ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރި ހޮސްޕިޓަލްތައް ފުރިއްޖެ

Loading

Facebook
Twitter
WhatsApp

ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް މާލޭގައި ފެތުރި ގިނަ ޢަދަދެއްގެ ކުޑަކުދިން އެޑްމިޓްކޮށް ހޮސްޕިޓަލްތައް ފުރިއްޖެއެވެ.

އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ ގިނަ ޢަދަދެއްގެ ކުޑަކުދީން ހޮޑުލައި ބޭރަށް ހިންގާތީ ރޭ ފަތިހު 5.00 އިން ފެށިގެން ޑޮކްޓަރަށް ދައްކަން އަންނަން ފަށާފައިވާ ކަމުގައެވެ.

މިވަގުތާ ހަމައަށް އީ އާރު ފުރިފައިވާކަމަށާއި ފަރުވާ ދިނުމަށް އެހެން އިންތިޒާމްތައް ހަމަޖައްސަމުން އަންނަކަމަށް އަފްޢާލް ވިދާޅުވިއެވެ.

“ އަދި ސީދާ ކޮންކަމަކާ ގުޅިގެން ކަމެއް ޑޮކްޓަރުންގެ ފަރާތުން މަޢުލޫމާތެއް ނުލިބޭ، ހުރިހާ ކުދިންވެސް ހަމަ ހޮޑުލާ ބޭރަށް ހިންގަނީ“ އަފްޢާލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗާއި ސެނެހިޔާގައި ވެސް ގިނަ ޢަދަދެއްގެ ކުޑަކުދީން އެޑްމިޓްކޮށްފައި އެބަތިއްބެވެ. އަދި އެ ހޮސްޕިޓަލްތަކުގެ އީއާރުވަނީ ވެސް ވަނީ ފުރިފައެވެ.

ހެލްތު ޕޮރެޓެކްޝަން އޭޖެންސީގެ އިލްތިމާސް:

ބޭރަށް ހިންގާނަމަ ލޮނުޕެކެޓާއި ސޫޕްފަދަ ދިޔާތަކެތި ބޭނުންކުރުން.

ކާބޯތަޖެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް ދެއަތް ސާފުކުރުން

ސްކޫލްތަކަށް ކުދިން ނުފޮނުވުން.

ރެސްޓް ކުރުމާއި މަސައްކަތު ނުދިއުން.

އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުމާއި ހޮޑުލުން ކުއްލިއަކަށް ގިނަވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ސޯޝަލް މީޑިއާގައި ބައެއްމީހުން ލިއެފައިވާގޮތުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ފެތުރެމުން އަންނަތާ ތިން ހަތަރު ދުވަސް ވެއްޖެއެވެ.

މި ރޯގާޖެހިފައިވާ މީހުން އިތުރުވެފައި ވާތީ ޑޮކްޓަރުންވެސް ދަނީ އިރުޝާދު ދެއްވަމުންނެވެ.

ކުޑަކުދީންގެ ޑޮކްޓަރ އަޙްމަދު ފައިސަލް އިރުޝާދު ދެއްވަނީ ވީހާވެސް ބޮޑަށް ސާފު ތާހިރުވުމަށް ސަމާލުކަން ދެއްވުމަށެވެ. އަވަސް އަވަހަށް އަތް ދޮވުމަށާއި ބޭރަށް ހިންގާނަމަ ގިނަ ގިނައިން ދިޔާ އެއްޗެހި ދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

“ ފެން މަދުވިޔަ ނުދީ ވޭތޯ ބަލާތި، މާ ވަރުދެރަވެ، ހީސް ނުލާތާ 8 ގަޑިއިރު ވެއްޖެނަމަ ޖެހޭނީ އައިވީ ކޮޅެއް ދޭން“ ފައިސަލްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް