ރިޔާސީ އިންތިޚާބުގައި ވާދަކުރުން

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އަބާދީގައި ވޯޓުލެވޭ 280,000 ހާހެއްހައި މީހުން އުޅޭއިރު ރާއްޖޭގެ ސިޔާސީޕާޓީގެ ދަފުތަރުގައި 9 ޕާޓީ ރަޖިސްޓްރީ ކުރެވިފައިވެއެވެ.

މިފަހަކަށް އައިސް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާމީހުން ވަރަށް ގިނައެވެ. އެކިފަހަރު އެކި މީހުން ކުރިމަތިލަމުން އަންނަ މި އިންތިޚާބުގައި ޢާންމުކޮށް ވާދަ ކުރައްވާ އެއްބޭފުޅަކު ފާހަގަ ކުރެވެއެވެ. 

އެބޭފުޅާ ގެންގުޅުއްވާ ހަތިޔާރަކީ އިސްލާމް ދީން ކަން ފާހަގަ ކުރަމެވެ. ޢުމަރު ނަސީރަކީ 2008 ވަނަ އަހަރުން ފެށިގެން ދޫދެއްވުމެއް ނެތި ރިޔާސީބުގައި ވާދަ ކުރައްވާ ބޭފުޅެކެވެ. ނަމަވެސް އެމަނިކުފާނު އޮންނަވަނީ އިންތިޚާބުގެ އެންމެ ފުލުގައެވެ.

ރިޔާސީ އިންތިޚާބުގައި ގިނަ ޢަދަދެއްގެ ކެންޑިޑޭޓުން ހިމެނޭއިރު ވޯޓުލާން ތިބި ރައްޔިތުން 9 ސިޔާސީ ޕާޓީއަށް ބަހާލައިގެން ވެސް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެވޭ މިންވަރަށް ވޯޓުލިބޭނެ ޕާޓީ އެއް ނެތެވެ.

ރާއްޖޭގެ ރައްޔިތުން ވޯޓުލާން ޖެހޭ ކެންޑިޑޭޓުން ގިނަކަމުން ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނަމަ ވޯޓުކޮޅު ބެހިގެން ގޮސް އެއް ކެންޑިޑޭޓަކަށް ވެސް އެއްބުރުން އިންތިޚާބު ކާމިޔާބެއް ނުކުރެވެއެވެ.

ރިޔާސީ އިންތިޚާބަކީ ބައިސްކަލް ރޭހެއްނޫނެވެ. އެހެންނަމަ އެއްވަނަ އަށް ދާ މީހާއަށް ރޭސް ވިން ކުރެވޭއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ބޭފުޅުންގެތެރެއިން %51 އިންސައްތަ ވޯޓް ލިބޭ ކެންޑިޑޭޓަކަށް މެނުވީ އިންތިޚާބު ވިން ކުރެވޭނެ އެހެންގޮތެއް ރާއްޖޭގެ ގާނޫނު ތަކުން އަދި ފެންނާކަށް ނެތެވެ. އެހެން ކަމުން އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން އެނގި ތިބެ އިންތިޚާބުގެ އެންމެ ފުލަށް ދާން އިންތިޚާބުގައި ބައިވެރިވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ.

ޕާޓީ ސިސްޓަމުގެ ތެރެއިން އެއްވެސް ޕާޓީއަކަށް %51 އިންސައްތަ ނުލިބޭނެއެވެ. ޕާޓީ ވެރިކަމަކަށް ވާނީ އެ ޕާޓީއެއްގައި އުޅޭ މެންބަރުންގެ ޢަދަދު %51 ހަމަވާނަމައެވެ. އެނޫން ގޮތަކަށް %51 ވޯޓް ލިބިއްޖެ ނަމަ ޕާޓީއަކުން ކުރިމަތިލާ ކެންޑިޑޭޓް ވިންކުރިއަސް އެ ވެރިކަމަމަކީ ވިންކުރާ ކެންޑިޑޭޓް ހިމެނޭ ޕާޓީގެ ވެރިކަމަކަށް ނުބެވޭނެއެވެ.

ޢުމަރު އޮންނަނީ ރިޔާސީ އިންތިޚާބުގެ އެންމެ ފުލުގައެވެ. ފަހަތުން އެކެކެވެ. އެކަމަކު ވެސް އުމަރު ނަސީރު ކުރިމަތިނުލާ ރިޔާސީ އިންތިޚާބެއް 2008 ވަނައަހަރުން ފެށިގެން އަދި ބާއްވާފައެއް ނުވެއެވެ.

