ހަމަ ތެދެކެވެ ގައުމެއްގެ ވެރިކަން ހަމަ ކޮންމެ މީހަކަށް ނުކުރެވޭނެ:

ގައުމެއްގެ ވެރިކަމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ވެރިއެއްގެ ކިބައިގާ ވެރިަކަމުގެ ތަޖުރިބާއާއި އިޚްލާސް ތެރިކަމާ ތެދުވެރިކަމާ އަމާނާންތެރިކަން ހުންނަން ޖެހޭނެއެވެ. މީގެ އިތުރުން ގައުމުގެ ތަނަވަސް ކަން ސިންގަޕޫރު ފަދަ ގައުމަކަށް ހެދުމުގެ ޢިލްމާ ރައްޔިތުންގެ ތަނަވަސް ކަމާ ޙާލަތު ރަނގަޅުކޮށް ދުޅަހެޔޮ މިނިވަން އަމަން އަމާން ވެއްޓެއް ބިނާ ކުރާން އެގި އެކަމުގެ ފެންވަރާއި ފަންވަރު ހުންނަން ވާނެއެވެ. ވެރިމީހާ އަކީ ގައުމުގެ ވަލިއްޔުލް އަމްރުއެވެ. ހުރިހާ ޒިންމާ އެޅިގެންދަނީ ވަލިއްޔުލް އަމްރުގެ […]

ކަމަދޫ ވަޙީދުގެ ކުށަކީ ކޮބައި ހެއްޔެވެ؟

ދުވަސްވަރަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރެވެ. މައުމޫނުގެ ޅިޔަނު އިލްޔާސް އިބްރާހީމް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ދުވަސް ވަރެވެ. އެންދެރިމާގޭ އިލްޔާސް އިބްރާހީމް ރިޔާސީ އިންތިޚާބަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދެވިއެވެ. އެގޮތުގެ މަތިން އިލްޔާސް އިބްރާހީމް ބޭއްވި ބައްދަލު ވުމެއްގައި ބައިވެރި ވީމެވެ. މިބައްދަލު ވުމަކީ ކެމްޕޭން ބައްދަލު ވުމެކެވެ. އެހެންކަމުން އިލްޔާސަށް ކެމްޕޭން ކޮށްދޭން ވެސް ނުކުތީމެވެ. ކޮންމެއަކަސް މި މަސައްކަތުގައި އުޅެނިކޮށް ރައީސް މައުމޫނުގެ ރާގާއި ސޫރަ ބަދަލުވެއްޖެއެވެ. އޮޅުވާލައިގެން، ރައްޔިތުންގެ […]

ތިނަދޫން މީހުން ބޭލުމުގެ ތެރެއިން – 3

ފަސްދޫ މަހުޖަނު އެރަށުގެ އެތައް ގިނަ އަންހެނުން ރޭޕް ކޮށްފައި ވެއެވެ. މިހާރުގެ ބަހުން ރޭޕަކަށް ވަނީ އަންހެން ކުއްޖާއާ ގަދަކަމުން ބެހި ޖިންސީ ގޯނާ ކުރުމުންނެވެ. ރަށުގެ އެންމެ މުއްސަނދި މީހަކީ މަހުޖަނު ކަމަށް ވުމުން އޭނާ ބޭނުންވާ ކޮންމެ އަންހެނެއްގެ ގާތަށް ދަންވަރު ވަދެ ބޭނުން ކަމެއް ކޮށްލައިގެން ދިއަޔަސް އެކަމާ މެދު ބަހެއް ބުނަން ކެރޭވަރުގެ އެކަކުވެސް އެރަށަކު ނުއުޅެއެވެ. މަހުޖަނު ވަނީ އެތަކެއް އަންހެނުން ބަލިވެ ބައިންދާފައެވެ. އޭގެ ތެރެއިން މަހުޖަނުގެ […]

ވެރިކަމުގެ ތެރެއިން ގައުމުގެ މައި ތިޖޫރީ ހުސްކުރަމުން ދާއިރު މިނިވަން މުއައްސިސާތައް ލޯމަރާލައިގެން

ވެރިކަންކުރާ މައި ކޯލިޝަނުގެ ތެރެއިން ހިންގާ ވައްކަމާއި ކޮރަޕްޝަނާއި އިސްރާފާއި ފަސާދައިގެ ޢަމަލުތައް ގިނަވެ އަރައިނުގަނެވޭ ވަރުގެ ފުން ވަޅުގަނޑަކަށް ގައުމުގެ އިގުތިސާދު ވެއްޓި އިނދަ ޖެހިއްޖެއެވެ. ގައުމުގެ ޙާލަތު މިދަރަޖައަށް ގޯސްވެފައި ވާއިރު ކަމާބެހޭ މިނިވަން މުއައްސަސާތައްވެސް އޮތީ ގޮހޮރު ފުރެންދެން ކައިގެން ބަނޑު ދަމާލާފައެވެ. ގައުމަށް ވަންނަ އެއްޗެއް ނުވަންނަ އެއްޗެއް ނޭނގޭ ގަމާރު ބަޔަކާ ގައުމުގެ މައިތިޖޫރި ޙަވާލު ކުރެވުނު މޮޔަ ހިތަށް އަރައި ރައްޔިތުން މާޔޫސް ވެއްޖެއެވެ. ލިބޭ މިންވަރަށް ވިސްނާލުމެއް […]

އަޅުވެތިކަމުގެ ތެރެއިން ކާންލިބޭ ކަލިޔާ ބިރިންޖީ އަށްވުރެ މިނިވަން ކަމުގައި ލިބޭ ރޮށިފަޅި މާ މީރު

އިންޑިޔާ ކަނޑުގައި އޮންނަ މި ހިތްފަސޭހަ ރީތި ޖަޒީރާ ރާއްޖެ އަކީ ދުނިޔޭގެ އެންމެހައި ބާރު ގަދަ ގައުމު ތަކުގެ ކަޅި އަމާޒު ކުރެވިފައިވާ ގައުމެކެވެ. ރާއްޖެ މިނިވަން ކަންމަތީގައި މިހާތަނަށް މިއޮތީ އަޅުގަނޑުމެންގެ ކާބަފައިން ޖާނާއި ފުރާނައިން ގައުމަށްޓަކާ ވި ގުރުބާނީގެ ރަމްޒެއްގެ ގޮތުގައެވެ. މިގައުމު މިނިވަންކަން މަތީގައި ދެމިއޮތުމަކީ މިގައުމަށް އުފަންވި ކޮންމެ ފަރުދެއްގެ ދުޢާއެވެ. ޒަމާން ބަދަލުވެ ދުނިޔޭގެ ބާރުގަދަ މުއްސަނދި ގައުމުތަކުން ފަގީރު ގައުމުތައް އަޅުވެތި ކުރަމުން އަންނަނީ މިސައިލާ ބޮމާ […]

ތިނަދޫން މީހުން ބޭލުމުގެ ތެރެއިން – 2

  ބަލިހާލު ބޮޑުވެ އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ނުލިބި މި ދުނިޔެ ދޫކުރި ”ރައްކޮޅާ“އަކީ އުފެދުމުގައި ވެސް އަންހެން މިޒާޖެއް ހުންނަ ޒުވާނެކެވެ. އެހެންކަމުން ގޭގެއަށް ގޮސް ހަވާދު ފުނޑައިދީ ހުނިގާނައިދީ ލަވަކިޔައިދީ އުޅުނު ޒުވާނެއްވެސް މެއެވެ. އެހެނަސް މަދު މީހަކު ފިޔަވައި އެހެން އެންމެންނަކީ އެއްފަހަރު ކާނެއެތިކޮޅެއް ނެތިގެން އުޅޭ މީހުންނެވެ. ފަސްދުއަށް ހިޖުރަ ކުރި މީހުންނެކޭ އެރަށުގެ އުފަން ރައްޔިތުން ނެކޭ އުޅެމުން ދިޔައީ އެއްޙާލެއްގައެވެ. އެހެން ކަމުން ރައްކޮޅާއާ އަޅާލާނެ އެއްވެސް ފުދުންތެރިއަކު […]

ތިނަދޫން މީހުން ރަށުން ބޭލުމުގެ ތެރެއިން -1

    އަޅުގަޑުގެ ބައްޕަ ނިސްބަތްވާ ރަށަށް ތިނަދޫން ބާލާފައިވާ ދެ ޢާއިލާއެއް ހިޖުރަ ކުރިއެވެ. ދެ ޢާއިލާ އަކީ ތިނަދޫގެ ނަންހުރި ދެ ޢާއިލާ ވެސް މެއެވެ. އެ ދެ ޢާއިލާ އެރަށަށް ހިޖުރަ ކުރުމަށްފަހު ރަށުން ބޭލުމުގެ ހިތްދަތި އިޙުސާސްތައް ތަޙަމަލް ކުރަމުން އައީ މިދެންނެވި ރަށުގައެވެ. އެންމެންވެސް ދުވަސް ކޮޅަކު އެ ރަށުގައި އުފާފާގަތި ކަން މަތީގައި ދިރިއުޅުނެވެ. ހ.ފަސްދޫ (އަސްލު ނަމެއް ނޫން) އަކީ ހ. އަތޮޅުގެ އެންމެ މީހުން މަދު […]

މާލެ ސަރަޙައްދަށް ރައްޔިތުން ޖަމާނުކޮށް ރާއްޖޭގެ ބޮޑެތި ރަށްތައް ތަރައްގީ ކޮށް އާބާދު ކުރަންޖެހޭ!

ރާއްޖޭގައި ބިންބޮޑު ރަށްތައް ފަޅަށް ނުބަހައްޓައި އެރަށްތަކުގައި ރައްޔިތުން އާބާދުކޮށް ތަރައްގީ ކުރުމަކީ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ޙައްލުވެގެން ދާނެ ކަމެކެވެ. ރާއްޖޭގައި ބިންބޮޑެތި ރަށްރަށާއި ބިމާއި ފަޅު ބޮޑެތި ރަށްރަށް ހުރި އިރު އެރަށްތައް ފަޅުވާން ދޫކޮށްލުމަށްފަހު މާލެ ސަރަހައްދަށް ރައްޔިތުން ޖަމާކުރުމުގެ ސަބަބުން މާލެ ސަރަހައްދު ވެގެން މިދަނީ އިންސާނީ މުޞީބާތަކަށެވެ. އިޖްތިމާޢީ މައްސަލަތަކުގެ ބިރުވެރި ހާއްޔަކަށެވެ. ވެރިކަން ކުރާ ސިޓީގެ ފަސޭހަ ދިރިއުޅުން މުޞީބާތަކަށް ބަދަލުވެގެން މިދަނީ ވެރިކަމުގެ […]

މާލެ ސަރަޙައްދަށް ރައްޔިތުން ޖަމާ ނުކޮށް ރާއްޖޭގެ ބޮޑެތި ރައްތައް ތަރައްގީ ކޮށް އާބާދު ކުރަންޖެހޭ

ރާއްޖޭގައި ބިންބޮޑު ރަށްތަށް ފަޅަށް ނުބަހައްޓާ އެރަށްތަކުގައި ރައްޔިތުން އާބާދުކޮށް ތަރައްގީ ކުރުމަކީ އިޖްތިމާޢީ އަދި އިގްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަށް ޙައްލުވެގެން ދާނެ ކަމެކެވެ. ރާއްޖޭގައި ބިންބޮޑެތި ރަށްރަށާއި ބިމާއިމފަޅު ބޮޑެތި ރަށްރަށް ހުރި އިރު އެރަށްތައް ފަޅުވާން ދޫކޮށްލުމަށްފަހު މާލެ ސަރަހައްދަށް ރައްޔިތުން ޖަމާކުރުމުގެ ސަބަބުން މާލެ ސަރަޙައްދު ވެގެން މިދަނީ އިންސާނީ ބޮޑު މުޞީނާތަކަށެވެ. އިޖްތިމާޢީ މައްސަލަތަކުގެ ބިރުވެރި ހާއްޔަކަށެވެ. ވެރިކަން ކުރާސިޓީ ފަސޭހަ ދިރިއުޅުން ބަދަލުވެގެން މިދަނީ ވެރިކަމުގެ ފަރާތުން ގައުމާ […]

ބައެއް ސީންތަކަށް ދާ ޕޮލިހުން ވަރަށް އަނިޔާވެރިއެވެ.

ކުށުގެ ވެށިން އަތުލައިގަނެވޭ މީހުންނާ މެދު ޕޮލިހުން މުޢާމަލާތް ކުރަނީ ވަރަށް ހުތުރު ބަހުރުވައިންނެވެ. އަދި ޢަމަލު ކުރަނީ ވެސް މުސްލިމް އުންމަތެއްގެ ތެރޭގައި އޮންނަން ޖެހޭ އަޚުލާޤީ މިންގަނޑުތަކާ މުޅިން ޚިލާފަށެވެ. އެހެން ކަމުން ބައެއް ޕޮލިހުންގެ މަށްޗަށް ގިނަ ބަޔަކު ހިތް ނުބައިވެ ބަދަލު ހިފުމުގެ ރޫޙު އުފެދޭ ކަމީ އިންސާނީ ކަރާމާތް ގެއްލިގެން ދާ ކަމެކެވެ. މިވާހަކަ މިދަންނަވަނީ ކުރެވިފައިވާ ތަޖްރިބާގެ އަލީގައެވެ. ކުށުގެ ވެށިން ހައްޔަރު ކުރެވޭ މީހާ ޕޮލިހުންނަށް އެއްބާރުލުންދީ […]