ދެގަޑިއިރު ވަންދެން ބޮޑު ހަރުފައެއް އޮޅާލާ ހިފެހެއްޓި އަންހެނަކު ސަލާމަތް ކޮށްފި

Loading

Facebook
Twitter
WhatsApp

ތައިލަންޑްގެ ވެރިރަށް ބެންގކޮކް ގައި ”ޕައިތަން“ ކިޔާވައްތަރުގެ ބޮޑު ހަރުފައެއް އޮޅާލައިގެން ދެގަޑިއިރު ވަންދެން ހިފެހެއްޓި އަންހެނަކު ސަލާމަތް ކޮށްފިއެވެ. އުމުރުން 64 އަހަރުގެ އަންހެންމީހާ އެވަގުތު އުޅުނީ އޭނާގެ ގޭގައި، ތެލިތަށި ދޮވުމަށް ތައްޔާރުކޮށްފައިވާ ތަނެއްގައި މަސައްކަތް ކުރަން ކަމަށް ވެއެވެ. މަސައްކަތުގައި އުޅެނިކޮށް ފައިގެ ފަލަމަސްގަނޑަށް ކައްޓެއް ހަރާލިފަދަ ތަދެއް ވެގެން ބަލާލި އިރު ބޮޑުހަރުފައެއް ދެފައިގައި އޮޅާލިތަން ފެނުނު ކަމަށް ބުނެފައިވެއެވެ.


ސޯޅަފޫޓެއްހާ ދިގު ހަރުފަ އޭނާގެ ދެފައިގައި އޮޅާލުމުން އޭނާ ތަޅުންގަނޑު މައްޗަށް ވެއްޓިފައިވާކަމަށް ވެއެވެ.ފުރަތަމަ އޭނާ މަސައްކަތް ކުރީ އަމިއްލަޔަށް ސަލާމަތް ވުމަށް ކަމަށް
އޭނާ ބުނެފައި ވެއެވެ. ނަމަވެސް ތެޅެން ފެށުމުން ހަރުފަ ހައްތަހާ ބާރަށް އޮޅާލި ކަމަށް އޭނާ ބުނެފައިވެއެވެ.
އޭނާ އެކިގޮތް ގޮތުން ސަލާމަތް ވުމަށް މަސައްކަތް ކޮށް އެކަން ނުވުމުން އެހީއަށް އެދި ހަޅޭއްލަވަން ފެށިކަމަށް ވެއެވެ. ނަމަވެސް އަވަށްޓެރިއަކަށް ހަޅޭކުގެ އަޑުއިވުނީ ހަރުފަ އޮޅާލިތާ ދޮޅުގަޑި އިރެއްހާއިރު ފަހުންނެވެ.އެއަށްފަހު އަވަށްޓެރިން ކަމާބެހޭ އިދާރާ ތަކަށް ގުޅައިގެން އެހީ ހޯދާފައިވެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފުލުހުން އެތަނަށް ދިޔައިރު އަންހެންމީހާ ވަނީ ވަރަށް ވަރުދެރަވެފައެވެ. އޭރުވެސް ހަރުފަވަނީ ބާރަށް އޭނަގެ ގައިގައި އޮލާލާފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެނިމަލް ކޮންޓްރޯލް އޮފިސަރުންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ”ކްރޯބާ“ ކިޔާ ދަގަޑަކުން ހަރުފައިގެ ބޮލުގައި ޖެހިކަމަށްވެއެވެ.އެއަށްފަހު ހަރުފަ އަންހެންމީހާ ދޫކޮށްލާ ގޮސްފައިވާ ކަމަށް ވެއެވެ.
ދެގަޑިއިރެއްހާއިރުވަންދެން ހަރުފައިގެ ހައްޔަރުގައި އޮންނަން ޖެހުމުން އަންހެންމީހާވަނީ ވަރަށް ބޮޑަށް ވަރުދެރަވެފައެވެ.
ޕައިތަން އަކީ ބޮޑު ހަރުފައެއް ނަމަވެސް އޭތި ހެފުމަށްފަހު މަރުނުވާކަމަށް ވެއެވެ.ނަމަވެސް ޕައިތަން އޮލާލާ ތަކެތި މަރާލަނީ ބާރަށް އޮޅާލާ ފިއްތާލައިގެންނެވެ. ކުޑަ ސައިޒްގެ ޕައިތަން ތައް ކެއުމަށް އާންމުކޮށް ބޭނުންކުރަނީ މީދާފަދަ ތަކެއްޗެވެ. ނަމަވެސް ބޮޑެތި ޕައިތަންތައް އޫރު،ފުއްލާ އޮޅު ކުއްތާ އަދި ބުޅާފަދަ ތަކެތި ހިފާ މަރާލައިގެން ކެއުމަށް ބޭނުން ކުރެއެވެ.
ހަރުފައިގެ ހަމަލާތަކަކީ ތައިލަންޑްގައި އާންމު ކަމެކެވެ. ސަރުކާރުގެ ހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު ވިހަގަދަ ހަރުފަ ތައް ކަށިޖަހާ ވިހަލުމުގެ ސަބަބުން 26 މީހުން މަރުވެފައި ވެއެވެ. އަދި 12ހާހެއްހާ މީހުންނަށް ހަރުފަ ވިހަލުމުގެ ސަބަބުން ފަރުވާ ދީފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް