ހިތެއް ނެތް މައިދައިތަ

އަހަރެންގެ ނަމަކީ މަރީއެވެ. އުމުރުން އަދި މިވީ އެންމެ 35 އަހަރުނަމަވެސް އަހަރެންގެ ހަޔާތުގައިވަނީ ބޮޑު ހިތާމައެއް އުފުލަންޖެހިފައެވެ. އަދިވެސް މިދަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ.އެކަމަކު އަހަރެން ކެތް ކުރާނަމެވެ. އުމުރުން 31 އަހަރުގައި، ޅައިރު އެންމެ ލޯބިން އިން ފިރިމީހާވަނީ މިދުނިޔެ ދޫކޮށްފައެވެ.އޭރު އަހަރުމެންގެ އުމުރުން އެއްއަހަރާ 3އަހަރުގެ ކުޑަކުޑަ ދެކުދިން ތިބެއެވެ. ކުއްލި ބައްޔެއްގައި ފިރިމީހާ މަރުވުމުން އަހަރެންވެސް މަރުވި ކަހަލައެވެ. ރޮމުން ގިސްލަމުން އަހަރެންގެ މަންމަ ކައިރީ ބުނީމެވެ.މިހިތާމަ ޔަށް އަހަރެން ކެތް […]
ސްރީލަންކާގެ އައު ރައީސް ހުވާކުރައްވާ މަގާމާ ހަވާލުވެ ވަޑައިގެންފި

ސްރީލަންކާގެ ރައީސްކަމަށް އަލަށް ހޮވިވަޑައިގެންނެވި އަނޫރާ ކުމާރަ ޑިސަނާޔަކަ މަގާމުގެ ހުވާކުރައްވާ މަގާމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެ ވަޑައިގެންފިއެވެ. އައު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓްގައި މިއަދު ހެދުނު ދިހައެއް ޖެހިއިރުއެވެ. އަނޫރާ ކުމާރަ ޑިސަނާޔަކަ ގެ ކުރިން އޭނާގެ އާއިލާގައި ސިޔާސީ އިސްބޭފުޅަކު ނެތް ނަމަވެސް އޭނާވަނީ މަޖިލީހުގައި ވަރަށް ހަރަކާތް ތެރިކަމާއެކު ވަސައްކަތް ކުރައްވަމުން ވަޑައިގެންފައެވެ. މިގޮތުން އިކޮނޮމިކް ރިފޯމް އަދި ސޯޝަލް ޖަސްޓިސްގެ ދާއިރާގައި އަގުހުރި މަސައްކަތް ތަކެއް […]
ސްރީލަންކާއަށް އައު ރައީސެއް!

ސްރީލަންކާގައި ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބް ނެޝަނަލް ޕީޕަލްސް ޕަވަރ ޕާޓީން ވާދަކުރެއްވި އަނޫރާ ކުމާރަ ޑިސަނާޔަކަ ކާމިޔާބު ކުރައްވައިފިއެވެ. އުމުރުފުޅުން 55 އަހަރުގެ ޑިސަނާޔަކަ އަށް މެންދުރުގެ ކައުންޓުންވެސް ވަނީ 42.31 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާއި އެންމެ ގާތުން ވާދަ ކުރެއްވި އިދިކޮޅު ކެންޑިޑޭޓް ސަޖީތު ޕްރެމަދާސާ އަށް މެންދުރުގެ ކައުންޓްގައި ލިބިވަޑައިގެންފައިވަނީ 32.76އިންސައްތަ ވޯޓެވެ. އެހާހަމައިން އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރުގެ ރައީސް ރަނިލް ވިކްރަނަސިންހާ ހިމެނޭ ގޮތުން ބާކީ ހުރިހާ […]
ފަސިންޖަރަކަށް ދިން ކެއުމުން މީދަލެއް ފުންމާލުމުން ފްލައިޓެއް އިމަޖެންސީކޮށް ޖައްސައިފި