ޢުމަރު ނަސީރު ރިޔާސީ އިންތިޚާބުގައި ވާދަކުރާ ވާހަކަ އަޑުއިވުމުން ހިތަށް އަރަނީ ތަންކޮޅެއް ކުރީގެ ހަނދާނެކެވެ. އެއީ ރާއްޖޭގައި ބާއްވަމުން އައި ބައިސްކަލް ރޭހުގައި ބައިވެރިވަމުން އައި އަލްމަރުހޫމް ހޯނު ޔޫސުފު މަތިންނެވެ. ހޯނު ޔޫސުފު ކިޔާ މި ދެންނެވި މީހާ ބައިވެރި ނުވާ ބައިސްކަލް ރޭހެއް އޭނާ ދުނިޔޭގައި ހުއްޓާ ބާއްވާފައެއް ނުވެއެވެ. އެހެނަސް އޭނާ އޮންނަނީ އަބަދު ވެސް ރޭހުގެ އެންމެ ފަހަތުގައެވެ.

އެހެން ކަމާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުންނަށް ވޯޓު މަދުކުރަން އިންތިޚާބުގައި ވާދަކުރުމަކީ ބޭނުން ކަމެއް ކަމަކަށް ނުދެކެމެވެ.

ރާއްހޭގެ ރިޔާސީ އިންތިޚާބު އެއްބުރުން ވިންކުރެވޭނެ ފޯމިއުލާއެއް ހޯދަން އެބަޖެހެއެވެ. އޭރުން ކޯލިޝަން ނުހެދިއަސް އިންތިޚާބު ކާމިޔާބުވާނެއެވެ. ޕާޓީއަކަށް ވެރިކަން ކުރެވޭނީ އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓްއަށް ވެރިކަން ލިބިގެންނެވެ.

Loading

2 Responses

  1. Amilla patee eh nuhingunumeehakah qaumeh hingidhaanetha anga gadhakurumaaigothdhoonukurumakee komme meehakah ves kurevidhaaneweve ekamakuverikameh nukureveyneweve verikamakeeallaahuemeehakah dhevvaakamekeve

  2. އަޅުގަނޑުގެ ނަޒަރުގައި އުމަރު ނަސީރުވެސް އެ އަދާކުރައްވަނީ ގައުމީވާޖިބެކެވެ. އެކަން ސާބިތުކޮށްދެއްވަނީ ރިޔާސީ އިންތިޚާބަށް ވާދަކުރައްވައިގެންނެވެ. އެއީ ރާއްޖޭގައި ވެރިކަން ކުރަމުން ގެންދާގޮތާމެދު އެންމެ ހާމަގޮތެއްގައި ނުރުހުން ފާޅުކުރެވޭނެ ގޮތެވެ. ގިނަމީހުންނަށް މިވާގޮތަކީ ވަކި ސަބަބުވެރި ވިސްނުމަކަށް އާދެވުނީމާ ހެޔޮ ނުބައި އޮޅެނީއެވެ.
    އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ފޯމިއުލާ އެއޮތީ ތައްޔާރުކޮށް ނިންމާފައެވެ. އަދި އެއަށް އަމަލު ކުރެވެމުންވެސް އެބަދެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދި ކައުންސިލްތަކުގެ އިންތިޚާބު އެއޮތީ އެގޮތަށް ފަރުމާ ކޮށްފައެވެ. އެކަމަކު ވިސްނާލަންޖެހެނީ ދެތިންހާސް ރައްތިޔުންގެ ތެރެއިން އެންމެ މީހަކު ވޯޓުލައިގެން ކައުންސިލަށް އިންތިޚާބު ކުރެވިގެންދިޔަތަން ދާދި މިދާކަށްދުވަހު ފެނުނެވެ. މަޖިލީހުގެ އިންތިޚާބުތަކުގައި ދިހަ ވަރަކަށް ހާސް މީހުންގެ ތެރެއިން ފަސްހާސް މީހުން ދިހަ ކެންޑިޑޭޓުންނަށް ވޯޓުލައިގެން އެތަނުން އެންމެ ގިނަ ވޯޓޫ ލިބުނުމީހާ ރައްޔިތުން ތަމްސީލުކުރަން އިންތިޚާބު ކުރެވެނީއެވެ. މިއީ ޑިމޮކްރެސީއެވެ. ރުހުނަސް ނުރުހުނަސް ދިވެހިރައްޔިތުން ޖެހޭނީ ގަބޫލުކުރާށެވެ. އެއީ ތަމްރީނުކޮށްދީފައި އޮތް ގޮތެވެ. އެކަމަކު އެއީ ރަނގަޅުގޮތެއް ނޫނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް