރަށް ދަރަނި ނެގޭގޮތަށް ހުއްދަދިނުމަށް ފިނޭންސް މިނިސްޓްރީން މީގެކުރިން ވެސް ދެ ފަހަރެއްގެ މަތިން ހުއްދައަށް އެދުމުންވެސް މަޖިލީހުން ވަނީ އެ ހުއްދަ ދިނުމަށް ފާސްކޮށްފައެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި […]

ހައިކޯޓުގެ ރައްދެއް ޕީޖީ ޝަމީމަށް

    ކޯޓަކަށް ހުށަހެޅިފައިވާ ކަމަކާ މެދު އާންމުންގެ މެދުގައި ކޮމެންޓު ކުރުމާ ގުޅިގެން ހައި ހައިކޯޓުން  ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ރައްދު ދީފިއެވެ. ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ކަފާލާތުގެ ދަށުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އާއި ގުޅިގެން ޕީޖީ ޝަމީމް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ސައީދަށް ނިސްބަތްވާ ގޮތަށް ޓްވީޓް ކުރައްވާފައެވެ. ކަފާލާތުގެ ދަށުން މީހަކު ދޫކޮށް ނުލުމަށް އިންޑިއާގެ ކޯޓަކުން […]

ޒުވާނުން ހަރުދަނާ ކުރުމަށް “ ލާމަސީލު ޒުވާނާ“ގެ ނަމުގައި ކޭމްޕެއް

  ރާއްޖޭގެ ޒުވާނުން ހަރުދަނާ ކުރުމަށް “ ލާމަސީލު ޒުވާނާ“ގެ ނަމުގައި ޒުވާނުންނަށް ހާއްސަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ. ފުލުހުން ބުނީ ލާމަސީލު ޒުވާނާ ކޭމްޕަކީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ނިންމާފައިވާ ކޭމްޕެއް ކަމަށެވެ. ފުލުހުން ބުނީ މި ކޭމްޕްގެ މަގްސަދަކީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތައެއް ލިބިފައިތިބި ގައުމިއްޔަތާއި ދީނަށް ލޯބިކުރާ ބަޔަކަށް ހެދުމާއި މަސައްކަތު މާހައުލަށް ޝައުގުވެރި، މަސައްކަތުގެ އަހްލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުން […]

އެޑިއުކޭޝަން މިނިސްޓަރު ކޯޓަށް ހާޒިރުވުމަށް އަންގައިފި

  އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސިވިލް ކޯޓަށް ހާޒިރު ވުމަށް އަންގައިފިއެވެ. މިނިސްޓަރު އައިޝަތު އަލީ ކޯޓަށް ހާޒިރުކުރަނީ މަންދު ކޮލެޖު ހިންގާ ކުންފުނި، މާލޭހައި ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ އިހުމާލުވުމުގެ ދައުވާއަކާ ގުޅިގެންނެވެ. އެ ދައުވާ އާއި ގުޅިގެން މި އަދު 9:50އަށް ކޯޓަށް ހާޒިރުވާން އެކަމަނާއަށް ވަނީ އަންގާފައެވެ. މިނިސްޓަރު އައިޝަތު އަލީއަށް ދައުވާ ކުރަނީ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭ 15 މިލިއަން ރުފިޔާ ދިނުމަށް […]

ފަނޑިޔާރުންގެ އޯޑިއޯގެ މައްސަލައިގައި އިނދިކޮޅުން އަނެއްކާވެސް ފުލުހަށް

    ކުރީގެ ރައީސް އަބްދުއްލާ ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންތަކެއް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯތަކުގެ މައްސަލައިގައި އިނދިކޮޅުން އަނެއްކާވެސް ފުލުހަށް ގޮސްސިއެވެ.   އޯޑިއޯ މައްސަލައިގައި މިއަދު އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ބައެއް އިސްވެރިން މިއަދު ވަނީ ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވުމަށް ފަހު އެ އިދާރާއިން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހާމަކުރި ގޮތުގައި ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވީ އޯޑިއޯ މައްސަލައިގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު […]

ޒިޔާދުގެ މައްސަލަ އިސްތިއުނާފް ކުރަނީ

  ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލްކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމަވައިފިއެވެ. ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޑރ. ޒިޔާދުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އަންނަ ހަފްތާގެ ތެރޭގައި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރައްވާނެ ކަމަށެވެ. ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ […]

ކުޑަރިކިލު ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

  ބ.އަތޮޅު ކުޑަރިކިލު ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ކުޑަރިކިލު ބަނދަރު ހެދުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގައި ސަރުކާރުން ވަނީ އެމްޓީ ހޯގާޑާ ހަވާލުކޮށްފައެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 318 ދުވަސްތަރޭ މަސައްކަތް ނިންމާގޮތަށެވެ. މި ބަނދަރު މަޝްރޫއު ހަވާލުކޮށްފައި ވަނީ 33،215،485.13 ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން  ކުޑަރިލު ބަނދަރުގައި 246 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި 316 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި މީގެ […]

ކުޅުދުއްފުށީގައި ހުރި ގިނަ އަދަދެއްގެ ބޮނބި އޮޅުތައް ނަގަން އަންގައިފި

  ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި ހުރި ގިނަ އަދަދެއްގެ ބޮނބި އޮޅުތައް ނަގަން ކުޅުދުއްފުށީ ސިޓީ ކައުންސިލްން އަންގައިފިއެވެ. ގިނައަދަދެއްގެ ބޮނބި އޮޅުތައް ހުންނަ އެރަށުން ބޮނބި އޮޅުތައް ނަގަން އަންގައި އެ ސިޓީގެ ސިޓީކައުންސިލުން ވަނީ އިއުލާނެއް ނެރެފައެވެ. އެ އިއުލާނުގައި އަންގާފައިވަނީ އެރަށު އަމީރު އަމީން ސްކޫލްގެ އުތުރުން މަގާންމަގާއި ދޭތެރޭގައިވާ ބޮނބިފާ/އޮޅުފަދަ ތަންތަނާއި، ހިރަފުސް ދަނޑު އިރުމަތި އަދި އުތުރުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން އަދި ކުޅުދުއްފުށީ ކުޅީގެ ދެކުނުން ހުރި ގޯތިތަކުގެ […]

އައިޔޫއެމްގެ ކޯސްތަކަށް ވަނުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

    ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ( އައިޔޫއެމް)ން އަންނަ އަހަރަށް ފަށާ ކޯސްތައް އިއުލާންކޮށް އެކޯސްތަކަށް ވަނުމަށް އެދުމުގެ ފުރުސަތު އެ ޔުނިވާސިޓީން ހުޅުވާލައިފިއެވެ. އައިޔޫއެމްން ވަނީ އެ ޔުނިވާސިޓީން އަންނަ އަހަރު ފެށުމަށް ހަމަޖައްސާފައިވާ 58 ކޯހަކަށް ވަނުމަށް އިއުލާންކޮށްފައެވެ. އައިޔޫއެމް އިން ބުނީ އެ ކޯސްތަކަކީ އައިޔޫއެމް އާއި އައިޔޫއެމްގެ ލާނިން ސެންޓަރުގަތުގައި 2022 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި ފެށުމަށް ހަމަޖައްސާފައިވާ ކޯސްތައް ކަމަށެވެ. މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، […]