ސްކެންޑިނޭވިއަން އެއާލައިންސް (އެސްއޭއެސް) ގެ ފްލައިޓެއްގައި ފަސިންޖަރަކަށް ދިން މީލް ހުޅުވާލިވަގުތު އެއިން މީދަލެއް ފުންމާލައިގެން ދިއުމުން ފްލައިޓް އިމަޖެންސީކޮށް ޖައްސަން ޖެހިފައިވާ ކަމަށް ޚަބަރު ލިބެއެވެ.މިހާދިސާ ހިގާފައިވަނީ ބުދަދުވަހު ނޯވޭގެ އޮސްލޯއިން ފުރައިގެން ސްޕެއިންގެ މަލާގާ އަށް ކުރި ދަތުރެއްގައި ކަމަށް ވެއެވެ. މިހެން ދިމާވުމުން ބޯޓުވަނީ ޑެންމާކްގެ ކޮޕަންހެގަންގައި ކުއްލި ގޮތަކަށް ޖައްސާފައެވެ. ފަސިންޖަރަކަށް ކެއުމަށް ދިން ޕެކަކުން މީދަލެއް ފުންމާލައިގެން ދިޔަކަން އެސްއޭއެސް އިންވެސްވަނީ ހުކުރު ދުވަހު ޔަގީން ކޮށްދީފައެވެ. މީދަލެއް ބޯޓުގައި […]
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސް ބައިޑަން ބައްދަލު ކުރައްވައިފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަމޯދީ އާއި އެމެރިކާގެ ރައީސް ޖޯބައިޑަން ބައްދަލު ކުރައްވާ މުހިންމު ބައެއް ކަންކަމާބެހޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ. ބައްދަލުވުން ކުރިޔަށްދިޔައީ އެމެރިކާގެ ސައުތު ކެރޮލައިނާގެ ވިލްމިންގޓަންގައި ބޭއްވުނު ކުއަޑް ސަމިޓްގެ އަރިމަތިންނެވެ. ހޮނިހިރު ދުވަހު ބޭއްވުނު ބައްދަލް ވުމަށްފަހު ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ މައްޗަށް އަލި އަޅުވާލާފައިވެއެވެ. މިގޮތުން ޑިފެންސް،އިކޮނޮމިކް، ކްލީން އެނާޖީ، ގްލޯބަލް ހެލްތު އަދި އާންމު ތަރައްގީގެ މައްޗަށް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ބަޔާނުގައި ބުނެފައި […]
މުވާސަލާތީ ޑިވައިސްތައް ގޮއްވާލައިގެން ދެމުން ގެންދާ ހަމަލާތަކާ އިންޑިޔާއަށް ނިސްބަތްވާ މީހަކާ ގުޅުން ހުރި ކަމަށް ބެލެވޭ

ޕޭޖަރުތަކާ ވޯކީ ޓޯކީ އަދި ރޭޑިއޯ ފަދަ މުވާސަލާތީ ޑިވައިސްތައް ގޮއްވާލައިގެން ލުބްނާންގައި ދެމުން ގެންދާ ހަމަލާތަކާ އިންޑިޔާގެ ކެރަލާއަށް އުފަން މީހަކާ ގުޅުން ހުރި ކަމަށް ބެލެވިގެން ތަހްގީގުތައް ފަށާފައިވާކަމަށް ޚަބަރު ލިބެއެވެ. އޭނާއަކީ އުމުރުން 39 އަހަރުގެ ވިޔަފާރިވެރިއެއްކަމަށްވާ ރިންސަން ޖޯސް އެވެ. އޮސްލޯގައި ދިރިއުޅެމުން ގެންދާ ޖޯސް ކެރަލާގެ ވަޔަނާޑުން ނޯވޭ އަށް ހިޖްރަ ކުރުމަށްފަހު މިއަދު އޭނާއަކީ ނޯވޭގެ ރައްޔިތެކެވެ. އިންޑިއަން އެކްސްޕްރެސް ގައިވާ ރިޕޯޓަކާ ހަވާލާދީ ވިއޯން ޗެނެލް ބުނާ […]
ސްރީލަންކާގެ ރިޔާސީ އިންތިޚާބްގެ ވޯޓުލުން ކުރިޔަށް ދަނީ

މާލީ ދަތިތަކުން އަރައިގަތުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ސްރީލަންކާގައި 10ވަނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ފެށިގެން ކުރިޔަށް އެބަދެއެވެ. 22 ހާހެއްހާ މީހުންގެ އާބާދީ އެއް އޮންނަ ސްރީލަންކާގައި 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ހޮނިހިރު ދުވަހުގެ ވޯޓަށް 13 ހާހެއްހާ ވޯޓިން ސްޓޭޝަން ގާއިމް ކޮށްފައިވާކަމަށް ޚަބަރުލިބެއެވެ. ދެލައްކައެއްހާ އޮފިޝަލުން ހަރަކާތް ތެރިވަމުން ދާއިރު ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި 63ހާސް ފުލުހުންނާއި ސިފައިން ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. ވޯޓުލުން […]
އިންޑިޔާގައިވެސް ސިންކްހޯލް އެއް ހެދި ބައެއް ވެހިކަލްތައް އެތަނަށް ވެއްޓިއްޖެ

އިންޑިޔާގެ ހުޅަގުފަޅީގެ ސިޓީއެއް ކަމަށްވާ ޕޫނޭގެ ޕޯސްޓް އޮފީހުގެ ޕާކިންގ އޭރިޔާއެއްގައި ހުކުރު ދުވަހު ކުއްލިއަކަށް ބޮޑު ސިންކްހޯލް އެއް ހެދި ބައެއް ވެހިކަލްތައް އެތަނަށް ވެއްޓިފައިވާ ކަމަށް ޚަބަރު ލިބެއެވެ. ސިންކް ހޯލް އަކީ ބިމުއަޑީގެ ފަސްގަނޑަށް އަންނަ ބަދަލުގެ ސަބަބުން ވެލިގަނޑު ފައިބައިގެން ދިއުމުގެ ސަބަބުން ހެދޭ ބޮޑެތި ވަޅުގަނޑު ތަކެވެ. ހުކުރު ދުވަހު ޕޫނޭގައި ހެދުނު ސިންކްހޯލް އަށް ވެއްޓުނު ވެހިކަލް ތަކުގެ ތެރޭގައި ޓްރަކް އަކާ ޓޫވީލާ ކިޔާ ވައްތަރުގެ ދެވެހިކަލް […]
ދެގަޑިއިރު ވަންދެން ބޮޑު ހަރުފައެއް އޮޅާލާ ހިފެހެއްޓި އަންހެނަކު ސަލާމަތް ކޮށްފި

ތައިލަންޑްގެ ވެރިރަށް ބެންގކޮކް ގައި ”ޕައިތަން“ ކިޔާވައްތަރުގެ ބޮޑު ހަރުފައެއް އޮޅާލައިގެން ދެގަޑިއިރު ވަންދެން ހިފެހެއްޓި އަންހެނަކު ސަލާމަތް ކޮށްފިއެވެ. އުމުރުން 64 އަހަރުގެ އަންހެންމީހާ އެވަގުތު އުޅުނީ އޭނާގެ ގޭގައި، ތެލިތަށި ދޮވުމަށް ތައްޔާރުކޮށްފައިވާ ތަނެއްގައި މަސައްކަތް ކުރަން ކަމަށް ވެއެވެ. މަސައްކަތުގައި އުޅެނިކޮށް ފައިގެ ފަލަމަސްގަނޑަށް ކައްޓެއް ހަރާލިފަދަ ތަދެއް ވެގެން ބަލާލި އިރު ބޮޑުހަރުފައެއް ދެފައިގައި އޮޅާލިތަން ފެނުނު ކަމަށް ބުނެފައިވެއެވެ. ސޯޅަފޫޓެއްހާ ދިގު ހަރުފަ އޭނާގެ ދެފައިގައި އޮޅާލުމުން އޭނާ ތަޅުންގަނޑު […]
ހުރިހާ މުދާވިއްކާފައި ކްރޫޒް ދަތުރަކަށް އެރި މީހަކަށް ކުންފުނިން ހުރަސްތައް

ހުރިހާ މުދާވިއްކާފަ ތިންއަހަރުގެ ކްރޫޒް ދަތުރަކަށް އެރި ފްލޮރިޑާ ގެ އަންހެނަކު ކުރި ވަޓްސްއެޕް މެސެޖްތަކަކާ ގުޅިގެން އޭނާ ދަތުރުގައި ބައިވެރިވުން މަނާކޮށްފި ކަމަށް އޭނާ ބުނެފިއެވެ. ”ވިލާވައި އޮޑިސީ“ ކިޔާ ކްރޫޒް ޝިޕް ތިން އަހަރުގެ ދަތުރެއް ކުރާގޮތަށް އޮތީ ޔޫރަޕް އޭޝިޔާ އަދި އެމެރިކާގެ ދެބައްރު ހުރަސް ކޮށެވެ. 350،469ޑޮލަރަށް އަގުކަނޑައަޅާފައިވާ ދަތުރުގައި ބޯޓު ބެލްފާސްޓްގައި ތިންމަސްދުވަހު މަޑުކުރަން ޖެހިފައިވާ ކަމަށްވެއެވެ. މިކަމުގެ ސަބަބުން ހުރިހާފަސިންޖަރުންނަށްވެސް ދަތިތައް ވަނީ ކުރިމަތިވެފައެވެ. ފްލޮރިޑާގެ އަންހެންމީހާ، އުމުރުން […]