މިސްކިތަކުން ފައިވާނެއް ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށް

މިސްކިތަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ. ފުވައްމުލަކަށް ނިސްބަތްވާ މީހެއްގެ މައްޗަށް އެ ޙުކުމް އައީ ސޯސަންމަގާއި މަޖީދީމަގުގުޅޭ ކަންމަތީގައި ހުންނަ މަސްޖިދުލްއިބްރާހީމަށް މިދިޔަ އެޕްރީލްމަހު ޢިޝާ ނަމާދަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނަގާފައިވާތީއެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ވައްކަމުގެ ދަޢުވާއެވެ. ކުރިމިނަލް ކޯޓުގެ ޙުކުމުގައި ވަނީ އޭނާކުށަށް އިޢުތިރާފުވެ އިސްލާޙުވެގެން އަނބުރާ މުޖުތަޢުއަށް އަންނަން […]

އިންތިޚާބާ ގުޅިގެން ހުށަހެޅި ކޮރަޕްޝަންގެ 7 މައްސަލައެއް ތަހުގީގު ކުރަނީ

ރިޔާސީ އިންތިޚާބުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ 29 ޝަކުވާގެ ތެރެއިން 7 މައްސަލަ ތަހުގީގުކުރަން ފެންނާތީ ބަލަމުން އަންނަކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން މިއަދު ބުނެފިއެވެ. އޭސީސީއިން ބުނީ މިދިޔަ ހޮނިހިރުދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތެރެއިން ހަތްމައްސަލައެ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ: – ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެމައްސަލަ. -ރިޝްވަތާ ގުޅުން ހުރިމައްސަލަ. މީގެ […]

ބޯޅަ އޮތީ ޑިމޮކްރެޓްސްގެ ކޯޓުގައި: މުޢިއްޒު

ދަޑިމޮކްރެޓްސްއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުން ދާކަމަށާއި އެކަމުގައި ގޮތް ނިންމުމަށް “ ބޯޅަ އޮތީ އެޕާޓީގެ ކޯޓުގައި“ ކަމަށް ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ދަޑިމޮކްރެޓްސް ވަކި ގޮތެއް ނިންމާފައި ނުވެއެވެ. ޕީޕީއެމް ޕީއެންސީއާއި އެކު މަޝްވަރާތައް ބާއްވާފައިވާއިރު ބޮޑެތި ޝަރުތުތަކެއް ހުށަހަޅާފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެމްއެންޕީއާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު“ ޑިމޮކްރެޓްސް“  ގެ މަޝްވަރާތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި […]

ގޯތި ލިބޭ މީހުންއެކު އެެއްބަސްވުމުގައި ސޮއިކުރަން މިއަދު ފަށަނީ

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނާާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ. ހައުސިން މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބުނު މީހުންނާ ގޯތި ޙަވާލު ކުރުމުގެ އެންމެހައި  ކަންކަން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ގޯއްޗާއި ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތިލިބޭ މީހުންގެ ފޯމުގައި ހިމެނޭ މީހުން ހާޒިރުވާނެ ދުވަހާއި ގަޑި މިނިސްޓްރީއިން އަންގާނެ ކަމަށްވެސް […]

ސިޔާސީ ވިސްނުން ބަދަލުވާން  ސިކުންތެއްވެސް ނުނަގާނެ!

   މިދުވަސްވަރަކީ ރިޔާސީއިންތިޚާބުގެ ފޯރި ނުހަނު ގަދައަށް އުޅޭދުވަސްވަރެކެވެ. އެއްޕާޓީ އަނެއްޕާޓީއާއި ވާދަކޮށް ރިޔާސީ އިންތިޚާބުގެ ކުޅިފަސް ލިބޭނޭ ކަމުގެ އުންމީދާއިއެކު ކުލަ ހުވަފެންތައް ބަލަމުން ދައްކަމުން ދަނީއެވެ.     ރިޔާސީ އިންތިޚާބުގައި ވާދަ ކޮށްފައި އެވަނީ ދިވެހީންނެވެ. ދިވެހީންގެ ތެރޭގައި އުޅެ ބޮޑުވި ދިވެހި ދަރީންނެވެ. މިގައުމަކީ ކުޑަކުޑަ އާބާދީއެއްގެ މަށްޗަށް ބިނާވެފައިވާ ކުޑަކުޑަ ގައުމަކަށް ވުމުން އެކަކަށް ނޭނގޭ އަނެކެއް ނެތެވެ.  ރިޔާސީ ރޭހުގައި ވާދަކުރުމަށް ފޫގަޅާފައި ތިބި އެންމެންގެ ފަތިފުށް އޮންނާނީ އެންމެނަށް ސާފުވެފައެވެ. ރިޔާސީ ރޭހުގައި ވާދަކުރާ ކޮންމެ މީހެއްގެ ދެފުށް ހޯދާ ބަލާލުމުން މާ އުނދަގުލަކާނުލާ ރައްޔިތުންނަށް […]

ސަރުކާރާއެކު ހެދި ކޯލިޝަން އެއްބަސްވުން އޮތީ ރޫޅިފައި: ޖޭޕީ

މި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާއެކު ހެދި ކޯލިޝަން އޮތީ ރޫޅިފައިކަމަށް އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ. މާމިގިލީ ދާއިރާގެ މެންބަރު އަދި މި އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމަވާފައިވާ ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޑޮކްޓަރ އަމީން އިބްރާހީމް މިހެން ވިދާޅުވީ ދެވަނަ ދައުރަކަށް ނުކުންނަވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް ޞާލިހުގެ މައްޗަށް ކުރިހޯދުމަށް ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްއާއެކު ކުރި މަޝްވަރާތަކަށްފަހު މީޑިޔާތަކާ ވާހަކަފުޅު […]

ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރި ހޮސްޕިޓަލްތައް ފުރިއްޖެ

ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް މާލޭގައި ފެތުރި ގިނަ ޢަދަދެއްގެ ކުޑަކުދިން އެޑްމިޓްކޮށް ހޮސްޕިޓަލްތައް ފުރިއްޖެއެވެ. އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ ގިނަ ޢަދަދެއްގެ ކުޑަކުދީން ހޮޑުލައި ބޭރަށް ހިންގާތީ ރޭ ފަތިހު 5.00 އިން ފެށިގެން ޑޮކްޓަރަށް ދައްކަން އަންނަން ފަށާފައިވާ ކަމުގައެވެ. މިވަގުތާ ހަމައަށް އީ އާރު ފުރިފައިވާކަމަށާއި ފަރުވާ ދިނުމަށް އެހެން އިންތިޒާމްތައް ހަމަޖައްސަމުން އަންނަކަމަށް އަފްޢާލް ވިދާޅުވިއެވެ. “ އަދި ސީދާ ކޮންކަމަކާ ގުޅިގެން ކަމެއް ޑޮކްޓަރުންގެ ފަރާތުން […]

ޒުވާނުން މަސްތުވާތަކެތީގެ ދަލުގައި ނުޖައްސާށެވެ.

ގައުމުގެ މާދަމާގެ މުސްތަގުބަލު ފިތުރަތުގެ ރިވެތި އުޞޫލުގެ ތެރެއިން ބިނާކުރުމަކީ ސަރުކާރުގެ މަސްއޫލިޔަތެކެވެ. ރާއްޖޭގެ ޒުވާން ޖީލު ޚަރާގެބުގެ ތެރެއަށް ގެނބިގެން މިދަނީ ސަރުކާރުން ޒުވާނުންނާމެދު ކަން ކުރައްވަމުން ގެންދަވާ ގޮތަކުން ކަމަށް ގިނަބަޔަކު ދެކެއެވެ. މަސްތުވާތަކެތި ބޭނުން ކުރުމަކީ ހަރާމް ކުރައްވައި އަދި އެކަމަށް އަދަބުވެސް ކަނޑައަޅުއްވާފައިވާ ކަމެކެވެ. އިސްލާމީ ގައުމެއްގައި ތަންފީޒުވާން ޖެހޭނީ އިސްލާމީ ޝަރީޢަތެވެ. ކަންމިހެން ހުރި ނަމަވެސް މަސްތުވާތަކެތި ބޭނުން ކޮށް އެތަކެތި ވިއްކާ ފަރާތަކަށް ދައުލަތުން ކަނޑައަޅުއްވާފައި އެވާ އަދަބަކީ […]

ކޯލިޝަން ނުހަދައި ރިޔާސީ އިންތިޚާބު ވިންކުރެވޭވަރުގެ ސިޔާސީ ޕާޓީއެއް ނެތް

ކޮންމެވެސް ސިޔާސީޕާޓީއެއްގެ ފަހަތަށް ނައަރާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭވަރުގެ ކެޕޭސިޓީ ހުރިސިޔާސީ ޕާޓީއެއް އަދި ރާއްޖެއަށް އުފަންވެފައެއް ނެތެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ރައްޔިތުންނަށް އެހާ މަގުބޫލު ސިޔާސީ ޝަޚުޞިއްޔަތެއް ވެސް ފެންނާކަށް ނެތެވެ. ރާއްޖޭގައި މިވަގުތު ފެންނާން އޮތް އެންމެ ބިޔަ ސިޔާސީ ދެ ޕާޓީއަކީ އެމްޑީޕީއާއި ޕީޕީއެމް ކަމުގައި ވީ ނަމަވެސް ”ދަ ޑިމޮކްރެޓްސް“ ރަސްމީކޮށް ރަޖިސްޓްރީވާ ހިސާބުން މިދެންނެވި ދެޕާޓީގެ މެންބަރުން މަދުވެ ރާއްޖޭގައި އޮތް […]

ރިޔާސީ އިންތިޚާބުގައި ވާދަކުރުން

ރާއްޖޭގެ އަބާދީގައި ވޯޓުލެވޭ 280,000 ހާހެއްހައި މީހުން އުޅޭއިރު ރާއްޖޭގެ ސިޔާސީޕާޓީގެ ދަފުތަރުގައި 9 ޕާޓީ ރަޖިސްޓްރީ ކުރެވިފައިވެއެވެ. މިފަހަކަށް އައިސް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާމީހުން ވަރަށް ގިނައެވެ. އެކިފަހަރު އެކި މީހުން ކުރިމަތިލަމުން އަންނަ މި އިންތިޚާބުގައި ޢާންމުކޮށް ވާދަ ކުރައްވާ އެއްބޭފުޅަކު ފާހަގަ ކުރެވެއެވެ.  އެބޭފުޅާ ގެންގުޅުއްވާ ހަތިޔާރަކީ އިސްލާމް ދީން ކަން ފާހަގަ ކުރަމެވެ. ޢުމަރު ނަސީރަކީ 2008 ވަނަ އަހަރުން ފެށިގެން ދޫދެއްވުމެއް ނެތި ރިޔާސީބުގައި ވާދަ ކުރައްވާ ބޭފުޅެކެވެ. […]